ކ. މާލެ
|
15 މެއި 2021 | ހޮނިހިރު 15:47
ރާއްޖޭގެ ހުރިހާ ހިސާބަކަށް މިހާރުދަނީ ވިއްސާރަކުރަމުން
ރާއްޖޭގެ ހުރިހާ ހިސާބަކަށް މިހާރުދަނީ ވިއްސާރަކުރަމުން
ރާއްޖެއެމްވީ
ރާއްޖެއަށް ކުރަމުންދާ ވިއްސާރަ
"ޓައުޓޭ" ދުރަށް ދިޔައަސް، ރާއްޖޭގެ މަތީގައި ބާރުގަދަ އައު ކޮޅިގަނޑެއް އުފެދުމުގެ ނުރައްކާ ބޮޑުވަނީ
 
ދަތުރު ނުކުރެވޭވަރަށް ކަނޑުތައް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައި
 
ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައެރުން އެކަށީގެންވާތީ ސަމާލުވުމަށް ވަނީ އަންގާފައި
 
"ޓައުޓޭ" މިވަގުތު ހުރީ ހއ. ތުރާކުނުގެ އުތުރުން ގާތްގަނޑަކަށް 400 މޭލު ދުރުގައި

ރާއްޖޭގެ ހުޅަނގު އުތުރުން، އިރުދެކުނު އަރަބިކަނޑުގައި އުފެދިފައިވާ ތޫފާން "ޓައުޓޭ" ރާއްޖެއާއި ދުރަށް ދަތުރުކުރަމުންދާއިރު، ރާއްޖޭގެ ދެކުނުގައި ބާރުގަދަ ކޮޅިގަނޑެއް އުފެދުމުގެ ނުރައްކާ ބޮޑުވަމުންދާކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާއި ގުޅޭ އެންމެފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން މޫސުމާބެހޭ ގައުމީ އިދާރާގެ އެސިސްޓެންޓް މީޓިރޮލޮޖިސްޓް ހުސައިން ވަހީދު ވަނީ ރާއްޖޭގެ ހުޅަނގު އުތުރުން، އިރުދެކުނު އަރަބިކަނޑުގައި އުފެދިފައިވާ ތޫފާން "ޓައުޓޭ"ގެ ސަބަބުން ރާއްޖޭގެ ސަރަހައްދަށް މިހާރު ކުރަމުންދާ އަސަރު ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން ކުޑަވާނެކަމަށް ވިދާޅުވެފައެވެ. ވަހީދު ވިދާޅުވީ ތޫފާން "ޓައުޓޭ" މިވަގުތު ހުރީ ހއ. ތުރާކުނުގެ އުތުރުން ގާތްގަނޑަކަށް 400 މޭލު ދުރުގައި ކަމަށެވެ. "ޓައުޓޭ" ރާއްޖެއާއި ދުރަށް ދަތުރުކުރަމުންދާއިރު ތޫފާނުގެ ނުސީދާ އަސަރު ކުރިއަށް އޮތް ދެތިން ދުވަހެއް ވަންދެން ކުރަމުންދާނެ ކަމަށް ވިދާޅުވިއެވެ. ހަމައެޔާއެކު ރާއްޖޭގެ ދެކުނުން އައްޑޫ ސިޓީ ސަރަހައްދުގައި ބާރުގަދަ ކޮޅިގަނޑެއް އުފެދުމުގެ ނުރައްކާ ބޮޑުވަމުން އަންނަކަމަށް ވެސް ވަހީދު ވިދާޅުވިއެވެ.

ހުޅަނގު މޫސުމުގެ ވިއްސާރަ އިތުރަށް ގޯސްވާނެކަމަށް ލަފާކޮށްފައިވާއިރު، ކުރިއަށް އޮތް ދެ ތިން ދުވަހުވެސް ވިއްސާރަކޮށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި ދެތިން ދުވަހަށްފަހު ވިއްސާރަ ކޮންމެވެސް ވަރަކަށް އަލިވިނަމަވެސް ވައިގެ ބާރުމިން މަޑުނުވެ ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ. މި ސަބަބައްޓަކައި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭއިރު، ދަތުރު ނުކުރެވޭވަރަށް ކަނޑު ގަދަވާނެކަމަށް ވެސް ހުސައިން ވަހީދު ވިދާޅުވިއެވެ. ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައެރުން އެކަށީގެންވާތީ އެކަމަށް ސަމާލުވުމަށާއި، ޒަރޫރީ ދަތުރެއް ނޫނީ ނުކުރުމަށް އޭނާ ވަނީ އިލުތިމާސްކުރައްވާފައެވެ.

