Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ސީޒަން 2

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ޝޯވް ކާމިޔާބު ކުރާ ފަރާތަކަށް އިނާމެއްގެ ގޮތުގައި އެއްލައްކަ ރުފިޔާ ވަނީ ހުށައަޅާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2022 | ހޮނިހިރު 10:24
ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް- މިއަހަރުވެސް މި ޝޯވް ދެއްކުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުން ފެށިގެން

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް- މިއަހަރުވެސް މި ޝޯވް ދެއްކުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުން ފެށިގެން

ރާއްޖެޓީވީން ގެނެސްދޭ ރިއަލިޓީ ޝޯވް ސެލެބްރިޓީ ރޭސްގެ ދެވަނަ ސީޒަން ލޯންޗުކޮށްފިއެވެ.

ބެލުންތެރިންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ލިބިގެންދިޔަ ސެލެބްރިޓީ ރޭސްގެ ފުރަތަމަ ސީޒަން ދައްކާފައިވަނީ މިދިޔަ އަހަރުގެ ރަމަޟާން މަހުއެވެ.

Advertisement - newsAdvertisement

ޓައިޓަލް ސްޕޮންސަރ ގެ ގޮތުގައި ޕެޓްރޯލް އޮފިސީ ހަމަޖައްސައިގެން މިއަހަރު ކުރިއަށް ގެންދާ "ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ސީޒަން 2" ލޯންޗު ކޮށްފައިވަނީ ހުކުރު ދުވަހުގެ ރޭގައެވެ. ޖުމުލަ 11 ފަންނާނުންނާއެކު މި އަހަރު ކުރިއަށްގެންދާ މި ރިއަލިޓީ ޝޯވް އަކީ މިދިޔަ އަހަރު ގެނެސްދިން ޝޯވ އަށްވުރެ ފެންވަރު ރަނގަޅުކޮށް ގެނެސްދިނުމަށް ހަމަޖެހިފައިވާ ޝޯވް އެކެވެ. މިއަހަރުވެސް މި ޝޯވް ދެއްކުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުން ފެށިގެންނެވެ.

ޖުމުލަ 7 އެޕިސޯޑުގެ މައްޗަށް ކުރިއަށް ގެންދާ މި ޝޯވް ކާމިޔާބު ކުރާ ފަރާތަކަށް އިނާމެއްގެ ގޮތުގައި އެއްލައްކަ ރުފިޔާ ވަނީ ހުށައަޅާފައެވެ.

މިއަހަރުގެ ޝޯވް ގައި ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރިންގެ އިތުރުން، މޮޑެލިންގ ދާއިރާއިން މަޝްހޫރު ފަރާތްތަކާއި، ޓީވީ ޝޯވް ހުށައަޅައިދޭ ފަރާތްތައްވެސް ބައިވެރިވެއެވެ. އެގޮތުން ރިޝްމީ، އައްޒަ، ފުބޫ، ރޯމަން، ދޮނާ، އިފްނާޒް އަދި ފަރީލާގެ އިތުރުން، މޮޑެލިންގ ދާއިރާގައި ޙަރަކާތްތެރިވާ ނޫރު އަދި ޓީވީ ޝޯވް ހުށައެޅުންތެރިންގެ ތެރެއިން ޝަބާ އަދި ސުހާ އާއި، ކޮރިއޯގްރަފީގެ ދާއިރާއިން މަޤްބޫލު ރިޗާރޑު މިފަހަރުގެ ސީޒަންގައި ފެނިގެންދާނެއެވެ.

އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ރާއްޖެޓީވީން އުފައްދާ ރިއަލިޓީ ޝޯވް ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ސީޒަން 2 ގެ މެއިން ހޯސްޓެއްގެ ގޮތުގައި ފެނިގެންދާނީ ރާއްޖެޓީވީގެ ޕްރޮގްރާމް ހެޑް އަދި ރާއްޖޭގެ މަޤްބޫލު ޕްރެޒެންޓަރެއް ކަމަށްވާ އާމިރު ސަލީމެވެ. އަދި ކޯ ހޯސްޓެއްގެ ގޮތުގައި އެމްއެންޑީއެފްގެ ބޭކަނބަލެއްކަމަށްވާ ހައްވާ ނަޖްލާ ފެނިގެންދާނެއެވެ.

މި ޝޯވްގެ މެއިން ހޯސްޓުގެ އިތުރުން، ޝޯވްގެ ޑައިރެކްޓަރ އާމިރު ސަލީމް ވިދާޅުވާ ގޮތުގައި މިފަހަރުގެ ސީޒަންއަކީ ހުރިހާ ގޮތަކުންވެސް ތަފާތު ސީޒަނަކަށް ވެގެންދާނެއެވެ.

ލ އަތޮޅު ބަރެސްދޫ އަދި އެ ސަރަޙައްދުގެ ބައެއް ފަޅު ރަށްރަށާއި މީހުން ދިރިއުޅޭ ބައެއް ރަށްރަށުގައި މި ޝޯވްގެ ޓާސްކުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. ޝޯވްގެ ޝޫޓިންގ މިހާރު އެއްކޮށް ނިންމާލާފައިވާއިރު، މި ޝޯވް އިން އެއްވަނައަށް އަންނަ ފަރާތެއް ކަނޑައެޅިގެންދާނީ ބެލުންތެރިންގެ އެސްއެމްއެސް ވެސް ހިމެނިގެންނެވެ.

ސެލެބްރިޓީ ރޭސް ސީޒަން 2 ގެ ޓައިޓަލް ސްޕޮންސަރ އަކީ ޕެޓްރޯލް އޮފިސީއެވެ. ކޯ ސްޕޮންސަރ ޕްލަސްގެ ގޮތުގައި މިފްކޯ އަދި މެޑްޓެކް ހިމެނޭއިރު، ކޯ ސްޕޮންސަރުންގެ ގޮތުގައި ސީ ގިއަރ، ބޭގްސް އެންޑް ސޯލްސް، މެކްސްކޮމް ޓެކްނޮލޮޖީސް، ރަން ފައުނު ބައިވެރިވެއެވެ. އޮފިޝަލް ޑްރިންކް ޕާޓްނަރ ގެ ގޮތުގައި ހެޕީ މާކެޓްގެ ރައުޗް އަދި އޮފިޝަލް ކޭޓަރިންގ ޕާޓްނަރ ގެ ގޮތުގައި އޮކްސިޖަން ހިމެނޭއިރު، އޮފިޝަލް ޕްރިންޓިންގ ޕާޓްނަރ ގެ ގޮތުގައި އެމްސެވަން ޕްރިންޓް ހިމެނެއެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ސީޒަން 2 ގެ ފުރަތަމަ ޓްރެއިލަރ ވެސް ވަނީ ހުކުރު ދުވަހުގެ ރޭ އާންމުކޮށްފައެވެ.

ސެލެބްރިޓީ ރޭހަކީ ސަރވައިވަލް ޝޯވއެއްގެ ގޮތުގައި ރާއްޖޭގައި ކުރިއަށްގެންދިޔަ ފުރަތަމަ ޝޯވ އެވެ. މި ޝޯވް ގެ ފުރަތަމަ ސީޒަން ކުރިއަށް ގެންދިޔައީ ދ. އަތޮޅުގެ 11 ފަޅު ރަށެއްގައެވެ.

ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ލިބިގެން ދިޔަ މި ޝޯވ ގެ ފުރަތަމަ ސީޒަންވެސް ފޭސްބުކް މެދުވެރިކޮށް 3 ލައްކައަށްވުރެ ގިނަ މީހުން ބަލާފައިވެއެވެ.

ރާއްޖެޓީވީރާއްޖެޓީވީ ޕްރޮގްރާމްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި

ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި

15 ސެޕްޓެމްބަރު 2025
އައްޑޫ އިން ކަރަންޓް ކެނޑުނީ، ކޭބަލް ބުރިކޮށްލަން މީހަކު މަސައްކަތް ކުރަނިކޮށް ކަރަންޓްގައި ޖެހިގެން!

އައްޑޫ އިން ކަރަންޓް ކެނޑުނީ، ކޭބަލް ބުރިކޮށްލަން މީހަކު މަސައްކަތް ކުރަނިކޮށް ކަރަންޓްގައި ޖެހިގެން!

06 ސެޕްޓެމްބަރު 2025
ކަމަދޫގެ ފޯރި ގަދަ އީދުކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ

ކަމަދޫގެ ފޯރި ގަދަ އީދުކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ

15 މެއި 2025
ރާއްޖެޓީވީން ގެނެސްދިން "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުންދެން ފުދިއްޖެއޭ" ލަވައިގެ މައްސަލަ ބްރޯޑްކޮމް އިން ބަލަނީ

ރާއްޖެޓީވީން ގެނެސްދިން "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުންދެން ފުދިއްޖެއޭ" ލަވައިގެ މައްސަލަ ބްރޯޑްކޮމް އިން ބަލަނީ

04 ފެބުރުއަރީ 2025
ފުދިއްޖެ ފުނޑިއްޖެ ބޮޑު ހިނގާލުން، ރާއްޖެޓީވީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބެލި މީހުންގެ އަދަދު 2 ލައްކައަށްވުރެ މައްޗަށް

ފުދިއްޖެ ފުނޑިއްޖެ ބޮޑު ހިނގާލުން، ރާއްޖެޓީވީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބެލި މީހުންގެ އަދަދު 2 ލައްކައަށްވުރެ މައްޗަށް

01 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު