އެމްޑީޕީ ރިޔާސީ ޕްރައިމަރީ 2023
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީގެ ވޯޓުލުން ވަނީ ފެށިފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ޞާލިހް (ކ) އަދި ރައީސް ނަޝީދު (ވ)
ވަގުތީ ނަތީޖާ: މީދޫ ދާއިރާ/ ރިނބުދޫ M01-3
މުޙައްމަދު ނަޝީދު: 12
އިބްރާހިމް މުޙައްމަދު ޞާލިހު: 36
ސައްހަ ވޯޓު: 48
ބާތިލު ވޯޓު: 4
ޖުމްލަ ވޯޓު: 52
ވަގުތީ ނަތީޖާ: މީދޫ ދާއިރާ/ ބަނޑިދޫ M01-2
މުޙައްމަދު ނަޝީދު: 21
އިބްރާހިމް މުޙައްމަދު ޞާލިހު: 4
ސައްހަ ވޯޓު: 25
ބާތިލު ވޯޓު: 0
ޖުމްލަ ވޯޓު: 25
ވަގުތީ ނަތީޖާ: މާވަށު ދާއިރާ/ މާވަށް O04-1
މުޙައްމަދު ނަޝީދު: 53
އިބްރާހިމް މުޙައްމަދު ޞާލިހު: 107
ސައްހަ ވޯޓު: 160
ބާތިލު ވޯޓު: 0
ޖުމްލަ ވޯޓު: 160
ވަގުތީ ނަތީޖާ: އިސްދޫ ދާއިރާ/ ކަލައިދޫ O01-4
މުޙައްމަދު ނަޝީދު: 21
އިބްރާހިމް މުޙައްމަދު ޞާލިހު: 72
ސައްހަ ވޯޓު: 93
ބާތިލު ވޯޓު: 1
ޖުމްލަ ވޯޓު: 94
ވަގުތީ ނަތީޖާ: އިސްދޫ ދާއިރާ/ މާބައިދޫ O01-3
މުޙައްމަދު ނަޝީދު: 7
އިބްރާހިމް މުޙައްމަދު ޞާލިހު: 89
ސައްހަ ވޯޓު: 96
ބާތިލު ވޯޓު: 3
ޖުމްލަ ވޯޓު: 99
ވަގުތީ ނަތީޖާ: ހެންވޭރު ހުޅަނގު ދާއިރާ/ މާލެ ސިޓީ T14-T
މުޙައްމަދު ނަޝީދު: 115
އިބްރާހިމް މުޙައްމަދު ޞާލިހު: 78
ސައްހަ ވޯޓު: 193
ބާތިލު ވޯޓު: 1
ޖުމްލަ ވޯޓު: 194
ވަގުތީ ނަތީޖާ: ފޮނަދޫ ދާއިރާ/ މާމެންދޫ O03-2
މުޙައްމަދު ނަޝީދު:43
އިބްރާހިމް މުޙައްމަދު ޞާލިހު:95
ސައްހަ ވޯޓު: 138
ބާތިލު ވޯޓު: 1
ޖުމްލަ ވޯޓު: 139
ވަގުތީ ނަތީޖާ: ތޮއްޑޫ ދާއިރާ/ ތޮއްޑޫ U02-1
މުޙައްމަދު ނަޝީދު: 129
އިބްރާހިމް މުޙައްމަދު ޞާލިހު: 149
ސައްހަ ވޯޓު: 278
ބާތިލު ވޯޓު: 5
ޖުމްލަ ވޯޓު: 283
ވަގުތީ ނަތީޖާ: މަތިވެރި ދާއިރާ/ މާޅޮސް U01-4
މުޙައްމަދު ނަޝީދު: 59
އިބްރާހިމް މުޙައްމަދު ޞާލިހު: 75
ސައްހަ ވޯޓު: 134
ބާތިލު ވޯޓު: 0
ޖުމްލަ ވޯޓު: 134
ވަގުތީ ނަތީޖާ: މާލެ ސިޓީ/ ޅ. އަތޮޅު GT-02
މުޙައްމަދު ނަޝީދު: 59
އިބްރާހިމް މުޙައްމަދު ޞާލިހު: 127
ސައްހަ ވޯޓު: 186
ބާތިލު ވޯޓު: 0
ޖުމްލަ ވޯޓު: 186
ވަގުތީ ނަތީޖާ: މަތިވެރި ދާއިރާ/ ފެރިދޫ U01-3
މުޙައްމަދު ނަޝީދު: 5
އިބްރާހިމް މުޙައްމަދު ޞާލިހު: 69
ސައްހަ ވޯޓު: 74
ބާތިލު ވޯޓު: 1
ޖުމްލަ ވޯޓު:75
ވަގުތީ ނަތީޖާ: ކެންދޫ ދާއިރާ/ ދޮންފަނު F03-5
މުޙައްމަދު ނަޝީދު: 9
އިބްރާހިމް މުޙައްމަދު ޞާލިހު: 22
ސައްހަ ވޯޓު: 31
ބާތިލު ވޯޓު: 0
ޖުމްލަ ވޯޓު: 31
ވަގުތީ ނަތީޖާ: ތުލުސްދޫ ދާއިރާ/ ހިންމަފުށި H02-4
މުޙައްމަދު ނަޝީދު: 22
އިބްރާހިމް މުޙައްމަދު ޞާލިހު: 34
ސައްހަ ވޯޓު: 56
ބާތިލު ވޯޓު: 0
ޖުމްލަ ވޯޓު: 56
ވަގުތީ ނަތީޖާ: ތޮއްޑޫ ދާއިރާ/ ރަސްދޫ
މުޙައްމަދު ނަޝީދު: 133
އިބްރާހިމް މުޙައްމަދު ޞާލިހު: 91
ސައްހަ ވޯޓު: 224
ބާތިލު ވޯޓު: 1
ޖުމްލަ ވޯޓު:225
ވަގުތީ ނަތީޖާ: އައްޑޫ މީދޫ ދާއިރާ/ އައްޑޫ ސިޓީ، މަރަދޫ ފޭދޫ S07-1
މުޙައްމަދު ނަޝީދު:86
އިބްރާހިމް މުޙައްމަދު ޞާލިހު: 154
ސައްހަ ވޯޓު: 240
ބާތިލު ވޯޓު:2
ޖުމްލަ ވޯޓު: 242
ވަގުތީ ނަތީޖާ: ގެމަނަފުށި ދާއިރާ/ ކޮނޑޭ P03-2
މުޙައްމަދު ނަޝީދު: 21
އިބްރާހިމް މުޙައްމަދު ޞާލިހު: 19
ސައްހަ ވޯޓު: 40
ބާތިލު ވޯޓު: 2
ޖުމްލަ ވޯޓު: 42
ވަގުތީ ނަތީޖާ: ބިލެއްދޫ ދާއިރާ/ ބިލެއްދޫ L-01-2
މުޙައްމަދު ނަޝީދު:47
އިބްރާހިމް މުޙައްމަދު ޞާލިހު:83
ސައްހަ ވޯޓު: 130
ބާތިލު ވޯޓު: 3
ޖުމްލަ ވޯޓު: 133
ވަގުތީ ނަތީޖާ: ހަނިމާދޫ ދާއިރާ/ ނައިވާދޫ B01-3
މުޙައްމަދު ނަޝީދު: 3
އިބްރާހިމް މުޙައްމަދު ޞާލިހު: 32
ސައްހަ ވޯޓު: 35
ބާތިލު ވޯޓު: 0
ޖުމްލަ ވޯޓު: 35
ވަގުތީ ނަތީޖާ: ފ. ބިލެއްދޫ L01-1
މުޙައްމަދު ނަޝީދު: 28
އިބްރާހިމް މުޙައްމަދު ޞާލިހު: 101
ސައްހަ ވޯޓު: 129
ބާތިލު ވޯޓު: 3
ޖުމްލަ ވޯޓު: 132
ވަގުތީ ނަތީޖާ، ވ. ކެޔޮދޫ
މުޙައްމަދު ނަޝީދު: 1
އިބްރާހިމް މުޙައްމަދު ޞާލިހު: 7
ސައްހަ ވޯޓު: 8
ބާތިލު ވޯޓު: 0
ޖުމްލަ ވޯޓު: 8
އެގްޒިޓް ޕޯލުން އިންތިޚާބު ކާމިޔާބު ކުރެއްވީ ރައީސް ޞާލިހު: ކެމްޕޭން ޓީމް
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އެގްޒިޓް ޕޯލުން ދައްކާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އިންތިޚާބު ކާމިޔާބު ކުރައްވާފައިވާ ކަމަށް އެމަނިކުފާނުގެ ކެމްޕޭން ޓީމުން ވަނީ އިއުލާންކޮށްފައި. އެޓީމުން ބުނި ގޮތުގައި ރައީސް ޞާލިހު ވަނީ 67 އިންސައްތައާއެކު އިންތިޚާބު ކާމިޔާބު ކުރައްވާފައި.
އެގްޒިޓް ޕޯލުން ރައީސް ނަޝީދު މޮޅުވެއްޖެ: ކެމްޕޭން ޓީމް
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގެ އެގްޒިޓް ޕޯލުން ދައްކާ ގޮތުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންތީޚާބު ކާމިޔާބު ކުރައްވައިފައިވާ ކަމަށް އެމަނިކުފާނުގެ ކެމްޕޭން ޓީމުން ބުނެފި. އެ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ނަޝީދަށް 64.7 އިންސައްތައިގެ އަޣުލަބިއޔަތެއް ލިބިވަޑައިގެންފައިވާ ކަމަށް. މިއީ ވޯޓު ގުނަން ފެށުމުގެ ކުރިން ނެރެފައިވާ ބަޔާނެއް.
ކުޅުދުއްފުށި ދެކުނު ދާއިރާގެ ވޯޓު ނެގުން ބަންދު
ކުޅުދުއްފުށި ދެކުނު ދާއިރާގެ ވޯޓު ނެގުން ބަންދުކޮށްފިއެވެ.

ވޯޓު ގުނަން ފަށައިފި
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓު ގުނަން ފަށައިފިއެވެ.

ވޯޓުލުމުގެ ވަގުތު ހަމަވެއްޖެ
އެމްޑީޕީ ރިޔާސީ ޕްރައިމަރީ 2023ގެ ވޯޓުލާ ވަގުތު ހަމަވެއްޖެއެވެ. ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ހެނދުނު 9:00ން ފެށިގެން 5:00 އަށެވެ.
މި އިންތިހާބުގައި 242 ވޯޓު ފޮއްޓެއް ބަހައްޓާފައިވާއިރު، ވޯޓުލެވޭ މީހުންގެ އަދަދަކީ 57،000 އެއްހާ މީހުންނެވެ.

ވޯޓް ފޮއްޓަށް ގެއްލުން ދިން މައްސަލައަކާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް
އިންތިހާބު ކުރިއަށް ގެންދިއުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެ - އެމްޑީޕީ
މިއަދު ކުރިއަށްދާ މި ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލާ މަރުކަޒުތަކުގައި ހުރި ވޯޓު ފޮށިތައް ފަޅާ އެކި ވަރުގެ ގެއްލުންތައް ދިނުމުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށް އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ޓީމުތަކަށާއި އެންމެހާ މެމްބަރުންނަށް އިލްތިމާސްކުރަން.
މިފަދަ ގެއްލުންތައް ޕާޓީއަށް ދޭ މެމްބަރުންނާމެދު ޕާޓީގެ ތެރެއިން އެޅެން ހުރި ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން. އަދި އިންތިހާބު ކުރިއަށް ގެންދިއުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެކަމުގެ ޔަގީންކަން އެންމެހާ މެމްބަރުންނަށް އަރުވަމެވެ.
ގައްދޫގައި ދިމާވި މައްސަލަ ހައްލުކޮށް ވޯޓުލުން ފަށައިފި
ގައްދޫގައި ދިމާވި މައްސަލަ ހައްލުކޮށް ވޯޓުލުން ފަށައިފި. "ރާއްޖެ އެމްވީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ސަރަހައްދުގައި ބޮޑީ ކެމެރާ ހަރުކޮށްގެން މީހަކު ވޯޓު އެޅި ކަމަށްބުނެ ވަނީ ހަމަނުޖެހުން ހިންގާފައި. އެގޮތުން، ވޯޓު ކަރުދާހަށް ފެން ޖަހާފައިވާ ކަމަށް ވެސް މައުލޫމާތުލިބޭ. ނަމަވެސް އަދިވެސް ބޭނުންވާ ވަރަށް ވޯޓު ކަރުދާސް ހުރުމުން ވޯޓުލުން ކުރިއަށްދާ ކަމަށް މައުލޫމާތު ލިބޭ.
އައްޑޫ ސިޓީގެ ހުރިހާ ހިސާބެއްގައި ވޯޓުލުން ދަނީ ކުރިއަށް
މިއަދު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އައްޑޫސިޓީގެ ހުރިހާ އަވަށްތަކެއްގައިވެސް ވޯޓުލުން ކުރިއަށް އެބަދެއެވެ. މިގޮތުން ހިތަދޫ ގައި ބެހެއްޓިފައިވާ 3 ވޯޓުފޮށީގެ ތެރެއިން ހިތަދޫ މެދު ދާއިރާގެ "އެސް 05" ނަންބަރުގެ ފޮއްޓަށް ވޯޓުލުން ފެށުނީ ހެނދުނު 9 ޖެހިއިރެވެ. މިފޮއްޓަށް ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ 1033 މީހަކު ތިބިއިރު ހެނދުނު 10 ޖެހިއިރު ވަނީ 89 ފަރާތަކުން ވޯޓުލާފައެވެ.
ހިތަދޫ އުތުރު ދާއިރާގެ "އެސް04 " ނަންބަރުގެ ވޯޓު ފޮއްޓަށް ވޯޓުލުމުގައި ދިމާވި އިދާރީ ބައެއް މައްސަލަތައް ޙައްލުކޮށްގެން ވޯޓު ލާން ފެށުނީ 9.40 ގައެވެ. މިފޮއްޓަށް ވޯޓުލުމުގެ ޙައްގު ލިބިފައިވަނީ 1133 މީހަކަށެވެ. މިފޮށީގެ ކިއުއަށް ހެނދުނު 9 ޖެހީއްސުރެންފެށިގެން މިވަގުތާއި ހަމަޔަށްވެސް މީހުން އަންނަނީ ޖަމާވަމުން ނެވެ. މި ފޮއްޓަށް ވޯޓު ލުމުގައި މިހާތަނަށް އެއްވެސް މައްސަލައެއް ދިމާވެފައެއް ނުވެއެވެ.
ހިތަދޫ އަވަށުގެ އެންމެ ގިނަ ބަޔަކު ވޯޓުލާން ކަނޑައެޅިފައިވާ ހިތަދޫ ދެކުނު ދާއިރާގެ "އެސް 06" ނަންބަރުގެ ވޯޓު ފޮއްޓަށް ވޯޓުލާން ފެށުނީވެސް ކަނޑައެޅިފައިވާ ވަގުތަށް ވުރެ ލަހުން، މިއަދު ހެނދުނު 9.45 އެހާކަށްހާއިރެވެ. މިއަދު ހެނދުނު 8 ޖެހީއްސުރެން ފެށިގެން މިފޮއްޓަށް ވޯޓުލާން މީހުން ކިއު ހަދާފައިވެއެވެ. އެހެންކަމުން މިފޮށީގެ ކިއުގައި މިވަގުތާ ހަމަޔަށްވެސް ގިނަ ބަޔަކު ތިބިކަން ފާހަގަ ކުރެވޭއިރު ވޯޓު ލުމުގައިވެސް ލަސްތަކެއް ހުރިކަމުގެ ޝަކުވާ އޮބްޒާވަރުންނާއި ވޯޓުލާން ގޮސްތިބި މީހުން ކުރަމުން ދެއެވެ.
ރާއްޖެޓީވީއާއި ވާހަކަ ދައްކަވަމުން އެފޮށީގެ އޮބްޒާވަރަކު ވިދާޅުވީ އިދާރީ ވަރަށް ގިނަ ކަންތައްތަކެއް ހަމަޖެހިފައިވާ ގޮތުގެ ސަބަބުން ވޯޓު ލުމަށް ހުރަސްތަކެއް ކުރިމަތި ވަމުން އަންނަ ކަމަށާއި ވޯޓުލުމުގެ އިންތިޒާމްތައްވެސް ދޯދިޔާކަން ވަރަށް ބޮޑަށް ފާހަގަ ކުރެއްވޭ ކަމަށެވެ.
އައްޑޫސިޓީގެ މޭޔަރ ޢަލީ ނިޒާރު ވިދާޅުވީ އައްޑޫސިޓީގައި ވޯޓުލުން ކުރިއަށްދަނީ ވަރަށް އަމާން އޮމާންކޮށް ކަމަށާއި ދެ ކެންޑިޑޭޓުންގެ ސަޕޯޓަރުންވެސް ވަރަށް ޖޯށާއި ފޯރިއާއެކު ވޯޓުލުމުގެ ކަންތަކުގައި ޙަރަކާތްތެރި ވާކަން ފާހަގަ ކުރެއްވޭ ކަމަށެވެ.
"އަޅުގަނޑު މީގެ އިރުކޮޅެއް ކުރިން މިއައީ ހިތަދޫގެ ހުރިހާ ވޯޓު ފޮށި ތަކެއް ކައިރިއަށްވެސް ގޮސްފަ. ހުރިހާ ފޮށި ތަކެއްގައިވެސް ވޯޓު ލުން ފޯރިއާއެކު ކުރިއަށް އެބަދޭ. އެހެންކަމުން ކަނޑައެޅިފައިވާ ގޮތަށް ވޯޓުގެ ކަންތައް އަމާންކަމާއެކު ނިމިގެންދާނެ ކަމަށް ބެލެވެނީ" އައްޑޫސިޓީގެ މޭޔަރ ޢަލީ ނިޒާރު
އައްޑޫސިޓީގެ ހުރިހާ އަވަށްތަކެއްގައިވެސް މިއިންތިޚާބަށް ވާދަ ކުރައްވާ ދެ ކެންޑިޑޭޓުންގެ ސަޕޯޓަރުން ވަރަށް ފޯރީގައި ވޯޓުލުމުގެ ކަންތަކުގައި ޙަރަކާތްތެރިވަމުންދެއެވެ. އެގޮތުން ވޯޓުލާން ދާ ސަޕޯޓަރުންނަށް ފެނާއި ޖޫހާއި ދުފުންފަދަ ޚިދުމަތްތައް ހަމަޖެއްސުމުގައި ވަގުތީ ހަޓްތައް ޖަހައިގެން އެކި ސަރަޙައްދުތަކުގައި ސަޕޯޓަރުން ދަނީ ޙަރަކާތްތެރިވަމުންނެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ހޮޓްލައިން ނަންބަރަކީ 7355545
މިހާރު ކުރިއަށްދާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ހޮޓްލައިން ނަންބަރަކީ 7355545
ވ އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓު ފޮށިތައް ހުންނާނީ ފެކަލްޓީ އޮފް ހެލްތު ސައެންސަސްގައި
ވ އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓު ފޮށިތައް ހުންނާނީ ފެކަލްޓީ އޮފް ހެލްތު ސައެންސަސްގައި.
ދާއިރާތައް:
- ފެލިދޫ ދާއިރާ
- ކެޔޮދޫ ދާއިރާ

އއ، ކ އަދި އދ އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓު ފޮށިތައް ހުންނާނީ ހިރިޔާ ސްކޫލު ކޮރިޑޯގައި
އއ، ކ އަދި އދ އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓު ފޮށިތައް ހުންނާނީ ހިރިޔާ ސްކޫލު ކޮރިޑޯގައި.
ދާއިރާތައް:
ކ. އަތޮޅު
- ކާށިދޫ ދާއިރާ
- ތުލުސްދޫ ދާއިރާ
- ގުރައިދޫ ދާއިރާ
އދ. އަތޮޅު
- މާމިގިލި ދާއިރާ
- މަހިބަދޫ ދާއިރާ
ދަނގެތި ދާއިރާ
އއ. އަތޮޅު
- މަތިވެރި ދާއިރާ
- ތޮއްޑޫ ދާއިރާ

ޅ އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓު ފޮށިތައް ހުންނާނީ އިސްކަންދަރު ސްކޫލު ހޯލުގައި
ޅ އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓު ފޮށިތައް ހުންނާނީ އިސްކަންދަރު ސްކޫލު ހޯލުގައި
ދާއިރާތައް:
- ހިންނަވަރު ދާއިރާ
- ނައިފަރު ދާއިރާ
- ކުރެންދޫ ދާއިރާ

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވޯޓު ދެއްވައިފި
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވޯޓު ދެއްވައިފިއެވެ. މިނިސްޓަރ ޝާހިދު ވޯޓު ދެއްވާފައިވަނި ކަލާފާނު ސްކޫލުގައި ބަހައްޓާފައިވާ މެދުހެންވޭރު ދާއިރާގެ ފޮއްޓަށެވެ.

ރައީސްގެ އަނބިކަނބަލުން ވޯޓު ދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ އަނބިކަނބަލުން ފަޒްނަ އަހުމަދު ވޯޓު ދެއްވައިފިއެވެ.

ރައީސްގެ އަނބިކަނބަލުން ވޯޓު ދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ އަނބިކަނބަލުން ފަޒްނަ އަހުމަދު ވޯޓު ދެއްވައިފިއެވެ.

ރ އަދި ބ އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓު ފޮށިތައް ހުންނާނީ އިސްކަންދަރު ސްކޫލުގައި
ރ އަދި ބ އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓު ފޮށިތައް ހުންނާނީ އިސްކަންދަރު ސްކޫލުގައި
ދާއިރާތައް:
- އަލިފުށި ދާއިރާ
- އުނގޫފާރު ދާއިރާ
- ދުވާފަރު ދާއިރާ
- އިނގުރައިދޫ ދާއިރާ
- މަޑުއްވަރީ ދާއިރާ
- ތުޅާދޫ ދާއިރާ
- އޭދަފުށި ދާއިރާ
- ކެންދޫ ދާއިރާ

ނ އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓު ފޮށިތައް ހުންނާނީ ގައުމީ ޔުނިވާސިޓީގެ މައި ކެމްޕަހުގައި
ނ އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓު ފޮށިތައް ހުންނާނީ ގައުމީ ޔުނިވާސިޓީގެ މައި ކެމްޕަހުގައި
ދާއިރާތައް:
- ކެނދިކުޅުދޫ ދާއިރާ
- މަނަދޫ ދާއިރާ
- ވެލިދޫ ދާއިރާ
- ހޮޅުދޫ ދާއިރާ

ށ އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓު ފޮށިތައް ހުންނާނީ އަމީނިއްޔާ ސްކޫލުގައި
ށ އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓު ފޮށިތައް ހުންނާނީ އަމީނިއްޔާ ސްކޫލުގައި
ދާއިރާތައް:
- ކަނޑިތީމު ދާއިރާ
- މިލަންދޫ ދާއިރާ
- ކޮމަންޑޫ ދާއިރާ
- ފުނަދޫ ދާއިރާ

ހއ އަދި ހދ އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓު ފޮށިތައް ހުންނާނީ ސީއެޗްއެސްސީ ހޯލުގައި
ހއ އަދި ހދ އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓު ފޮށިތައް ހުންނާނީ ސީއެޗްއެސްސީ ހޯލުގައި
