އިންސާފުގެ މަގަށް-ޖަޒީރާ ރާއްޖެ
ޖަލްސާގައި ގިނަ އަދަދެއްގެ ފަރާތްތަކުން ބައިވެރިވުމަށް ޖަމާވެފައިވަނީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބޮޑު ޖަލްސާ
ޖަލްސާ
ޖަލްސާގައި މިހާރު ކުރިއަށްދަނީ އިންސާފުން ބޭރުން ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލުމަށް ގޮވާލުން
ނުބައި މީހަކު
ވައްޑެ:ހިތްނުބައި ނުލަފާ ހުލްޤު ނުބައި މީހަކު ކާރީގައި އެއްވެސް މީހަކު ނުހުންނާނެ ކަން މިއަދު މިތަނުން ފެނިއްޖެ.
ދަރަނި
ވައްޑެ: ތަރައްޤީގެ ނަމުގައި އަޅުގަނޑުމެންނަށް ދެއްކެވީ ދަރަނި.
ހިތްތިރި
ވައްޑެ: އަޅުގަނޑުމެންގެ ކެންޑިޑޭޓްހާ ހިތްހެޔޮ އޯގާތެރި، ހިތްތިރި ބޭފުޅަކު ނެތް
ޖަލްސާ
މިހާރު ވާހަކަދައްކަވަނީ މައުމޫން ރިފޯރަމް މޫވްމަންޓްގެ ފަރާތުން މުހައްމަދު ވަހީދު އިބްރާހިމް
ކޮރަޕްޝަން
އަނާރާ: ވަރަށް އުފާވެރި މަންޒަރެއް މި ފެންނަނީ. މިފެންނަނީ ޕާކިސްތާން، މެލޭޝިޔާ، ލަންކާއިން ފެނުނު މަންޒަރު. ކޮރަޕްޝަނަށް ނޫނެކޭ ބުނާ މަންޒަރު މި ފެންނަނީ
ޖަލްސާ
މިހާރު ވާހަކަދައްކަވަނީ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް
ޖަލްސާ
މިހާރު ވާހަކަދައްކަވަނީ ޖުމްހޫރީ ޕާރޓީގެ ކައުންސިލް މެމްބަރު އައިޝަތު ނަހްލާ
އަމާނާތްތެރި
އަނާރާ: އިބްރާހިމް މުހައްމަދު ސޯލިހަކީ އަމާނާތްތެރި ވެރިޔަކު ހޮވުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް. ޒިންމާ އުފުލެވޭ ވަރުގެ އަމާނާތްތެރިޔަކާ އަޅުގަނޑުމެންގެ ބައިތުލް މާލް ހަވާލްކުރަންޖެހެނީ. ވޯޓް ހޯއްދަވަން މަސައްކަތް ކުރައްވާ. ކޮންމެ ބޭފުޅަކުވެސް 5 ވޯޓް ހޯއްދަވާ
ވޯޓް
ސިދާތާ:170000 ވޯޓާއެކު އިންތިޚާބު ކާމިޔާބު ކުރާނަން އިރާދަކުރެއްވިއްޔާ.
ބަދަލަކަށް
ސިދާތާ: މުޅި ރާއްޖެ އޮތީ ބަދަލަަކަށް ގޮވަ ގޮވާ. އެންމެން އެދެނީ ބަދަލަކަށް. މިހާވަރަށް ރައްޔިތުން ބިކަ ޖެހުނު ދުވަހެއް އައިކަމަކަށް ތާރީޚުން ނުދައްކާ. މާލިއްޔަތު މި ވަރަކަށް އިނދަޖައްސާލި ސަރުކާރެއް.
ޖަލްސާ
މިހާރު ވާހަކަދައްކަވަނީ އަދާލަތު ޕާރޓީގެ ފަރާތުން ސިދާތާ ޝަރީފް
އަންހެނުން
ފައިސަލް: އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރެއްގައި އަންހެން ބޭފުޅުންނަށް ފުޅާ ދާއިރާއެއްގައި މަަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދޭން.
އިޖްތިމާއީ ރައްކާތެރިކަން
ފައިސަލް: ކުރާ ހުވާމަތީގައި އަޅުގަނޑުމެން ދެމިތިބޭނަން. އިޖްތިމާއީ ރައްކާތެރިކަން ރައްޔިތުންނަށް ލިބިގެންދާނެ. ރައްޔިތުންގެ އިހްސާސްތަށް ވަނީ ވަރަށް ރަނގަޅަށް އެގިފައި. އިބްރާހިމް މުހައްމަދު ސޯލިހު މި ވަޑައިގަންނަވަނީ ފަޚްރުވެރި އާއިލާއެއް ހޯދައިދޭން ތިބޭފުޅުންނާއި އެކު މަސައްކަތް ކުރެއްވުމަށް
އިސްލާމްދީން
ފައިސަލް:މި ފަސްގަނޑުން އެންމެ އަކަފޫޓެއްގެ މިންވަރުވެސް އެހެންދީނަކަށް ނުދާނެ. ތާއަބަދު އޮންނާނީ އެގޮތުގައި. ޤާނޫނު ނަގާ ދަމަހައްޓާނަން. 23 ވަނަ ދުވަހު އިބްރާހިމް މުހައްމަދު ސޯލިހަށް އެންމެ ފުރުސަތެއް ދެއްވަންވީ. އެއީ ކޮށްދެއްވަންވީ ކަމަކީ
އަމާނާތްތެރި
ފައިސަލް: ދިވެހި މުޅި ޤައުމަށް މިއަދު ލިބޭ އުފަލަކީ ހެޔޮ ލަފާ މީހަކު ވެރިއަކަށް ލިބިގެންދާތީ. އަމާނާތްތެރި އެއް ލިބެގެންދާތީ. ފަސްބައިގައި ކިލަބުކަމެއް ނެތް ވެރިއަކު ލިބޭތީ
އިންސާފު
ފައިސަލް: ޒަމާނުއްސުރެ ދިވެހިންނަކީ އެއްބައިވަންތަކަމަށް ލޯބިކުރާ ބައެއް. ހަމަހަމަ ކަމާއި، އިންސާފަށް ލޯބިކުރާ ބައެއް
ޖަލްސާ
މިހާރު ވާހަކަދައްކަވަނީ ރަނިންމޭޓް ފައިސަލް ނަސީމް
މަޖިލިސް
އީވާ ޖަލްސާގައި ވާހަކަ ދައްކަވަނީ
އީވާ:25 އަހަރު ރައްޔިތުންގެ މަންދޫބެއްގެ ގޮތުގައި އިބްރާހިމް މުހައްމަދު ސޯލިހު ހޭދަކުރެއްވީ އެއްވެސް ކިލަބުކަމެއް ނެތި. ނަޒާހަތްތެރި ބޭފުޅެއް އިބްރާހިމް މުހައްމަދު ސޯލިހަކީ
ނަޒާހަތްތެރިކަން
އީވާ ޖަލްސާގައި ވާހަކަދައްކަވަނީ
އީވާ:ބިރަށް ވުރެ އަޅުގަނޑަށް މުހިންމީ ޤައުމުގެ ނަޒާހަތްތެރިކަން. ބޭ އިންސާފަކަށް ނޫނެކޭ ބުނަން، އަނިޔާއަށް ނޫނެކޭ ބުނަން އަޅުގަނޑުމެންނަށް ލިބޭ ފުރުސަތަކީ އިބްރާހިމް މުހައްމަދު ސޯލިހު.
