Raajje.mv

ދިވެހިންގެ ވޯޓު 2018

ރިޔާސީ އިންތިހާބާއި ގުޅޭ ހާއްސަ ކަވަރޭޖް

22 ސެޕްޓެމްބަރު 2018
77157
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ރައީސް އަބްދުﷲ ޔާމީން (ކ) އަދި ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (ވ)

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ރައީސް އަބްދުﷲ ޔާމީން (ކ) އަދި ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (ވ)

23 ސެޕްޓެމްބަރު 2018 | 07:13

ވޯޓު ލުމަށް ގިނަ އަދަދެއްގެ މީހުން ކިޔުގައި

ވޯޓުލާ މަރުކަޒްތަކުގެ ބޭރުގައި ގިނަ އަދަދެއްގެ މީހުން ކިއުގައި އެބަތިބި. ބައެއް މަރުކަޒުތަކުގެ ބޭރުގައި 200 އެއްހާމީހުން ކިއުގައި އެބަތިބި

23 ސެޕްޓެމްބަރު 2018 | 06:58

މެލޭޝިޔާގައި ވޯޓުލުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތާއި މެދު ބައެއް ފަރާތްތަކުން ޝަކުވާ ކުރަނީ

މެލޭޝިޔާގައި ގިނަ އަދަދެއްގެ ދިވެހިން ވޯޓުލާން ކިޔުގައި އެބަތިބި. އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތާއިމެދު ބައެއްފަރާތްތަކުން ދަނީ ޝަކުވާ ކުރަމުން

23 ސެޕްޓެމްބަރު 2018 | 06:55

އައްޑޫ ސިޓީ މަރަދޫގައި ވޯޓުލުން ފެށިގެން ކުރިއަށްދަނީ

23 ސެޕްޓެމްބަރު 2018 | 06:37

ޣާޒީ ސްކޫލްގައިވެސް ވޯޓުލުމަށް ގިނަ އަދަދެއްގެ ބަޔަކު ކިޔުގައި

23 ސެޕްޓެމްބަރު 2018 | 06:30

ގިނަ ވޯޓުފޮށިތައް ތައްޔާރުކޮށްފައިވަނީ ވޯޓޭޖް ސައްޚަކަން ކަށަވަރުވާ ގޮތަށް: ޓްރާންސްޕޭރެންސީ މޯލްޑިވްސް

99 ޕަސެންޓް ވޯޓުފޮށިތައް ތައްޔާރުކޮށްފައިވަނީ ވޯޓޭޖް ސައްޚަކަން ކަށަވަރުވާ ގޮތަށް ކަމުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި

23 ސެޕްޓެމްބަރު 2018 | 06:23

އައްޑޫސިޓީ އިން ކަރަންޓް ކެނޑިއްޖެ

ވޯޓުލުން ކުރިއަށް ދަނިކޮށް އައްޑޫސިޓީގެ ގުޅިފައިވާ ހުރިހާ ރަށަކުން ކަރަންޓު ކެނޑިއްޖެ

23 ސެޕްޓެމްބަރު 2018 | 06:17

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވޯޓު ލައްވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފާމުށީ ޖަލަށް ވޯޓު ލައްވައިފި

23 ސެޕްޓެމްބަރު 2018 | 05:55

ޅ. އޮޅުވެލިފުށީގައި ގިނަ އަދަދެއްގެ ރައްޔިތުން ވޯޓުލުމަށް ކިއުގައި

23 ސެޕްޓެމްބަރު 2018 | 05:40

ތިނަދޫގައި ވެސް ވޯޓުލުން ލަސްވެގެންދަނީ ޓެބްލެޓް މައްސަލާގައި

ތިނަދޫގައި ބައެއް ވޯޓު ފޮށިތަކުން ކިއު ނަމްބަރު ދޫކުރުމުގައި ވޯޓާސް ލިސްޓު އޮންލައިންކޮށް ޗެކު ކުރުމަށް ގެންގުޅޭ ޓެބްލެޓުގައި މައްސަލަތަކެއް ދިމާވެ، ވޯޓުލުން ލަސްވެގެންދޭ. އެ މައްސަލާގައި ބައެއް ވޯޓު ފޮށިތަކުގައި ޓެބްލެޓާ ނުލައި، އެ ބޭފުޅުންގެ އަތުގައި އޮންނަ ވޯޓާސް ލިސްޓަށް ބަލައިގެން މެނުއަލްކޮށް ކިއުނަމްބަރު ދޫކުރަމުންދޭ.

23 ސެޕްޓެމްބަރު 2018 | 05:35

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ވޯޓު، ފޮށީގެ ވެރިޔާ ލާ ކަމުގެ ޝަކުވާ ލިބުން

ބައެއް ވޯޓުފޮށި ތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ވޯޓު، ފޮށީގެ ވެރިޔާ ލާ ކަމުގެ ޝަކުވާ ރާއްޖެ އެމްވީއަށް ލިބެން ފަށައިފި

23 ސެޕްޓެމްބަރު 2018 | 05:15

ގިނަ ތަންތަނުގައި ޓެބްލެޓް ބޭނުން ކުރުން ހުއްޓާލައިފި

ޓެބްލެޓްތައް މަސައްކަތް ނުކުރާތީ ގިނަ ތަންތަނުގައި ޓެބްލެޓް ބޭނުންކުރުން ހުއްޓާލައިފި

23 ސެޕްޓެމްބަރު 2018 | 05:10

ދެ ކެންޑިޑޭޓުން ވޯޓު ލައްވައިފި

ގުޅިފައިވާ ސިޔާސީ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިޚް އާއި ރަނިންމޭޓް ފައިސަލް ނަސީމް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނާއި ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވޯޓު ލައްވައިފި

23 ސެޕްޓެމްބަރު 2018 | 04:40

މެޑަމް ނަސްރީނާއި ޔުމްނާ ވޯޓު ދެއްވައިފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމްގެ އަނބިކަބަލުން މެޑަމް ނަސްރީނާއި އެދެމަފިރިންގެ ދަރިފުޅު ޔުމްނާ މައުމޫން ވޯޓު ދެއްވައިފި.

23 ސެޕްޓެމްބަރު 2018 | 04:31

އިބޫ ވޯޓް ދެއްވައިފި

ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވޯޓު ދެއްވައިފި

23 ސެޕްޓެމްބަރު 2018 | 04:26

އިނގިލީގައި ޖަހާ ނިޝާން ފޮހެވޭ

ވޯޓުލީކަން ޔަގީން ކުރަން އިނގިލީގައި ޖަހާ ފާހަގަ ފޮހެވޭ މައްސަލަ ފެންމަތިވެއްޖެ. އީސީން ބުނީ ކުލަ ފިލި ނަމަވެސް ފަހުން އެކުލަ އަނެއްކާ ވެސް އަރާނެކަމަށް.

23 ސެޕްޓެމްބަރު 2018 | 03:46

ޑރ. ޝަހީމް ވޯޓްލައްވައިފި

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބުދުﷲ ޔާމީންގެ ރަނިންގމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވޯޓްލައްވައިފި

23 ސެޕްޓެމްބަރު 2018 | 03:41

ރައީސް އަބުދުﷲ ޔާމީން ވޯޓްލައްވައިފި

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބުދުﷲ ޔާމީން ވޯޓްލައްވައިފި

23 ސެޕްޓެމްބަރު 2018 | 03:27

ސްރީލަންކާގައި ވޯޓުލާން ފަށައިފި

ޓެބްލެޓަށް ދިމާވި މައްސަލަތައް ހައްލުކޮށް ސްރީލަންކާގައި ވޯޓުލާން ފަށައިފިއެވެ.

23 ސެޕްޓެމްބަރު 2018 | 03:03

ވޯޓު ލާން ފަށައިފި

ރިޔާސީ އިންތިޚާބު 2018 ގެ ވޯޓުލުން ގިނަ ވޯޓިން މަރުކަޒުތަކުގައި މިހާރު ވަނީ ފަށާފައެވެ.

23 ސެޕްޓެމްބަރު 2018 | 03:02

ތިނަދޫ ބައެއް ފޮށިތަކުގައި ވޯޓުލުން ފެށޭ ގޮތެއް ނުވި

ގދ. ތިނަދޫ ބައެއް ވޯޓު ފޮށިތަކުގައި ވޯޓުލުން ނުފެށި ލަސްވެއްޖެ. އެގޮތުން ތިނަދޫ ސްކޫލުގައި ބަހައްޓާފައިވާ ދެ ވޯޓު ފޮށީގައި ވެސް ވޯޓުލުން ގަޑިއަށް ފެށޭ ގޮތެއް ނުވި. 7:30ގައި ފޮށިތަކުގެ ސެކިއުރިޓީ އުރަ ކަނޑުމަށް ހަމަޖެހިފައި ވިޔަސް، އެކަން ނުކުރެވިވަނީ އީސީގެ އެންގުމަށް

ވޯޓުލުން ލަސްވި ސަބަބު

އޮފިޝަލުންގެ ފާހުގައި ގަލަމުން ނަން ޖަހާފައިވުމާއި ފޮޓޯ ނެތް މައްސަލަ ފެންމަތިވުން *

ސެކިއުރިޓީ އުރަ ކެނޑުން ލަސްވުން *

މައްސަލަ ހައްލު ކުރުމަށް އޮފިޝަލުން ދަނީ އީސީއާ ވާހަކަ ދައްކަމުން *

ގދ. ތިނަދޫ އާބާދީ މަރުކަޒުގައި ބެހެއްޓިފައިވާ ހުންނަ ވޯޓު ފޮށި ކައިރީގައި އޮފިޝަލުން ހަރަކާތްތެރި ވަނީ-- ފޮޓޯ/ ރާއްޖެއެމްވީ

23 ސެޕްޓެމްބަރު 2018 | 03:00

ތިނަދޫ ފޮށިވެސް ގަޑިއަކަށް ނުފެށޭ

ގދ. ތިނަދޫގައި ބަހައްޓާފައިވާ އެއް ވޯޓު ފޮއްޓަށް ގަޑިއަށް ވޯޓު ނުލެވޭނެ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

23 ސެޕްޓެމްބަރު 2018 | 02:53

ލަންކާގައި ވޯޓުލާން ފަށާ ވަގުތު ލަސްވާނެ

އަވައްޓެރި ސްރީލަންކާގައި ވޯޓުލާ ވަގުތު ރާއްޖެއާއި އެއްވަގުތެއްގައި ވޯޓުލާން ފަށަން އޮތް ނަމަވެސް އެކަން އެހެން ނުވާނޭ ކަމަށް އިލެކްޝަންގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ. ސްރިލަންކާގައި ހުރި ރާއްޖެ ޓީވީގެ ނޫސްވެރިޔާ އަޒްމޫން އިލެކްޝަނުގެ އޮފިޝަލުންނާއި ހަވާލާދީ ވިދާޅުވީ ވޯޓުލާން ފެށުން ލަސްވެފައި ވަނީ ތައްޔާރުވާންޖެހޭ މިންވަރަށް ތައްޔާރު ނުވެވުމުގެ ސަބަބުންނެވެ. އަސްލު ވޯޓުލާން ހަމަޖެހިފައި ވަނީ އެގައުމުގެ ގަޑިން ހެދުނު 8:30 ގައެވެ. އެއީ ރާއްޖެ ގަޑިން 8:00 ޖަހާއިރުއެވެ.

23 ސެޕްޓެމްބަރު 2018 | 02:37

ވޯޓު ފޮށި ކަނޑާ ވަގުތު ޖެހިއްޖެ

ވޯޓުލާ މަރުކަޒުތަކަށް ވޯޓު ފޮށިތަކާއެކު އިލެކްޝަން އޮފިސަރުން ވަނީ ގޮސްފައި. ވޯޓު ފޮށި ކަނޑާ ވަގުތު ޖެހިއްޖެ. ވޯޓު ފޮށި ކަނޑަން ހަމަޖެހިފައިވާ ވަގުތަކީ ހަތް ގަޑި ބައެވެ.

ވެލައްސަރު މޯލްޑިވްސްގައި ވޯޓުލުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަނީ

23 ސެޕްޓެމްބަރު 2018 | 02:33

ތިނަދޫގައި ވޯޓުލުމުގެ ތައްޔާރީތައް ކުރިއަށް

ގދ. ތިނަދޫގައި ވޯޓުލުމުގެ ތައްޔާރީތައް ކުރިއަށް ކުރިއަށްދަނީ. ރަށުގައި ބެހެއްޓިފައިވާ ހަތް ފޮށީގައި ވެސް ކިއު ވަނީ ހަދާފައި.

ތިނަދޫ ވޯޓުލާ މަރުކަޒަކަށް އޮފިޝަލުން ތަކެތި ގެންދަނީ-- ފޮޓޯ/ ރާއްޖެއެމްވީ

23 ސެޕްޓެމްބަރު 2018 | 02:26

ފުވައްމުލަކު ދެކުނު ދާއިރާ (ފުނާޑު،ދޫޑިގަން)

R03.01.1 ވޯޓު ފޮށި: 746

R03.01.2 ވޯޓު ފޮށި: 490

R03.01.3 ވޯޓު ފޮށި: 490

23 ސެޕްޓެމްބަރު 2018 | 02:20

ބައެއް ހިސާބުތަކުގެ މޫސުން ދައްކާގޮތް

މީގެ ހަތަރު ގަޑިއިރުކުރިން މެޓް އޮފީހުން ހއ. އިން ފެށިގެން ތ. ދެމެދުގެ ރަށްތަކަށް ވަނީ ވައިޓް އެލާޓް ނެރެފައި

ރޭ މެންދަމު 3.30 ފެށިގެން މިއަދު ހެނދުނު 9.30 ދެމެދު މި ސަރަހައްދަށް ގަދަ ވަޔާއި އެކު ވިއްސާރަކުރާނެކަމަށް ވަނީ ލަފާކޮށްފައި

23 ސެޕްޓެމްބަރު 2018 | 02:05

ލަންކާގައި ވޯޓުލުން ކުރިއަށްދާގޮތް

ލަންކާގައި ވޯޓު ލާން ހަމަޖެހިފައިވަނީ އެ ގައުމުގެ ގަޑިން 8:30 ގައެވެ. އެއީ ރާއްޖެ ގަޑިން 8:00 ޖަހާއިރުއެވެ. ލަންކާގައި ދެ ވޯޓު ފޮށި ވަނީ ބެހެއްޓިފައިވާއިރު އެ ދެ ވޯޓު ފޮށި ވެސް ބެހެއްޓިފައި ވަނީ ލަންކާގެ އެމްބަސީގައެވެ. ލަންކާގެ ފޮއްޓަށް ވޯޓުލާން 2788 މީހުން ވަނީ ރަޖިސްޓްރީ ކޮށްފައެވެ.

23 ސެޕްޓެމްބަރު 2018 | 02:00

ވޯޓްލާ މަރުކަޒުތަކުން ވަގުތުން ލިބެމުންދާ ފޮޓޯ

ވޯޓްލުމަށް ގަޑިއެއްހާއިރު އޮއްވައި ގދ. ތިނަދޫ ސުކޫލްގައި ކިއު ދަމާލައިފި

23 ސެޕްޓެމްބަރު 2018 | 01:58

މާފުށީގައި ވޯޓުލުން

މާފުށީގައި ދެ ވޯޓު ފޮށި ވަނީ ބެހެއްޓިފައެވެ. އެއް ވޯޓު ފޮށި ޖަލުގައި ހުރިއިރު އަނެއް ވޯޓު ފޮށި ހުރީ ސްކޫލްގައެވެ. ވޯޓުލުމަށް ބޭނުންވާ ލިޔެ ކިއުންތަކާއި އެހެނިހެން ތަކެތި މިހާރު ސުކޫލަށް ވަނީ ވައްދާފައެވެ. އަދި ވޯޓުލުމުގެ ތައްޔާރީތައް ވަމުންދާއިރު ވޯޓުލާ މީހުންގެ ކިއުއެއް ސްކޫލުން ބޭރުގައި ވަނީ ހަދާފައެވެ.

23 ސެޕްޓެމްބަރު 2018 | 01:54

ވޯޓްލާ މަރުކަޒު ތައް ހިމެނޭ ސަރަހައްދު ތަކުގައި ކިއުތައް ދަނީ ހަދަމުން

ވޯޓްލާ މަރުކަޒު ތައް ހިމެނޭ ސަރަހައްދު ތަކުގައި ކިއުތައް ދަނީ ހަދަމުން

ހުޅުމާލޭ ގާޒީ ސުކޫލް ސަރަހައްދުގައި ކިއު ހަދައިފި

23 ސެޕްޓެމްބަރު 2018 | 01:52

ފުވައްމުލަކު ދެކުނު ދާއިރާ (މާލެގަން، މިސްކިތްމަގު، މާދަޑު)

R02.01.1 ވޯޓު ފޮށި: 449

R02.01.2 ވޯޓު ފޮށި:536

R02.01.3 ވޯޓު ފޮށި:404

R02.01.4 ވޯޓު ފޮށި:469

23 ސެޕްޓެމްބަރު 2018 | 01:48

ފުވައްމުލަކު ވޯޓުލުމުގެ ހައްގު ލިބިފައިވަނީ- 7426

ފުވައްމުލަކު ސިޓީ- 5726

މާލޭ ސިޓީ-1700

ފުވައްމުލަކު އުތުރު ދާއިރާ (ދަންޑުމަގު، ހުދުވާންޑު،ހޯދަނޑު)

R01.01.1 ވޯޓު ފޮށި: 784

R01.01.2 ވޯޓު ފޮށި: 645

R01.01.3 ވޯޓު ފޮށި: 715

23 ސެޕްޓެމްބަރު 2018 | 01:44

ފުވައްމުލަކު މެދު ދާއިރާގައި ވޯޓުލުމަށް ކިއުގައި ޖެހިގެން

23 ސެޕްޓެމްބަރު 2018 | 01:42

ޒިކުރާ އިސްޓިޓިއުޓް

23 ސެޕްޓެމްބަރު 2018 | 01:39

ފުވައްމަލަކު ސިޓީން

ފުވައްމުލަކު ސިޓީގައި 10 ވޯޓު ފޮށި ބެހެއްޓިފައިވޭ. މާލޭގައި ފުވައްމުލަކުގެ ރައްޔިތުންނަށް ހާއްސަ 2 ވޯޓު ފޮއްޓެއް ބެހެއްޓިފައިވޭ

23 ސެޕްޓެމްބަރު 2018 | 01:22

ވޯޓް ލުމަށް ޓަކައި މާލެއާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ކިއު ހަދަން ފަށައިފި

ވޯޓް ލުމަށް ޓަކައި މާލެއާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ކިއު ހަދަން ފަށައިފި

ހދ.ކުޅުދުއްފުށި

23 ސެޕްޓެމްބަރު 2018 | 01:21

މާލޭގައި ވޯޓުލާ މަރުކަޒުތަކަށް ވޯޓު ފޮށިތަށް ގެންދަން ފަށައިފި

މާލޭގައި ބަހައްޓާ އެކި ދާއިރާތަކުގެ ވޯޓުފޮށިތައް، އިންތިހާބީ މަރުކަޒުތަކަށް ގެންދިއުމުގެ މަސައްކަތް ފަށައިފި. މާލެއާއި އަތޮޅުތަކަށް ނިސްބަތްވާ ޖުމްލަ 120 ވޯޓުފޮށި ގްރޭޓަރ މާލެ އޭރިއާގައި ހިމެނޭ، ހުޅުމާލެ - މާލެ - ވިލިމާލެ ގައި ބަހައްޓާނެ.

22 ސެޕްޓެމްބަރު 2018 | 18:35

އިންތިހާބާއި މެދު އެމެރިކާ އެމްބަސީގެ ކަންބޮޑުވުންތަކެއް

އެމެރިކާގެ އެމްބަސީ ހިންގެވުމާއި މިވަގުތު ހަވާލުވެގެން ހުންނެވި ރޮބާޓް ހިލްޓަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޯލިޝަންގެ ކެމްޕެއިންގެ ހެޑްކުއަރޓަރަށް އިންތިހާބު މާދަން އޮންނައިރު ފުލުހުން ވަނުމަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ. ރާއްޖޭގެ ރައްޔިތުންނަށް އެއްވެސް ނުފޫޒަކާއި ނުލައި މިނިވަން އިންސާފުވެރި އިންތިހާބެއް ލިބެން ޖެހޭ ކަމަށް ދެކިލައްވާ ކަމަށް ރޮބާޓް ވިދާޅުވެފައިވެއެވެ.

22 ސެޕްޓެމްބަރު 2018 | 17:04

އިންތިހާބް މިނިވަންވާނެ ކަމަށް އުއްމީދުކުރަން

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި މިއަދު ހިނގައިދިޔަ ކަންތައްތަކާއެކު އިންތިހާބު އޮންނަ ދުވަހާއި މެދު ގިނަ ދިވެހިންގެ ބޮޑު ކަންބޮޑުވުންތަކެއް ހުރި ސަބަބުތައް އެނގިވަޑައިގެންނެވި ކަމަށެވެ.

މާދަމާ އޮންނަ ވޯޓު ލަސްކޮށްފިނަމަ އެއީ ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށް ލިބޭނެ ދެރަ ދުވަހެއް ކަމަށް ދެކޭ ކަމަށް ޑޯރިސް ވިދާޅުވިއެވެ. އުއްމީދުކުރައްވަނީ އިންތިހާބު އޮންނާނެ ކަމަށާއި މިނިވަންކަމާއި އިންސާފުވެރިކަމާއެކު އިންތިހާބު ކުރިޔަށްދާނެ ކަމަށް ޑޯރިސް ވިދާޅުވިއެވެ.

22 ސެޕްޓެމްބަރު 2018 | 16:50

ސޯލްޓް ކެފޭ ބަލައި ފާސްކުރަން ކޯޓު އަމުރަކާއެކު ފުލުހުން ވަދެއްޖެ

އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށް ރިޝްވަތުގެ ފައިސާ ބަހަމުންދާކަމުގެ ތުހުމަތުގައި ކޯޓު އަމުރަކާއެކު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ކެމްޕޭން ހެޑްކުއަރޓަރަށް ފުލުހުން ވަދެއްޖެ.

3 / 4