Raajje.mv

އިންސާފުގެ މަގަށް-ޖަޒީރާ ރާއްޖެ

ޖަލްސާގައި ގިނަ އަދަދެއްގެ ފަރާތްތަކުން ބައިވެރިވުމަށް ޖަމާވެފައިވަނީ

08 ސެޕްޓެމްބަރު 2018
32812
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބޮޑު ޖަލްސާ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބޮޑު ޖަލްސާ

08 ސެޕްޓެމްބަރު 2018 | 17:22

ސިވިލް ސާރވަންޓުން

އިބޫ:ފަޚްރުވެރި އާއިލާއެއް ބިނާކޮށްދޭނަން. ވަޒީފާގެ ބިރުދައްކައިގެން މި ޖަލްސާއަށް ގެނައި އެއްވެސް މީހަކު ނުހުންނާނެ. އެއީ އަޅުގަނޑުމެން ޤަބޫލުކުރާނެ ކަމެއް ނޫން. އަޅުގަނޑުމެން ނުކުރާނަން. ސިވިލް ސާރވިސް މުވައްޒިފުންނަށް ބިރުނުދައްކާނަން. އެމީހުންގެ މުސާރަ ބޮޑުކޮށްދޭނަން

08 ސެޕްޓެމްބަރު 2018 | 17:20

ޖަލްސާގެ ތެރެއިން

އިބޫ ޖަލްސާގެ ބައިވެރިންނަށް މަރްހަބާ ދަންނަވަނީ

08 ސެޕްޓެމްބަރު 2018 | 17:18

ޒުވާނުން

އިބޫ:ޒުވާނުންނަކީ ހަމައެކަނި ފުޓްސަލް ކުޅޭ ބަޔަކަށް ނަހަދާނަން.ޒުވާނުންގެ ސަރުކާރަކަށް ވާނެ. ޒުވާނުންގެ ވިޔަފާރީގައި އެހީވެދޭނެ ސަރުކާރަކަށް ވާނެ.

08 ސެޕްޓެމްބަރު 2018 | 17:15

ތައުލީމް

އިބޫ:ސްކޫލްތަށް ހިންގާނީ އެއްދަން ފަޅިއަށް. ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވޭނެ

08 ސެޕްޓެމްބަރު 2018 | 17:14

ދަތުރުފަތުރު

އިބޫ:ދަތުރުފަތުރުގެ ހަރުދަނާ ނިޒާމެއް ޤާއިމްވާނެ. ދަތުރުފަތުރުން މުޅިރާއްޖެ ގުޅުވާލެވޭނެ

08 ސެޕްޓެމްބަރު 2018 | 17:12

އިޤްތިސާދް

އިބޫ:އަޅުގަނޑުމެންގެ ވެރިކަމެއްގައި ދަނޑުވެރިން އުފައްދާ ތަކެއްޗަށް ހަމަ އަގު ދިނުން

08 ސެޕްޓެމްބަރު 2018 | 17:11

ތިމާވެށި

އިބޫ: ތިމާވެއްޓާއި އިދިކޮޅު ތަރައްޤީއަކީ އަލަށް ބޮޑެތިވާ ކުދިންނަށް ވެވޭ ޚިޔާނާތެއް. ތިމާވެށި މައްސަލަތަކަށް އިހްމާލުނުވާނަން

08 ސެޕްޓެމްބަރު 2018 | 17:09

އިސްލާމްދީން

އިބޫ ވިދާޅުވީ ތިބޭފުޅުންގެ ލޯ ލާރިއެއްގައިވެސް އަޅުގަނޑު ނުޖެހޭނަން. އިސްލާމްދީން ނޫން އެހެންދީނަކަށް ރާއްޖޭގައި ޖާގައެއް ނޯންނާނެ. ރާއްޖޭގައި އިސްލާމްދީން އޮތީ އެމީހުން އެބޭނުންވާތީ.

08 ސެޕްޓެމްބަރު 2018 | 17:07

ދަރަނި

ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާނެ މީހަކަށް އަޅުގަނޑު ނުވާން. އިބޫ

08 ސެޕްޓެމްބަރު 2018 | 17:06

ބައިތުލް މާލް ވިއްކުން

ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖޭގެ ފަޅުތަކާއި ބިންތަށް ވިއްކާފައި ހުރީ ކާކަށް ކަމެއް ނޭގޭ. ކިހާވަރަކަށް ކަމެއް ނޭގޭ. މިއިން ކޮންމެ ވާހަކައެއް ދައްކާއިރަށް ދައްކަނީ 25 ބުރީގެ އިމާރާތް

08 ސެޕްޓެމްބަރު 2018 | 17:03

އިންސާފު

ރައީސް ނަޝީދަށް އަދަބު ދެވުނީ ނުހައްގުން. އިމްރާނަށް ނުހައްގުން އަދަބު ދެވުނު. ޤާސިމްއަށް ހުކުމް ކުރެވުނީ ހޮސްޕިޓަލްގައި އޮއްވާ. ރައީސް މައުމޫންއަށް ނުހައްގުން ހުކުމް ކުރެވުނު. ރައީސް ޔާމީން ނުހައްޤުން އަނިޔާދީފައިވާ އެންމެން މިނިވަންވާނެ. ވެރިކަމުގެ 18 މަސް ދުވަަހަކީ އިންތިޤާލީ އިންސާފު ހޯދައިދިނުން. އިބޫ

