ދައުލަތުގެ ބާރުތައް ހިސޯރުކޮށް ހައްގުތައް ނިގުޅައިގަތުމަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު އަނބުރާ އިއާދަ ކުރުން
ދިވެހިރާއްޖޭގެ މާލީ ސިޔާސަތު ފުނޑާލައި އެސްއޯއީތައް މެދުވެރިކޮށް ޕްރޮޖެކްޓްތައް ހިންގުމުގެ ނަމުގައި ބަޖެޓު ލޫޓުވުން ހުއްޓުވައި ޕްރައިވެޓް ސެކްޓަރ ކުރިއެރުވުމަށް ހުރަސް އެޅުން ހުއްޓާލައި ކުރިއަށް އޮތް ފަސް ހަފްތާތެރޭ ކުންފުނިތަކަށް ދިނުން
ފައްކާވަމުން އައި ލާމަރުކަޒީ ނިޒާމު އިހު އޮތްގޮތައް އިއާދަކޮށް ބާރުވެރިކަން ރަށްރަށުން ނިގުޅައިގަތުން ހުއްޓާލުން
ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު އުވާލުން
އެމްޑީޕީން އާޓިފިޝަލް ބީޗުގައި މިހާރު ކުރިޔަށް ގެންދާ ބޮޑު އެއްވުން "ލޫޓުވައިފި ލޫޓުވައިފި" އެއްވުމަކީ މިހާރު ވެރިކަމުގައި ހުރި އަނިޔާވެރި ވަލިއްޔުލްއަމްރު އަޒުލުކުރަން ބާއްވާ އެއްވުމުގެ ފެށުން ކަމަށް ގަލޮޅު ދެކުނުދާއިރާގެ މަޖިލިސް މެމްބަރު މީކާއީލް އަހުމަދު ނަސީލް ވިދާޅުވެއްޖެ
"އަޅުގަނޑުމެންނަކީ ސުލްހަވެރި ސިޔާސީ ހަރަކާތް މެދުވެރިކޮށް އިސްލާހީ ބަދަލު ދިވެހިރާއްޖެއަށް ގެނައި ޕާޓީ. އަޅުގަނޑުމެންނަކީ އަޅުގަނޑުމެން ގެނައި އިސްލާހީ ބަދަލުތައް އޮޔާލާ ދޫކޮށްލާ ފުޑުފުޑުކޮށްލާއިރު ބަލަހައްޓާގެން ތިބޭނެ ބައެއް ނޫން. އަޅުގަނޑުމެންނަކީ ބުނަންޖެހޭ އެއްޗެއް ބުނެ، އަޑު އުފުލަން ކެރޭނެ ޕާޓީ. އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ރާއްޖެއަށް ހެޔޮ ގޮތް ގެނައުމަށްޓަކައި ވާންޖެހުނު ކޮންމެ ގުރުބާނީއެއް މިހާތަނަށް ވެސްވަމުންދާ ޕާޓީ" - އަބްދުﷲ ޝާހިދު
ބުދަ ދުވަހުގެ ރޭ ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ސަރުކާރުގެ މުވައްޒަފުންނާއި މަޖުބޫރުކޮށްގެން އެއްކުރި މީހުންނަށްވުރެ ގިނައިން އެމްޑީޕީގެ "ލޫޓުވައިފި ލޫޓުވައިފި" ބޮޑު އެއްވުމަށް މީހުން އެއްވެއްޖެ އެވެ.
އެމްޑީޕީގެ ބޮޑު އެއްވުމަށް އަތޮޅުތެރޭގެ އެކި ރަށްރަށުން ކަނޑުމަގުންނާއި ވައިގެ މަގުންވެސް ވަނީ މާލެ ޖަމާވެފަ އެވެ. މި އެއްވުން ފެށެން ވަގުތު ކުޑަތަންވީ ވަރަށް ސަރުކާރާއި ސިފައިންނާއި ފުލުހުން ވަނީ އޮފް ޑިއުޓީގައި ތިބީ މުވައްޒަފުންވެސް ޑިއުޓިއަށް ނެރެ ހަރަކާތްތެރިވާން ފަށައިފަ އެވެ.
