ދިވެހިރާއްޖެއާއި ޢިރާޤުގެ މިސާލުން ޢިބުރަތް ލިބިގަތުން!! އަދި ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުގެ ވާހަކަ!

ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި އޮތް ހަމައެކަނި ވަލިއްޔުލްއަމްރުގެ ވާހަކައެވެ. އާރާއިބާރުހުރި ވަލިއްޔުލްއަމްރު ހިންގެވި ފުރަމާނަ ފުރަދާނަވެރިކަމުގެ ވާހަކައެވެ. ދިވެހިރާއްޖޭގެ އެއްވެސް ރަސްކަލަކުވެސް ބޮޑުވަޒީރަކުވެސް ނުކުރައްވާފަދަ ބާރުގަދަވެރިކަން ލިޔެވި ބަޔާންވެގެންވުމެވެ. އެއީ 1953 ދިވެހިރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔަތުގެ ވެރިކަމެވެ.

ވަލިއްޔުލްއަމްރަކީ، ދައުލަތުގެ އެންމެމަތީ ވެރިޔާ ގައުމުގެ ރައީސެވެ. ވަލިއްޔުލްއަމްރަކީ، ސަރުކާރުގެ މަތީވެރިޔާ ވެރިޔާ ބޮޑުވަޒީރެވެ. ވަލިއްޔުލްއަމްރަކީ، ސިފައިންގެ ޢަސްކަރީ މަތީވެރިޔާއެވެ. (ޢަސްކަރީ ޔުނީފޯމުގައި ހުންނަވައެވެ.) ވަލިއްޔުލްއަމްރަކީ، ކެބިނެޓުގެ ދާޚިލީ ވަޒީރު، ޚާރިޖީ ވަޒީރު، ދިފާއީ ވަޒީރު، މާލީ ވަޒީީރެވެ. (ގައުމުގެ އާރާއިބާރުހުރ ވުޒާރާތަކުގެ ވަޒީރަކީވެސް ވަލިއްޔުލްއަމްރެވެ) މަޖިިލިސް (ޕާލަމަންޓު) އުފެއްދުމާއި ދެމެހެއްޓުމާއި އުވާލުމުގެ ބާރު ވަލިއްޔުލްއަމްރަށެވެ. ފަނޑިޔާރުގެ އުފެއްދުމާއި ދެމެހެއްޓުމާއި އުވާލުމުގެ ބާރު ވަލިއްޔުލްއަމްރަށެވެ. ގައުމުގެ އެންމެހައި ކަންކަމުގެ އެންމެހައި ބާރުތަައް ވަލިއްޔުލްއަމްރަށެވެ. ވަލިއްޔުލްއަމްރަކަށް ވާނީ ކާކުކަން (މުޙައްމަދު އަމީނު ކަން) ޤާނޫނުއަސާސީގައި ކަނޑައެޅިބަޔާންވެގެންވުން މިފަދަމިފަދަ ކަންކަންވެސްމެއެވެ. ވީމާ، އިސްލާމީ ގައުމަކުން މިފަދަ މިސާލެއް އޮތްތޯ ދިރާސާކުރުމުން އިރާގުގެ މިސާލެވެ. ދިވެހިރާއްޖެއަށްވުރެ ފަހުންނެވެ. ދިވެހިރާއްޖެއާއި ޢިރާޤުގެ މިސާލުން ޢިބުރަތް ލިބިގަތުމެވެ!! ދިވެހިރާއްޖެ ކުރިންނެވެ. ޢިރާޤު ފަހުންނެވެ. 2 ޤައުމުގައިވެސް 2 ޖުމުހޫރިއްޔަތެވެ!! (ޢަސްކަރީ ސިފަތަކުގެ 2 ޖުމުހޫރިއްޔަތެވެ!!) 1953 ރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔަތުގެ އެންމެމަތީވެރިޔާގެ ހުރިހާބާރުތަކުގެ އެންމެނައިބަކު ހުރުމެވެ. އެންމެ މަތީވެރިޔާ ދާޚިލީގޮތުން ވައްޓާލުމެވެ.

 1. ދިވެހިރާއްޖޭގެ ގައުމުގެ ރައީސް މުޙައްމަދު އަމީން
 2. ދިވެހިރާއްޖޭގެ ގައުމުގެ ނައިބު ރައީސް އިބްރާހީމްދީދީ
 3. ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރު މުޙައްމަދު އަމީން
 4. ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުގެ ނައިބު އިބްރާހީމްދީދީ
 5. ދިވެހިރާއްޖޭގެ ބޮޑުވަޒީރު މުޙައްމަދު އަމީން
 6. ދިވެހިރާއްޖޭގެ ބޮޑުވަޒީރުގެ ނައިބު އިބްރާހީމްދީދީ
 7. ރައްޔިތުންގެ މުތަޤައްދިމް ޕާޓީގެ ރައީސް މުޙައްމަދު އަމީން
 8. ރައްޔިތުންގެ މުތަޤައްދިމް ޕާޓީގެ 1ވަނަ ނައިބުރައީސް އިބްރާހީމްދީދީ

1970ގެ އަހަރުތަކުން 2000ގެ އަހަރުތަކުގެ މިސާލު އެންމެ މަތީވެރިޔާގެ ހުރިހާބާރުތަކުގެ ނައިބަކު ނެތުމެވެ. އެންމެމަތީ ވެރިޔާ ދާޚިލީގޮތުން ވައްޓާނުލެވުމެވެ. (ވައްޓާލެވުނީ ދުނިޔޭގެ ބޮޑެތި ބާރުތަކުން އެކުވެގެން އަސްކަރީގޮތުން ޚާރިޖީގޮތުންނެވެ.!!) ޞައްދާމް ޙުސައިނަކީ، 1979ން 2003ށް އިރާޤު ރައީސެވެ.

 1. އިރާޤު ރައީސް ޞައްދާމް ޙުސައިން
 2. އިރާޤު ނައިބު ރައީސް ޠާހާ ޔާސީން ރަމަޟާން
 3. އިރާޤުގެ ބޮޑުވަޒީރު ޞައްދާމް ޙުސައިން
 4. އިރާޤުގެ ބޮޑުވަޒީރުގެ ނައިބު ޠާރިޤު ޢަޒީޒު
 5. އިރާޤުގެ ރިވޮލިއުޝަނަރީ ކޮމާންޑު ކައުންސިލްގެ ރައީސް ޞައްދާމް ޙުސައިން
 6. އިރާޤުގެ ރިވޮލިއުޝަނަރީ ކޮމާންޑު ކައުންސިލްގެ ނައިބު ރައީސް ޢިއްޒަތު އިބްރާހީމް
 7. އިރާޤުގެ ބަޢަޘް ޕާޓީގެ ލީޑަރ ރައީސް ޞައްދާމް ޙުސައިން
 8. އިރާޤުގެ ބަޢަޘް ޕާޓީގެ ޑެޕިއުޓީ ލީޑަރ ޢިއްޒަތު އިބްރާހީމް

މިބާވަތުގެ އިބުރަތަތެރި ވާހަކައެކެވެ. ކުރީގެ އިބާރާތުންނެވެ. ދަންނައެ، ދުވަސްވަރަކީ މީގެ 63 އަހަރުކުރިން 1960އެވެ. ކީރިތި މަހާރަދުންގެ "ސިއްހީ ހާލުކޮޅު" ދެރަވުމެވެ. އާލާސްކަންފުޅުގެ ފަރުވާޔަށް ސިލޯނަށް ފުރާވަޑައިގެންނެވި ދުވަަސް ހިމެނުނީ ސަރުކާރު ބަންދުކުރެއްވި ދުވަހެއް ކަމުގައެވެ. ދެންފަހެ، ކީރިތި މަހާރަދުންގެ (ދައުލަތުގެ އެންމެ މަތީވެރިޔާގެ) ޝާހީ މަސްއޫލިއްޔަތު އަދާކުރެއްވެވުން ވަލީ ކޮމެޓީއަކާއި މަތިކުރެވިއްޖެއެވެ! ވަލީ ކޮމެޓީގެ މެންބަރުން ކަމުގައި، ޞާޙިބުއްސަޢާދަތު އިބްރާހީމް ރުޝްދީ، ޞާޙިބުއްސަޢާދަތު އަޙުމަދު ޙިލްމީ، ޞާޙިބުއްސަޢާދަތު އިބްރާހީމް ޝިހާބު، ޞާޙިބުއްސަޢާދަތު އަޙުމަދު ޒަކީ، މިބޭބޭފުޅުން އިސްކުރެއްވި ދިވެހި ދައުލަތުގެ އެންމެމަތީ ވަލީއާއި މަތިކުރައްވައިފޫއެވެ! އަދި ކިއެއްތަ، މިހެން މިކަންވުމުން 1952ގައި ދައުލަތުގެ އެންމެމަތީ މަޖިލިސްގެ ރިޔާސަތު ފަޟީލަތުއްޝައިޚް ޢަބްދުﷲ ފަހުމީ ދީދިލް އަޒުހަރީ ބެލެހެއްޓެވި ފަދައިން، 1960ގައި ދައުލަތުގެ އެންމެމަތީ މަޖިލިސްގެ ރިޔާސަތު ފަޟީލަތުއްޝައިޚް އިބްރާހީމް ރުޝްދިލް އަޒުހަރީ ބެލެހެއްޓެވުން ކަމުގައި ހިމެނިގެންވުމެވެ!! މިޖީލުގެ ދަރިންކުރެ ނުހަނު މަދުބަޔަކު މެނުވީ މިކަންކަން ނުދަންނަ ކަމުގައި! އެޖީލުގެ މިކަންކަން ހިނގިތާ އަދިމިވީ ހަތްތަރި ފަސްދޮޅޮސް އަހަރުވަރު ކަމުގައި!

0%
17%
0%
17%
33%
33%