އެންމެ ކުރީ ޒަމާނުގައި ހުރިހާ ރަށެއްގައި ދަނޑުވެރިކަން އަދި އެއްހާސް ރަށް ދަނޑުވެރިކަމަށް ޚާއްޞަވެފައި

ރާއްޖޭގައި މީހުން ދިރިއުޅެން ފެށީއްސުރެ ރާއްޖޭގެ ރަށްރަށުގައި ދަނޑުވެރިކަން ކުރަން ފެށިފަައިވިއެވެ. ވީމާ، ރާއްޖޭގައި ދަނޑުވެރިކަން ކުރާތާ އެތައަސަތޭކަ އަހަރު ވަނީ ވެފައެވެ. ކުރީ ޒަމާންތަކުގައި ރާއްޖޭގެ 1200 ވަރަކަށް ރަށުގެ ތެރެއިން މީހުން ދިރިއުޅުނީ 200 އަށްވުރެ ގިނަ ރަށް ކަމުގައިވީއިރު 1000 ވަރަކަށް ރަށް ޚާއްޞަވެފައި ވަނީ ދަނޑުވެރިކަމަށެވެ. އަދި މީހުން އުޅުނު ހުރިހާ ރަށެއްގައި ވެސް ދަނޑުވެރިކަން ކުރެވުނުއިރު، ބައެއް ރަށްރަށުގެ މައިގަނޑު އިގްތިޞާދު ބިނާވެފައިވީ ދަނޑުވެރިކަމުގެ މައްޗަށެވެ. ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީއާއެކު 22 ޑިސެންބަރު 1932ގައި ދަނޑުވެރިކަމާބެހޭ ވުޒާރާއެއް، ވުޒާރަތުއްޒިރާޢާ (މިނިސްޓްރީ އޮފް އެގްރިކަލްޗަރ) ވަނީ އުފެދިފައެވެ.

ރާއްޖެ އާބާދުވީއްސުރެ 20ވަނަ ގަރުނުގެ މެދުތެރެ، މީގެ 70 ވަރަކަށް އަހަރާ ހަމަޔަށް މިވީ އެތައްސަތޭކަ އަހަރު، ދިވެހީންގެ މައިގަނޑު ކެއިންބުއިން ބިނާވެފައިވީ ރާއްޖޭގެ ކަނޑުފަޅުގެ މަސްމަހާމެއްސާއި ރާއްޖޭގެ ގަސްގަހާގެހީގެ ކާބޯތަކެތީގެ ބާވަތްތަކުގެ މައްޗަށެވެ. އަދި 1970ގެ އަހަރުތަކާ ހަމަޔަށް ރާއްޖޭގެ މައިގަނޑު ދެ ސިނާއަތަކީ ވެސް މަސްވެރިކަމާއި ދަނޑުވެރިކަމެވެ. އިހުޒަމާނުގައި، އުތުރުގެ އަތޮޅުތަކުގެ މައިގަނޑު ކެއުމެއް ކަމުގައި ކަނޑޫ ހިމެނިފައިވިއެވެ. ދެކުނުގެ އަތޮޅުތަކުގައި ފަލަމަޑީގެ ބާވަތްތައް ގިނައިން ބޭނުންކުރިއެވެ. ދަނޑުވެރިންނާއި ރުކުއެރީން ރާއެރީން މިއީ ދަނޑުވެރިކަމުގެ މަސައްކަތްތެރީންނެވެ. އަޅާތަކެއްޗާއި ރުވާތަކެއްޗާއި ބިންނަތަކެއްޗާއި ކަނޑާތަކެއްޗެވެ. ކުރުނބާއެޅުމެވެ. ކައްޓަލަކުރިރުވުމެވެ. އަނބުބިނުމެވެ. ދޮންކެޔޮގަނޑުކެނޑުމެވެ.

ދިވެހި ކެއިންބުއިންތަކުގެ ތެރޭގައި އެތައް ސަތޭކަ ވައްތަރުގެ ކެއިން ބުއިން ހިމެނެއެވެ. ދިވެހި މަސްކަނޑުތަކުގެ މަސްމަހާމެހީން ތައްޔާރުކުރާ ކެއުންތަކެވެ. ދިވެހި ދަނޑުބިންތަކުގެ ގަސްގަހާގެހީން ތައްޔާރުކުރާ ކާނާތަކެވެ. ދިވެހި ރުކުގެ ގޮބޮޅިން ފެށިގެން ކާށްޓަށެވެ. ކިހާއް، މިރި، ކުރުނބާ، ޅަގަބުޅި، ހަރުގަބުޅި، ކާއްޓެވެ. ދިވެހި ރުކުގައި ބޭނުން ނުކުރެވޭ އެކައްޗެއް ވެސް ނެތެވެ. ކެއިން ބުއިމަށެވެ. އެހެނިހެން ބޭނުންތަކުގަައެވެ. ބަނބުކޭލުން ވެސް އެތައް ބާވަތެއްގެ ކާނާ ތައްޔާރުކުރެވެއެވެ. ރިހަތަކާއި މީރުކެއުންތަކެވެ. ކަށިކޭލުން ވެސް އެތައް ބާވަތެއްގެ މީރުކެއުންތައް ތައްޔާރުކުރެވެއެވެ.

އެންމެ ހިތާމަވެރި ހިތްދަތި ޒަމާނުގެ ހިތި މާޒީގެ ހަނދާންތައް އިސްވެރިން ހިތްތަކުން ފިލައިގެން ނުދެއެވެ. މަގޫފަތުގެ ހިިތި ރަހައިގެ ހިތި އަސަރުތަކެވެ. މައިންބަފައިން އަޚުންއުޚުތުން ހައިހޫނުކަމުގެ ވޭނުގައި ދުނިޔެއިން ނެތިދިއުމުގެ ފިލާނުދަނިވި ފުން ހިތާމައިގެ ހަނދާންތަކެވެ. "ދިވެހިރާއްޖެ ހަނގުރާމައެއްގެ ވިލާގަނޑެއްގެ ދަށުގަައި" އޮތް 1939 - 1945 މިމުއްދަތުގައި، އާބާދީގެ 10 އިންސައްތަ މީހުން ބަނޑުހައިހޫނުކަމުގެ ތަދުމަޑުކަމުގައި މަރުވުން، "ހަނގުރާމައަށްފަހު ދިވެހިރާއްޖެ", "ކުރިޔަށް ދިވެހި ގައުމު" އެވެ.

1945 - 1953 މިމުއްދަތުގައި، ދިވެހި ނިކަމެތި ރައްޔިތުންނަށް ކާބޯތަކެތި ލިބި ފުރާގު ފުރިހަމަވެ، ހައިހޫނުކަމުގައި މީހުން މަރުވުން ހުއްޓުނީ ފުރަތަމަ ޖުމުހޫރިއްޔަތު އަމީނީ ދައުރު ނިމުމުންނެވެ. ދިވެހި އާންމު ރައްޔިތުންގެ ދިހަހާހަށްވުރެ ގިނަމީހުން ހައިހޫނުގައި މަރުވެދިއުމުގައި އެތަައްސަތޭކަ ބަޔަކު މަރުވެދިޔައީ ދަައުލަތުގެ ފަގީރުކަމުން ނޫން ކަމަށާއި ވެރިކަން ހިންގުމުގެ އާންމު ރައްޔިތުންގެ ޒަރޫރީ ކަންކަމަށްވުރެ "ކުޅިވަރާއި މަޖަލުގެ ޖޯޝީ ހަރަކާތްތަކަށް" އިސްކަން ދިނުމުގެ "ދޯދިޔާ" ކަންކަމުގެ ސަބަބުން ކަމުގައި ވުމީ، އަމީނީ ވެރިކަން އިންގިލާބުކޮށްލެވުނު މައިގަނޑު ސަބަބު ކަމުގައިވެއެވެ.

50%
0%
0%
0%
0%
50%