އެމްޑީޕީގެ ބޮޑު އެއްވުން އަރޓިފިޝިއަލް ބީޗުގައި ފަށައިފި އެވެ.
"ލޫޓުވައިފި ލޫޓުވައިފި" ނަމުގައި އެމްޑީޕިން ކުރިއަށްގެންދާ މުޒާހަރާ ފެށިގެން ކުރިއަަށް ދާއިރު އަރޓިފިޝިއަލް ބީޗު ވަނީ އެއްކޮށް ފުރިފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އެސަރަހައްދަށް އަދިވެސް އަންނަނީ މީހުން ޖަމާވަމުންނެވެ.
"ލޫޓުވައިފި ލޫޓުވައިފި" ބޮޑު މުޒާހަރާއާ ދިމާކޮށް އެމްއެންޑީއެފްގެ ޑްރޯން އެއް މާލެ މަތިން ދުއްވަމުންދާ އިރު، މާލެ ކައިރީގައި ޑްރޯން އެނބުރޭތާ އެތައް އިރެއްވަނީ ވެފައި.
އެމްޑީޕީގެ ބޮޑު އެއްވުމަށް އަރޓިފިޝިއަލް ބީޗަށް މިހުން މިހާރުވަނީ ޖަމާވާން ފަށައިފަ އެވެ.
8:30 ގައި ފަށަން ހަމަޖެހިފައިވާ ބޮޑު އެއްވުމުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވާނެ ކަމަށް އެމްޑިޕީން ބުނެ އެވެ. އެގޮތުން އަތޮޅުތެރެއިންވެސް އެކި ރަށްރަށުން މާލެއަށް ވަނީ މީހުން ޖަމާވެފަ އެވެ.
"ލޫޓުވައިފި ލޫޓުވައިފި" މުޒާހަރާއާއި ގުޅޭގޮތުން ބިރުދެއްކުމާއި ނުބައިމީސްކުރުން ހުއްޓާލުމަށް މާލެ ސިޓީ ކައުންސިލް އިން ސަރުކާރަށާއި ސަލާމަތީ ބާރުތަކަށް ގޮވާލައިފި އެވެ.
މާލެ ސިޓި ކައުންސިލުން ބުނީ، ޚިޔާލު ފައުޅުކުރުމާއި، މުޒާހަރާ ކުރުމާއި، ސުލްޙަވެރި ސިޔާސީ: ޙަރަކާތަކީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދފައިވާ އަސާސީ "ޙައްޤުތަކެއް ކަމަށެވެ.
އެ ބަޔާނުގައި ސިޓީ ކައުންސިލުން ބުނީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިރޭ މާލޭގައި ބާއްވަން ނިންމާފައިވާ "ލޫޓުވައިފި ލޫޓުވައިފި" އެއްވުމާ ގުޅިގެން ސަރުކާރު ހިންގާ ޕާޓީގެ އިސް އޮފިޝަލުން ގެންދަނީ އާންމުންގެ ތެރޭގައި ބިރުވެރިކަމާއި ނުތަނަވަސްކަން ފެތުރޭ ގޮތަށް ވާހަކަދައްކަމުން ކަމަށެވެ.
އަދި ފުލުހުން މެދުވެރިކޮށް އިންޒާރުދެމުންދާ ކަމަށާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ހިމެނޭހެން އެއްވުމުގައި ބައިވެރިނުވާން އަންގަމުން ދާކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އެމްޑީޕީން މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ބޮޑު މުޒާހަރާއާ ދިމާކޮށް އެމްއެންޑީއެފްގެ ޑްރޯންތައް މާލެ މަތިން ދުއްވަން ފަށައިފި އެވެ.
އިދިކޮޅު މުޒާހަރާ ފެށެން ކުޑަތަން ވެފައި ވަނިކޮށް އެމްއެންޑީއެފްގެ ޑްރޯން މާލެ މަތިން ދުއްވަމުންދާ ސަބަބެއް ސިފައިން ބުނެފައެއް ނުވެ އެވެ.
ޓްރެކިން ސައިޓުތަކުން ދައްކާ ގޮތުގައި މާފަރު އެއާޕޯޓުގައި ހުންނަ ޑްރޯން ބޭސް އިން މިއަދު ހަވީރު ފުރި ސިފައިންގެ ޑްރޯން އެއް މިހާރު ދަނީ މާލެ މަތީ ދުއްވަމުންނެވެ.
"ލޫޓުވައިފި ލޫޓުވައިފި" މުޒާހަރާ އާއި ގުޅިގެން ގާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ގުޅޭނެ ނަމްބަރެއް އެމްޑީޕީން ހިއްސާކޮށްފި އެވެ.
އެމްޑީޕީން ބުނީ 7341637 ފޯނު ނަމްބަރަށް ގުޅައިގެންނާއި ވައިބަރ ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށްވެސް އެހީތެރިކަމަށް އެދެވޭނެ ކަމަށެވެ.
ފޯނު ނަމްބަރު: 7341637
"ލޫޓުވައިފި ލޫޓުވައިފި" ބޮޑު އެއްވުން ބާއްވަން ވަގުތު ކުޑަތަން ވާވަރަކަށް އަރޓިފިޝިއަލް ބީޗު ކައިރީ ފުލުހުން ހަރަކާތްތެރިވާ މިންވަރު އަންނަނީ އިތުރުވަމުންނެވެ.
އެމްޑީޕީގެ ބޮޑު އެއްވުން މިރޭ 8:30 ގައި ފަށަން ތައްޔާރު ވެފައިވާއިރު އަތޮޅުތެރޭގެ އެކި ރައްރަށުގެ ރައްޔިތުން އަންނަނީ މާލެ ޖަމާވަމުންނެވެ.
މީގެ އިތުރުން ފުލުހުންގެ "އޮޕަރޭޝަނަކަށް" މާލޭގެ އެކި ސަރަހައްދުތައް މިރޭ ބަންދުކުރަން ވެސް ވަނީ ނިންމައިފަ އެވެ. ފުލުހުންގެ އޮޕަރޭޝަނަކަށް އާއްމު ސަރަހައްދުތަކެއް ބަންދުވާނެ ކަމަށް ކުއްލިއަކަށް ބުނި ނަމަވެސް، ބަންދުވާނީ ކޮން ސަރަހައްދުތަކެއް ކަމެއް އަދި ބަންދުވާނެ ގަޑިތަކެއް ވެސް ނުބުނެ އެވެ.
އެމްޑީޕީން މިރޭ މާލޭގައި ބާއްވާ ބޮޑު މުޒާހަރާ އަށް ފުލުހުން ތައްޔާރުވަމުން ދަނިކޮށް، މާލޭ އޭރިއާގެ ކޮމާންޑަރު، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އާސިމް އަބްދުﷲ، އެ މަގާމުން ވަކިކޮށް، އާ މީހަކު އައްޔަންކޮށްފި އެވެ.
މާލެ ޕޮލިސްގެ ހެޑް ކަމަށް ހަމަޖެއްސެވީ އޭސީޕީ އަބްދުﷲ ޝަރީފް އެވެ.
މި ބަދަލު ގެނައިކަން ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ސަރުކާރުގެ ސިޔާސަތްތަކާ ދެކޮޅަށް ޞުލްޙަވެރި އިހުތިޖާޖާ މުޒާހަރާ ކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް އަސާސީ ޙައްޤެއް.
މަގަށް ނިކުމެ ޖަމާޢަތްހަދާ އިހުތިޖާޖުކޮށް ރައްޔިތުންގެ ހިތްހަނމަނުޖެހުން ފާޅުކުރަމަކީވެސް އަސާސީ ޙައްޤެއް.
މަގަށް ނިކުންނަނީ ބިނާކުރަނިވި މަޝްވަރާގެ ޖާގަ ނެތުނީމަ
ސަރުކާރުގެ ސިޔާސަތްތަކާ ދެކޮޅަށް ޞުލްޙަވެރި އިހުތިޖާޖާ މުޒާހަރާ ކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް އަސާސީ ޙައްޤެއް.
— ahmad ali sawad (@DrSawad) October 3, 2025
މަގަށް ނިކުމެ ޖަމާޢަތްހަދާ އިހުތިޖާޖުކޮށް ރައްޔިތުންގެ ހިތްހަނމަނުޖެހުން ފާޅުކުރަމަކީވެސް އަސާސީ ޙައްޤެއް.
މަގަށް ނިކުންނަނީ ބިނާކުރަނިވި މަޝްވަރާގެ ޖާގަ ނެތުނީމަ
ލޫޓުވައިފި އެއްވުމާއި ގުޅިގެން ޓްރެފިކް ބަންދުކޮށް މަގުތައް ބަންދުކުރަނީ އެމްޑީޕީއާއެކު ވެފައިވާ އެއްބަސްވުމާއި ހިލާފަށް ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު އިބްރާހިމް ވަހީދު ވިދާޅުވެއްޖެ
އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ "ފުލުހުން އެމްޑީޕީއާއެކު ބޭއްވި ބައްދަލުވުމުގައި އަޅުގަނޑުމެންނަށް ޔަޤީންކަން ދެއްވާފައި އޮތީ މިރޭގެ ބައްދަލުވުމަށް އާޓިފިޝަލް ބީޗަށް އަންނަން އެއްވެސް މީހަކަށް ހުރަސް ނާޅާނެކަމަށް، މިހާރު ފުލުހުން ތިޔަ އެއްބަސްވީގޮތާއި ޚިލާފްވަނީ" ކަމަށެވެ.
ފުލުހުން އެމްޑީޕީއާއެކު ބޭއްވި ބައްދަލުވުމުގައި އަޅުގަނޑުމެންނަށް ޔަޤީންކަން ދެއްވާފައި އޮތީ މިރޭގެ ބައްދަލުވުމަށް އާޓިފިޝަލް ބީޗަށް އަންނަން އެއްވެސް މީހަކަށް ހުރަސް ނާޅާނެކަމަށް، މިހާރު ފުލުހުން ތިޔަ އެއްބަސްވީގޮތާއި ޚިލާފްވަނީ @AdhadhuMV @Raajje_tv @viraasee https://t.co/9nExakZoPU
— Ibrahim Waheed (@ibreys) October 3, 2025
"ލޫޓުވައިފި ލޫޓުވައިފި" މުޒާހަރާ އާއި ގުޅިގެން ވިލިމާލެ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިސްމާއިލް ގެ އިންޒާރެއް މީރޭގެ އެއްވުމުގައި ބައިވެރިވާ ރައްޔިތުންނަށް ދީފި އެވެ.
ކޮންގްރެސް ރީޓުވީޓްސް ކިޔާ ގުރޫޕެއްގައި މުހައްމަދު އިސްމާއިލް ކުރި މެސެޖެއްގައި ވިދާޅުވީ "އެމްޑީޕީގެ ގައްދާރުންތަކަށް މިރޭ ހޭ އަރުވާލަންވާނެ" މިހެންނެވެ.
މުހައްމަދު އިސްމާއިލް އާއި ޕީއެންސީގެ އިތުރު އެހެން މެންބަރުން ހިމެނޭ އެ ގުރޫޕަކީ ޖުމުލަ 195 މީހުން ހިމެނޭ ގުރޫޕެކެވެ.