ވައްކަން
އީވާ: ބޭއިންސާފަކަށް ބޯލަބާކަށް އަޅުގަނޑު ތައްޔާރެއް ނޫން. ވައްކަން ވަރިހަމަވާ އަޅުގަނޑު ތައްޔާރެއް ނޫން. ވައްކަމަކަށް ބޯލަބާކަށް އަޅުގަނޑު ދުވަހަކުވެސް ތައްޔާރެއް ނުވާނެ
ނާމާންކަން
އީވާ: އަޅުގަނޑު ގާތް ދެ ރަހްމަތްތެރިން ގެއްލިއްޖެ. ރިލްވާން ނޫނީ ޔާމީން ހުރި ނަމަ ހިތަށް ނާރާ އެންމެ ދުވަހެއްވެސް ނުދޭ. އަނިޔާގެ ޝިކާރައަކަށްވި އެންމެންގެ އާއިލާތަށް އަދިވެސް ތިބީ އިންސާފެއް ނުލިބި. ރަށު ތެރެ ނާމާންވެއްޖެ. ލޫޓުވުމާއި، ވައްކަން އާންމުވެއްޖެ
ބިރު
އީވާ: ކެނޑިނޭޅި އެންމެން ބިރެއްގައި ތިބޭތާ 5 އަހަރުވެއްޖެ
ޖަލްސާ
މިހާރު ވާހަކަދައްކަވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
އިއްތިހާދު
މާރިޔާ ޖަލްސާގައި ވާހަކަ ދައްކަވަނީ
މާރިޔާ: އިއްތިހާދު ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވެނީ އިބްރާހިމް މުހައްމަދު ސޯލިހާއި ހެދި. ކެންޑިޑޭޓް ނަމްބަރު 2 ކަށް ވޯޓް ދެއްވާ މިކަން ނިންމަވާލައްވާ.
ޖަލްސާ
މާރިޔާ: އިބްރާހިމް މުހައްމަދު ސޯލިހު ޔަޤީންކަން ދެއްވައޭ، ހިލޭ މަތީ ތައުލީމް ހޯއްދަވައިދެއްވާނެ ކަމަށް
ޖަލްސާ
އިބޫގެ ވާހަކަފުޅު ނިންމަވާލައިފި
އިބޫ ވާހަކަފުޅު ދައްކަވަނީ
ރާއްޖެ އިންސާފުގެ މަޤަށް
އިބޫ: ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކޮށްދެވޭނީ ހަމަ ތިޔަ ބޭފުޅުންނަށް. 23 ސެޕްޓެމްބަރު ވެގެންދާނީ ދުނިޔޭގައި އަޅުގަނޑުމެން ބާކީވެފައި ތިބުން ނިމުމަކަށް އަންނާނެ ދުވަހަކަށް. މި ރާއްޖެ އިންސާފުގެ މަގަށް އެޅޭނެ ދުވަހަކަށް.
އިބޫ އަކީ ދެ ނަމްބަރު ކެންޑިޑޭޓް
ޚާރިޖީ ސިޔާސަތު
އިބޫ:އަވައްޓެރި ގައުމުތަކާ އެކު އޮތް ގުޅުން ބަދަހިކޮށް އަޅުގަނޑުމެންގެ ރޯލު އަދާކުރާނަން. ޚާރިޖީ ސިޔާސަތުތަށް ޤާއިމްކުރާނީ ރައްޔިތުންގެ މަސްލަހަތު
ސަލާމަތީ ބާރުތަށް
ސަލާމަތީ ބާރުތަކަށް އޮތް އިތުބާރު މި ސަރުކާރުން ވަނީ ނަގާލާފައި. އަޅުގަނޑުމެން ސަލާމަތީ ބާރުތަކަށް ޣައިރު ގާނޫނީ އަމުރެއް ނުކުރާނަން.
މާލޭގެ ރައްޔިތުން
އިބޫ:މާލޭގެ ރައްޔިތުންގެ ހާލަތު ބަަދަލުކުރާނަން. އާރބަން ސެންޓަރުތަށް ހަދާ ލެއަށް ލުޔެއް ހޯދަދޭނަން