އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ދަތުރުފުޅު

  • މޯދީ ދަތުރުފުޅުގެ ޝެޑިއުލް
  • މޯދީ ދަތުރުފުޅުގެ ޝެޑިއުލް
  • މޯދީއަށް ދިވެހި ދައުލަތުގެ އެންމެ މަތީ އިއްޒަތް އެރުވުމަށް ވަނީ ހަމަޖެހިފައި
 
Writer Profile Picture
ހައްވާ މުހައްމަދު
މޯދީ ދަތުރުފުޅުގެ ޝެޑިއުލް
8 ޖޫން 2019 | ހޮނިހިރު 09:46
Writer Profile Picture
ހައްވާ މުހައްމަދު
މޯދީ ދަތުރުފުޅުގެ ޝެޑިއުލް
8 ޖޫން 2019 | ހޮނިހިރު 09:44
Writer Profile Picture
ހައްވާ މުހައްމަދު
މޯދީއަށް ދިވެހި ދައުލަތުގެ އެންމެ މަތީ އިއްޒަތް އެރުވުމަށް ވަނީ ހަމަޖެހިފައި

މޯދީއަށް ދިވެހި ދައުލަތުން އަރުވާ އެންމެ މަތީ އިއްޒަތް ކަމަށްވާ "ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން" ގެ ލަގަބު އެރުވުމަށް ވަނީ ހަމަޖެހިފައި. މިހާތަނަށް މި ޝަރަފް އެރުވުނު ހަމައެކަނި ބޭރުގެ އިއްޒަތްތެރިޔަކީ އިނގިރޭސި ރާނީ އެލިޒަބަަތް އެލެކްސް ސެންޑްރަރ މޭރީ (އެލިޒަަބަތް2). އެކަމަނާއަށް މި ޝަރަފް އަރުވާފައިވަނީ 1972 ވަނަ އަހަރުގެ މާރޗް މަހު އެ ކަމަނާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި

8 ޖޫން 2019 | ހޮނިހިރު 09:40
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
މޯދީގެ ދަތުރުފުޅުގައި 6 އެއްބަސްވުމެއްގައި ސޮއި ކުރައްވާނެ
މޯދީގެ ދަތުރުފުޅާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ފޮރިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރާއްޖެއާއި އިންޑިއާ ސަރުކާރާއި ދެމެދު ފަސް ދާއިރާއަކުން 6 އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނޭ. އޭގެތެރޭގައި ސިވިލް ސާރވިސް މުވައްޒަފުން ތަމުރީނު ކުރުމާއި ބެހޭ އެއްބަސްވުމަކާއި ކަސްޓަމްސް ދާއިރާ އިން އެކުލަވާލެވޭ އެއްބަސްވުމަކާއި ދިވެހި ޒުވާނުން ހުނަރުވެރިކަން އިތުރުކުރުމަށް ވެވޭ އެއްބަސްވުމަކާއި ރާއްޖެއިން ކޮޗިންނަށް ފެރީގައި ދަތުރުކުރަން ފެށުމުގެ ގޮތުން އެކުލަލާވާ އެއްބަސްވުމެއް ހިމެނޭ.

8 ޖޫން 2019 | ހޮނިހިރު 02:24
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
މޯދީ ވަޑައިގަންނަވާތީ ބައެއް މަގުތަށް ބަންދުކުރަން ވަނީ ނިންމާފައި
ބަންދުކުރަން ނިންމާފައިވާ ސަރަހައްދުގެ މަގު ޗާޓު

މޯދީ ރާއްޖެ ވަޑައިގަންނަވާއިރު ސަލާމަތީ ސަބަބުތަކަށްޓަކައި ބައެއް މަގުތައް ބަންދުކޮށް ޓްރެފިކް އިންތިޒާމުތަކަށް ވަނީ ބަދަލު ގެނެސްފައި.

އަދި އެއަރޕޯޓުން މާލެއަންނަ ދެމަގު ކަމަށްވާ ސިނަމާލެ ބްރިޖާއި އެއާ ގުޅިފައިވާ މަގުތަކާއި އެއްނަމްބަރު ފާލަމާ ގުޅިފައިވާ މަގުތައް ވަކި ވަގުތުތަކެއްގައި ބަންދު ކުރުމަށް ފުލުހުން ވަނީ ނިންމާފައި.

ހުޅުމާލޭގައި ބަންދުކުރަން ނިންމާފައިވާ ސަރަހައްދުތައް

މޯދީގެ ދަތުރުފުޅާއި ގުޅިގެން ގްރީން ޒޯނާ އެކު ހުޅުމާލޭގެ ބޮޑު ސަރަހައްދެއް ވެސް ބަންދުކުރަން ވަނީ ނިންމާފައި.

ސެކިއުރިޓީ ބޭނުމަށް ޗާޓުގައި ރަތްކުލައިން ފާހަގަކޮށްފައިވާ ޒޯންތަކުގައި މި މަހުގެ 7 ވަނަ ދުވަހުގެ އިރުއޮއްސި 6:00 އަކުން ފެށިގެން މި މަހުގެ 9 ވަނަ ދުވަހުގެ ރޭ 10:00 އަށް އެއްގަމު އުޅަނދު ޕާކު ކުރުމަކީ މަނާ ކަމަށް ފުލުހުން ވަނީ ކަނޑައަޅާފައި

8 ޖޫން 2019 | ހޮނިހިރު 02:14
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ރާއްޖެ ވަޑައިގަންނަވަނީ މި ސަރަޙައްދުގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން
މޯދީ ރާއްޖެވަޑައިގެންނެވުމަށްފަހު ރައީސް ސޯލިހުއާއި ބައްދަލުކުރައްވަނީ

މޯދީ ރާއްޖެއަށް ކުރައްވާ ދެވަނަ ދަތުރުފުޅުގައި ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގަންނަވަނީ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމަށްފަހު މި ސަރަޙައްދުގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން. އެގޮތުން މޯދީގެ މި ދަތުރުފުޅުގެ އެންމެ ފުރަތަމަ މަންޒިލަކީ ރާއްޖެ.

އެމަނިކުފާނު ބޮޑުވަޒީރުކަމުގެ ފުރަތަމަ ދައުރުގައި އިންތިޚާބުވެ ވަޑައިގަތުމަށްފަހު ވެސް ސަރަހައްދުގެ ގައުމުތަކަށް ވަޑައިގެންނެވި. އެކަމަކު އެފަހަރު ރާއްޖެ ވަޑައިގެންފައެއް ނުވޭ.

8 ޖޫން 2019 | ހޮނިހިރު 02:04
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ރައީސް ސޯލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި މޯދީ ވަނީ ބައިވެރިވެވަޑައިގަންނަވާފައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ ވަޑައިގެންނެވި. އެއީ އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ދަތުރުފުޅު.

ރައީސް ސޯލިހު ހުވާކުރެއްވި ރަސްމިއްޔާތުގައި މޯދީ
8 ޖޫން 2019 | ހޮނިހިރު 01:59
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ރާއްޖެ ވަޑައިގެންނެވުމަށްފަހު މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވާނެ

މޯދީ, ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރު ކުރެއްވުމަށް ހާއްސަކޮށްގެން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އޮންނާނީ މަޣްރިބް ނަމާދަށް ފަހު. ކުރިން ތާވަލް ކޮށްފައިވާ ގޮތުން މޯދީ ތަގުރީރުކުރައްވާ ޖަލްސާ ފަށާނީ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:45 ގައި

8 ޖޫން 2019 | ހޮނިހިރު 01:48
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
މޯދީ ރާއްޖެ ވަޑައިގަންނަވާނީ ހޮނިހިރު ދުވަހު

ރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގަންނަވާނީ ހޮނިހިރު ދުވަހުގެ މެންދުރުގެ ވަގުތެއްގައި

ދެވަނަ ފަހަރަށް ހޮވިވަޑައިގަތުމަށް ފަހު ބޭރުގެ ފުރަތަމަ ގައުމަކަށް ރާއްޖެ ހިޔާރުކުރެއްވީ ރާއްޖެއަކީ އެންމެ ގާތް އަވަށްޓެރި ގައުމަށް ވާތީ ކަމަށް މޯދީ ވަނީ ވިދާޅުވެފައި

8 ޖޫން 2019 | ހޮނިހިރު 01:13