ނަސަންދުރާ ކުރިމަތީގައި ޓްރެފިކް ބާރު ބޮޑުވެ، ފުލުހުން ޓްރެފިކް ބަލަހައްޓަން ފަށައިފިއެވެ. އިތުރު ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ޓްރެފިކް ބާރު ބޮޑުވަނީ މިރޭ އޮންނަ އެއްވުމަށް މާލެ އަރާ މީހުންގެ އަދަދު އިތުރުވުމާއި ގުޅިގެންނެވެ.
"ލޫޓުވައިފި ލޫޓުވައިފި" މުޒާހަރާއަށް މަހިބަދޫގެ ރައްޔިތުން ފުރައިގެން މާލެ ދިއުމަށް ދަތުރުފަށައިފި އެވެ. ބޮޑު އެއްވުން އޮންނާނީ މިރޭ 8:30 ގައި އަރޓިފިޝިއަލް ބީޗުގަ އެވެ.
މީގެ އިތުރުން އަތޮޅުތަކުގެ އިތުރު އެހެން ރައްރަށުގެ ރައްޔިތުން ވެސް މާލެ ޖަމާވާން ވަނީ ފަށައިފަ އެވެ.
ސުލްޙަވެރި ސިޔާސީ ޙަރަކާތަކީ އަސާސީ ޙައްޤެއްް ކަމަށާއި، އެކަމަށް މާލޭގެ މަގުތަކާއި ޢާންމު ޖާގަތައް ވަނީ ހުޅުވިގެން ކަމަށް މާލެ ސިޓީގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރ ސައިފް ފާތިހު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ވެރިކަންކުރާ ޕާޓީގެ ވެރިންނާއި ސަލާމަތީ ބާރުތައް ކެނޑިނޭޅި ބިރުދައްކަމުން ދާ ދިއުމަކީ އެޙައްޤަށް ހުރަސްއެޅުން ކަމަށެވެ. އަދި ބިރުދެއްކުމާއި އިންޒާރުތައް ހުއްޓާލަން ކައުންސިލް މެންބަރެއްގެ ޙައިސިއްޔަތުން ވަނީ ގޮވާލާފައެވެ.
As member of @MaleCitymv , I call on the ruling party @pncmv and security forces to stop the fear-mongering.
— Saif Fathih (@aekofathih) October 3, 2025
Streets and public spaces of Malé will always be open to exercise the fundamental rights to protest and expression.
These pathetic attempts to suppress and create fear… https://t.co/vLSUL1gyeE
ސޯޝަލް މީޑިއާގައި ފުލުހުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ "ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނަކާ ގުޅިގެން މިއަދާއި މިރޭގެ އެކި ވަގުތުތަކުގައި އާންމު ޓްރެފިކަށާއި ހިނގާ މީހުންނަށް މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރެވޭނެ ވާހަކަ ދަންނަވަން. މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށް އެދެން. އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށްް ދިމާވެދާނެ އެންމެހައި ދަތިތަކަށް ނިހާޔަތަށް މާފަށް އެދެން" ކަމަށެވެ.
"ލޫޓުވައިފި ލޫޓުވައިފި" ގެ ނަމުގައި އެމްޑީޕީން ބާއްވާ ބޮޑު އެއްވުމަށް ލޯންޗުތަކުގައާއި ވައިގެ މަގުންވެސް މީހުން ދަނީ މާލެ އަށް ޖަމާވަމުންނެވެ.
"ލޫޓުވައިފި ލޫޓުވައިފި" ގެ ނަމުގައި އެމްޑީޕީން ބާއްވާ ބޮޑު އެއްވުމަށް ލޯންޗުތަކުގައާއި ވައިގެ މަގުންވެސް މީހުން ދަނީ މާލެ އަށް ޖަމާވަމުން | #MDPBoduevvun pic.twitter.com/xKazRonuhE
— RaajjeTV (@Raajje_tv) October 3, 2025
"ލޫޓުވައިފި ލޫޓުވައިފި" މުޒާހަރާއަށް އާރޓިފިޝިއަލް ބީޗު ތައްޔާރު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ބުރާސްފަތި ދުވަހުގެ ރޭވެސް އަދި މިވަގުތުވެސް އެސަރަހައްދުގައި ގިނަ އަދަދެއްގެ ބަޔަކު ދަނީ ހަރަކާތްތެރިވަމުންނެވެ.
އެމްޑީޕީން ހުކުރު ދުވަހުގެ ރޭ އާރޓިފިޝިއަލް ބީޗުގައި ބާއްވާ ބޮޑު އެއްވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ރައްޔިތުން މާލެ ޖަމާވާން ފަށައިފި | #MDPBoduevvun pic.twitter.com/VmONlkuwUv
— RaajjeTV (@Raajje_tv) October 3, 2025
އެމްޑީޕީން ހުކުރު ދުވަހުގެ ރޭ އާރޓިފިޝިއަލް ބީޗުގައި ބާއްވާ ބޮޑު އެއްވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ރައްޔިތުން މާލެ ޖަމާވާން ފަށައިފި އެވެ.
"ލޫޓުވައިފި ލޫޓުވައިފި" ގެ ނަމުގައި އެމްޑީޕީން ބާއްވާ ބޮޑު އެއްވުމަށް ލޯންޗުތަކުގައާއި ވައިގެ މަގުންވެސް މީހުން މާލެ އަންނަން ދަތުރު ފަށާފައިވާކަމަށް މައުލޫމާތު ލިބެ އެވެ.
އޭގެ އިތުރުން ބުރާސްފަތި ދުވާހާއި ހުކުރު ދުވަހުގެ މެންދުރާ ހަމައަށްވެސް ގިނަ ބަޔަކު މާލެ އަރާފައިވާއިރު އެމީހުން މާލެ އަރާފައި ވަނީ އެމްޑީޕީގެ ދިދަވެސް ހިފައިގެންނެވެ. އަދި މިހާރުވެސް ގިނަ އަދަދެއްގެ ލޯންޗުތައް މާލެ އައުމަށް ވަނީ ދަތުރު ފަށައިފަ އެވެ. ގިނަ ބަޔަކު މާލެއަށް ދަތުރު ފަށާފައިވާއިރު، ކަނޑުދަތުރުކުރާ އުޅަނދުތައް ބަލައިފާސްކުރަން ސިފައިން ހާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފަ އެވެ.
ލޯންޗުތަކާއި ބޯޓުތައް އަދި ދުރު ސަރަހައްދުތަކުން ވައިގެ މަގުން މާލެއަށް މީހުން ދަތުރުކުރާ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އޭގެތެރޭގައި ރާއްޖޭގެ ދެކުނާއި އުތުރު އަދި މެދު ރާއްޖެތެރޭގެ ސަރަހައްދުތަކުން ދަތުރުކުރާ މީހުން ހިމެނެ އެވެ.
އެޗްޑީސީ އިން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހުޅުމާލެ ފޭސް 1 ގެ ބީޗް ސަރަހައްދުގެ ޗެނެލް ޕާކު ސަރަހައްދުގައި މިޔުޒިކް ޝޯވ ދެނީ "ޓޫ އޮފް އަސް" އިން ކަމަށެވެ. ޝޯވ ފަށަން ހަމަޖައްސާފައިވާ ގަޑިއަކީ ރޭގަނޑު 8:45 އެއް ކަމަށް ވެސް ބުނެފައިވެއެވެ.
Be sure to join us tomorrow night at Mansa for the Coastal Cleanup 2025 wrap up event — where @2ofus will light up the night with music!#Coastalcleanup2025#DhuniyeMagey#WithHDC pic.twitter.com/QV4HNYKoqI
— Housing Development Corporation (@hdcmaldives) October 2, 2025