އެމްޑީޕީގެ ތިން ވަނަ ކޮންގްރެސް އުކުޅަހުން
މިއީ އެމްޑީޕީގެ ތިން ވަނަ ކޮންގްރެސް. އެންމެ ފުރަތަމަ އެ ޕާޓީގެ ކޮންގްރެސް ބޭއްވީ 2005 ވަނަ އަހަރު. އޭގެ ފަހުން ކޮންގްރެސް ބޭއްވީ 2010 ވަނަ އަހަރު. އެ ދެ ކޮންގްރެސް ވެސް ބޭއްވީ ދަރުބާރުގޭގައި. ނަމަވެސ

އެމްޑީޕީ ކޮންގްރެސްގެ ތައްޔާރީތައް
އަޅުގަނޑު އެއްވެސް މީހެއްގެ އަޅަކަށް ނުވާނަން: އިބޫ
ދިމާވި ބައެއް ބޭފުޅުން ވިދާޅުވި ވާހަކަތަކަށް އިޝާރާތްކޮށް އިބޫ ވިދާޅުވީ އޭނާ ހުންނާނީ މީހުންގެ މީހެއްގެ ގޮތުގައި ކަމަށް. އެއްވެސް މީހެއްގެ އަޅަކަށް ނުވާނެ ކަމަށް. ހުންނާނީ މާތްﷲގެ އަޅެއްގެ ގޮތުގައި ކަމަށް
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު-- ފޮޓޯ/ މުހައްމަދު ޝަރުހާން
އިބޫގެ ފުރަތަމަ ވައުދަކީ ވެސް ނަޝީދަށް ވެރިކަން ހޯއްދަވައި ދެއްވުން
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ރައީސް މުހައްމަދު ނަޝީދު ގެނެވޭނެ މަގު ތަނަވަސް ކޮށްދޭނެ ކަމުގެ ވައުދު ވެވަޑައިގެންނެވި. މިއީ ރިޔާސީ ކެންޑިޑޭޓުގެ މަގަމަށް އިބޫ ހޮވުމަށްފަހު ވެވަޑައިގެންނެވި ފުރަތަމަ ވައުދު.
ގައުމަށް ހަމަހިމޭން ވަގުތު ގެނެސްދޭންޖެހޭ ކަމަސް. ރައްޔިތުންގެ ރުއިމުގެ އަޑު އެބަ އިވޭ. ގުޅިފައިވާ ޕާޓީތަކުގެ ވައުދާއި މެނިފެސްޓޯ ހިމެނިޔަސް އެމްޑީޕީގެ މެނިފެސްޓޯގެ މައިގަނޑު އަސާސްތަކަށް ބަދަލު ނުގެންނާނަން. އިބްރާހިމް މުހައްމަދު ސާލިހު (އިބޫ)
ކޮންގްރެސްގެ އިއްތިފާގުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އިބޫ
ކޮންގްރެސްގެ އިއްތިފާގުން ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓަކަށް އިބޫ
އިއްތިފާގު ވެވުނީ ވޯޓަށް އެހި ވަގުތު ކޮންގްރެސްގެ ދަރުބާރުގައި ތިއްބެވި 791 މެމްބަރުންގެ ވޯޓުން.
އެމްޑީޕީ ކޮންގްރެސްގައި އިބްރާހިމް މުހައްމަދު ސާލިހު-- ފޮޓޯ/ މުހައްމަދު ޝަރުހާން
ޖޯޝުން ފުރިގެންވާ ވާހަކަތަކާއެކު ދަރުބާރު ގުގުމާލާފައި
ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު (އިބޫ)ގެ ނަން ރިޔަސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުށަހެޅި ގަރާރަށް ގިނަ މެމްބަރުން ދަނީ ބަހުސް ކުރަމުން. ޖޯޝާއި ފޯރިއާއެކު އެ ގަރާރުގެ ބަހުސުން މުޅި ދަރުބާރު ވަނީ ގުގުމާލާފައި.
ކޮންގްރެސް މަންދޫބުން އުފަލުން ޝުއޫރުފާޅުކުރަނީ-- ފޮޓޯ/ މުހައްމަދު ޝަރުހާން
އަޅުގަނޑުމެން އަތުރާލާ މި ކުޅިބައި ޔާމީނަށް އެނގިވަޑައިނުގަންނަވާނެ: ޝާހިދު
އެމްޑީޕީން ސިޔާސީ ގޮތުން އަތުރާލާ ކުޅިބައި ރައީސް އަބްދުﷲ ޔާމިނަށް އެނިވަޑައި ނުގަންނަވާނެ ކަމަށް އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.
ގަރާރަށް ބަހުސް ކުރުމަށް ފުރުސަތު ހުޅުވާލައިފި
އަސްލަމް ހުށަހެޅުއްވި ގަރާރަށް ޝުއޫރުފާޅު ކުރުމުގެ ފުރުސަތު ދީފި.
އެގޮތަށް ދެއްވި ފުރުސަތުގައި އެންމެ ފުރަތަމަ ވާހަކަފުޅު ދެއްކެވީ މަރަދޫ ދާއިރާގެ އިބްރާހިމް ޝަރީފު (މަވޯޓާ). އޭނާ ވިދާޅުވީ ރައީސް ނަޝީދު ރިޔާސީ ކެންޑިޑޭޓަކަށް ނެރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަންޖެހޭ ކަމަށް. ރޮޒައިނާ ވެސް ވާހަަކަފުޅު ދެއްކެވި. ރޮޒައިނާ ވިދާޅުވީ ރައީސް ނަޝީދަށް ކުރިމަތިނުލެވޭނެ ހާލަތެއްގައި އެ ފުރުސަތު އިބޫއަސް ދިނުމަށް ތާއިދު ކުރައްވާ ކަމަށް
ގަރާރަށް ތާއިދުކޮށް ވާހަކަފުޅު ދައްކަވަމުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވީ އަޅުގަނޑުމެން އަތުރާލާ މި ކުޅިބައި ރައީސް ޔާމީނަށް އެނގިވަޑައިނުގަންނަވާނެ ކަމަށް.
ގަރާރަށް ވާހަަކަފުޅު ދެއްކެވި ބޭފުޅުން
އިބްރާހިމް ޝާފިއު (ޗަންޕީ)
އިމާދު ސާލިހު
އައްޑޫ ދާއިރާގެ ނައިބު ރައީސް
ކަނޑިތީމު ދާއިރާގެ ރައީސް އަބުﷲ ޝަހީމް
ހިތަދޫ މެދު ދާއިރާ އަހުމަދު ޝަރީފު
ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ
ކެޔޮޅު
އެމްޑީޕީގެ ކޮންގްރެސް މަންދޫބުންގެ ޝުއޫރުތަކާއެކު އަތްތިލަބަޑިތަކަކުން ދަރުބަރު ގުގުމާފައި-- ފޮޓޯ/ މުހައްމަދު ޝަރުހާން
އިބޫގެ ނަމަށް ތާއިދު ކުރެއްވީ ތޮއްޑޫ ދާއިރާގެ ރައީސް މުހައްމަދު ޝިއާން
އަސްލަމް ހުށަހެޅުއްވި ގަރާރަށް ގިނަ އަދަދެއްގެ ބަޔަކު ތާއިދުކޮށް އަތްމައްޗަށް ނެގި. ނަމަވެސް އެ ގަރާރަށް ތާއިދު ކުރަން ފުރުސަތު ދިނީ އެމްޑީޕީ ތޮއްޑޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިއާން.
ގަރާރެއްގެ ގޮތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ނަމަށް އިބޫ
އެމްޑީޕީ ރިޔާސީ ކެންޑިޑޭޓުގެ މަގާމަށް ނަން ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން މެނޭޖަރު އަސްލަމް ހުށަހެޅުއްވީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާޙިމް މުހައްމަދު ސޯލިހުގެ ނަންފުޅު.
އެ ނަން ހުށަހެޅުއްވީ ގަރާރެއްގެ ގޮތުގައި.
އެމްޑީޕީ ރިޔާސީ ކެންޑިޑޭޓުގެ މަގާމަށް ނަން ހުށަހަޅަން ހުޅުވާލައިފި
އެމްޑީޕީ ރިޔާސީ ކެންޑިޑޭޓުގެ މަގާމަށް ނަން ހުށަހަޅަން ހުޅުވާލައިފި
އެ ފުރުސަތު ހުޅުވާލީ އެމްޑީޕީ ސެކަރެޓޭރިއަޓުން. ސެކަރެޓޭރިއަޓުން އެ ގޮތަށް ހުށަހެޅީ 124 ވަނަ މާއްދާފގެ (ށ)ގެ ދަށުން ކެންޑިޑޭޓް ކަނޑައެޅުމުގެ ބާރު އެ ކޮންގްރެސްއަށް ލިބިގެންވާތީ.
ކޮންގްރެސްގެ މަންދޫބުންނާ މުހާތަބުކޮށް ޝިފާޒު ވާހަކަފުޅު ދައްކަވަނީ
ރައީސް ނަޝީދު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޕާޓީން ނެރުމަށް ނިންމައި، އިންތިހާބުގައި ވާދަ ކުރެއްވުމަށް ކުރެއްވި މަސައްކަތަށް ނާކާމިޔާބުވި ކަމަށް އިޝާރާތްކޮށް ޝިފާޒު ވާހަކަފުޅު ދެއްކެވި.
ގޮތް ހުސްވެގެން ބިމަށް ތުންގަނޑު ހަރާލައިގެން އެމްޑީޕީ ނޯންނާނެ ކަމަށް ޝިފާޒު ވިދާޅުވި.
ޝިފާޒު: ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓުގެ މަގާމު އެ ޕާޓީއަށް ލިބިގެން ދިއުމުން ނަޝީދަށް ޝުކުރު އަދާ ކުރެއްވި-- ފޮޓޯ/ މުހައްމަދު ޝަރުހާން
ޝިފާޒުގެ އިސްލާހު ބޮޑު އަގުލަބިއްޔަރަކުން އަނެއްކާވެސް ފާސްވެއްޖެ
ސިއްރުން ނަގަން ޖެހޭ ވޯޓެއް، އަތް މައްޗަށް ނަގައިގެން ވޯޓު ނެގުމުގެ ސަބަބުން ބާތިލުވި އިސްލާހު އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތަށް އަނެއްކާވެސް ބޮޑު އަގުލަބިއްޔަތަކުން ފާސްވެއްޖެއެވެ.
އެ އިސްލާހު ފާސްވީ ކޮންގްރެސްގައި ބައިވެރިވެވަޑައިގެންނެވި 711 މެމްބަރުންގެ ބޮޑު އަގުލަބިއްޔަތުންނެވެ. އެ އިސްލާހާ ދެކޮޅަށް ވޯޓު ދެއްވީ ތިން މެމްބަރުންނެވެ. ވަކިކޮޅަކަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވާ.
ސިއްރު ވޯޓު ގުނުމުގެ މަސައްކަތުގައި އިދާރީ މުވައްޒަފުން-- ފޮޓޯ/ މުހައްމަދު ޝަރުހާން
އިސްލާހު ބާތިލުވުމުން އަލުން އެ އިސްލު ކޮންގްރެސްއަށް
ސިއްރުން ނަގަން ޖެހޭ ވޯޓެއް އަތްމައްޗަށް ނަގައިގެން ވޯޓަށް އެހުމުގެ ސަބަބުން ބާތިލުވި އިސްލާހު އަލުން ކޮންގްރެސްއަށް ހުށަހަޅައިފިއެވެ.
އެ އިސްލާހު ކޮންގްރެސްއަށް ހުށަހެޅުމަށް އެއަށް އިތުރު ކަންތައްތަކެއް ވަނީ ހުށަހަޅާފައެވެ. އެއަށް އިތުރު އިސްލާހެއް ހުށަހެޅުއްވީ މަނަދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ތާރިގެވެ. އޭނާ ހުށަހެޅި އިސްލާހަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާއެވެ.
އެ އިސްލާހާ މެދު ގޮތެއް ނިންމާނީ މެދުކަނޑާލުމަށްފަހު އަލުން ފަށާ ކޮންގްރެސް ބައްދަލުވުމުގައެވެ.
ޝިފާޒު އިސްލާހު ބާތިލުވުމުން، އަލުން ވަނީ އެ އިސްލާހު ހުށަހަޅާފައި. އޭނާ ހުށަހެޅި އިސްލާހަށް ވެސް އިތުރު އިސްލާހެއް ވަނީ ހުށަހަޅާފައި.
ކެންޑިޑޭޓް ކަނޑައެޅުމުގެ ބާރު ކޮންގްރެސް އާއި ގައުމީ މަޖިލީހަށް ދިން އިސްލާހު ބާތިލުވެއްޖެ
އެމްޑީޕީގެ ފަރާތުން އާންމު އިންތިހާބުތަކުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންނަށް އެއްވެސް ސަބަބަކާހުރެ ކުރިމަތި ނުލެވޭނަމަ، އިތުރު ކެންޑިޑޭޓެއް ކަނޑައެޅުމުގެ ބާރު އެ ޕާޓީގެ ކޮންގްރެސްއަށާއި ގައުމީ މަޖިލީހަށް ދިން އިސްލާހު ބާތިލުވެއްޖެއެވެ.
އެ އިސްލާހު ބާތިލުވީ އަތްމައްޗަށް ނަގައިގެން ވޯޓު ނެގުމުންނެވެ. ސަބަބަކީ އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެ ޕާޓީގެ ކޮންގްރެސްގެ ވޯޓުތައް ނަގަންޖެހޭނީ ސިއްރު ވޯޓެއްގެ ގޮތުގައެވެ. ކޮންގްރެސްގެ ހުށަހެޅުންތައް ސިއްރު ވޯޓުތަކެއްގެ ގޮތުގައި ނަގަންޖެހޭކަން ފާހަގަ ކުރެއްވީ ކޮންގްރެސްގެ ރިޔާސަތުންނެވެ.
