އަތޮޅެއްގައި ފުރަތަމަ ފެށުނު މަދުރަސާ

މާލެއިން ބޭރުގައި ހުރި، މެދުނުކެނޑި އެންމެ ގިނަދުވަސްވީ މަދުރަސާއަށް 90 އަހަރުވީއެވެ. ރާއްޖޭގެ ފުރަތަމަ އަސާސީއިން ލިބުނު އުނގަންނައި ދިނުމުގެ މިނިވަންކަމުގެ ތެރެއިން އުފެދުނު ބައެއް މަދުރަސާތަކާއި ބައެއް މަކުތަބުތަކަށް ބަލާއިރު، މެދުނުކެނޑި އެންމެގިނަދުވަސްވީ މަދުރަސާއަކީ ފާދިއްޕޮޅު ނައިފަރުގައި ޝައިޚް ޢަބްދުﷲ ފަހުމީ ދީދީ ފެއްޓެވި މަދުރަސާ، މަދުރަސަތުލް އިފްތިތާޙެވެ.

އެމަދުރަސާ ފެށުނު މީލާދީގޮތުން 22 ޖޫން 1933އެވެ. 1930ގެއަހަރުތަކުން 1970ގެ އަހަރުތަކަށް އުތުރުގެ އަތޮޅުތައް އާންމުކޮށް އިލްމީ ނޫރުން އަލިވެއުޖާލާވުމުގެ ނާރެސްކަމުގައިވީ ފަޚުރުވެރި މަދުރަސަތުލްއިފުތިތާހެވެ.

ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ (1932)އިން ދިވެހި ރައްޔިތުންކިޔެވުން ލާޒިމުކުރެއެވެ. އަދި އުނގެނުމާއި އުނގަންނައިދިނުމުގެ މިނިވަންަކަން ދިވެހި ރައްޔިތުންނަށް ލިބިދީފައިވެއެވެ. ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ 1932ގެ 14 ވަނަ މާއްދާގައިވެއެވެ. "ކޮންމެ ދިވެހި ރައްޔިތަކުގެ މައްޗަށް ޤްރުއާން ކިޔެވުމާއި، ޢަރަބިއަކުރާއި، ތާނައަކުރު ލިޔާންކިޔާން ދަސްކުޅައުމަކީ މިޤާނޫނުއަސާސީ ލާޒިމުކުރާކަމެކެވެ."

15ވަނަ މާއްދާގައިވެއެވެ. "ޤާނޫނަށާއި އަދަބުތަކަށް ޚިލާފުނުވާގޮތުގެމަތިން ކިޔެވުމާއި، ކިޔަވައިދިނުމީ، މިނިވަންކަން ލިބިގެންވާ ކަމެކެވެ." 1932ން 1933ށް 1 އަހަރުގެތެރޭގައި އެންމެ ފުަރަތަމަ ފާސްވި ޤާނޫނުތައް

ތަޢުލީމާއި ޢިލްމާޢީ އުނގެނުމާބެހޭ ބައެއް ޤާނޫނުތައް ހިމެނެއެވެ. އެގޮތުން ޤްރުއާން ކިޔެވުމާއި، ޢަރަބިއަކުރާއި ތާނައަކުރު ދަސްކުޅައުމުގެ ޤާނޫނު، އަމިއްލަ ސަނަދުތަކުގައި އިސްޓޭމްޕް ޖެހުމުގެ ޤާނޫނު ހިމެނެއެވެ.

ޤްރުއާން ކިޔެވުމާއި، ޢަރަބިއަކުރާއި ތާނައަކުރު  ދަސްކުޅައުމުގެ ޤާނޫނަކީ، ފުރަތަމަ ޤާނޫނުއަސާސީގެ 14ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޙައްޤު ލިބިދިނުމަށްޓަކައި، ފުރަތަމަ ޤާނޫނުއަސާސީއަށް އަހަރެެއްވެސް ނުވަނީސް  ހެދުނު ޤާނޫނެކެވެ.

ދިވެހިރާއްޖޭގެ ދުސްތޫރީ ފުރަތަމަ ސަރުކާރުގެ ވަޒީރުލް މަޢާރިފް (ރާއްޖޭގެ ފުރަތަމަ މިނިސްޓަރ އޮފް އެޑިޔުކޭޝަން) އަލްއުސްތާޛު އަޙްމަދު ކާމިލު ދީދީ، ޤާނޫނުއަސާސީގެ ތައުލީމާއި އުނގެނުމުގެ މާއްދާތަކާއި ކަމާބެހޭ ޤާނޫނުތައް ތަންފީޒު ކުރައްވަން 1932ން 1933 އަށް މަސައްކަތްކުރެެއްވިއެވެ.

އަދި މަދުރަސަތުއްސަނިއްޔާގަައި އަންހެން ދަރިވަރުންނަށް ތަޢުލީމު ދެއްވަން ފެށްޓެވީވެސް 1933ގަައި އެމަނިކުފާނެވެ.

ރާއްޖޭގެ ނިޒާމީ މަދުރަސީ ތަޢުލީމުގެ ތާރީޚުގެ ތެރެއިން، މެދުނުކެނޑި ހިނގަމުންދާ ސްކޫލް/މަދުރަސާތަކަށް ބަލާލާއިރު، ރާއްޖޭގެ އެންމެ ފަޚުރުވެރި މަދުރަސާ ކަމުގަައިވާ، މަޖީދިއްޔާ ސްކޫލްގެ ފެށުމަކީ 17 ޝައްވާލު 1346 ހެނދުނު 7 ޖެހިއިރު ކިޔަވައިދޭން ފެށުނު ފެށުމެވެ.

މީލާދީގޮތުން އެދުވަހަކީ 20 އޭޕްރީލް 1927އެވެ. މަދުރަސަތުއްޞަލާހިއްޔާ، މަދުރަސަތުލްމަޖީދިއްޔާ، މަޖީދިއްޔާ ސްކޫލެވެ. އަމީނިއްޔާ ސްކޫލްގެ ފެށުން ކަމަށް ބަލަނީ، 11 ޛުލްހިއްޖާ 1363ގެ ރޭގަނޑު 8 ޖެހިއިރު

އުފެދުނު, މަދުރަސަތުއްސަނިއްޔާގެ އަންހެންކުދިންގެ ގޮތްޕެވެ. މީލާދީގޮތުން އެއީ 27 ނޮވެންބަރު 1944އެވެ. މަދުރަސަތުލްއަމީނިއްޔާ، އަމީނިއްޔާ ސްކޫލެފެ. އިސްކަންދަރު ސްކޫލްގެ ފެށުމަކީ 10 މޭ 1961ގައި ހުޅުވުނު ރާއްޖޭގެ ފުރަތަމަ މޮންޓެސޫރީ ސްކޫލް ކަމުގައިވާ ޙަމީދިއްޔާ މޮންޓެސޫރީ ސްކޫލެވެ. 2އަހަރުބައިން ފެށިގެން 6 އަހަރާ ދެމެދުގެ ކުދިންނަށެވެ. ނާޞިރިއްޔާ މޮންޓެސޫރީ ސްކޫލް، އިސްކަންދަރު މޮންޓެސޫރީ ސްކޫލް، އިސްކަންދަރު ސްކޫލެފެ. ރާއްޖޭގެ ފުރަތަމަ ކޮމިޔުނިޓީ ސްކޫލްގެ ނަން ދެވުނު ސްކޫލް، ބ. އަތޮޅު އޭދަފުށީގައި  ހުޅުވުނީ، 24 ފެބުރުއަރީ 1978އެވެ. އެއީ ބ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. މުޅި ރާއްޖެއަށް ދައުލަތުގެ ފަރާތުން މަދުރަސީ ތައުލީމު އާންމުކުރެވުނުތާ 50 އަހަރުވަނީއެވެ.

60%
0%
0%
40%
0%
0%