އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ދަތުރުފުޅު
ބޮޑުވަޒީރު މޯދީ ރާއްޖެ އަށް ކުރައްވާ މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަގްރީރުކުރައްވާނެ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަތުމުން ހޫނު މަރުހަބާއެއް ވަނީ ދަންނަވާފައި
ދިވެހިރައްޖޭގެ ފުރަތަމަ ޤާނޫނޫ އަސާސީގެ ނަކަލެއް ބޮޑުވަޒީރު މޯދީއަށް އަރުއްވައިފި
ދިވެހިރައްޖޭގެ ފުރަތަމަ ޤާނޫނޫ އަސާސީގެ ނަކަލެއް ބޮޑުވަޒީރު މޯދީއަށް ވަނީ އަރުއްފާވަ. އެއަށްފަހު ބޮޑުވަޒީރު މޯދީ ވަނީ މަޖިލިސް މެމްބަރުންނާ ސަލާމް ކުރައްވާފައި.
ރާއްޖެއާއި އިންޑިއާއަކީ އެކުވެރި ދެ ޤައުމު، އެކުވެރިންގެ މެދުގައި ކުޑަ ބޮޑު ނުވަތަ ވަރުގަދަ، ބަލިކަށި ކަމުގެ ތަފާތުކުރުމެއް ނޯންނާނެ: ބޮޑުުވަޒީރު މޯދީ
ރާއްޖެއާއި އިންޑިއާއަކީ އެކުވެރި ދެ ޤައުމު ކަމަށާއި، އެކުވެރިންގެ މެދުގައި ކުޑަ ބޮޑު ނުވަތަ ވަރުގަދަ، ބަލިކަށި ކަމުގެ ތަފާތުކުރުމެއް ނޯންނާނެ ކަމަށް މަޖިލީހުގައި ދެއްވި ތަޤުރީރުގައި ބޮޑުުވަޒީރު މޯދީ ވިދާޅުވި.
ބޮޑުވަޒީރު މޯދީ މަޖިލީހުގައި ދެއްވި ތަޤުރީރުގެ ތެރެއިން
ރާއްޖޭގެ ރައްޔިތުންނަށް އީދުގެ ތަހުނިޔާ ކިއުއްވާފައިވޭ އަދި ބޮޑުވަޒީރު މޯދީ ވިދާޅުވީ، އެތަކެއް އަހަރުތަކެއް ވަންދެން ރާއްޖެއަކީ އެކި ގޮތްގޮތުން ނަމޫނާ ޤައުމެއް ކަމަށާއި، މަޖިލީހުގައި ތަޤުރީރު ކުރެއްވުމަށް ފުރުސަތު ލިބިލެއްވުމަކީ ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށެވެ.
އޭގެ އިތުރުން، ރާއްޖެއަށް ލިބޭ ކާމިޔާބީތަކުގައި އެންމެ ބޮޑު އުފަލަކާއި ފަޚުރެއް ލިބޭ އެއް ޤައުމަކީ އިންޑިއާ ކަމަށްވެސް ވިދާޅުވި، އަދި އަވައްޓެރި ޤައުމުތަކަށް އިސްކަން ދިނުމަކީ އިންޑިއާއިން ގެންގުޅުއްވާ ސިޔާސަތު ކަމަށާއި، އޭގެ ތެރެއިން ރާއްޖެއަކީ ޚާއްސަ އިސްކަމެއް ދެއްވާނެ ޤައުމެއް ކަމަށްވެސް ވިދާޅުވި.
ބޮޑުވަޒީރު މޯދީ މަޖިލީހުގައި ތަޤުރީރު ކުރައްވާ ޖަލްސާގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅު
އިންޑިއާއިން އަބަދުވެސް ރާއްޖެއަށް އެހީތެރިވިކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ދެ ޤައުމުގެ މެދުގައި އޮތް ގުޅުން ބޮޑުވަޒީރު މޯދީގެ ބޮޑުވަޒީރުކަމުގެ ދަށުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ޤަބޫލުފުޅުކުރެއްވޭ ކަމަށް.