ޓައުޓޭ މިވަގުތު ހުރީ ހއ. ތުރާކުނުގެ އުތުރުން ގާތްގަނޑަކަށް 400 މޭލު ދުރުގައި. މި ތޫފާނުގެ ނުސީދާ އަސަރު ރާއްޖެއަށް އަދިވެސް ކުރާނެ. އެެކަމަކު ފާހަގަކޮށްލަންޖެހޭ ކަމަކީ ރާއްޖޭގެ ދެކުނުން އައްޑޫ ސިޓީ ސަރަހައްދުގައި ބޯވިލާގަނޑެއް އުފެދިފައިވާކަން މިހާރު. ބާރުގަދަ ކޮޅިގަނޑެއް އުފެދުމުގެ ނުރައްކާ ބޮޑުވަމުން އަންނަނީ. މި ސަބަބަށްޓަކައި މޫސުން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ގޯސްވާނެކަމަށް ލަފާކުރެވެނީ. ކަނޑުތައްވެސް ދަތުރުނުކުރެވޭވަރަށް ގަދަވާނެ. އުދައެރުމުގެ ފުރުސަތުވެސް ވަރަށް ބޮޑު.
އެސިސްޓެންޓް މީޓިރޮލޮޖިސްޓް ހުސައިން ވަހީދު

ރާއްޖޭގެ ހުޅަނގު އުތުރުން، އިރުދެކުނު އަރަބިކަނޑުގައި އުފެދިފައިވާ ތޫފާން "ޓައުޓޭ" ރާއްޖެއާއި ދުރަށް ދަތުރުކުރަމުންދާއިރު، މި ތޫފާނުގެ ބާރު އިތުރުވަމުންދާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މިއީ މި ސަރަހައްދުގައި މިއަހަރު އުފެދުނު ފުރަތަމަ ތޫފާނެވެ. މި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެކަމަށް ބެލެވެނީ އިންޑިޔާގެ ހުޅަނގު ބިތުގެ ސަރަހައްދަށާއި ޕާކިސްތާނަށް ކަމަށް ބައިނަލްއަގްވާމީ މީޓިއޮރޮލޮޖިސްޓުން ވަނީ ލަފާ ކޮށްފައެވެ.

ކޮޅިގަނޑު ބާރުގަދަ ތޫފާނާކަށް ބަދަލުވެގެންދާން ދިމާވާ މައިގަނޑު ސަބަބަކީ މިސަރަހައްދުގެ ތިމާވެށީގެ ހާލަތެވެ. ކަނޑުގެ ފިނި ހޫނުމިނަށް ބަލާއިރު މިސަރަހައްދުގެ ކަނޑުގެ ފަށަލައަކީ މިވަގުތު މުޅި ދުނިޔޭގައިވެސް އެންމެ ހޫނުމިން މަތި ފަށަލައެވެ. މިސަރަހައްދުގެ ހޫނުމިން ހުރީ 30 އާއި 32 ޑިގްރީ ސެލްސިއަސްގައެވެ.

ތޫފާންތައް ބާރުގަދަކުރުމަށް ބޭނުންވަނީ ހޫނުމިން މަތި ފެނެވެ. އާންމު ގޮތެއްގައި 26.5 ޑިގްރީ ސެލްސިއަސްއަށްވުރެ ހޫނުމިން މަތި ނަމަ ތޫފާނެއް އުފެދުމުގެ ފުރުސަތު ފަހިވެއެވެ. ވައިގެ ބާރުމިން ކުއްލިއަކަށް އިތުރުވެގެންދަނީ ހޫނުވެފައިވާ ކަނޑުގެ ފަށަލައިގެ ސަބަބުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
6%
3%
77%
0%
0%
14%
ކޮމެންޓް