މީލާދީ ތާރީޚު، ރާއްޖޭގެ ރަސްމީ ތާރީޚު ކަމުގައިވިތާ 65 އަހަރު!

މީލާދީ ތާރީޚު، ރާއްޖޭގެ ރަސްމީ ތާރީޚު ކަމުގައިވީ 1 ޖަނަވަރީ 1958ގައެވެ! 65 އަހަރުވީއެވެ.

ދައުލަތުގެ އެންމެހައި މުއައްޒަފުންނަށް ފައިސާއިން މުސާރަދޭން ފެށުނީ 1 ޖަނަވަރީ 1959ގައެވެ. 64 އަހަރުވީއެވެ.

ރާއްޖޭގެ ގަޑި ހަމަކުރުން 1 ޖަނަވަރީ 1960ގައެވެ. 63 އަހަރުވީއެވެ.

ރާއްޖޭގެ ފުރަަތަމަ ޖުމުހޫރިއްޔާ ގާއިމުވީ 1 ޖަނަވަރީ 1953ގައެވެ. 70 އަހަރުވީއެވެ.

ދުނިޔޭގައި، މީލާދީ ތާރީޚު، ތާރީޚެއްގެ ގޮތުގައި ބޭނުންކުރަން ފެށުނީ މީލާދީން 525ގައެވެ.

ދުނިޔޭގެ މީސްތަކުން ދިރިއުޅެން ފަށައި މީސްތަކުން އާބާދުވެ ތަހުޒީބުވާން ފެށުނީ، މީގެ ގާތްގަނޑަކަށް 5500 އަހަރު ކުރިން ކަމަށްވެއެވެ. އެއިރު އުފެދުނު ތަހުޒީބުތަކުގެ ތެރޭގައި، ފުރާތުކޯރާއި ދިޖުލަތުގެ ކޯރާއި ދެމެދުގައި އުފެދުނު (މުސެޕޮޓޭނިއާ)ގެ ތަހުޒީބާއި، މިސުރުގެ ތަހުޒީބާއި، ސޫމާރީއާގެ ތަހުޒީބު ހިމެނެއެވެ. މިހުރިހާ ތަހުޒީބުތައް ހިމެނެނީ މެދުއިރުމަތީ ސަރަހައްދުގައެވެ. (ސައްޔިދުނާ އިބްރާހީމް ޢަލައިހިއްސަލާމް ދަތުރުފުޅުކުރެއްވި ސަރަހައްދުގައެވެ.)

އިންސާނުންގެ މުހުތާދުތަކާއި ކަންކަމަށް ލިޔެކިޔުމުން ތާރީޚު ޖަހަން ފެށުނީވެސް އެއިރު (މީގެ ގާތްގަނޑަކަށް 5500 އަހަރުކުރިން) ކަމަށްވެއެވެ. 

ހަމައެފަދައިން ދުނިޔޭގައި އެންމެ ފުރަތަމަ ކަލަންޑަރުތައް ބޭނުންކުރަން ފެށުނީވެސް އެދުވަސްވަރު ނުވަތަ މީގެ ގާތްގަނޑަކަށް 5500 އަހަރު ކުރިން ކަމަށްވެއެވެ. އެ ކަލަންޑަރުތަކުގެ ތެރޭގައި ސޫމާރީން ބޭނުންކުރި ކަލަންޑަރު ހިމެނެއެވެ.

މީގެ 1500 އަހަރު ކުރިން ޤުރައިޝްވަންހައިގެ މީހުން ބޭނުންކުރި ތާރީޚަކީ (ހިޖުރީ ތާރީޚުގެ 53 އަހަރު ކުރިން) ފީލުބާގާ މީހުން ގެފުޅު ތަޅާލަންގޮސް ނާކާމިޔާބުވި ތާރީޚީ ހާދިސާގެ ތާރީޚެކެވެ.

އިސްލާމީ ދައުލަތުގެ ރަސްމީ ތާރީޚެއްގެ ގޮތުގައި ހިޖުރީ ތާރީޚު ބޭނުންކުރަން ފެށްޓެވީ ހިޖުރައިން 17 ވަނަ އަހަރު އަމީރުލްމުޢުމިނީން ޢުމަރުބުނުލްޚައްޠާބު ރަޟިޔަﷲޢަންހުގެ ޚިލާފަތުގައެވެ.

ޢާލަމްތަކުގެވެރި މާލިކުލްމުލްކި ޛުލްޖަލާލިވަލްއިކުރާމި އަރަހުށި ހުސްޠާހިރުވަންތަ މާތް ﷲ ތަބާރަކަވަތަޢާލާ، މުޅިއިންސާނިއްޔަތަށް ކައުކުރެއްވި ޢާލަމްތަކަށް ރަޙުމަތެއްކަމުގައި ފޮނުއްވެވި ޚާތިމުލްއަންބިޔާއި ވަލްމުރްސަލީން މިއުންމަތުގެ މާތްނަބިއްޔާ މުޙައްމަދުއްރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކައުސާހިބާ، ފުރައިތުރުމައްކާއިން (މައްކަތުލްމުކައްރަމައިން) މާތްވެގެންވާ މަދީނާއަށް މީގެ 1444 އަހަރުކުރިން ކުރެއްވެވި މަތިވެރިހިޖުރައާއި މާތްމަދީނާގައި ބިންގާއެޅުއްވެވި އިސްލާމީ ދައުލަތަކީ ތާރީޚުގެ އެންމެމާތް އެންމެ މަތިވެރި މަޤާމު ލިބިގެންވާ އެންމެ ވަސްމީރު ޒިކުރާއެވެ. އެންމެ މާތް އެންމެ ހެޔޮވެގެންވާ ދައުލަތެެވެ. އުންމަތަތަކުގެ ތެރެއިން އެންމެ މާތް އެންމެ ހެޔޮވެގެންވާ އުންމަތެވެ. ޤިޔާމަތާއި ހަމައަށް ދެމި އޮންނަނިވި އެންމެ ހެޔޮވެގެންވާ އުންމަތެވެ.

ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބިގެންވާ އެންމެމާތް އެންމެ ހެޔޮވެގެންވާ އުންމަތެވެ.

ހިޖުރައިން 548، މީލާދީން 1153ގައި ރާއްޖެ އިސްލާމުވުމަށްފަހު ހިޖުރީގޮތުން 830 އަހަރު، މީލާދީގޮތުން 805 އަހަރުވަންދެން ރާއްޖޭގެ ރަސްމީ ތާރީޚަކީ ހިޖުރީ ތާރީޚެވެ.

0%
0%
0%
0%
0%
100%