އެ ހިސާބުން ފެށިގެން ކްލޯޒް ސެޝަންތަކެއް ކުރިއަށް ދިޔައެވެ. ސިއްރުން ކުރިއަށް ގެންދިޔަ އެ ސެޝަންތަކުގައި ވަނީ އަސާސީ ގަވާއިދަށް އިސްލާހެއް ހުށަހެޅާފައެވެ.
އަސާސީ ގަވާއިދަށް ހުށަހެޅީ ކޮންގްރެސްގެ ވޯޓު ނެގުން އަތްމައްޗަށް ނަގައިގެން ކުރިއަށް ގެންދިއުމަށެވެ. އެ ހުށަހެޅުމަށް ވޯޓަށް އެއީ މިހާރު ވެސް އަސާސީ ގަވާއިދުގައިވާ ގޮތަށް ސިއްރު ވޯޓަކުންނެވެ. އެ ސިއްރު ވޯޓުން ނިންމީ ކޮންގްރެސްގެ ހުށަހެޅުންތައް އަތްމައްޗަށް ނަގައިގެން ވޯޓަށް އެހުމަށެވެ.
ކޮންގްރެސްގައި ނަގާ ވޯޓުތައް އަތް އުުފުލައިގެން ނަގާގޮތަށް ފާސްކޮށްފި
ކޮންގްރެސްގައި ނަގާ ވޯޓުތައް އަތް އުުފުލައިގެން ނަގާގޮތަށް ފާސްކޮށްފި އެވެ. އެގޮތަށް ފާސްކުރީ، ކޮންގްރެސްގައި ނަގާ ވޯޓުތައް ނަގަންޖެހޭނީ ސިއްރުކަމަށް ބުނެފައިވާތީ، އެކަން ބަދަލުކުރުމަށް ނެގި ވޯޓުންނެވެ.
ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 716 މެމްބަރުން ވޯޓު ދީފައިވަނީ އަތް އުފުލައިގެން ވޯޓުގެ ކަންތައްތައް ކުރިއަށްގެންދިއުމަށެވެ. އަދި ސިއްރު ވޯޓަކުން ވޯޓުގެ ކަންތައްތައް ކުރިއަށްގެންދިއުމަށް 63 މަންދޫބަކު ވަނީ ވޯޓު ދީފަ އެވެ.
ރައީސް ނަޝީދު މެސެޖު އިއްވީ ކޮންގްރެސްގެ އެޖެންޑާއިން ބޭރުން
ރައީސް މުހައްމަދު ނަޝީދުގެ މެސެޖު ކޮންގްރެސްގެ މަންދޫބުންނަށް އިއްވައިދިނީ ކޮންގްރެސްގެ ރަސްމީ އެޖެންޑާގެ ބޭރުން ކަމަށް ރިޔާސަތުގައި އިންނެވި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވި.
ރައީސް ނަޝީދުގެ ވާހަކަފުޅާ ގުޅިގެން މަޝްވަރާތަކަށް ފަސް މިނެޓް ދީފި
ރައީސް ނަޝީދުގެ ވާހަކަފުޅާ ގުޅިގެން ކޮންގްރެސްގެ މަންދޫބުން މަޝްވަރާ ކުރެއްވުމަށް ވަގުތު ދީފި. އެ ވަގުތު ދީފައި ވަނީ ހަމައެކަނި ކޮންގްރެސް ކުރިއަށްދާ ދަރުބާރުގޭގައި މަޝްވަރާ ކުރުމަށް.
ކޮންގްރެސްގެ ތެރެއިން ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅައި ދިނުމަށް ރައީސް ނަޝީދު އެދިވަޑައިގެންފި
މި ކޮންގްރެސްގެ ތެރެއިން ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅައި ދިނުމަށް ރައީސް ނަޝީދު އެދިވަޑައިގެންފި. ރައީސް ނަޝީދު މިހެން
ވިދާޅުވީ ކޮންގްރެސްއަށް ފޮނުވި ހާއްސަ ވީޑިއޯ މެސެޖެއްގައި.
ދެން ކޮންގްރެސް ފަށާނީ 4:30ގައި
މުހިއްމު އިސްލާހު ފާސްކުރުމަށްފަހު، ނަމާދު ވަގުތަށް މެދުކަނޑާލައިފި.. ދެން ކޮންގްރެސް ފަށާނި 4:30ގައި.
