Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސް

ސެލެބްރިޓީ ރޭސްގެ ފުރަތަ ޝޯ މިރޭ 11:00 ގައި

ޝޯ ގެނަސްދޭނީ ކޮންމެ ބުރާސްފަތި ދުވަހެއްގެރޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 15 އެޕްރީލު 2021 | ބުރާސްފަތި 14:34
ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސް ޝޫޓިންގގެ ތެރެއިން

ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސް ޝޫޓިންގގެ ތެރެއިން

މިއަހަރުގެ ރަމަޟާންމަހަށް ހާއްސަކޮށް ރާއްޖެޓީވީން ގެނެސްދޭ ހާއްސަ ޕްރޮގްރާމް، "ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސް"ގެ ފުރަތަމަ އެޕިސޯޑް މިރޭ 11:00 ގައި ގެނެސްދޭނެއެވެ.

ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭހުގައި މަޝްހޫރު 8 ފިލްމީ ތަރިން ފެނިގެންދާނެއެވެ. މި ޝޯ ހުށަހަޅައިދޭނީ ރާއްޖޭގެ ފިލްމީ އިންޑަސްޓްރީއަށް އިންގިލާބީ ބަދަލެއް ގެނައި މަޝްހޫރު ފިލްމީތަރި އަލީ ސީޒަނެވެ. މި ޝޯ ހުށަހަޅައިދިނުމުގައި ސީޒަނާއެކު ބައިވެރިވާނީ ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރް ސަލީމެވެ. މި ޝޯ ގެނެސްދޭނީ ކޮންމެ ބުރާސްފަތި ދުވަހެއްގެ ރެއެވެ.

Advertisement - newsAdvertisement

މި ޝޯގައި ބައިވެރިވާ ފަންނާނުންނަކީ، މުހައްމަދު މަނިކު، ޖުމާ، ޝެރާ، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހްމަދު އީސާ (އާނަންދު)، ޖާދުﷲ، ޝިފާ އަދި އާޝާއެވެ.

ރާއްޖެޓީވީގެ ޑެޕިއުޓީ ސީއޯއޯ ނާޒްމީ ސައީދު ވިދާޅުވީ، ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސްއަކީ ރާއްޖޭގެ މީޑިއާއަކުން މިހާތަނަށް ގެނެސްދޭނެ އެންމެ ވަރުގަދަ ޝޯކަމަށެވެ. އަދި މި ޝޯގައި ބައިވެރިވި ފަންނާނުންނަށް ނާޒްމީ ވަނީ މަރުހަބާ ދަންނަވާފައެވެ.

މި ޝޯ ހުށަހަޅައިދޭ އަލީ ސީޒަން ބުނީ މި ޝޯއަކީ މިހާތަނަށް ރާއްޖޭގައި އުފައްދާފައި ނެތް ގޮތަކަށް އުފައްދާ ޝޯވއެއް ކަމަށާއި، މި ޝޯ ހޯސްޓު ކުރުމަށް ބޭނުންވީ ރާއްޖެ ޓީވީއާއި އެސް ޕްރޮޑަކްޝަން ގުޅިގެން އުފައްދާ ޝޯވއަކަށްވުމުން ކަމަށެވެ. މިއީ ޗެލެންޖިންގ ޝޯވއެއްކަމަށާއި، މިއީ ރާއްޖޭގެ ޓީވީ ޗެނަލަކުން އުފައްދާ އެންމެ މަސައްކަތް ބުރަ ޝޯވއަށް ވެގެންދާނެ ކަމަށްވެސް ސީޒަން ބުންޏެވެ. މި ޝޯވއާއިމެދު ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށް ސީޒަން ވަނީ ބުނެފައެވެ.

މި ޝޯގައި ބައިވެރިވާ ފަންނާނުން ބުނީ މިޝޯވއާއިމެދު ކުރެވޭ އުންމީދު ވަރަށް ބޮޑު ކަމަށާއި، މިއީ އައު ތަޖުރިބާއެއް ކަމަށެވެ. އަދި ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސް ކާމިޔާބު ކުރުމަށް ކެތް މަދުވެފައިވާ ކަމަށް ފަންނާނުން ވަނީ ބުނެފައެވެ.

ޕްރިސްޓަރ އޮއިލްގެ ހޮސްޓް އަދި ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯރޑިނޭޝަން އާމިރް ސަލީމް ވިދާޅުވީ ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސް މި ޝޯއަކީ ރޯދަމަހު ދެއްކުމަށް ރާއްޖެ ޓީވީން އެސް ޕްރޮޑަކްޝަންސް އާއި ގުޅިގެން އުފައްދާ ރިއަލިޓީ ޝޯއެއް ކަމަށާއި، މި ޝޯގެ ޝޫޓިންގތައް ކުރިޔަށް ގެންގޮސްފައި ވަނީ 11 ފަޅު ރަށެއްގައި ކަމަށެވެ. އަދި މި ޝޯ ކުރިޔަށްދާނީ ސަވައިވަލް ޝޯއެއްގެ ގޮތުގައިކަމަށް އާމިރް ވިދާޅުވިއެވެ. އާމިރް އިތުރަށް ވިދާޅުވީ މި ޝޯވއަކީ މި ކޮންސެޕްޓަށް އުފައްދާ ފުރަތަމަ ޝޯ ކަމަށާއި އެހެންކަމުން މި ޝޯ ބެލުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. މީގެ އިތުރުން އާމިރް ވަނީ ރާއްޖެޓީވީގެ ނަމުގައި މި ޝޯގެ ސްޕޮންސަރުންނަށް ޝުކުރުއަދާ ކުރައްވާފައެވެ.

މި ޝޯގެ ޓައިޓަލް ސްޕޮންސަރަކީ މެރިން ޕަވަރގެ ޕްރިސްޓޯ އޮއިލްއެވެ. ކޯ ސްޕޮންސަރުންނަކީ އޫރިދޫ މޯލްޑިވްސް، ސީގިޔަރ، ސުޒުކީ މޮޓޯ ސައިކަލް އަދި މިފްކޯގެ ފަސްމީރެވެ. ޕްރިންޓިންގ ޕާޓްނަރަކީ އެމްސެވަން ޕްރިންޓެވެ. އަދި އެސޯސިއޭޓިވް ޕާޓްނަރަކީ އެސް ޕްރޮޑަކްޝަންއެވެ.

ޕްރިސްޓާ އޮއިލް ސެލެބްރިޓީ ރޭސް

އިތުރަށް ކިޔާލަން

25 މެއި 2021

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

25 މެއި 2021
ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
15 މެއި 2021

"ސެލެބްރިޓީ ރޭސް" ގެ ޗެމްޕިއަން ޓީމަކަށް ނާއްކޮއާއި ޖުމާ

15 މެއި 2021
"ސެލެބްރިޓީ ރޭސް" ގެ ޗެމްޕިއަން ޓީމަކަށް ނާއްކޮއާއި ޖުމާ
14 މެއި 2021

ސެލެބްރިޓީ ރޭސް ފައިނަލް ޝޯވ މިރޭ 10:00 ގައި

14 މެއި 2021
ސެލެބްރިޓީ ރޭސް ފައިނަލް ޝޯވ މިރޭ 10:00 ގައި
10 މެއި 2021

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

10 މެއި 2021
ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
30 މާރިޗު 2017

އެމްޑީޕީގެ ބޮޑު ޖަލްސާއެއް މިރޭ ވައިކަރަދޫގައި ބާއްވަނީ

30 މާރިޗު 2017
އެމްޑީޕީގެ ބޮޑު ޖަލްސާއެއް މިރޭ ވައިކަރަދޫގައި ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު