Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެ ސަރަހައްދުގައި ސާމްޕަލް ނެގުން

މާލެ ސަރަހައްދުގައި ސާމްޕަލް ނަގާ ގަޑިތަކަށް ބަދަލު ގެނަސްފި

8 މެއި 2021 | ހޮނިހިރު 08:06

ކުޑަ އަލާމާތެއް ފެނުނަސް ޓެސްޓު ކުރުމަށް ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 8 މެއި 2021 | ހޮނިހިރު 08:06
ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުން

ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުން

މާލެ ސަރަހައްދުގައި ގާއިމް ކޮށްފައިވާ ކޮވިޑް-19ށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާ ސެންޓަރުތަކުން ސާމްޕަލް ނަގައިދޭ ގަޑިތަކަށް ބަދަލު ގެނަސްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މާލޭ ސާމްޕަލް ކަލެކްޝަން ސެންޓަރުން ސާމްޕަލް ނެގޭނީ ބުރާސްފަތި ދުވަހުން ހޮނިހިރު ދުވަހަށް ހެނދުނު 10:00ން މެންދުރު 01:00ށް ކަމަށެވެ. އަދި މެންދުރު ފަހު 03:30ން ހަވީރު 05:15ށް ސާމްޕަލް ނެގޭއިރު ރޭގަނޑު 07:30ން 09:00ށް ސާމްޕަލް ނެގުމަށް ވަނީ ނިންމާފައެވެ. މި ސެންޓަރުން ހުކުރު ދުވަހު ސާމްޕަލް ނަގައިދޭނީ މެންދުރު ފަހު 03:30ން ހަވީރު 05:15ށް އަދި ރޭގަނޑު 07:30ން 09:00ށެވެ.

Advertisement - newsAdvertisement

ހުޅުމާލޭގައި ހުންނަ ފްލޫ ކްލިނިކުން ސާމްޕަލް ނަގައިދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ވެސް މެންދުރު ފަހު 03:30ން ހަވީރު 05:15ށް އަދި ރޭގަނޑު 07:30ން 09:00ށެވެ. މީގެ އިތުރުން ވިލިމާލެ ފްލޫ ކްލިނިކުން ކޮންމެ ދުވަހެއްގެ ވެސް މެންދުރު 03:00ން 04:30ށް ސާމްޕަލް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖެއަށް ކޮވިޑް-19ގެ ހަތަރު ވަނަ ރާޅެއް އަރާފައިވާއިރު މެއި މަސް ފެށުނު ފަހުން ދުވާލެއްގެ މައްޗަށް ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އަންނަނީ ރިކޯޑް މިންވަރަކަށް އިތުރުވަމުންނެވެ. އެގޮތުން މެއި މަހުގެ 1 ވަނަ ދުވަހު 402 މީހުން ބައްޔަށް ޕޮޒިޓިވްވިއިރު މެއި މަހުގެ 2 ވަނަ ދުވަހު އެއަދަދު ހުރީ 508 ގައެވެ. މެއި މަހުގެ 3 ވަނަ ދުވަހު 585 މީހުންނަށް ކޮވިޑް ޖެހުނުއިރު މެއި މަހުގެ 4 ވަނަ ދުވަހު އެއަދަދު ވަނީ 601ށް އަރާފައެވެ.

މެއި މަހުގެ 5 ވަނަ ދުވަހު 734 މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓްކުރިއިރު މެއި މަހުގެ 6 ވަނަ ދުވަހު 703 މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ. މެއި މަހުގެ 7 ވަނަ ދުވަހު 766 މީހުންނަށް ވަނީ ކޮވިޑް ޖެހިގެން ރިޕޯޓްކޮށްފައެވެ.

މިއަދަދުތައް މައްޗަށް ގޮސް ރާއްޖޭގެ ހާލަތު ގޯސްވަމުންދާއިރު ކިތަންމެ ކުޑަނަމަވެސް އަލާމާތެއް ފެނިއްޖެ ނަމަ ސާމްޕަލް ނަގައި ޓެސްޓު ކުރުމަށް ސިއްހީ ޚިދުމަތްތެރިން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ،

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް