Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިއާގެ ޑޮކްޓަރުން ހޯދަން އިއުލާނު ކުރުން

ޑޮކްޓަރުން ހޯދުމަށް އިންޑިއާގައި ކޮށްފައިވާ އިއުލާނަކީ ކޮވިޑް-19ން ބޭރުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކޮށްފައިވާ އިއުލާނެއް

9 މެއި 2021 | އާދީއްތަ 02:24

ވޮލަންޓިއަރ ކުރަން ހުޅުވާލާފައި ވަނީ އެގޮތަށް ބޭނުންވާ ބައެއް ޑޮކްޓަރުން ތިބުމުން

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 9 މެއި 2021 | އާދީއްތަ 02:24
ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް

ރާއްޖޭގައި މަސައްކަތްކުރާނެ ޑޮކްޓަރުން ހޯދުމަށް އިންޑިއާގެ ނޫހެއްގަގައި ކޮށްފައިވާ އިއުލާނަކީ ކޮވިޑް-19 ހާލަތުން ބޭރުން ހެލްތު މިނިސްޓްރީއާ އެ ގައުމާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކޮށްފައިވާ އިއުލާނެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތާ ގުޅިގެން ދިވެހި ޑޮކްޓަރުންނަށް ވޮލަންޓިއަރ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އިންޑިއާގެ ނޫހެއްގައި ރާއްޖޭގައި މަސައްކަތްކުރާނެ ޑޮކްޓަރުން ހޯދުމަށް ކޮށްފައިވާ އިއުލާނަކާާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުކޮށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި އެއީ ދިވެހި ޑޮކްޓަރުންނަށް ދޭ ދެރައެއް ކަމަށާއި، ދިވެހި ޑޮކްޓަރުންނަށް ފުރުސަތު ގެއްލުވާލުން ކަމަށް ބުނެ ކަންބޮޑުވުންފާޅުކޮށްފައިވެއެވެ.

Advertisement - newsAdvertisement

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެކަމާ ގުޅިގެން މަބްރޫކް ވިދާޅުވީ އެ އިއުލާނަކީ މި އަހަރުގެ މާޗް 15ގައި ކޮވިޑް-19އިން ބޭރުން އާންމުކޮށް ކުރިއަށްގެންދާ ހޮސްޕިޓަލް އޮޕަރޭޝަންތަކަށް ހެލްތު މިނިސްޓްރީން ހަދާފައިވާ އެގްރީމަންޓަކާ ގުޅިގެން ކޮށްފައިވާ އިއުލާނެއް ކަމަށެވެ. މަބްރޫކް ވިދާޅުވީ އެއި އެއްވެސް ވަރަކަށް ކޮވިޑް-19އާ ގުޅިގެން ކުރާ މަސައްކަތްތަކާ ގުޅުންހުރި ކަމެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ އެގޮތަށް އިއުލާންކޮށްފައި ވަނީ އެ ސްލޮޓްތަކަށް ދިވެހި ޑޮކްޓަރުން ހޯދަން މަސައްކަތްކުރުމަށް ފަހުގައި ކަމަށެވެ. އެގޮތުން ފެބްރުއަރީ 3ވަނަ ދުވަހުން ފެށިގެން ދިވެހި ޑޮކްޓަރުން ހޯދުމަށް މަސައްކަތްކޮށް ލިބުނު ޑޮކްޓަރުންނަށް ވަޒީފާ ވެސް ދީފައިވާނެ ކަމަށާއި، އިންޑިއާއިން ޑޮކްޓަރުން އެ ހޯދަނީ ބާކީ ހުރި ސްލޮޓްތަކަށް ކަމަށް ވިދާޅުވިއެވެ. އަދި މިހާރު ވެސް ދިވެހި ޑޮކްޓަރުންނަށް ވަޒީފާ ދިނުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ޑޮކްޓަރުން އިތުރުކުރުމަށް ކުރާ މަސައްކަތުގައި ވޮލަންޓިއަރ ކުރަން ހުޅުވާލާފައި ވަނީ އެގޮތަށް ބޭނުންވާ ބައެއް ޑޮކްޓަރުން ތިބުމުން ކަމަށެވެ. އެގޮތުން އެކި ތަންތަނުގައި ދާއިމީ ވަޒީފާގައި ތިބެ އިތުރު ވަގުތުތަކުގައި ވޮލަންޓިއަރ ކުރަން ބޭނުންވާ ޑޮކްޓަރުން އެބަތިބި ކަމަށާއި، ބޭނުމަކީ އެފަދަ ޑޮކްޓަރުންނަށް އެ ފުރުސަތު ހުޅުވާދިނުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ހާލަތާ ގުޅިގެން ރެސްޕޮންސް ޓީމްތަކުގައި މަސައްކަތްކުރުމަށް، އެންމެ ފުރަތަމަ ރާއްޖެއިން ކޮވިޑް-19 ފެނި ތައްޔާރުވަމުން ދިޔަ އިރު ވެސް ވޮލަންޓިއަރކުރުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ. އަދި އޭރު ރާއްޖެއިން ބޭރުގައި ތިބި މެޑިކަލް ސްޓޫޑަންޓުން ވެސް ރާއްޖެ އައިސް ވޮލަންޓިއަރކޮށްދީފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

16 ޖެނުއަރީ 2017
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް