Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަން ލީގު

ބަޔާނުން ޖެހިޖެހިގެން ނުވަވަނަ ފަހަރަށް ލީގު ކާމިޔާބުކޮށްފި

8 މެއި 2021 | ހޮނިހިރު 19:01

މިއީ ބަޔާނުން ޖަރުމަން ލީގު ކާމިޔާބުކުރި 30 ވަނަ ފަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 8 މެއި 2021 | ހޮނިހިރު 19:01
ބަޔާނާއި މޮންޗެންގްލަޑްބަކް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބަޔާން މޮޅުވީ 6-0 ން

ބަޔާނާއި މޮންޗެންގްލަޑްބަކް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބަޔާން މޮޅުވީ 6-0 ން

ބަޔާން މިއުނިކުން ޖަރުމަން ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ނުވަވަނަ ފަހަރަށް ހޯދައިފިއެވެ.

ބަޔާނަށް ލީގު ޗެމްޕިއަންކަން ކަށަވަރުވީ ހޮނިހިރު ދުވަހުގެރޭ ބޮރޫޝިއާ ޑޯޓްމުންޑް އަތުން ދެވަނައިގައި އާރްބީ ލައިޕްޒީގް 3-2 ގެ ނަތީޖާއަކުން ބަލިވުމާ ގުޅިގެންނެވެ. އަދި އޭގެ ފަހުން ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ބަޔާނުން ވަނީ ބޮރޫޝިއާ މޮންޗެންގްލަޑްބަކް އަތުން 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ.

ބާކީ ދެ މެޗު އޮއްވައި ބަޔާނުން ލީގު ކަށަވަރުކުރީ ކުޅުނު 32 މެޗުން 74 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ލައިޕްޒީގަށް 32 މެޗުން ލިބިފައިވަނީ 64 ޕޮއިންޓެވެ. އެހެންކަމުން ބަޔާން އެއްވަނައިގައި އޮތީ 10 ޕޮއިންޓުގެ ލީޑަކާއެކުއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ބަޔާނުން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ހަތަރު ލަނޑުގެ ލީޑެއް ނަގާފައެވެ. މި ލަނޑުތައް ބަޔާނަށް ކާމިޔާބުކޮށްދިނީ ދެ ލަނޑު ޖެހި ރޮބަޓް ލެވަންޑޯސްކީ އާއި ތޯމަސް މުލާ އަދި ކިންގްސްލީ ކޯމަނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ލެވަންޑޯސްކީ ވަނީ އިތުރު ލަނޑެއް ޖަހައި، މެޗުގައި ހެޓްރިކް ހަދާފައެވެ. ދެން މި ހާފުގައި ބަޔާނުން ޖެހި އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ލެރޯއި ސާނޭއެވެ. މި މެޗުގައި ބަޔާނުން ތަފާތު މޮޅު ކުޅުމެއް ދެއްކި ނަމަވެސް، އެ ތީމުން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ ދެވަނަ ހާފުގައި އެ ޓީމުގެ ޓަންގީ ނިއާންޒޯއަށް ސީދާ ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ.

މޮންޗެންގްލަޑްބަކާ ދެކޮޅަށް ކުޅުނު މެޗުގައި ލެވަންޑޯސްކީ ހެޓްރިކް ހެދިއިރު، މިއީ މި ސީޒަނުގެ ލީގުގައި އޭނާ ކާމިޔާބުކުރި 39 ވަނަ ލަނޑެވެ. އެއާއެކު ޖަރުމަނު ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖަހައިގެން ގާޑް މުލާ ހަދާފައިވާ ރިކޯޑާ ހަމަކުރަން ލެވަންޑޯސްކީއަށް ދެން އޮތް ދެ މެޗުން ބޭނުންވަނީ އެންމެ ލަނޑެކެވެ.

ޖެހިޖެހިގެން ނުވަވަނަ ފަހަރަށް ޖަރުމަން ލީގުގެ ޗެމްޕިއަންކަން ބަޔާން ހޯދިއިރު، އެޓީމުން މިހާރު ވަނީ ލީގު ޗެމްޕިއަންކަން ޖުމްލަ 30 ފަހަރު ހޯދާފައެވެ. ބަޔާނަކީ ޖަރުމަން ލީގުގެ އެންމެ ކާމިޔާބު ޓީމެވެ.

މީގެ އިތުރުން ޖަރުމަން ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ނުވަވަނަ ފަހަރަށް ހޯދައި ބަޔާނުން ވަނީ އިޓަލީގެ ޔުވެންޓަސްއިން ގާއިމުކޮށްފައިވާ ޔޫރަޕުގެ ރިކޯޑަކާ ހަމަކޮށްފައެވެ. ޔޫރަޕުގެ ބޮޑު ފަސް ލީގުގެ ތެރެއިން ޖެހިޖެހިގެން ނުވަ ފަަހަރު ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ރިކޯޑު މީގެ ކުރިން އޮތީ ޔުވެންޓަސް އަތުގައި އެކަންޏެވެ. ބަޔާނަކީ އެ ރެކޯޑް ގާއިމުކުރި ދެވަނަ ޓީމެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް