ގައުމީ ނަމޫނާ ޝަޚުސިއްޔަތު! - ދައުރު ފުރިހަމަކުރެއްވުމާއި އިޚުލާސްތެރިކަމުގެ ރެކޯޑު!

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އޮނަރަބްލް ފައިޞަލް ނަސީމުގެ ހަޔާތްޕުޅުން 50 އަހަރު ރަންޔޫބީލް ފުރިހަމަވީއެވެ. މިއީ އެމަނިކުފާނުގެ ގައުމީ ޚިދުމަތްތަކުގެ ރަންޒަމާންވެސްމެއެވެ. އެމަނިކުފާނުގެ ގައުމީ ޚިދުމަތްތައް ގިނަގުނައެވެ. މިއަދުގެ ޖީލަށް ނަމޫނާ ޝަޚުސިއްޔަތެކެވެ. އިގުތިސާދީ ދާއިރާގެ ވަޒީފާތަކުގައި ކުރެއްވި ޚިދުމަތްތަކެވެ. މިގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި ޅަޒުވާން އުމުރުފުޅުގައި ރިސޯޓު މެނޭޖަރުކަން ލިބިވަޑައިގަތުން އެއީ ރެކޯޑެކެވެ. ފަތުރުވެރިކަމުގައި އެމަނިކުފާނުގެ ގިނަގުނަ ގައުމީ ޚިދުމަތްތައް ފާހަގަކުރެވި ފަތުރުވެރިކަމުގެ ރަންޔޫބީލުގެ ރަން އެވޯޑު ލިބިވަޑައިގަތެވެ.

އޮނަރަބްލް ފައިޞަލް ނަސީމުގެ އިޖުތިމާއީ ކަންކަން ތައުލީމު ހާސިލުކުރެއްވިއިރު ދޮޅަހަކަށް އަހަރުގައި ފަށްޓަވައިފިއެވެ. އެމަނިކުފާނަކީ ވަރަށް އިޖުތިމާއީ ބޭފުޅެކެވެ. އެމަނިކުފާނުގެ އަމިއްލަފުޅު ޖަމިއްޔާ 1997ގައި އުފެދުނު "ފައިސަލް ފައުންޑޭޝަން"ގެ އިޖުތިމާއީ ޚިދުމަތްތައް ގިނަގުނައެވެ. ޚިދުމަތްތައް ގައުމީ ފެންވަރުގައި ފާހަގަކުރެވި އެމަނިކުފާނަށް ޒުވާނުންގެ ގައުމީ އިނާމު ރައީސުލްޖުމުހޫރިއްޔާގެ އަތްޕުޅުން 1999ގައި ލިބިވަޑައިގަތެވެ.

އޮނަރަބްލް ފައިޞަލް ނަސީމުގެ ސިޔާސީ ޙަޔާތް ފެއްޓެވީ 2004 ވަނަ އަހަރުއެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލިސްގެ ފުވައްމުލަކުގެ މެންބަރެއްގެ ގޮތުގައެވެ. މި ޑިމޮކުރަސީގެ ގާނޫނުއަސާސީ އެކުލަވާލެއްވުމުގެ މަަސައްކަތްޕުޅު ކުރެއްވިއެވެ. އަދި 2014 ވަނަ އަހަރު ކާށިދޫ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނަވައި ރައީސުލްޖުމުހޫރިއްޔާ ނާއިބު ކަމަށް އިންތިޚާބުވެވަޑައިގަތުމެވެ. 17 ނޮވެންބަރު 2018ން ރައީސުލްޖުމުހޫރިއްޔާ ނާއިބުކަން މިކުރައްވާ 5 އަހަރުގެ ދައުރުގެ ތެރޭގައި 25 ފެބުރުވަރީ 2022ގައި ވަގުތުކޮޅެއްގައި ރައީސުލްޖުމުހޫރިއްޔާގެ މަސްއޫލިއްޔަތު އަދާކުރައްވަންޖެހިވަޑައިގެން އެކަންވެސް ކުރެއްވީ ރައީސުލްޖުމުހޫރިއްޔާގެ ހުވާކުރައްވައިގެންނެވެ. މިއީވެސް ރެކޯޑެކެވެ! ވީމާ، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އޮނަރަބްލް ފައިޞަލް ނަސީމަކީ، އިގުތިސާދީ، އިޖުތިމާއީ، ސިޔާސީ ގައުމީ، ނަމޫނާ ޝަޚުސިއްޔަތެކެވެ. މިއަދުގެ ޖީލުގެ މިފަދަ ނަމޫނާއެެއް ނެތްފަދަ ގައުމީ ޝަޚުސިއްޔަތެކެވެ. މިއަދުގެ ދަރިވަރުންނާއި ޒުވާނުން ކުރިޔަށްދިއުމަށް ރޯލް މޮޑެލް އަކަށް އެމަނިކުފާނުގެ ނަމޫނާއަކީ ލާމަސީލު ނަމޫނާއެވެ. ރިވެތި ސުލޫކާއި ހީވާގިކަމާއި މުރާލިކަމާއި އިޚުލާސްތެރިކަމެވެ. ރިވެތި އެންމެހައި ސިފަަތަކުގެ ނަމޫނާއެވެ.

ރާއްޖޭގެ ނާއިބު ރައީސުން ފުރަތަމަ ޖުމުހޫރިއްޔާ

ފުރަތަމަ ޖުމުހޫރިއްޔާ

ޤައުމުގެ ރައީސްގެ ނާއިބު ޞާޙިބުލްމަޢާލީ އިބްރާހީމް މުޙައްމަދު ދީދީ 1 ޖަނަވަރީ 1953ން 21 އޮގަސްޓު 1953ށެވެ.

ދެވަނަ ޖުމުހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ސުމުއްވުލްއަމީރު އަޙްމަދު ޙިލްމީ ފާށަނާކިލެގެފާނު 16 ޖުލައި 1975 އިން  6 ޖަނަވަރީ 1977 އަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ސުމުއްވުލްއަމީރު ޢަބްދުއްސައްތާރު ފާމުލަދޭރިކިލެގެފާނު 16 ޖުލައި 1975ން 6 ޖަނަވަރީ 1977ށެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އޮނަރަބްލް އަލްއުސްތާޛު އިބްރާހީމް ޝިހާބު 16 ޖުލައި 1975ން 6 ޖަނަވަރީ 1977އަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އޮނަރަބްލް އައްނަބީލު ޙަސަން ޒަރީރު 7 ޖޫން 1976ން 6 ޖަނަވަރީ 1977 އަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އޮނަރަބްލް ޢަލީ ޢުމަރު މަނިކު 16 ޖުލައި 1975ން 14 ޖަނަވަރީ 1977އަށެވެ. މި ޑިމޮކުރަސީގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އޮނަރަބްލް ޑރ މުޙައްމަދު ވަޙީދު ޙަސަން 11 ނޮވެންބަރު 2008ން 7 ފެބުރުވަރީ 2012 އަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އޮނަރަބްލް މުޙައްމަދު ވަޙީދުއްދީން 25 އޭޕުރީލު 2012 ން 10 ނޮވެންބަރު 2013 އަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އޮނަރަބްލް ޑރ މުޙައްމަދު ޖަމީލް އަޙްމަދު 17 ނޮވެންބަރު 2013ން 21 ޖުލައި 2015 އަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އޮނަރަބްލް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު 21 ޖުލައި 2015ށް 22 ނޮވެންބަރު 2016އަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އޮނަރަބްލް ޢަބްދުﷲ ޖިހާދު 22 ޖޫން 2016ން 16 ނޮވެންބަރު 2018 އަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އޮނަރަބްލް ފައިޞަލް ނަސީމް 17 ނޮވެންބަރު 2018ން ފެށިގެން 5 އަހަރުގެ ދައުރު ފުރިހަމަ ވަނީއެވެ. ރާއްޖޭގެ ނާއިބު ރައީސުންގެ ތާރީޚުގެ ރެކޯޑު މިހާރުވެސް ހާސިލުކުރައްވައިފިއެވެ! ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމުގައި އިޚުލާސްތެރިކަމުގެ ރެކޯޑުވެސްމެއެވެ!

8%
0%
17%
8%
0%
67%