ލޫޓުވައިފި،ލޫޓުވައިފި ބޮޑު އެއްވުމަށް ކުރެންދޫ ޓީމު މާލެ އަންނަން ފުރައިފިއެވެ. ކުރެންދޫން ވާހަކަ ދެއްކި ފަރާތަކުން ބުނީ އެ ރަށުން ގިނަ އަދަދެއްގެ ބަޔަކު މި އެއްވުމުގައި ބައިވެރިވާނެ ކަމަށެވެ.
ކުރެންދޫ ގެ ބަނދަރު ސަރަހައްދުން ކުރެންދޫ ޓީމް
— Rashwan (@RashwanMv) October 3, 2025
🗓️ 3rd October
📍Artificial Beach
⏰ 20:30#LootuvaifiLootuvaifi pic.twitter.com/w3F6UmWjmS
އެމްޑީޕީ އިން ބާއްވާ އެއްވުމާއި ގުޅިގެން ހަމަނުޖެހުން ހިނގައިފާނެ ކަމަށް ބެލެވޭތީ ކަމަށް ބުނެ އަނިޔާ ވެގެން ގެންނަ ފަރާތްތަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގެ އީއާރު ތައްޔާރީ ހާލަތަކަށް ގެންނަކަން އިއުލާންކޮށް މުވައްޒަފުންނަށް އެކަން އަންގައިފިއެވެ.
އަދި ލެވެލް މަތިކުރަން ޖެހިއްޖެނަމަ އެކަންވެސް އަންގާނެ ކަމަށް ޑިޕާޓްމަންޓްތަކަށް ފޮނުވި މެސެޖުގައި ބުނެފައިވެއެވެ.
އެމްޑީޕީ އިން ބާއްވާ އެއްވުމާއި ގުޅިގެން ފުލުހުންގެ އެލަރޓް ލެވެލް މަތިކުރަންޖެހިދާނެ ކަމަށް އަންގާ ތައްޔާރީ ހާލަތުގައި ތިބުމަށް ފުލުހުންނަށް އަންގައިފިއެވެ.
ލޫޓުވައިފ، ލޫޓުވައިފި މުޒާހަރާ އަށް ހައްދުން މަތިން މާލެ އަންނަ ޓީމުތައް ބުރާސްފަތި ދުވަހު ހަވީރު އެ އަތޮޅުން ފުރައިފިއެވެ.
ހައްދުންމަތިން އެ ނައްޓާލީ މާލެ.
— Mohamed Shaan Abdulla (@kudey_a) October 2, 2025
ރަށްރަށުން އެތަށް ސަތޭކަ ބަޔަކު މާލެ އަރާނެ.
އޮކްޓޯބަރު 3 ދާނީ ބާރަށް ކުރިއަށް.
#LootuvaifiLootuvaifi
#Artificialbeach #3October pic.twitter.com/g4PWhRj61a
އޮކްޓޯބަރު 3 ވާ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުން ފެށުމަށް ހަމަޖެހިފައިވާ "ލޫޓުވައިފި ލޫޓުވައިފި" އެއްވުމަށް ހުރަސް އެޅުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ނެރެފައިވަނީ ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ބަޔާނެއް ކަމަށާއި އެއްވުމަށް ހުރަސް ނޭޅުމަށް އެމްޑީޕީ އިން ފުލުހުންނަށް ގޮވާލައިފި އެވެ.
ޚަބަރު: "ލޫޓުވައިފި ލޫޓުވައިފި" އެއްވުމަށް ހުރަސް ނޭޅުމަށް އެމްޑީޕީ އިން ފުލުހުންނަށް ގޮވާލައިފި https://t.co/P4QktWjAtW
— raajje.mv (@raajjemv) October 1, 2025
ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ބޮޑު އެއްވުމަށް ދައުވަތު ދިނުމުގެ ގޮތުން މާލޭގައި ބުދަ ދުވަހު ހަވީރު އެމްޑީޕީ އިން ސައިކަލު ބުރެއް ބާއްވައިފިއެވެ.
ފުލުހުންގެ އޮޕަރޭޝަނަލް ރެޑިނަސް ބެލުމުގެ ގޮތުން ކުރިއަށް ގެންދާ ސިލްސިލާ އެކްސަސައިޒްތަކުގެ ތެރެއިން އެކްސަސައިޒްތަކެއް 2025 އޮކްޓޫބަރު 1 އަދި 2 ވަނަ ދުވަހު މާލެއާއި ހުޅުޅުމާލޭގައި ކުރިއަށްދާނެ ކަމަށް ފުލުހުން ބުނެފި.
ފުލުހުންގެ އޮޕަރޭޝަނަލް ރެޑިނަސް ބެލުމުގެ ގޮތުން ކުރިއަށް ގެންދާ ސިލްސިލާ އެކްސަސައިޒްތަކުގެ ތެރެއިން އެކްސަސައިޒްތަކެއް 2025 އޮކްޓޫބަރު 1 އަދި 2 ވަނަ ދުވަހު މާލެއާއި ހުޅުޅުމާލޭގައި ކުރިއަށްދާނެއެވެ. pic.twitter.com/xtMaSSsjYL
— Maldives Police (@PoliceMv) October 1, 2025