އެމްޑީޕީ ރިޔާސީ ޕްރައިމަރީ 2023

  • ރައީސްގެ އަނބިކަނބަލުން ވޯޓު ދެއްވައިފި
  • ރ އަދި ބ އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓު ފޮށިތައް ހުންނާނީ އިސްކަންދަރު ސްކޫލުގައި
  • ނ އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓު ފޮށިތައް ހުންނާނީ ގައުމީ ޔުނިވާސިޓީގެ މައި ކެމްޕަހުގައި
 
Writer Profile Picture
ޙުސައިން މަޚްތޫމް
ރައީސްގެ އަނބިކަނބަލުން ވޯޓު ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ އަނބިކަނބަލުން ފަޒްނަ އަހުމަދު ވޯޓު ދެއްވައިފިއެވެ.

ރައީސްގެ އަނބިކަނބަލުން ވޯޓު ދެއްވަނީ
28 ޖެނުއަރީ 2023 | ހޮނިހިރު 12:11
Writer Profile Picture
ޙުސައިން މަޚްތޫމް
ރ އަދި ބ އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓު ފޮށިތައް ހުންނާނީ އިސްކަންދަރު ސްކޫލުގައި

ރ އަދި ބ އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓު ފޮށިތައް ހުންނާނީ އިސްކަންދަރު ސްކޫލުގައި

ދާއިރާތައް:

- އަލިފުށި ދާއިރާ

- އުނގޫފާރު ދާއިރާ

- ދުވާފަރު ދާއިރާ

- އިނގުރައިދޫ ދާއިރާ

- މަޑުއްވަރީ ދާއިރާ

- ތުޅާދޫ ދާއިރާ

- އޭދަފުށި ދާއިރާ

- ކެންދޫ ދާއިރާ

28 ޖެނުއަރީ 2023 | ހޮނިހިރު 11:59
Writer Profile Picture
ޙުސައިން މަޚްތޫމް
ނ އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓު ފޮށިތައް ހުންނާނީ ގައުމީ ޔުނިވާސިޓީގެ މައި ކެމްޕަހުގައި

ނ އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓު ފޮށިތައް ހުންނާނީ ގައުމީ ޔުނިވާސިޓީގެ މައި ކެމްޕަހުގައި

ދާއިރާތައް:

- ކެނދިކުޅުދޫ ދާއިރާ

- މަނަދޫ ދާއިރާ

- ވެލިދޫ ދާއިރާ

- ހޮޅުދޫ ދާއިރާ

28 ޖެނުއަރީ 2023 | ހޮނިހިރު 11:57
Writer Profile Picture
ޙުސައިން މަޚްތޫމް
ށ އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓު ފޮށިތައް ހުންނާނީ އަމީނިއްޔާ ސްކޫލުގައި

ށ އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓު ފޮށިތައް ހުންނާނީ އަމީނިއްޔާ ސްކޫލުގައި

ދާއިރާތައް:

- ކަނޑިތީމު ދާއިރާ

- މިލަންދޫ ދާއިރާ

- ކޮމަންޑޫ ދާއިރާ

- ފުނަދޫ ދާއިރާ

28 ޖެނުއަރީ 2023 | ހޮނިހިރު 11:55
Writer Profile Picture
ޙުސައިން މަޚްތޫމް
ހއ އަދި ހދ އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓު ފޮށިތައް ހުންނާނީ ސީއެޗްއެސްސީ ހޯލުގައި

ހއ އަދި ހދ އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓު ފޮށިތައް ހުންނާނީ ސީއެޗްއެސްސީ ހޯލުގައި

28 ޖެނުއަރީ 2023 | ހޮނިހިރު 11:52
Writer Profile Picture
ޙުސައިން މަޚްތޫމް
މުޅި ޖުމްލަ 243 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައި

އެމްޑީޕީން އާއްމުކޮށްފައިވާ ގޮތުގައި ޕްރައިމަރީގައި ވޯޓުލުމަށް މުޅި ޖުމްލަ 243 ވޯޓު ފޮއްޓެއް ވަނީ ބަހައްޓައިފައެވެ. އެގޮތުން މާލޭގައި 49 ވޯޓު ފޮއްޓާއި ހުޅުމާލޭގައި އެއް ފޮށި އަދި ވިލިމާލޭގައި އެއް ފޮށި ބަހައްޓާފައިވާ އިރު އަތޮޅުތެރޭގައި 194 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އެޕާޓީ އިން މައުލޫމާތު ދީފައި ވެއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީ 2023 - ރާއްޖެއެމްވީ
28 ޖެނުއަރީ 2023 | ހޮނިހިރު 11:49
Writer Profile Picture
ޙުސައިން މަޚްތޫމް
މި އިންތިޚާބުގައި އެމްޑީޕީގެ 57،255 މެންބަރުންނަށް ވޯޓުލެވޭނެ

މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 5:00 އާ ހަމައަށެވެ. މި އިންތިޚާބުގައި އެމްޑީޕީގެ 57،255 މެންބަރުންނަށް ވޯޓުލެވޭނެއެވެ.

28 ޖެނުއަރީ 2023 | ހޮނިހިރު 11:45
Writer Profile Picture
ޙުސައިން މަޚްތޫމް
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ނަޝީދު ވޯޓު ލައްވައިފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ނަޝީދު ވޯޓު ލައްވައިފިއެވެ. އެމަނިކުފާނު ވޯޓު ލެއްވީ ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޮޓު ފޮއްޓަށެވެ.

28 ޖެނުއަރީ 2023 | ހޮނިހިރު 11:38
Writer Profile Picture
އިދުހާމް ނަޢީމް
ރައީސް ޞާލިހު ވޯޓު ލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގައި ވޯޓު ލައްވާފައި. އެމަނިކުފާނު ވޯޓު ލެއްވީ އިސްކަންދަރު ސްކޫލުގައި ބަހައްޓާފައިވާ ހިންނަވަރު ދާއިރާގެ ވޯޓު ފޮއްޓަށް

ރައީސް ޞާލިހް ވޯޓު ލައްވަނީ
28 ޖެނުއަރީ 2023 | ހޮނިހިރު 10:50
Writer Profile Picture
އިދުހާމް ނަޢީމް
އެމްޑީޕީ ރިޔާސީ ޕްރައިމަރީ

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވޯޓުލައްވަން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 11:00 އަށް. އެމަނިކުފާނު ވޯޓު ލައްވަން ވަޑައިގަންނަވާނީ ޖަމާލުއްދީން ސްކޫލަށް. އެމަނިކުފާނު ވޯޓު ލައްވާނީ ގަލޮޅު އުތުރު ދާއިރާގެ ފޮއްޓަށް

28 ޖެނުއަރީ 2023 | ހޮނިހިރު 10:26
Writer Profile Picture
އިދުހާމް ނަޢީމް
ލ. މުންޑޫގައި ކުރިން ވޯޓުލާން ފަށާފައިވާ ކަމުގެ ޝަކުވާއެއް

ލ. މުންޑޫގައި ބަހައްޓާފައިވާ ވޯޓު ފޮށީގެ ވޯޓު ލުން 9:00 ގެ ކުރިން ފަށާފައިވާ ކަމަށް ރައީސް މުޙައްމަދު ނަޝީދުގެ އިންތިޚާބީ އެޖެންޓް ހަސަން ލަތީފު ވަނީ ވިދާޅުވެފައި. އޭނާ ވިދާޅުވި ގޮތުގައި އެ ފޮށީގެ ވޯޓުލުން ފެށީ ރައީސް ނަޝީދުގެ މަންދޫބެއް ނެތި.

28 ޖެނުއަރީ 2023 | ހޮނިހިރު 10:22
Writer Profile Picture
އިދުހާމް ނަޢީމް
އެމްޑީޕީ ރިޔާސީ ޕްރައިމަރީ

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ގިނަ ދާއިރާތަކުގެ ވޯޓުލުން ފަށައިފައިވަނީ މިއަދު ހެނދުނު 9:00 ގައި. ބައެއް ދާއިރާތަކުގެ ވޯޓުލުން އަދި ނުފަށާ

28 ޖެނުއަރީ 2023 | ހޮނިހިރު 10:05
Writer Profile Picture
ޙުސައިން މަޚްތޫމް
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ

މަދު ވޯޓުފޮއްޓެއް ފިޔަވައި ހުރިހާތަނެއްގެ ވޯޓުލުން 9:00 ގައި ވަނީ ފަށާފައެވެ.

28 ޖެނުއަރީ 2023 | ހޮނިހިރު 09:48