ވާހަކަ ދެއްކުމުގެ ފުރުސަތު ނުދީ އިސްލާހު ފާސްކުރުމުން ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރަނީ
ކެންޑިޑޭޓު ކަނޑައެޅުމުގެ ބާރު ކޮންގްރެސް އާއި ގައުމީ މަޖިލީހަށް ދީފި
،، އިސްލާހު ނުފެންނަ ކަމަށް ވޯޓު، ދެއްވި މެމްބަރުންގެ އަދަދު މަދުވުމުން، އިސްލާހަށް ތާއިދު އޮތް ކަމަށް ބަލައި އެމްޑީޕީގެ އަސާސީ ގަވާއިދު އިސްލާހުކޮށްފި
އިސްލާހާ ދެކޮޅަށް ވޯޓު ދެއްވީ 144 މެމްބަރުން. ހާޒިރުވެވަޑައިގެންނެވީ 823 މެމްބަރުން. އެ އިސްލާހަށް ތާއިދު އޮތް ކަމަށް ބެލީ ދެކޮޅަށް ދެއްވި މެމްބަރުންގެ އަދަދު މަދުވުމުން، ދެން ތިއްބެވި މެމްބަރުންނަކީ އެ އިސްލާހަށް ތާއިދު ކުރައްވާ މެމްބަރުންގެ ގޮތުގައި ބައްލަވައިގެން.
އިސްލާހާ ދެކޮޅަށް ވޯޓު ދެއްވި މެމްބަރުން-- ފޮޓޯ/ މުހައްމަދު ޝަރުހާން
ދެކޮޅަށް ދިން ވޯޓާއެކު، ދަރުބާރު ހޫނުވެފައި
މި އިސްލާހު ފާސް ނުވެއްޖެނަމަ، ދެން ވެދާނެ ގޮތަކާމެދު ކޮންގްރެސްގެ މަންދޫބުން ގެންދަނީ ސުވާލު އުފައްދަމުން. އެގޮތުން މި އިސްލާހު ފާސްނުވެއްޖެނަމަ ކޮންގްރެސް ބޭއްވުމުގެ މަގުސަދު ގެއްލުނީ ކަމަށް ބުނަމުން އެބަދޭ. ނަމަވެސް އެ މެމްބަރުން އެ ގެންގުޅުއްވަނީ "މިސް އަންޑަސްޓޭޑިން"އެއް ކަމަށް ވިދާޅުވެ، ބައެއް އިސް ބޭފުޅުން ގެންދަވަނީ ދެން ވާނެ ގޮތް ކިޔައި ދެއްވަމުން . އެ ގޮތުން މި އިސްލާހު ފާސްނުވެއްޖެނަމަ މި ކޮންގްރެސްގައި އަލުން އެޖެންޑާކޮށްގެން އިތުރު އިސްލާހަށް ފުރުސަތު އޮތްކަން ދަނީ ހަނދާންކޮށްދެމުން.
އިސްލާހަށް ދެކޮޅު ހެއްދެވި މެމްބަރުން ވޯޓު ދެއްވުން-- ފޮޓޯ/ / މުހައްމަދު ޝަރުހާން
އިސްލާހާ ދެކޮޅަށް ދިން ވޯޓުގެ ނަތީޖާގެ އިންތިޒާރުގައި
މި އިސްލާހަކީ ހަމައެކަނި މި ކޮންގްރެސްއަށް ހުށަހަޅައިފައި އޮތް އިސްލާހު. މި އިސްލާހު ފާސް ކުރުމަށް ދެކޮޅަށް ގިނަ މެމްބަރުންގެ އަގުލަބިއްޔަތު ލިބިއްޖެނަމަ، ދެން ވާނެ ގޮތަކާމެދު ސުވާލު އުފެދޭ.
އެމްޑީޕީ ކޮންގްރެސް: ވޯޓާއެކު ބަދަލުވެގެން ދިޔަ ހާލަތު ފޮޓޯއިން-- ފޮޓޯ/ މުހައްމަދު ޝަރުހާން
އިސްލާހު ފާސް ނުކުރުމަށް ގިނަ ވޯޓުތަކެއް
އިންތިހާބުގައި ކެންޑިޑޭޓަށް ވާދަނުކުރވޭ ހާލަތުގައި އެ ބާރު އެ ޕާޓީގެ ކޮންގްރެސްއަށާއި ގައުމީ މަޖިލީހަށް ދިނުމަށް ހުށަހެޅި އިސްލާހާ ދެކޮޅަށް ވެސް ގިނަ ބަޔަކު ވޯޓު ދެއްވައިފި. ނަތީޖާ އަދި އިއުލާނެއް ނުކުރޭ.
އިސްލާހާ އެކު ނިޒާމީ "އޮއިވަރެއް"ގައި
އަސާސީ ގަވާއިދުގެ 124 ވަނަ މާއްދާއަށް ހުށަހެޅި އެ އިސްލާހާއެކު ކޮންގްރެސް ނިޒާމީ އޮއިވަރެއްގައި ދެ ތިން މެމްބަރުން ކަންތައްތަކެއް ފާހަގަ ކުރައްވައިފި.
އިސްލާހު: ކެންޑިޑޭޓު ކަނޑައެޅުމުގެ ބާރު ކޮންގްރެސް އާއި ގައުމީ މަޖިލީހަށް
އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓަށް ދިމާ ހާލަތަކުން ކުރިމަތިނުލެވިއްޖެ ނަމަ، ކެންޑިޑޭޓަކު ކަނޑައެޅުމުގެ ބާރު ޕާޓީގެ ކޮންގްރެސްއަށާއި ގައުމީ މަޖިލީހަށް ދިނުމަށް އިސްލާހުގައިވޭ. އެ އިސްލާހަށް ބަހުސްގެ މަރުހަލާ ހުޅުވާލާފައި ވަނިކޮށް ނިޒާމީ މައްސަލަތަކެއް ފެންމަތިކޮށްފި
އެމްޑީޕީ ކޮންގްރެސްގެ ތެރެއިން
އަނބުރާ ގެންދިއުމުން، ބާކީ އޮތް ހަމައެކަނި އިސްލާހު ހުށަހަޅައިފި
ޝިފާޒު ހުށަހެޅުއްވި އިސްލާހުގައި ވަނީ ޕާޓީގެ ކެންޑިޑޭޓަކު އިންތިހާބުގައި ވާދަ ނުކުރެވޭ ހާލަތުގައި ކެންޑިޑޭޓެއް ކަނޑައެޅުމުގެ ބާރު ޕާޓީގެ ކޮންގްރެސް އާއި ގައުމީ މަޖިލީހަށް ދިނުމަށް. ޝިފާޒު ހުށަހެޅުއްވި އިސްލާހަށް ވާހަކަ ދެއްކުމުގެ ފުރުސަތު ހުޅުވާލައިފި.
ހުށަހެޅި އިސްލާހުތަކުގެ ތެރެއިން ބައެއް އިސްލާހުތައް އަނބުރާ ގެންގޮސްފައިވޭ: ހަސަން
ހަތް އިސްލާހެއް ހުށަހެޅި. ހަ އިސްލާހެއް ވަނީ އަނބުރާ ގެންގޮސްފައި. އެގޮތުން އެޖެންޑާގައި އޮތީ އެންމެ އިސްލާހަށް ވޯޓަށް އެހުން. އެ އިސްލާހު ހުށަހަޅުއްވަނީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު.
އިސްލާހު ހުށަހަޅައި ވޯޓަށް އަހުމުގެ މަސައްކަތް ފަށައިފި
އިސްލާހު ހުށަހަޅައި ވޯޓަށް އަހުމުގެ މަސައްކަތް ފަށައިފި
ޖަޒީރާ ރާއްޖޭގެ ފަސް ވައުދުގެ ތަފްސީލު އާންމުކޮށްފި
އެމްޑީޕީ މެނިފެސްޓޯގައި ހިމެނޭ ފަސް ވައުދު.
ޖަޒީރާ ދިރިއުޅުން
ލާމަރުކަޒީ ނިޒާމު ފުރިހަމަ ނިޒާމަށް ބަދަލު ކުރުމުގެ ވައުދު. ކައުންސިލްތަކަށް މާލީ މިނިވަންކަން ހޯދައިދޭނެ ކަމަށް. ޖަޒީރާ ދިރިއުޅުގެ ވައުދު ބައްޓަންކޮށްފައި ވަނީ ކައުންސިލްތައް ބާރުވެރި ކުރުމާ ގުޅޭ ގޮތަށް
ނޫ އިގްތިސާދު
ރާއްޖޭއަށް އެތެރެ ކުރެވޭ ޕްލާސްޓިކް މަދުކުރެވޭނެ. މަސްވެރިންގެ މަހަށް ހަމަ އަގު ހޯދައި ދެވޭނެ. މަސްވެރިޔާގެ ޖީބަށް ސީދާ ޑޮލަރު ވަންނާނެ ގޮތް ހޮއްދަވާނެ ކަމަށް ވިދާޅުވ.
ފަހުރުވެރި އާއިލާ
ދުޅަހެ ސިއްހަތާއި އަންހެނުން ބާރުވެރި ކުރުވުމަށް އަލިއަޅުވާލާފައިވޭ.
އޯގާތެރި ސަރުކާރު
މަސްވެރިންނަށް ޕެންޝަން ދޭނެ. އަލަށް އުފަންވާ ކުއްޖަކަށް ފޮއްޓެއް. މައިމީހާއަށް ހަ މަސް ދުވަހުގެ ޗުއްޓީ.
އިންސާފު
.ކޯލިޝަންތަކަށް ގާނޫނީ ހައިސިއްޔަތު ހޯދައިދޭނެ. އޮމާންކަމާއެކު ސިޔާސީ ހަމަޖެހުން ހޯދުން. ބޭއިންސާފުން ކޮށްފައި ހުރި ކަންކަން ހޯދައި، އެކަންކަން ބަލައި ނުގަންނާނެ ކަން ކަށަވަރުކޮށް، އިންސާފު ހޯދައިދިނުން. ބަދަލު ދޭންޖެހޭ ފަރާތްތަކަށް ބަދަލު ދޭނެ. ޖިނާއީ ދައުވާ އުފުލަންޖެހޭ ފަރާތްތަކަށް ދައުވާ އުފުލޭނެ ކަމަށް ވިދާޅުވި.
ޖުޑީޝަރީ އިސްލާހު ކުރުމަށްޓަކާ ބޮޑެތި އިސްލާހުތަކެއް
ރިޕޯޓް އިއްވައި ނިންމުމަށްފަހު، މެނިފެސްޓޯއާ ގުޅޭ މައުލޫމާތު.
މެނިފެސްޓޯގައި ހިމެނޭ ފަސް ބައިގެ މައުލޫމާތު ވީޑިއޯއެއްގެ ޒަރިއްޔާއިން ގެނެސްދޭން ތައްޔާރުވެފައި. މެނިފެސްޓޯ ޓީމްއަކީ "ޖަޒީރާ ރާއްޖެ". އެއީ ރައީސް ނަޝީދު ކެމްޕެއިންގައި ބޭނުންފުޅު ކުރެއްވި ތީމް.
ކޯލިޝަނާ އެކު ކުރި މަސައްކަތުގެ ތަފްސީލު ވެސް އިއްވައިފި
ޕާޓީތަކާ އެކު ގުޅިގެން ކުރަމުންދާ މަސައްކަތުގައި މި އަހަރު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެއްބަސްވުމަށް އާދެވިފައިވާކަން ހަސަން ފާހަގަ ކުރެއްވި. ޖުމްހޫރީ ޕާޓީ އާއި ރައީސް މައުމޫންނާއެކު އެ ޕާޓީން ފެއްޓެވި މަސައްކަތުގެ ކާމިޔާބީއަށް ވާސިލުވާނެކަން ހަނދާންކޮށްދެއްވި.
އެމްޑީޕީގެ ކޮންގްރެސްގެ މަންދޫބުންގެ ގޮތުގައި ޕާޓީގެ މަޖިލިސް މެމްބަރުން
ކޮންގްރެސްއަށް ރިޕޯޓް ހުށަހެޅުއްވުން ކުރިއަށް
ވޭތުވެދިޔަ މުއްދަތުގައި ޕާޓީން ކޮށްފައިވާ މުހިއްމު ކަންތައްތަކުގެ ތަފްސީލީ މައުލޫމާތު ހަސަން ގެންދަވަނީ ތަފްސީލުކޮށްދެއްވަމުން. ފާއިތުވީ އަހަރުތަކުގައި ކާމިޔާބު މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ވިދާޅުވި. ނަތީޖާއެއްގެ ގޮތުން ބައިނަލް އަގުވާމީ ފަރާތްތަކުން ރާއްޖެެ ޕްރެޝާތައް ކުރިމަތިކޮށް، އިސްލާހުކަންކަން.
ކޮންގްރެސްގެ ރިޔާސަތު
މިދިޔަ އަހަރުގެ ކައުންސިލް އިންތިހާބުގައި 314 ގޮނޑި ކާމިޔާބުކޮށް ސަރުކާރުގެ މައްޗަށް ކުރި ހޯދާދައި. ޑިމޮކްރަސީގެ މައްޗަށް އެމްޑީޕީގެ ފަރިތަކަން ވަނީ ދައްކާފައި. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ސުޕްރީމް ކޯޓުން ވަކި ބޭފުޅަކަށް ދެންދެން ކުރީގައި އޮތީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު . ހަސަން ލަތީފު
ކޮންގްރެސްއަށް ރިޕޯޓް ހުށަހެޅުއްވައިފި
ރިޕޯޓް އިއްވަމުން ހަސަން ފާހަގަ ކުރެއްވި މުހިއްމު ކަންކަން
އެމްޑީޕީގެ އާންމު މެމްބަރުންގެ އަދަދަކީ 52867 މެމްބަރުން.
ޕާޓީގެ ގޮފިތަކުގެ އަދަދަކީ 640
އެމްޑީޕީގެ ކައުންސިލަރުންގެ އަދަދަކީ 382
ގައުމީ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 114 މެމްބަރުން.
އެންމެ ބާރު ގަދަ ގުނަވަން ކޮންގްރެސްގެ މެމްބަރުންގެ އަދަދު 1000 ވުރެ ގިނަ.
އެޖެންޑާ ހުށަހެޅިފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފާސްކޮށްފި
އެޖެންޑާ ކުރިއަށް ގެންދިއުމަށް ފާސްކޮށްފި. އެގޮތަށް ފާސްވީ އެޖެންޑާގައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް އެއްވެސް ބޭފުޅަކު އިއުތިރާޒު ކުރައްވާފައި ނުވާތީ.
މަންދޫބުންނަށް ދިން ފައިލުގެ އެޖެންޑާގައިވާ ގޮތުން ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދެއްކެވުމަށް އެޖެންޑާކޮށްފައިވޭ. ނަމަވެެސް ރިޔާސަތުން އިއުލާން ކުރެއްވީ ރައީސް ނަޝީދު ވާހަކަފުޅު ނުރައްކަވާނެ ކަމަށް. އެމަނިކުފާނު ވާހަކަފުޅު ދެއްކެވުމަށް އެޖެންޑާގައި ނެތް ކަމަށް ޗެއާޕާސަން ވިދާޅުވި.
ކޮންގްރެސްއަށް ހާޒިރުވެވަޑައިގެން ތިއްބެވީ 812 މެމްބަރުން
ކޮންގްރެސްގައި ބައިވެރިވެވަޑައިގެންނެވުމުގެ ހައްގު ލިބިގެން ވަނީ 1122 މެމްބަރުންނަށް. ގާނޫނީ އަދަދަކީ އެ އަދަދުގެ ހަތަރު ބައި ކުޅަ އެއްބައި. ހާޒިރުވެވަޑައިގެން ތިއްބެވީ 812 މެމްބަރުން.
އެމްޑީޕީގެ ކޮންގްރެސް ފަށައިފި
އެމްޑީޕީގެ ކޮންފްރެސް ފަށައިފި. ރިޔާސަތުގައި އިންނެވީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް. އަރިހުގައި ޕާޓީގެ ސެކަރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރާއި ގާނޫނީ ވަކީލު ހިސާން ހުސައިން.
އެމްޑީޕީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތު ނިންމާލުން
އެމްޑީޕީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތު ނިންމާލައިފިއެވެ.
ދެން ފެށޭނީ މެންދުރުފަހު 2:00 ގައި
އެމްޑީޕީގެ ޗެއަރ ޕާސަން ހަސަން ލަތީފް ވާހަކަ ފުޅު
މި މަސައްކަތް ހުއްޓާނީ ރައީސް ޔާމީން ބަލިކޮށް ގައުމު ހަމަ މަގަށް އަޅުވާފައި.
މި ކޮންގްރެސް ބޭއްވުމަށް އެހީތެރިވިދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން.
ކޮންގްރެސްގެ ބައިވެރިންނަށް ކާމިޔާބު ކޮންގްރެސް އަކަށް އެދެން.
އެމްޑީޕީގެ ޗެއަރ ޕާސަން ހަސަން ލަތީފް ވާހަކަ ފުޅު ދައްކަވަނީ
މިއަދު ދިވެހިންނަށް ރައީސް ޔާމިން ބަލި ކުރުން ނޫން ޗޮއިސް އެއް ނެތް. ފުލުހުންނާއި ސިފައިންނާއި ފަނޑިޔާރުން ޤާނޫނާއި އެއްގޮތަށް ކަންކުރާ ބަޔަކަށް ހަދަން ޖެހޭ. އެކަންކަން ހައްލުކުރަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން ދަނީ .
ރައީސް މައުމޫނާއި، ޖޭޕީ އަދި އޭޕީ އަަށް ޝުކުރު ދަންނަވަން.
ރައިސް ޔާމީން ބޮޑު ތަނުން ބަލިވާއިރު ހެދޭނެ އެއްވެސް މަކަރެއް ނޯންނާނެ. އިރާދަކުރެއްވިއްޔާ ހަތަރު ޕާޓީ ނިކުމެ ބޮޑުތަނުން ބަލިކުރާނަން.
އެމްޑީޕީގެ ޗެއަރ ޕާސަން ހަސަން ލަތީފް ވާހަކަ ފުޅު ދައްކަވަނީ
އެމްޑީޕީއަށް ސަރުކާރުން ދަނީ އެކި ގޮތް ގޮތުން ދަނީ ހުރަސް އަޅަމުން. އީސީގެ ޤާނޫނީ ވާޖިބެއް އެއީ އަހަރު ނިމުމުގެ ކުރިން ސިޔާސީ ޕާޓީ ތަކަށް ދޭންޖެހޭ ފައިސާ ދިނުން. އެހެން ނަމަވެސް މި ބޮޑު ހަފްލާއަށް ވެސް ފައިސާ ނުލިބުން
އެމްޑީޕީގެ ޗެއަރ ޕާސަން ހަސަން ލަތީފް
އަޅުގަނޑުމެންނަނީ ސަރުކާރުން ދިނީމާ ކައިގެން ބޮއެގެން އުޅޭ މީހުނެއް ނޫން