08 ސެޕްޓެމްބަރު 2018 | 16:59

ފަސް އަހަރަށް ބަލާލުން

އިބްރާހިމް މުހައްމަދު ސޯލިހު: އެންމެ ކޮރަޕްޝަން ގިނަ 5 އަހަރު. އެންމެ ޚުދުމުހުތާރު 5 އަހަރު

08 ސެޕްޓެމްބަރު 2018 | 16:57

ރިޔާސީ ކެންޑިޑޭޓް

. މިހާރު ވާހަކަފުޅު ދައްކަވަނީ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު

އިންސާފުގެ މަގަށް - ޖަޒީރާ ރާއްޖެ

08 ސެޕްޓެމްބަރު 2018 | 16:56

ޖަލްސާ

އައްބާސްގެ ވާހަކަފުޅު ނިމިއްޖެ

ރައީސް މައުމޫން ދައުރުގައި އައްބާސް ވަނީ މިނިސްޓަރުކަން ކުރައްވާފައި

08 ސެޕްޓެމްބަރު 2018 | 16:55

ޤައުމު ސަލާމަތްކުރުން

ސިޔާސީ ފިކުރުތަށް ތަފާތުވިޔަސް ޤައުމު ސަލާމަތް ކުރަން އެންމެން އެކަތިގަނޑަކަަށްވުން. އެއީ އިބްރާހިމް މުހައްމަދު ސޯލިހާއި އޭނާގެ ރަނިންގ މޭޓް ހާއްސަވާ ކަމަކީ

08 ސެޕްޓެމްބަރު 2018 | 16:53

އިންސާފުން އެއްކިބާވުން

ދިއްގަރު ދާއިރާގެ މެމްބަރު ކުރެއްވި މަސައްކަތް ފާހަގަކޮށްލަން. 1 އަހަރު ދުވަހު ޖަލުގައި. ސިއްރުހެއްކެއް ގެނައީ. މިކަހަލަ އަދަބުތަށް ލިބެމުންދާ މިންވަރުން މި ވާހަކަ ދެއްކެނީ. މައުމޫންގެ ވާހަކަވެސް ފާހަގަކޮށްލާނަން. ނުހައްގުން އަނިޔާ ލިބި ޖަލުގައި. އެހެންވީމަ އިބްރާހިމް މުހައްމަދު ސޯލިހާއި އޭނާގެ ރަނިންގ މޭޓަށް ވޯޓް ދެއްވަންޖެހޭ ކަމަކީ

08 ސެޕްޓެމްބަރު 2018 | 16:52

އިންސާފުގެ މަގަށް-ޖަޒީރާ ރާއްޖެ

08 ސެޕްޓެމްބަރު 2018 | 16:49

ޖުމްހޫރިއްޔަތަށް އަލިއަޅުވާލުން

ޖުމްހޫރީ ސިފަަތަށް ގެންނަން 30 އަހަރު ކުރެވުނު މަސައްކަތް އެބަހުރި. ޤާނޫނު އަަސާސީއަށް ގެނެވުނު އިސްލާހުން، ލޯކަލް ކައުންސިލްތަކާއި، އެކި އެކި ކައުންސިލްތަށް އުފެދުނު. މިދިޔަ 5 އަހަރު ކަންތަށް ދިޔައީ އެެހެންތޯ؟ ކައުންސިލްތަކުގެ ބާރުވެސް ކަނޑުވާލީ. އައްބާސް ވިދާޅުވި

08 ސެޕްޓެމްބަރު 2018 | 16:46

ތަރައްޤީއަށް އަލިއަޅުވާލުން

އަޅުގަނޑުމެން ތާއީދް ކުރަނީ އިބްރާހިމް މުހައްމަދު ސޯލިހަށް. ތަރައްޤީއަކި ކުރިންވެސް ދެކެމުން އައި އެއްޗެއް. ތަރައްގީ ދަމަހައްޓަން ވަރަށް ބޮޑަށް އިތުރުކުރަންޖެހޭ. އަޅުގަނޑުމެންގެ ފަންނުވެރިން ބައިވެރިކުރީމައި ތަރައްޤީއަށް ވާނީ. ބަޔަކު އަތުން ލާރި ހޯދައިގެން އެމީހުން ހިމަނައިގެން މަސައްކަތް ކޮށް ނިންމުމުން އެއީ ތަރައްޤީއަކަށް ނުވާނެ . އައްބާސް ވިދާޅުވި

އިބޫ އެމްޑީޕީ ޖަލްސާގައި

08 ސެޕްޓެމްބަރު 2018 | 16:41

ރިޔާސީ ކެންޑިޑޭޓް ޖަލްސާއަށް ވަޑައިގަތުން

Captionރިޔާސީ ކެންޑިޑޭޓް ޖަލްސާއަށް ވަޑައިގަތުން

08 ސެޕްޓެމްބަރު 2018 | 16:39

ޖަލްސާ ފެށުން

މިހާރު ވާހަކަދައްކަވަނީ މައުމޫން ރިފޯރމް މޫވެމެންޓްގެ ފަރާތުން އޮނަރަބްލް އައްބާސް އިބްރާހިމް

08 ސެޕްޓެމްބަރު 2018 | 16:36

އިންސާފު ޤާއިމްކޮށްދޭނެ ޖަޒީރާ ރާއްޖެއެއް

މީކާއިލް ވިދާޅުވީ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމެއްގައި ހޯދަދޭނެ ޖަޒީރާ ރާއްޖެއަކީ އިޖްތިމާއީ ރައްކާތެރިކަން ހޯދޭނެ ޖަޒީރާ ރާއްޖެ. އެ ޖަޒީރާ ރާއްޖެއަކީ ލޯނުތަށް ލުއި އިންޓްރެސްޓް ރޭޓާއެކު ހޯދާދޭނެ ރާއްޖެއެއް. ކޮންމެ މީހަކަށްވެސް އިންސާފު ޤާއިމްކޮށްދޭނެ ޖަޒީރާ ރާއްޖެއެއް.

08 ސެޕްޓެމްބަރު 2018 | 16:32

ޖަލްސާ ފެށުން

.މިހާރު ޖަލްސާގައި ވާހަކަދައްކަވަނީ އެމްޑީޕީ ޔޫތް ވިންގް މެމްބަރ މީކާއިލް އަހްމަދު.

08 ސެޕްޓެމްބަރު 2018 | 16:22

ޖަލްސާ ފެށުން

ޖަލްސާ ފެށިއްޖެ. ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފައްޓަވައިދެއްވަނީ އަލްޤާރީ އިބްރާހިމް ރާފިއު

08 ސެޕްޓެމްބަރު 2018 | 16:21

ޖަލްސާއަށް ހާޒިރުވެފައިވާ މީހުންގެ އަދަދު ވަނީ އިންތިހާއަށް އަރާފައި

ގޭގޭގެ މަތިން ޖަލްސާ ބެލުމަށް މީހުން ވަނީ އެއްވެފައި

08 ސެޕްޓެމްބަރު 2018 | 16:17

ކެންޑިޑޭޓް ވަޑައިގަތުން

ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ޖަލްސާ ބާއްވާ ސަރަހައްދަށް ވަޑައިގެންފި. އެ މަނިކުފާނު ވަޑައިގަތުމުން ވަރަށް ހޫނު މަރްހަބާއެއްވަނީ ދަންނަވާފައި.

08 ސެޕްޓެމްބަރު 2018 | 16:15

ރަނިްނމޭޓް ޖަލްސާއަށް ވަޑައިގަތުން

ގުޅިފައިވާ ޕާރޓީތަކުގެ ރިޔާސީކެންޑިޑޭޓްގެ ރަނިންމޭޓް ޖަލްސާއަށް ވަޑައިގެންފި. އަދި ކުޑައިރުކޮޅެއްގެ ތެރޭގައި ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުވެސް ޖަލްސާ ބާއްވާ ސަރަހައްދަށް ވަޑައިގަންނަވާނެ

08 ސެޕްޓެމްބަރު 2018 | 16:13

މިއީ 3 އަހަރަށްފަހު ބާއްވާ ބޮޑު ޖަލްސާ

މި ޖަލްސާ ބާއްވާއިރު، އިދިކޮޅު ފަރާތްތަކަށް ޖަލްސާއެއް ބޭއްވުމަށް މާލެއިން ބޮޑު ބިމެއް ނުދޭތާ ވަނީ 3 އަހަރު ވެފައި.

08 ސެޕްޓެމްބަރު 2018 | 16:07

ޖަލްސާ

އަދިވެސް މީހުން ދަނީ އެ ސަރަހައްދަށް ޖަމާވަމުން

08 ސެޕްޓެމްބަރު 2018 | 16:06

ޖަލްސާ

މުޅި އެ ސަރަހައްދު ވަނީ ފުރިބާރުވެފައި

08 ސެޕްޓެމްބަރު 2018 | 16:06

ޖަލްސާ ފެށުމުގެ ކުރިން ކާނިވަލް ފުރިއްޖެ

08 ސެޕްޓެމްބަރު 2018 | 16:04

ބޮޑު ޖަލްސާ

ޖާގަ ފުރި ފިތިބާރުވާތީ ގޮނޑިބަރިތަކުގެ ދޭތެރޭގެ ޖާގަތައް ކުޑަކޮށްފި

08 ސެޕްޓެމްބަރު 2018 | 15:57

ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ 09:00 ގައި

ކުރީގެ މިނިސްޓަރ އުމަރު ޒާހިރު، ކުރީގެ މިނިސްޓަރ އަނީސާ އަހުމަދު އަދި ކުރީގެ މިނިސްޓަރ އައްބާސް އިބްރާހިމް ވަނީ ޖަލްސާއަށް ވަޑައިގަންނަވާފައި.

2 / 2