Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާ

ބޭރުގެ މާހިރުން ބޭނުންކޮށްގެން ޙަމަލާގެ ތަހުޤީޤު ކުރިއަށް ގެންދަން ފެނޭ: އަސްލަމް

މި ޙަމަލާއާ ގުޅިގެން މަޖިލީހުގެ ކުއްލި ޖަލްސާއެއް ވެސް ފަށާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 މެއި 2021 | ބުރާސްފަތި 20:46
މަޖިލީހުގެ 241 ކޮމިޓީގެ މުޤައްރިރު މުޙައްމަދު އަސްލަމް މަޖިލީހުގެ ރައީސް ނަޝީދާއެކު

މަޖިލީހުގެ 241 ކޮމިޓީގެ މުޤައްރިރު މުޙައްމަދު އަސްލަމް މަޖިލީހުގެ ރައީސް ނަޝީދާއެކު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާއާ ގުޅޭ ތަހުގީގަށް ބޭރުގެ މާހިރުންގެ އެހީ ހޯދަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ބުނެފިއެވެ.

މި ޙަމަލާއާ ގުޅިގެން ބުރާސްފަތި ދުވަހުގެރޭ ވަނީ ކޮމިޓީގެ ސިއްރު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ. މި ބައްދަލުވުމާއި ގުޅޭ މައުލޫމާތު ރާއްޖެއެމްވީއަށް ދެއްވަމުން މަޖިލީހުގެ 241 ކޮމިޓީގެ މުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުޙައްމަދު އަސްލަމް ވިދާޅުވީ، މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ފުލުހުންނަށް ހުށައަޅަން ނިންމާފައިވާ ކަމަށެވެ. އަދި ބޭރުގެ ތަޖުރިބާކާރުން ބޭނުންކޮށްގެން ތަހުޤީޤު ކުރިއަށް ގެންދިއުމަށް ފެންނަކަމަށް ވެސް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ، މިއީ ކޮމިޓީގެ ހުރިހާ މެމްބަރުންވެސް ހަރުކަށި އިބާރާތުން ކުށްވެރިކުރާ އަމަލެއް ކަމަށެވެ.

މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް ޚާއްސަ ސަމާލުކަން ދޭންޖެހޭކަން ފާހަގަ ކުރައްވައި އަސްލަމް ވިދާޅުވީ، ސަރުކާރުންވެސް އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މިފަދަ ޙަމަލާތަކާއި ގުޅިގެން އެކަންކަމުގައި ހިމެނޭ މީހުންނަށް ޤާނޫނީ ގޮތުން އަދަބު ނުދެވި ދިއުމުގެ ކަންބޮޑުވުން އަސްލަމް ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، މި ޙާލަތުގައި ހުރިހާ ސިޔާސީ ޕާޓީންވެސް ގުޅިގެން މަސައްކަތް ކުރަމުންދާ މަންޒަރު ފެންނަމުންދާކަމަށް އަސްލަމް ވިދާޅުވިއެވެ.

މި ޙަމަލާއާ ގުޅިގެން މަޖިލީހުގެ ކުއްލި ޖަލްސާއެއް ވެސް ފަށާފައިވާއިރު، ވަކި ގޮތެއް ނިމެންދެން ޖަލްސާ ކުރިއަށްދާނެ ކަމަށް މަޖިލީހުގެ ނާއިބްރައީސް އީވާ އަބްދުﷲ ވިދާޅުވެފައިވެއެވެ.

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ޤާސިމްގެ މައްޗަށް ކުރަނީ ބާރުބޭނުންކޮށްގެން ސަރުކާރު ވައްޓާލަން ހިތްވަރު ދިނުމުގެ ތުޙުމަތު

19 އެޕްރީލު 2017
ޤާސިމްގެ މައްޗަށް ކުރަނީ ބާރުބޭނުންކޮށްގެން ސަރުކާރު ވައްޓާލަން ހިތްވަރު ދިނުމުގެ ތުޙުމަތު
16 އެޕްރީލު 2017

ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން ބިރުދެއްކުން ހުއްޓާލާ: މައުމޫން

16 އެޕްރީލު 2017
ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން ބިރުދެއްކުން ހުއްޓާލާ: މައުމޫން
15 އެޕްރީލު 2017

ރާއްޖޭގެ ކަންކަމާއި ބޭރުގެ ފަރާތްތަކަށް ނުބެހެވޭނެއެކޭ ނުބުނެވޭނެ: އިބްރާ

15 އެޕްރީލު 2017
ރާއްޖޭގެ ކަންކަމާއި ބޭރުގެ ފަރާތްތަކަށް ނުބެހެވޭނެއެކޭ ނުބުނެވޭނެ: އިބްރާ
28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު