Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑް

އިޔާން، ޗުމްޕު އަދި ނާޖީ ގައުމީ ސްކޮޑަށް

ޗައިނާއަށް ފުރުމުގެ ކުރިން ގައުމީ ޓީމު ވަނީ ރާއްޖޭގައި ކޭމްޕްކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 15 މެއި 2021 | ހޮނިހިރު 05:39
ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި މުޅިން އަލަށް ހިމެނުނު އިޔާން، ޗުމްޕު އަދި ނާޖީ

ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި މުޅިން އަލަށް ހިމެނުނު އިޔާން، ޗުމްޕު އަދި ނާޖީ

ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނަށް އެކުލަވާލި ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުގައި މުޅިން އަލަށް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ ގޯލްކީޕަރު އިޔާން އަބްދުލް އަލީމް (ޗިކީ)، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ފޯވާޑް އަލީ ހައިޝަމް (ޗުމްޕު) އަދި އެ ޓީމުގެ ގޯލްކީޕަރު ނާޖިހު އަލީ (ނާޖީ) ހިމެނިއްޖެއެވެ.

ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ ބާކީ ހުރި މެޗުތައް މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގައި ކުޅެން އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭއެފްސީން ވަނީ ނިންމާފައެވެ. އެހެންކަމުން ޗައިނާއަށް ފުރުމުގެ ކުރިން 33 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް އެކުލަވާލިއިރު، ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ހޮޓެލް ޖެންގައި ކޭމްޕްކޮށްފައެވެ.

މި ސްކޮޑުގައި މުޅިން އަލަށް ތިން ކުޅުންތެރިއަކު ހިމެނުނުއިރު، އޭގެ ތެރޭގައި ހިމެނުނު އުމުރުން 27 އަހަރުގެ އިިޔާނަކީ މީގެ ކުރިން ވަނީ މާޒިޔާއަށް ކުޅުނު ގޯލްކީޕަރެކެވެ. އިޔާން އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ 2018 ވަނަ އަހަރު ދެވަނަ ޑިވިޝަނުގައި ވާދަކުރި ދަ ގްރާންޑޭއިންނެވެ. އެ ފަހަރު މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް ދަ ގްރާންޑޭ ޕްރޮމޯޓް ކޮށްދިނުމުގައި އިޔާނުގެ ދައުރުގެ ބޮޑެވެ. އަދި މި ސީޒަނުގައި ދަ ގްރާންޑޭގެ ގޯލުގައި އިޔާން ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު، އޭނާ ވަނީ ލީގުގައި ދަ ގްރާންޑޭއިން ކުޅުނު 14 މެޗުގައިވެސް ކުޅެފައެވެ.

ސްކޮޑުގައި ދެން ހިމެނުނު އުމުރުން 29 އަހަރުގެ ޗުމްޕު އަންނަނީ ޔޫވީން މި ފަހުން ކުޅުން މެޗުތަކުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މީގެ ކުރިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށްވެސް ކުޅުނު ޗުމްޕު ވަނީ މި ސީޒަނުގައި މިހާތަނަށް ކުޅުނު 13 މެޗުން ތިން ލަނޑު ޖަހާފައެވެ.

މީގެ އިތުރުން ގައުމީ ޓީމުގެ ސްކޮޑުން މުޅިން އަލަށް ޖާގަ ހޯދި އުމުރުން 21 އަހަރުގެ ނާޖީ މި ފަހަކަށް އައިސް އަންނަނީ ޔޫވީގެ ގޯލުގެ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ލީގުގައި ޔޫވީން އެންމެ ފަހުން ކުޅުނު ހަތް މެޗުގައިވެސް ނާޖީ ކުޅުނުއިރު، ކުލަބު ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ވަނީ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

ޗައިނާއަށް ފުރުމުގެ ކުރިން ގައުމީ ޓީމުން ރާއްޖޭގައި ކޭމްޕްކުރިއިރު، މީގެ ކުރިން "ރާއްޖެ.އެމްވީ" އަށް މައުލޫމާތުދެއްވަމުން އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވަނީ ވީއެންމެ އަވަހަކަށް ޗައިނާއަށް ފުރަން މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. ޖަވާޒް ވިދާޅުވީ ކުރިޔާލާ ޗައިނާއަށް ދިޔުމުގެ ބޭނުމަކީ ރާއްޖޭގައި ފަރިތަކުރުމުގައި ދަތިތަކެއް ކުރިމަތިވާނެތީ، ޗައިނާގައި ރަނގަޅު ފަރިތަކުރުންތަކެއް ކުރިއަށްގެންދިޔުން ކަމަށެވެ. އެހެންކަމުން ޗައިނާއަށް ފުރަން މިހާރު ވިސާ ހުށަހަޅާފައިވާ ކަމަށާއި، ވިސާގެ ކަންތައްތައް ހަމަޖެހުނުހާ އަވަހަކަށް ގައުމީ ޓީމު ފުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން ކޮލިފައިން މެޗުތައް ޗައިނާގައި ކުޅޭއިރު، ރާއްޖެއަށް ބާކީ ތިން މެޗު އެބައޮތެވެ. އެއީ ޗައިނާ އާއި، ސީރިއާ އަދި ފިލިޕީންސާ ދެކޮޅަށް ކުޅެން އޮތް މެޗުތަކެވެ. މީގެ ތެރެއިން ސީރިއާ މެޗަކީ ރާއްޖޭގެ ހޯމް މެޗެކެވެ.

އޭޝިއާ ސަރަހައްދުން ހަތަރު ގައުމެއް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވާއިރު، ކޮލިފައިންގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ސީރިއާއެވެ. ހަތަރު މެޗުން ހަތް ޕޮއިންޓާއެކު ދެވަނައިގައި ޗައިނާ އޮތްއިރު، ތިންވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އަދި ރާއްޖޭގެ ފަހަތުން ފަސްވަނައިގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

ގައުމީ ފުޓްބޯޅަ ޓީމުވޯލްޑް ކަޕާއި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
މޮޅުވާން މަޖުބޫރު މެޗަށް ގައުމީ ފުޓްބޯޅަ ޓީމު ފުރައިފި

މޮޅުވާން މަޖުބޫރު މެޗަށް ގައުމީ ފުޓްބޯޅަ ޓީމު ފުރައިފި

13 އޮކްޓޯބަރު 2023
ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

11 އޮކްޓޯބަރު 2023
ރާއްޖެ މެޗަށް ޓީމުގެ ރޫހު ރަނގަޅު ކުރަންޖެހޭ: ބަނގްލަދޭޝް ކޯޗު

ރާއްޖެ މެޗަށް ޓީމުގެ ރޫހު ރަނގަޅު ކުރަންޖެހޭ: ބަނގްލަދޭޝް ކޯޗު

11 އޮކްޓޯބަރު 2023
ރާއްޖެއިން 60 ފުޅީގެ ރާ އެތެރެކުރުމުން ބަންގްލަދޭޝްގެ ތިން ކުޅުންތެރިން ސަސްޕެންޑްކޮށްފި

ރާއްޖެއިން 60 ފުޅީގެ ރާ އެތެރެކުރުމުން ބަންގްލަދޭޝްގެ ތިން ކުޅުންތެރިން ސަސްޕެންޑްކޮށްފި

05 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު