އެމްޑީޕީ ރިޔާސީ ޕްރައިމަރީ 2023
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީގެ ވޯޓުލުން ވަނީ ފެށިފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ޞާލިހް (ކ) އަދި ރައީސް ނަޝީދު (ވ)
މުޅި ޖުމްލަ 243 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައި
އެމްޑީޕީން އާއްމުކޮށްފައިވާ ގޮތުގައި ޕްރައިމަރީގައި ވޯޓުލުމަށް މުޅި ޖުމްލަ 243 ވޯޓު ފޮއްޓެއް ވަނީ ބަހައްޓައިފައެވެ. އެގޮތުން މާލޭގައި 49 ވޯޓު ފޮއްޓާއި ހުޅުމާލޭގައި އެއް ފޮށި އަދި ވިލިމާލޭގައި އެއް ފޮށި ބަހައްޓާފައިވާ އިރު އަތޮޅުތެރޭގައި 194 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އެޕާޓީ އިން މައުލޫމާތު ދީފައި ވެއެވެ.

މި އިންތިޚާބުގައި އެމްޑީޕީގެ 57،255 މެންބަރުންނަށް ވޯޓުލެވޭނެ
މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 5:00 އާ ހަމައަށެވެ. މި އިންތިޚާބުގައި އެމްޑީޕީގެ 57،255 މެންބަރުންނަށް ވޯޓުލެވޭނެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ނަޝީދު ވޯޓު ލައްވައިފި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ނަޝީދު ވޯޓު ލައްވައިފިއެވެ. އެމަނިކުފާނު ވޯޓު ލެއްވީ ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޮޓު ފޮއްޓަށެވެ.

ރައީސް ޞާލިހު ވޯޓު ލައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގައި ވޯޓު ލައްވާފައި. އެމަނިކުފާނު ވޯޓު ލެއްވީ އިސްކަންދަރު ސްކޫލުގައި ބަހައްޓާފައިވާ ހިންނަވަރު ދާއިރާގެ ވޯޓު ފޮއްޓަށް

އެމްޑީޕީ ރިޔާސީ ޕްރައިމަރީ
އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވޯޓުލައްވަން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 11:00 އަށް. އެމަނިކުފާނު ވޯޓު ލައްވަން ވަޑައިގަންނަވާނީ ޖަމާލުއްދީން ސްކޫލަށް. އެމަނިކުފާނު ވޯޓު ލައްވާނީ ގަލޮޅު އުތުރު ދާއިރާގެ ފޮއްޓަށް
ލ. މުންޑޫގައި ކުރިން ވޯޓުލާން ފަށާފައިވާ ކަމުގެ ޝަކުވާއެއް
ލ. މުންޑޫގައި ބަހައްޓާފައިވާ ވޯޓު ފޮށީގެ ވޯޓު ލުން 9:00 ގެ ކުރިން ފަށާފައިވާ ކަމަށް ރައީސް މުޙައްމަދު ނަޝީދުގެ އިންތިޚާބީ އެޖެންޓް ހަސަން ލަތީފު ވަނީ ވިދާޅުވެފައި. އޭނާ ވިދާޅުވި ގޮތުގައި އެ ފޮށީގެ ވޯޓުލުން ފެށީ ރައީސް ނަޝީދުގެ މަންދޫބެއް ނެތި.
އެމްޑީޕީ ރިޔާސީ ޕްރައިމަރީ
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ގިނަ ދާއިރާތަކުގެ ވޯޓުލުން ފަށައިފައިވަނީ މިއަދު ހެނދުނު 9:00 ގައި. ބައެއް ދާއިރާތަކުގެ ވޯޓުލުން އަދި ނުފަށާ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ
މަދު ވޯޓުފޮއްޓެއް ފިޔަވައި ހުރިހާތަނެއްގެ ވޯޓުލުން 9:00 ގައި ވަނީ ފަށާފައެވެ.
