ދިވެހިންގެ ވޯޓު 2018

  • ތިނަދޫ ފޮށިވެސް ގަޑިއަކަށް ނުފެށޭ
  • ލަންކާގައި ވޯޓުލާން ފަށާ ވަގުތު ލަސްވާނެ
  • ވޯޓު ފޮށި ކަނޑާ ވަގުތު ޖެހިއްޖެ
 
Writer Profile Picture
އަރުޝަމް އަބްދުލް ޢަޒީޒް
ތިނަދޫ ފޮށިވެސް ގަޑިއަކަށް ނުފެށޭ

ގދ. ތިނަދޫގައި ބަހައްޓާފައިވާ އެއް ވޯޓު ފޮއްޓަށް ގަޑިއަށް ވޯޓު ނުލެވޭނެ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

23 ސެޕްޓެންބަރ 2018 | އާދީއްތަ 08:00
Writer Profile Picture
އަރުޝަމް އަބްދުލް ޢަޒީޒް
ލަންކާގައި ވޯޓުލާން ފަށާ ވަގުތު ލަސްވާނެ

އަވައްޓެރި ސްރީލަންކާގައި ވޯޓުލާ ވަގުތު ރާއްޖެއާއި އެއްވަގުތެއްގައި ވޯޓުލާން ފަށަން އޮތް ނަމަވެސް އެކަން އެހެން ނުވާނޭ ކަމަށް އިލެކްޝަންގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ. ސްރިލަންކާގައި ހުރި ރާއްޖެ ޓީވީގެ ނޫސްވެރިޔާ އަޒްމޫން އިލެކްޝަނުގެ އޮފިޝަލުންނާއި ހަވާލާދީ ވިދާޅުވީ ވޯޓުލާން ފެށުން ލަސްވެފައި ވަނީ ތައްޔާރުވާންޖެހޭ މިންވަރަށް ތައްޔާރު ނުވެވުމުގެ ސަބަބުންނެވެ. އަސްލު ވޯޓުލާން ހަމަޖެހިފައި ވަނީ އެގައުމުގެ ގަޑިން ހެދުނު 8:30 ގައެވެ. އެއީ ރާއްޖެ ގަޑިން 8:00 ޖަހާއިރުއެވެ.

23 ސެޕްޓެންބަރ 2018 | އާދީއްތަ 07:53
Writer Profile Picture
އަރުޝަމް އަބްދުލް ޢަޒީޒް
ވޯޓު ފޮށި ކަނޑާ ވަގުތު ޖެހިއްޖެ

ވޯޓުލާ މަރުކަޒުތަކަށް ވޯޓު ފޮށިތަކާއެކު އިލެކްޝަން އޮފިސަރުން ވަނީ ގޮސްފައި. ވޯޓު ފޮށި ކަނޑާ ވަގުތު ޖެހިއްޖެ. ވޯޓު ފޮށި ކަނޑަން ހަމަޖެހިފައިވާ ވަގުތަކީ ހަތް ގަޑި ބައެވެ.

ވެލައްސަރު މޯލްޑިވްސްގައި ވޯޓުލުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަނީ
23 ސެޕްޓެންބަރ 2018 | އާދީއްތަ 07:37
Writer Profile Picture
ޙުސައިން ޙަސަން
ތިނަދޫގައި ވޯޓުލުމުގެ ތައްޔާރީތައް ކުރިއަށް

ގދ. ތިނަދޫގައި ވޯޓުލުމުގެ ތައްޔާރީތައް ކުރިއަށް ކުރިއަށްދަނީ. ރަށުގައި ބެހެއްޓިފައިވާ ހަތް ފޮށީގައި ވެސް ކިއު ވަނީ ހަދާފައި.

ތިނަދޫ ވޯޓުލާ މަރުކަޒަކަށް އޮފިޝަލުން ތަކެތި ގެންދަނީ-- ފޮޓޯ/ ރާއްޖެއެމްވީ
23 ސެޕްޓެންބަރ 2018 | އާދީއްތަ 07:33
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު

ފުވައްމުލަކު ދެކުނު ދާއިރާ (ފުނާޑު،ދޫޑިގަން)

R03.01.1 ވޯޓު ފޮށި: 746

R03.01.2 ވޯޓު ފޮށި: 490

R03.01.3 ވޯޓު ފޮށި: 490

23 ސެޕްޓެންބަރ 2018 | އާދީއްތަ 07:26
Writer Profile Picture
އާމިނަތު ނުޒުހާ
ބައެއް ހިސާބުތަކުގެ މޫސުން ދައްކާގޮތް

މީގެ ހަތަރު ގަޑިއިރުކުރިން މެޓް އޮފީހުން ހއ. އިން ފެށިގެން ތ. ދެމެދުގެ ރަށްތަކަށް ވަނީ ވައިޓް އެލާޓް ނެރެފައި

ރޭ މެންދަމު 3.30 ފެށިގެން މިއަދު ހެނދުނު 9.30 ދެމެދު މި ސަރަހައްދަށް ގަދަ ވަޔާއި އެކު ވިއްސާރަކުރާނެކަމަށް ވަނީ ލަފާކޮށްފައި

 

23 ސެޕްޓެންބަރ 2018 | އާދީއްތަ 07:20
Writer Profile Picture
އަރުޝަމް އަބްދުލް ޢަޒީޒް
ލަންކާގައި ވޯޓުލުން ކުރިއަށްދާގޮތް

ލަންކާގައި ވޯޓު ލާން ހަމަޖެހިފައިވަނީ އެ ގައުމުގެ ގަޑިން 8:30 ގައެވެ. އެއީ ރާއްޖެ ގަޑިން 8:00 ޖަހާއިރުއެވެ. ލަންކާގައި ދެ ވޯޓު ފޮށި ވަނީ ބެހެއްޓިފައިވާއިރު އެ ދެ ވޯޓު ފޮށި ވެސް ބެހެއްޓިފައި ވަނީ ލަންކާގެ އެމްބަސީގައެވެ. ލަންކާގެ ފޮއްޓަށް ވޯޓުލާން 2788 މީހުން ވަނީ ރަޖިސްޓްރީ ކޮށްފައެވެ.

23 ސެޕްޓެންބަރ 2018 | އާދީއްތަ 07:05
Writer Profile Picture
އާމިނަތު ނުޒުހާ
ވޯޓްލާ މަރުކަޒުތަކުން ވަގުތުން ލިބެމުންދާ ފޮޓޯ
ވޯޓްލުމަށް ގަޑިއެއްހާއިރު އޮއްވައި ގދ. ތިނަދޫ ސުކޫލްގައި ކިއު ދަމާލައިފި
23 ސެޕްޓެންބަރ 2018 | އާދީއްތަ 07:00
Writer Profile Picture
އަރުޝަމް އަބްދުލް ޢަޒީޒް
މާފުށީގައި ވޯޓުލުން

މާފުށީގައި ދެ ވޯޓު ފޮށި ވަނީ ބެހެއްޓިފައެވެ. އެއް ވޯޓު ފޮށި ޖަލުގައި ހުރިއިރު އަނެއް ވޯޓު ފޮށި ހުރީ ސްކޫލްގައެވެ. ވޯޓުލުމަށް ބޭނުންވާ ލިޔެ ކިއުންތަކާއި އެހެނިހެން ތަކެތި މިހާރު ސުކޫލަށް ވަނީ ވައްދާފައެވެ. އަދި ވޯޓުލުމުގެ ތައްޔާރީތައް ވަމުންދާއިރު ވޯޓުލާ މީހުންގެ ކިއުއެއް ސްކޫލުން ބޭރުގައި ވަނީ ހަދާފައެވެ.

 

23 ސެޕްޓެންބަރ 2018 | އާދީއްތަ 06:58
Writer Profile Picture
އާމިނަތު ނުޒުހާ
ވޯޓްލާ މަރުކަޒު ތައް ހިމެނޭ ސަރަހައްދު ތަކުގައި ކިއުތައް ދަނީ ހަދަމުން

ވޯޓްލާ މަރުކަޒު ތައް ހިމެނޭ ސަރަހައްދު ތަކުގައި ކިއުތައް ދަނީ ހަދަމުން

ހުޅުމާލޭ ގާޒީ ސުކޫލް ސަރަހައްދުގައި ކިއު ހަދައިފި
23 ސެޕްޓެންބަރ 2018 | އާދީއްތަ 06:54
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު

ފުވައްމުލަކު ދެކުނު ދާއިރާ (މާލެގަން، މިސްކިތްމަގު، މާދަޑު)

R02.01.1 ވޯޓު ފޮށި: 449

R02.01.2 ވޯޓު ފޮށި:536

R02.01.3 ވޯޓު ފޮށި:404

R02.01.4 ވޯޓު ފޮށި:469

 

23 ސެޕްޓެންބަރ 2018 | އާދީއްތަ 06:52
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު

ފުވައްމުލަކު ވޯޓުލުމުގެ ހައްގު ލިބިފައިވަނީ- 7426

ފުވައްމުލަކު ސިޓީ- 5726

މާލޭ ސިޓީ-1700

ފުވައްމުލަކު އުތުރު ދާއިރާ (ދަންޑުމަގު، ހުދުވާންޑު،ހޯދަނޑު)

R01.01.1 ވޯޓު ފޮށި: 784

R01.01.2 ވޯޓު ފޮށި: 645

R01.01.3 ވޯޓު ފޮށި: 715

23 ސެޕްޓެންބަރ 2018 | އާދީއްތަ 06:48
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
ފުވައްމުލަކު މެދު ދާއިރާގައި ވޯޓުލުމަށް ކިއުގައި ޖެހިގެން
23 ސެޕްޓެންބަރ 2018 | އާދީއްތަ 06:44
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
ޒިކުރާ އިސްޓިޓިއުޓް
23 ސެޕްޓެންބަރ 2018 | އާދީއްތަ 06:42
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު

ފުވައްމަލަކު ސިޓީން

ފުވައްމުލަކު ސިޓީގައި 10 ވޯޓު ފޮށި ބެހެއްޓިފައިވޭ. މާލޭގައި ފުވައްމުލަކުގެ ރައްޔިތުންނަށް ހާއްސަ 2 ވޯޓު ފޮއްޓެއް ބެހެއްޓިފައިވޭ

23 ސެޕްޓެންބަރ 2018 | އާދީއްތަ 06:39
Writer Profile Picture
އާމިނަތު ނުޒުހާ
ވޯޓް ލުމަށް ޓަކައި މާލެއާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ކިއު ހަދަން ފަށައިފި

ވޯޓް ލުމަށް ޓަކައި މާލެއާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ކިއު ހަދަން ފަށައިފި

ހދ.ކުޅުދުއްފުށި
23 ސެޕްޓެންބަރ 2018 | އާދީއްތަ 06:22
Writer Profile Picture
އިސްމާއިލް ނާއިލް ނަޝީދު
މާލޭގައި ވޯޓުލާ މަރުކަޒުތަކަށް ވޯޓު ފޮށިތަށް ގެންދަން ފަށައިފި

މާލޭގައި ބަހައްޓާ އެކި ދާއިރާތަކުގެ ވޯޓުފޮށިތައް، އިންތިހާބީ މަރުކަޒުތަކަށް ގެންދިއުމުގެ މަސައްކަތް ފަށައިފި. މާލެއާއި އަތޮޅުތަކަށް ނިސްބަތްވާ ޖުމްލަ 120 ވޯޓުފޮށި ގްރޭޓަރ މާލެ އޭރިއާގައި ހިމެނޭ، ހުޅުމާލެ - މާލެ - ވިލިމާލެ ގައި ބަހައްޓާނެ.

23 ސެޕްޓެންބަރ 2018 | އާދީއްތަ 06:21
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
އިންތިހާބާއި މެދު އެމެރިކާ އެމްބަސީގެ ކަންބޮޑުވުންތަކެއް

އެމެރިކާގެ އެމްބަސީ ހިންގެވުމާއި މިވަގުތު ހަވާލުވެގެން ހުންނެވި ރޮބާޓް ހިލްޓަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޯލިޝަންގެ ކެމްޕެއިންގެ ހެޑްކުއަރޓަރަށް އިންތިހާބު މާދަން އޮންނައިރު ފުލުހުން ވަނުމަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ. ރާއްޖޭގެ ރައްޔިތުންނަށް އެއްވެސް ނުފޫޒަކާއި ނުލައި މިނިވަން އިންސާފުވެރި އިންތިހާބެއް ލިބެން ޖެހޭ ކަމަށް ދެކިލައްވާ ކަމަށް ރޮބާޓް ވިދާޅުވެފައިވެއެވެ. 

 

22 ސެޕްޓެންބަރ 2018 | ހޮނިހިރު 23:35
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
އިންތިހާބް މިނިވަންވާނެ ކަމަށް އުއްމީދުކުރަން

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި މިއަދު ހިނގައިދިޔަ ކަންތައްތަކާއެކު އިންތިހާބު އޮންނަ ދުވަހާއި މެދު ގިނަ ދިވެހިންގެ ބޮޑު ކަންބޮޑުވުންތަކެއް ހުރި ސަބަބުތައް އެނގިވަޑައިގެންނެވި ކަމަށެވެ. 

މާދަމާ އޮންނަ ވޯޓު ލަސްކޮށްފިނަމަ އެއީ ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށް ލިބޭނެ ދެރަ ދުވަހެއް ކަމަށް ދެކޭ ކަމަށް ޑޯރިސް ވިދާޅުވިއެވެ. އުއްމީދުކުރައްވަނީ އިންތިހާބު އޮންނާނެ ކަމަށާއި މިނިވަންކަމާއި އިންސާފުވެރިކަމާއެކު އިންތިހާބު ކުރިޔަށްދާނެ ކަމަށް ޑޯރިސް ވިދާޅުވިއެވެ. 

 

22 ސެޕްޓެންބަރ 2018 | ހޮނިހިރު 22:04
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ސޯލްޓް ކެފޭ ބަލައި ފާސްކުރަން ކޯޓު އަމުރަކާއެކު ފުލުހުން ވަދެއްޖެ

އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށް ރިޝްވަތުގެ ފައިސާ ބަހަމުންދާކަމުގެ ތުހުމަތުގައި ކޯޓު އަމުރަކާއެކު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ކެމްޕޭން ހެޑްކުއަރޓަރަށް ފުލުހުން ވަދެއްޖެ.

 

22 ސެޕްޓެންބަރ 2018 | ހޮނިހިރު 21:50
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ރާއްޖޭގެ ޓީވީގެ "ދިވެހިންގެ ވޯޓު 2018" ޕްރޮގްރާމް

ރިޔާސީ އިންތިހާބާއި ގުޅޭ އެންމެފަހުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ރާއްޖެޓީވީއިން ކުރިޔަށް ގެންދާ "ދިވެހިންގެ ވޯޓު 2018" ޕްރޮގްރާމްގައި މިވަގުތު ބައިވެރިވަމުން އަންނަނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބް އަބްދުއްރަހީމް. 

 

22 ސެޕްޓެންބަރ 2018 | ހޮނިހިރު 21:44
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ވޯޓުލުމަށް އެންމެފަހުގެ ތައްޔާރީތައް ދަނީ ވަމުން

 

22 ސެޕްޓެންބަރ 2018 | ހޮނިހިރު 21:10
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ބައެއް ރަށްރަށުގައި ވޯޓުލުމަށް ކިއު ހަދައިފި

ގދ ހޯނޑެއްދޫގައި ވޯޓު ލުމަށް ރައްޔިތުން ކިއު ހަދައިފި. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުން ދަނީ ވޯޓުލުމަށް ކިއު ހަދަމުން

 

22 ސެޕްޓެންބަރ 2018 | ހޮނިހިރު 21:09
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ހަޔެއްގެ ފަހުން ކެމްޕޭން ހަރަކާތް ނުހިންގޭނެ

ދެ ޕާޓީގެ ކެމްޕޭން ހަރަކާތް ވެސް ހަޔެއް ޖެހުމާއެކު ވަނީ ނިންމާލާފައި. ދެން ކެމްޕޭން ކުރުމުގެ ގޮތުން އެއްވެސް ހަރަކާތެއް ކުރިޔަށް ނުގެންދެވޭނެ. 

22 ސެޕްޓެންބަރ 2018 | ހޮނިހިރު 18:05
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ކޯލިޝަންގެ ޕެރޭޑް

 

22 ސެޕްޓެންބަރ 2018 | ހޮނިހިރު 17:35