ބޮޑުވަޒީރު މޯދީ މަޖިލީހުގައި ތަޤުރީރު ކުރައްވާ ޖަލްސާ ފެށިއްޖެ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަޖިލީހުގައި ތަޤުރީރު ކުރައްވާ ޖަލްސާ ފެށިއްޖެ.
ޖަލްސާ ފައްޓަވައިދެއްވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މޯދީއަށް މަރުހަބާ ދަންނަވާފައި އަދި މޯދީ މަޖިލީހުގައި ތަޤުރީރު ކުރައްވަން ވަޑައިގަތުމަކީ ލިބިލައްވާ ޝަރަފެއް ކަމަށް ވިދާޅުުވި،
ރައީސް ނަޝީދު ވަނީ ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރަކަށް އިންތިހާބުވުމުން ބޮޑުވަޒީރު މޯދީއަށް މަރުހަބާ ދަންނަވާފައި.
މަޖިލީހުގެ ރައީސް ނަޝީދާއިި ބޮޑުވަޒީރު މޯދީ މަޖިލިސް އިދާރާއަށް ވަޑައިގެންފި
ބޮޑުވަޒީރު މޯދީ ވަނީ މަޖިލިސް އިދާރާގައި އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއި ކުރައްވާފައި އަދި މަޖިލިސް މެމްބަރުން ވަނީ މޯދީއަށް މަރުހަބާ ދަންނަވާފައި
ބޮޮޑުވަޒީރު މޯދީގެ ވާހަކަފުޅު
ރާއްޖޭގެ ސަރުކާރުން ދެއްކެވި މެހެމާންދާރީއަށް ޝުކުރުދެންނެވި އަދި ފާއިތުވި އީދުގެ ތަހުނިޔާ ދިވެހިންނަށް ރައްދުކުރައްވާފައިވޭ،
އޭގެ އިތުރުން، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާގެ ލަޤަބު ލިބިވަޑައިގަތުމަކީ ލިބިލެއްވި ވަރަށް ބޮޑު ފަޚުރެއް ކަމަށާއި، މުޅި އިންޑިއާގެ ނަމުގައި އެ ލަޤަބު ޤަބޫލުފުޅުކުރައްވާ ކަމަށް ވިދާޅުވި.
އޭގެ އިތުރުން، އަބަދުވެސް ރާއްޖެއަށް އެހީތެރިވެދޭން އަންނަ ޤައުމެއްގެ ގޮތުގައި އިންޑިއާ އޮންނަކަން ފާހަގަކުރައްވައި ވިދާޅުވީ، ރައީސް ސޯލިހާއެކު ދެ ޤައުމުގެ ތަރައްޤީއާ ގުޅޭ ވަރަށް މުހިއްމު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށް
ދެ ޤައުމުގެ ދެމެދުގައި ތަރައްޤީގެ ގިނަ މަޝްވަރާތަކެއް ކުރެއްވި
ދެ ޤައުމުގެ ދެމެދުގައި އެއްބަސްވެވިފައިވާ އެމްއޯޔޫތަކާ ގުޅޭގޮތުން ރައީސް ސޯލިހު ވާހަކަފުޅު ދެއްކެވި. އަދި ކުރިއަށް އޮތް ތަނުގައިވެސް އިޖުތިމާއީ ތަރައްޤީއާއި، ދުޅަހެއުކަމާއި، ތައުލީމީ ދާއިރާ ފަދަ އެކި ދާއިރާތަކުން ރާއްޖެއަށް ދެއްވުމަށް ނިންމާފައިވާ ހިލޭއެހީއާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި.
އޭގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކަށް އަވަސް ހައްލެއް ހޯދުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވި.
އަދި ޓެރަރިޒަމް ނައްތާލުމާއި، އަވައްޓެރި އެހެން ޤައުމުތަކާ ގުޅުން ބަދަހިކޮށް އިންޑިއާ ކަނޑުގެ އެހެނިހެން ޤައުމުތަކާ ގުޅުން ބަދަހިކޮށް އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމު ކުރުމުގެ މުހިއްމުކަމާ ގުޅޭގޮތުންވެސް ރައީސް ސޯލިހާއި ބޮޑުވަޒީރު މޯދީ ވަނީ މަޝްވަރާ ކުރައްވާފައި.
ރާއްޖެ އަބަދުވެސް އޮންނާނީ އިންޑިއާގެ ގާތް އެކުވެރިއެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވި
އިންޑިއާއާއި ރާއްޖެއިން ގުޅިގެން ގެންނަ ޖޮއިންޓް ޕްރެސް ފައްޓަވައިފި
މި ޕްރެސްގައި ރައީސްވަނީ ބޮޑުވަޒީރުކަމުގެ އިންތިހާބުގައި މޯދީ ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވާފައި، އަދި ރާއްޖެއާއި އިންޑިއާއާ ދެމެދުގައި ވަނީ ޚާއްސަ ގުޅުމެއް ކަމަށާއި، ވަރަށް ބަދަހި ގުޅުމެއް ކަމަށް ވިދާޅުވި. އަދި ރައްޔިތުންގެ ކުރިއެރުމަށް އިސްކަންދޭ ތަރައްޤީއެއް ހޯދުމުގެ ތަސައްވަރުގައި އިންޑިއާއިން ވެދޭ ދީލަތި އެހީއަށް ޝުކުރު ދަންނަވާފައިިވޭ
ބޮޑުވަޒީރު މޯދީއަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަޤަބު އެރުވުން
ބޮޑުވަޒީރު މޯދީއަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވައިފި
ރައީސްގެ ޤަރާރަކުން ބޮޑުވަޒީރު މޯދީއަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވައިފި
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބަކީ ރާއްޖޭގައި ގައުމެއްގެ އިސްވެރިޔަކަށް ދެވޭ އެންމެ މަތީ ލަގަބު.
އެ ލަޤަބު އެރުވުމަށްފަހު ދިވެހި ރާއްޖޭގެ ޤައުމީ ސަލާމް އިއްވާފައިވޭ.
މާފިލާފުށީގެ ޓްރެއިނިންގ ސެންޓަރާއި ރާޑަރ ސިސްޓަމްތައް އިފްތިތާހުކޮށްފި
އިންޑިއާގެ ޤައުމީ ޓީމުން ސޮއިކޮށްފައިވާ ކްރިކެޓް ބެޓެއް ބޮޑުވަޒީރު މޯދީ ވަނީ ރައީސް ސޯލިހަށް އަރުވާފައި
ދެ ޤައުމުގެ ދެމެދުގައި އެމްއޯޔޫ ބަދަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެެމެދުގައި ހަ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ހަމަޖެހިފައިވާއިރު، އެއީ ރާއްޖޭގައި ހިއުމަން ރިސޯސްގެ ވަސީލަތްތައް ތަރައްގީ ކުރުމަށްވެވޭ އެއްބަސްވުންތަކެއް ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދޭ.
ބޮޑުވަޒީރު މޯދީއަށް ރާއްޖޭގެ ސަރުކާރުން ވަނީ ވަރަށް ކުލަގަދަ ގޮތެއްގައި މަރުހަބާ ދަންނަވާފައި

17:30 ގައި ދެގައުމު ދޭތެރޭގައި އެއްބަސްވުން ތަކުގައި ސޮއިކުރުން އޮންނާނެ

ބޮޑުވަޒީރު މޯދީ ރައީސް އޮފީހަށް ވަޑައިގެންފި
ބޮޑުވަޒީރު މޯދީ ޖުމްހޫރީ މައިދާނުން ހިންގަވާފައި ރައީސް އޮފީހަށް ވަޑައިގެންފި. އަދި އެމަނިކުފާނު ވަނީ އިއްޒަތްތެރިން ސޮއި ކުރައްވާ ފޮތުގައި ސޮއި ކުރައްވާފައި.
ބޮޑުވަޒީރު މޯދީއަށް ވަނީ 21 ބަޑީގެ ސަލާމެއް އަރުވާފައި.

އަދި އިންޑިއާއާއި، ދިވެހިރާއްޖޭގެ ޤައުމީ ސަލާމް ކުޅުމަށްފަހު، އިންޑިއާގެ ބޮޑުވަޒީރުގެ ޝަރަފްގައި އޮތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ގާޑް އޮފް އޮނަރެއް، އެމަނިކުފާނު ވަނީ އިންސްޕެކްޓް ކޮށްދެއްވާފައި
މި ދަތުރުފުޅުން ރަމްޒުކޮށްދެނީ އިންޑިއާއާ ރާއްޖެއާމެދު އޮންނަ ގުޅުމުގެ މުހިއްމުކަން- ބޮޑުވަޒީރު މޯދީ
ރައީސް ސޯލިހު ބޮޑޫވަޒީރު މޯދީއަށް މަރުހަބާ ދަންނަވައިފި
ލޯންޗުކޮޅުން ފައިބާ ވަޑައިގަތުމުން ރައީސް ސޯލިހުއާއި ޖުމްހޫރީ މައިދާނަށް އެއްވެވަޑައިގެން ތިއްބެވި އިސްވެރިން ބޮޑޫވަޒީރު މޯދީއަށް މަރުހަބާ ދަންނަވައިފި.

އޭގެ އިތުރުން، ދިވެހި ސަޤާފީ ނެށުމަކުން އެމަނިކުފާނަށް ވަނީ މަރުހަބާ ދަންނަވާފައި. އެގޮތުން ދިވެހި ލިބާހުގައި ތިބި ކުދިންތަކެއް "ޤައުމު މި ލޯބިމަގޭ" ލަވައަށް ދިވެހި ސަޤާފީ ނެށުމެއް ހުށައަޅާދީފައިވޭ.
ބޮޑުވަޒީރު މޯދީއަށް މަރުހަބާ ދެންނެވުމަށް ޖުމްހޫރީ މައިދާނުގައި ވެފައިވާ ތައްޔާރީތަކުގެ ތެރެއިން
ބޮޑުވަޒީރު މޯދީ ދަތުރުފުޅު ކުރައްވާ ލޯންޗުކޮޅު މާލެ ވަޑައިގެންފި
ބޮޑުވަޒީރު މޯދީ ދަތުރުފުޅު ކުރައްވާ ލޯންޗުކޮޅު ދާދި ދެންމެއަކު މާލެ ވަޑައިގެންފި. އެމަނިކުފާނުގެ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަގްރީރު ކުރެއްވުމުގެ އިތުރުން، ގިނަ އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައި.
ބޮޑުވަޒީރަށް މަރުހަބާ ދެންނެވުމަށް ރައީސް ސޯލިހުވެސް ޖުމްހޫރީ މައިދާނަށް ވަޑައިގެންފި
ބޮޑުވަޒީރަށް މަރުހަބާ ދެންނެވުމަށް ރައީސް ސޯލިހުވެސް ޖުމްހޫރީ މައިދާނަށް ވަޑައިގެންފި
މިއަދު 16:00 ގައި ރައީސް ސޯލިހާ އެކު ބޮޑުވަޒީރު މޯދީގެ ރަސްމީ ބައްދަލު ކުރެއްވުން އޮންނާނެ،
މި ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދެވޭނެ: ޝާހިދު
މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައިވާ ޚާރިޖީ ގުޅުން އިތުރަށް ވަރުގަދަވެ އާ ހަރުފަތަކަށް ގެންދެވޭނެ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ
ބޮޑުވަޒީރު މޯދީއަށް މަރުހަބާ ދެންނެވުމަށް ޖުމްހޫރީ މައިދާނުގައި ތައްޔާރީތައް ކުރިއަށްދަނީ


ބޮޑުވަޒީރު މޯދީއަށް މަރުހަބާ ދެންނެވުމަށް ސަރުކާރުގެ އިސްވެރިން ޖުމްހޫރީ މައިދާނަށް ވަޑައިގެންފި

ބޮޑުވަޒީރު މޯދީއަށް މަރުހަބާ ދެންނެވުމަށް ނައިބްރައީސް ފައިސަލް ނަސީމާއި، ކެބިނެޓުގެ ވަޒީރުންނާއި، ބަންޑާރަނައިބްގެ އިތުރުންވެސް ސަރުކާރުގެ އިސްވެރިން ޖުމްހޫރީ މައިދާނަށް ވަޑައިގެންފައިވޭ.
ބޮޑުވަޒީރު މޯދީ ރާއްޖެވަޑައިގަތުން

ބޮޑުވަޒީރު މޯދީއަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯރޓުން ވަނީ މަރުހަބާ ދަންނަވާފައި، އެއަށްފަހު ދެ ޤައުމުގެ ލީޑަރުންގެ ޖޮއިންޓް ޕްރެސް ކޮންފަރެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، އެ ކޮންފަރެންސްގެ ކުރިން، އިންޑިއާއިން ހަދިޔާކޮށްފައިވާ ރާޑަރު ސިސްޓަމްތަކުގެ އިތުރުން، ޅ. މާފިލާފުށީގައި ގާއިމުކުރި ސިފައިންގެ ކޮމްޕޮސިޓް ޓްރެއިނިންގ ސިސްޓަމް އިފްތިތާހު ކުރައްވާނެކަމަށް ފޮރިންގ މިނިސްޓްރީ ބުނެފައިވޭ.
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބޮޑުވަޒީރު މޯދީއަށް މަރުހަބާ ދަންނަވަނީ
ޝާހިދުގެ އިތުރުން ފިނޭންސް މިނިސްޓަރ އަމީރުވެސް އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯރޓަށް ވަޑައިގެންނެވި
ބޮޑުވަޒީރު މޯދީ ފްލައިޓުން ފައިބާ ވަޑައިގެންފި
ބޮޑުވަޒީރު މޯދީއަށް މަރުހަބާ ދެންނެވުމަށް ފޮރިން މިނިސްޓަރ ޝާހިދުއާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަޑައިގެންފައިވޭ.
ބޮޑުވަޒީރު މޯދީ ފްލައިޓުން ފައިބާ ވަޑައިގަތުމުން އެމަނިކުފާނަށް މާބޮނޑިއެއް އަރުވާފައިވޭ. އަދި ރަތް ދޫލައިގައި އެމަނިކުފާނަށް ވަނީ މަރުހަބާ ދަންނަވާފައި.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަމޯދީ ރާއްޖެވަޑައިގެންފި
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަމޯދީ ރާއްޖެވަޑައިގެންފި
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަމޯދީ ރާއްޖެވަޑައިގެންފި. މޯދީ ދަތުރުކުރެއްވި ފްލައިޓް ދާދި ދެންމެއަކު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯރޓްގައި ވަނީ ޖައްސާފަ
ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ލައިވް ކަވަރޭޖް ރާއްޖެޓީވީން ގެނެސްދެނީ
ރާއްޖެއަށް ވަޑައިގަތުމަށް ބޮޑުވަޒީރު މޯދީ ކެރެލާގެ ކޮޗި އެއަޕޯރޓުން ފުރާވަޑައިގަތުން

ރާއްޖެއަށް ވަޑައިގަތުމަށް ބޮޑުވަޒީރު މޯދީ ކެރެލާގެ ކޮޗި އެއަޕޯރޓުން ފުރާވަޑައިގެންފި
ބޮޑުވަޒީރު މޯދީގެ ދަތުރުފުޅަކީ ރާއްޖެއަށް ލިބޭ ޝަރަފެއް ކަމަށް ފޮރިން މިނިސްޓަރ ވިދާޅުވެފައިވޭ
ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވުމަށްފަހު ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަތުމަކީ ރާއްޖެއަށް ލިބޭ ޝަރަފެއް ކަމަށް އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެއްވަމުން ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައި
ބޮޑުވަޒީރު މޯދީގެ ދަތުރުފުޅާ ގުޅިގެން ހޮނިހިރު ދުވަހު ސިނަމާލޭ ބްރިޖް ބަންދު ކުރުމަށް ނިންމާފައެއް ނުވޭ- ފުލުހުން
