ހެޔޮ ރަނގަޅު މުޖުތަމައެެއް ބިނާކުރުމަށް ޒުވާނުންނަށް އިޖުތިމާއީ ތައުލީމު ދޭންޖެހިފައި

މީގެ 30 އަހަރުކުރިން، މޯލްޑިވްސް ސެންޓަރ ފޮރ ސޯޝަލް އެޑިޔުކޭޝަން ހުޅުވުނެވެ. ދިވެހިރާއްޖޭގައި އިޖުތިމާޢީ ތަޢުލީމު ކުރިއެރުވުމަށާއި މުޖުތަމަޢުގައި ހެޔޮ ރަނގަޅު  ސިފަތައް އަށަގެންނެވުމަށާއި އިޖުތިމާއީ ރޫޙު އާލާކޮށް ދިރުވުމަށް ހޭލުންތެރިކުރުވުމަށް  މަސަައްކަތްކުރާ ދިވެހިރާއްޖޭގެ އިޖުތިމާއީ  އެންމެބޮޑު މަރުކަޒުގެ ގޮތުގައެވެ.  

ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި ބިނާކުރެވުނު، މޯލްޑިވްސް ސެންޓަރ ފޮރ ސޯޝަލް އެޑިޔުކޭޝަން ހުޅުވުނީ 1992ގައެވެ.

މިމަރުކަޒު ހިންގަން ފެށުނީ ދައުލަތުގެ އިދާރާއެއްގެ ގޮތުގައެވެ. އެއިދާރާގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި، މުޖުތަމައުގައި ރިވެތި ސުލޫކު އާލާކުރުމަށް އިޖުތިމާއީ މުޞްލިޙުން (ސޯޝަލް ވޯކަރުން)ގެ ދަރުސްތައް (ލެކްޗަރުތައް) ބޭއްވުނެވެ.

މުޖުތަމަޢުގެ ކުރިއެރުވުމަށް ޙަރަކާތްތައް ހިންގުން، ފަދަ އެމަރުކަޒުގެ މައިގަނޑު ކަންކަން އެމަރުކަޒުގެ އިދާރާއަށް އެކަށީގެންވާ ގޮތެއްގައި ކުރެވިފައެއް ހިންގިފައެއް ނުވެއެވެ.

އެމަރުކަޒުގެ އިމާރާތާއި ވަޞީލަތްތައް އިޖުތިމާއީ ކަންކަމަށް ބޭނުންކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދު ހާސިލުވުން ފިޔަވައެވެ.

ވީމާ، އެކަށޭނަ ގޮތުގައި "ނުހިންގި ފޭލުވެގެން" އުވާލަން ޖެހުނު، ދައުލަތުގެ އިދާރާއެެއް ކަމުގައި، މޯލްޑިވްސް ސެންޓަރ ފޮރ ސޯޝަލް އެޑިޔުކޭޝަން ހިމެނިގެންވެއެވެ. އަދި މިއީ "ރާއްޖެއަށް ލިބޭ ބޭރުގެ ހިލޭ އެހީ އެކަށޭނަ ގޮތުގައި ބޭނުން ނުކުރެވުމުގެ މިސާލެއް" ކަމުގައިވެސްވެއެވެ.

މީގެ 25 އަހަރުކުރިން މި މަރުކަޒުގެ އިދާރާ އުވާލެވުނު ދުވަސްވަރު "ހަވީރު" ނޫހުގައި މިކަންކަން ފާހަގަކޮށް ލިޔުމެއް ލިޔުނިންވެސް މެއެވެ. ދިވެހި ގޮތާއި ފޮތާއި މިވެހި ތަރުބިއްޔަތާއި ރިވެތި ސުލޫކުނެތި ތައުލީމު ދެވުނަސް، މަސްތުވާތަކެތީގެ ވަބާ، ވައްކަމާ ފޭރުން، ގޭންގު މާރާމާރީ، ހަރުދަނާ އުޅުމެއް ނެތުން، ވިޔާދާމަސައްކަތެއް ނުކުރުން، މިފަދަ ޒުވާން ޖީލުތަކެއް މިފަދަ ޒަމާނުގައި މި ދިވެހި މުޖުތަމައުގައެވެ.

30 އަހަރުވީ ގައުމީ މައްސަލަތަކެވެ. އެކަށޭނަ ހައްލެއް ނުލިބިއެވެ. މިކަންކަން މިހެން ހުރުމާއެކު މަދުރަސީ އުމުރު ނިމި މުޖުތަމައަށް ނުކުންނަ ޅަޒުވާނުންނާއި ޒުވާނުންނަށް އިޖްތިމާއީ ހޭލުންތެރިކަން އިތުރުކުރުމަށް އިޖްތިމާއީ ތައުލީމު ދިނުން މުހިންމެވެ.

މިފަދަ މަރުކަޒުތައް ގާއިމުވުން ވަރަށް މުހިންމެވެ. ދިވެހި ގައުމުގެ މުސްތަގުބަލް އުޖާލާ ކުރުމަށެވެ.

އުނގެނުމުގެ ހައްގު ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ 1932ން އަދި އުނގެނުމާބެހޭ ފުރަތަމަ ޤާނޫނުތައް 1933 ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ  (1932)ން ދިވެހި ރައްޔިތުންކިޔެވުން ލާޒިމުކުރެއެވެ. އަދި އުނގެނުމާއި އުނގަންނައިދިނުމުގެ މިނިވަންކަން ދިވެހި ރައްޔިތުންނަށް ލިބިދީފައިވެއެވެ. ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ 1932ގެ 14 ވަނަ މާއްދާގައިވެއެވެ.

"ކޮންމެ ދިވެހި ރައްޔިތަކުގެ މައްޗަށް ޤްރުއާން ކިޔެވުމާއި، ޢަރަބިއަކުރާއި، ތާނައަކުރު ލިޔާންކިޔާން ދަސްކުޅައުމަކީ މިޤާނޫނުއަސާސީ ލާޒިމުކުރާކަމެކެވެ."

15ވަނަ މާއްދާގައިވެއެވެ. "ޤާނޫނަށާއި އަދަބުތަކަށް ޚިލާފުނުވާގޮތުގެމަތިން ކިޔެވުމާއި، ކިޔަވައިދިނުމީ، މިނިވަންކަން ލިބިގެންވާ ކަމެކެވެ." މި އަހަރަކީ އުނގެނުމުގެ މިނިވަންކަން ހޭލުންތެރިވުމުގެ މިނިވަންކަން އާންމުކޮށް ދިވެހި ރައްޔިތުންނަށް ލިބުނުތާ 90 އަހަރުވާ އަހަރުވެސް މެއެވެ.

0%
0%
0%
0%
0%
100%