ދިވެހިންގެ ވޯޓު 2018
ރިޔާސީ އިންތިހާބާއި ގުޅޭ ހާއްސަ ކަވަރޭޖް

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ރައީސް އަބްދުﷲ ޔާމީން (ކ) އަދި ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (ވ)
ރާއްޖޭގެ ޓީވީގެ "ދިވެހިންގެ ވޯޓު 2018" ޕްރޮގްރާމް
ރިޔާސީ އިންތިހާބާއި ގުޅޭ އެންމެފަހުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ރާއްޖެޓީވީއިން ކުރިޔަށް ގެންދާ "ދިވެހިންގެ ވޯޓު 2018" ޕްރޮގްރާމްގައި މިވަގުތު ބައިވެރިވަމުން އަންނަނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބް އަބްދުއްރަހީމް.
ބައެއް ރަށްރަށުގައި ވޯޓުލުމަށް ކިއު ހަދައިފި
ގދ ހޯނޑެއްދޫގައި ވޯޓު ލުމަށް ރައްޔިތުން ކިއު ހަދައިފި. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުން ދަނީ ވޯޓުލުމަށް ކިއު ހަދަމުން
ހަޔެއްގެ ފަހުން ކެމްޕޭން ހަރަކާތް ނުހިންގޭނެ
ދެ ޕާޓީގެ ކެމްޕޭން ހަރަކާތް ވެސް ހަޔެއް ޖެހުމާއެކު ވަނީ ނިންމާލާފައި. ދެން ކެމްޕޭން ކުރުމުގެ ގޮތުން އެއްވެސް ހަރަކާތެއް ކުރިޔަށް ނުގެންދެވޭނެ.
ޔުމްނާ މައުމޫންގެ ޓްވީޓް
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވެސް އިބޫއަށް ވޯޓު ލައްވަން ޓްވީޓެއް މެދުވެރިކުރައްވައި އެދިވަޑައިގެންފި
ވިދާޅުވީ ބޭނުންވަނީ އަދުލުވެރި، އިންސާފުވެރި، އޯގާތެރި، އިންސާނިއްޔަތުކަން ހުރި އެހެން މީހުންގެ އިހުސާސްތައް ދަންނަ ވެރިޔެއް ކަމަށް.
ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ނާޒިމްގެ ޓްވީޓް
ކެމްޕޭންގެ ހަރަކާތްތައް ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ރައީސް ޔާމީންގެ ކުރީގެ އެންމެ ގާތް އެކުވެރިޔާ އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއެކު ނަންގަވާފައިވާ ފޮޓޯއެއް ޓްވީޓް ކުރައްވައިފި.
ކޯލިޝަންގެ ޕެރޭޑް
މާލޭގައި ކުރިޔަށް ގެންދާ ޕެރޭޑްގައި ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ބައިވެރިވަމުން
ކުޅުދުއްފުށީގައި ކުރިޔަށް ގެންދާ ހިނގާލުން
ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކޯލިޝަނުން ހދ ކުޅުދުއްފުށީގައި ކުރިޔަށް ގެންދިޔަ ކެމްޕޭން ނިންމާލުމުގެ ގޮތުން ބާއްވާ ޕިކަޕް ބުރު
ތިނަދޫގައި ކުރިޔަށް ގެންދާ ހިނގާލުން
ގދ. ތިނަދޫގައި މިހާރު ކުރިޔަށްދާ ހިނގާލުމަކީ އެރަށުގައި ފަހުގެ ތާރީހެއްގައި ބޭއްވޭ އެންމެ ބޮޑު ހިނގާލުން ކަމަށް އަޅުގަނޑުމެންގެ ރިޕޯޓަރު ހުސައިން ހަސަން މައުލޫމާތު ދޭ
ޕީޕީއެމްގެ ސައިކަލް ބުރު
ރައީސް އަބްދުﷲ ޔާމީނަށް ތާއިދުކުރައްވާ ފަރާތްތަކުން ވެސް ގެންދަނީ މާލޭގައި ސައިކަލް ބުރެއް ބާއްވަމުން. މި ސައިކަލް ބުރުގައި ރައީސް ޔާމީންގެ ރަނިންގމޭޓް ޑރ މުހައްމަދު ޝަހީމް އަލީ ސައީދާއި އެޕާޓީގެ ޕީޖީ ގްރޫޕްގެ މެމްބަރުންނާއި ސަޕޯޓަރުން ވެސް ގެންދަނީ ބައިވެރިވަމުން.
ކޯލިޝަންގެ ޕެރޭޑް
ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ގެންދަނީ މާލޭގައި ޕެރޭޑެއް ކުރިޔަށް ގެންދަމުން. މި ޕެރޭޑްގައި ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަދި ރަނިންގމޭޓް ފައިސަލް ނަސީމް ދަނީ ބައިވެރިވެވަޑައިގަންނަވަމުން. ގިނަ އަދަދެއްގެ ރައްޔިތުން މި ޕެރޭޑްގައި ބައިވެރިވޭ.
މިހާރު ކުރިޔަށްދާ ޕެރޭޑް
އެންމެ ފަހުގެ ކެމްޕޭން ހަރަކާތްތައް
މިއަދުގެ އިރުއޮއްސި 6 ޖަހާއިރަށް ހުރިހާ ކެމްޕޭން ހަރަކާތްތަކެއް ނިންމަން ޖެހޭއިރު ދެ ފަރާތުން ވެސް ގެންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕޭން ހަރަކާތް ހިންގަމުން