Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19ށް ގިނަ ބަޔަކު ޕޮޒިޓިވްވުން

ޕެންޑިންގް ސާމްޕަލްތަކާއެކު އަންގާރަ ދުވަހު 1501 މީހަކު ޕޮޒިޓިވް

މާލެ ސަރަހައްދުން 1229، އަތޮޅުތެރޭގެ ރަށްތަކުން 265 އަދި ހިންގަމުންދާ ރިސޯޓުތަކުން 07 މީހަކު ޕޮޒިޓިވްވެފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 11 މެއި 2021 | އަންގާރަ 17:55
މާލެސިޓީ، ބަލި ކޮންޓްރޯލް ކުރުމަށް ކުރިއަށް އޮތްތަނުގައި ވެސް ގިނަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް އެޗްޕީއޭއިން މައުލޫމާތުދޭ

މާލެސިޓީ، ބަލި ކޮންޓްރޯލް ކުރުމަށް ކުރިއަށް އޮތްތަނުގައި ވެސް ގިނަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް އެޗްޕީއޭއިން މައުލޫމާތުދޭ

ޕެންޑިންގް ސާމްޕަލްތަކާއެކު އަންގާރަ ދުވަހު 1501 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބުނެފިއެވެ.

އަންގާރަ ދުވަހުގެ ރޭ ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ އަންގާރަ ދުވަހު ރަޖިސްޓަރީ ކުރެވިފައިވާ ޖުމްލަ ކޭސްތަކުގެ އަދަދަކީ 1501 ކަމަށެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން 1229 މީހުން، އަތޮޅުތެރޭގެ ރަށްތަކުން 265 މީހަކު އަދި ހިންގަމުންދާ ރިސޯޓުތަކުން 07 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން މަބްރޫކް ވިދާޅުވީ ހޯމަ ދުވަހުގެ އިރުއޮއްސި 6:00ން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00ށް 662 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 6208 ސާމްޕަލެއް ނަގާފައިވެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު 247 މީހަކު ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އަދި އެކްޓިވް ކޭސްތަކުގެ ޖުމްލަ އަދަދު ވަނީ 11،629ށް އަރާފައެވެ.

މިހާތަނަށް ރާއްޖެއިން 38،520 މީހަކު ވަނީ ޕޮޒިޓިވްވެފައިވާއިރު، ބަލިން ރަނގަޅުވެފައިވަނީ 26،795 މީހެކެވެ.

ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19ގެ ހަތަރު ވަނަ ރާޅާއެކު، ކޮންމެ ދުވަހަކު ވެސް ދަނީ ގިނަ ބަޔަކު ޕޮޒިޓިވްމުންނެވެ. ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތައް އަޅަމުންދާއިރު، ކާފިއުގެ ވަގުތަށް މިހާރު ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން މިމަހުގެ 12ވާ ބުދަ ދުވަހުގެ ހަވީރު 4:00ން ފަތިހު 4:00ށް ކާފިއު ހިންގުމަށް ނިންމާފައިވެއެވެ. މީގެ އިތުރުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމަށް ވެސް އަންގާފައިވެއެވެ. ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ޚިދުމަތް ދިނުން ހުއްޓާލުމަށް ވެސް އަންގާފައިވެއެވެ. ނަމަވެސް ފުލުހުންގެ ޚާއްސަ ހުއްދައިގެ ދަށުން ޑެލިވަރީގެ ޚިދުމަށް ކުރިއަށް ގެންދެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. ޑެލިވަރީގެ ޚިދުމަތް ދިނުމަށް ނިންމާފައި ވަނީ ކޮންމެ ދުވަހެއްގެ ވެސް މެންދަމު 12 އާ ހަމައަށެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)މަބްރޫކްކޮވިޑް-19

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު