Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރުން

އަލީ ވަހީދުގެ މައްސަލަ - "ގާނޫނު އަސާސީން ހިމާޔަތްކޮށްދެނީ ހަމައެކަނި ދައުވާ ލިބޭ މީހާގެ ހައްގެއް ނޫން"

6 މެއި 2021 | ބުރާސްފަތި 17:47

ދައުލަތުން ބުނީ، ޣައިރު ހާޒިރުގައި މައްސަލަ ނިންމަން ވާނީ ވަރަށް ހަރުކަށި އުސޫލަކުން ކަމަށް

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 6 މެއި 2021 | ބުރާސްފަތި 17:47
ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު

ގާނޫނު އަސާސީން ހިމާޔަތްކޮށްދެނީ ހަމައެކަނީ ދައުވާ ލިބޭ މީހާގެ ހައްގު ނޫންކަމަށް، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނެފިއެވެ.

ޖިންސީ ގޯނާގެ ދައުވާތަކެއް ރައްދުވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުން ވަނީ އެ މައްސަލަ ބާތިލުކޮށްފައެވެ. އެ މައްސަލަ ހައިކޯޓުން ބާތިލުކޮށްފައިވަނީ އެ މައްސަލަ އޭނާގެ ޣައިރު ހާޒިރުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެއެވެ. އެހެންކަމުން ދައުލަތުން ވަނީ މި މައްސަލަ ސުޕްރީމްކޯޓަށް ހުށަހަޅާފައެވެ.

Advertisement - newsAdvertisement

ސުޕްރީމްކޯޓަށް ވެސް އަލީ ވަހީދު ހާޒިރު ކުރެވިފައި ނުވާތީ ބުރާސްފަތި ދުވަހު ބޭއްވި އިޖުރާއީ އަޑުއެހުމުގައި، ދައުލަތުން ވަނީ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ތަފްސީލުކޮށް ކިޔައިދީފައެވެ.

މައްސަލައިގައި ކަން ހިނގައި ދިޔަގޮތްކަމަށް ދައުލަތުން ކިޔައިދިން ވާހަކަތައް:

ދައުލަތުން ބުނީ އަލީވަހީދުގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ގޯނާގެ މައްސަލައިގެ ތަހުގީގު ފެށުނު ހިސާބުން ފެށިގެން އޭނާގެ ޕާސްޕޯޓު އޮތީ ހިފަހައްޓާފައި ކަމަށެވެ. އެހެން ނަމަވެސް މި މައްސަލައިގައި އަލީ ވަހީދުގެ ޕާސްޕޯޓު އަލުން ދޫކުރުމުގައި އަމަލުކޮށްފައިވަނީ ކްރިމިނަލްކޯޓުގައި އެހެން މައްސަލަތަކުގައި އަމަލުކުރާ އާންމު އިޖުރާއަތްތަކާ ޚިލާފަށް ކަމަށެވެ.

ދައުލަތުން ބުނީ މިބާވަތުގެ އެހެން މައްސަލަތަކުގައި، މެޑިކަލް ސެޓިފިކެޓް ހުށަހެޅުމުން، އެކަން ހިއްސާކުރާކަމަށާއި އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާނެ ފުރުސަތުލިބޭ ކަމަށެވެ. އެހެން ނަމަވެސް މި މައްސަލައިގައި ކަންހިނގާފައިވަނީ އެ އުސޫލުން ނޫންކަން ދައުލަތުން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި އައިޖީއެމްއެޗުން އަލީ ވަހީދުގެ މެޑިކަލް ޗެކަޕެއް ހެދުމަށް ކްރިމިނަލް ކޯޓުން ވަނީ އަންގާފައެވެ. އަދި ޚަބީރެއްގެ ގޮތުގައި ޑރ. ޝާން ހާޒިރުކުރުމަށްފަހު ސުވާލުކުރެވިފައިވެއެވެ. ދައުލަތުން ބުނީ މީއީ މީގެ ކުރިން އެއްވެސް މައްސަލައެއްގައި އަމަލު ކޮށްފައިވާ ގޮތެއް ނޫންކަމަށެވެ.

ކްރިމިނަލް ކޯޓުގައި ޑރ. ޝާން ހަވާލާ ދެއްވީ ކޮން މެޑިކަލް ޑޮކިއުމެންޓަކަށް ކަމެއް ނޭނގޭ ކަމަށާއި، އައިޖީއެމްއެޗުން ދިން ޑޮކިއުމެންޓް މިހާތަނަށް ފެނިފައިނުވާކަމަށް ދައުލަތުން ބުނެފައިވެއެވެ.

ދައުލަތުންބުނީ މި މައްސަލައިގެ އަޑުއެހުމުގައި މީހަކު ޖާމިނު ކުރުމަށްފަހު ޕާސްޕޯޓު ދޫކުރުމަށް ދައުލަތުން އިއުތިރާޒް ކުރި ކަމަށާއި، ދައުލަތުން ވަކި މުއްދަތަކަށް ދެވޭ ޓްރެވެލް ޑޮކިއުމަންޓެއް ދިނުމަށް އިއުތިރާޒް ނުކުރާ ކަމަށެވެ.

ކްރިމިނަކް ކޯޓުގެ ޝަރީއަތުގައި އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރާނީ ވަކި މުއްދަތަކަށް ކަމަށް ގާޒީ ވިދާޅުވި ނަމަވެސް، ހުއްދައިގެ ލިޔުމުގައި ވަނީ ވަކި މުއްދަތެއް ނެތްގޮތަށް ޕާސްޕޯޓު ދޫކޮށްފައި ކަމަށް ދައުލަތުން ބުނެއެވެ.

ދައުލަތުން ބުނީ ފުރައިގެން ދިޔުމުގެ ހުއްދައަށް އެދޭ ފޯމް އަލީ ވަހީދު ކްރިމިނަލް ކޯޓަށް ހުށަހަޅުއްވާފައިވީ ނަމަވެސް، އެ ފޯމަކީ މައުލޫމާތު އެއްކޮށް ފުރިހަމަވެފައި ނުވާ ފޯމެއް ކަމަށެވެ. އެގޮތުން އެ ފޯމުގައި ގުޅޭނެ ނަންބަރު ނެތްކަން ދައުލަތުން ފާހަގަކުރިއެވެ.

އެހެން ނަމަވެސް މި މައްސަލައިގައި އަލީ ވަހީދު ފުރާފައި ވަނީ އޭނާއަށް ލިބިފައި އޮތް ހުއްދައިގެ ދަށުން ކަމަށް ދައުލަތުން ގަބޫލުކުރެއެވެ.

އަލީ ވަހީދުއަށް ޕާސްޕޯޓު ދޫކުރި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އަލީ ވަހީދު ކަންކުރައްވާފައިވަނީ ހައިކޯޓުގެ އިސްތިއުނާފަށް ހުރަސްއެޅޭނޭހެން ކަމަށާއި، އޭނާ ހާޒިރުކުރުމަށް އެކިފަހަރު މަތިން ކުރެވުނު މަސައްކަތުން ހާޒިރުކުރެވޭ ގޮތް ވެފައި ނުވާކަމަށެވެ. 

ދައުލަތުން ސުޕްރީމްކޯޓުގައި ވެސް ވަކާލާތުކުރީ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް:

ސުޕްރީމް ކޯޓުގެ އަޑުއެހުމުގައި، މި މައްސަލަ ޣައިރު ހާޒިރުގައި ކުރިއަށް ގެންދެވޭނެ ޤާނޫނީ ހަމަތަކާއި، އުސޫލުތަކާއި، ހާސިލްވާނެ ނަތީޖާއާއި ގުޅޭގޮތުން ފަނޑިޔާރުންގެ ގިނަ ސުވާލުތަކެއް ދައުލަތަށް ކުރިމަތި ކުރެވުނެވެ.

ޣައިރުހާޒިރުގައި ޝަރީއަތް ނުހިންގުމަކީ ގާނޫނުއަސާސީން ކޮންމެ މީހަކަށް ލިބިދޭ ހައްގެކެވެ. މި ހައްގު ހަނިކުރެވިދާނެތޯ ކުރެވުނު ސުވާލަށް ދައުލަތުން ބުނީ، ގާނޫނު އަސާސީގެ ހައްގުތައް މާނަ ކުރަން ޖެހޭނީ ހަމަހަމަވާނެހެން ކަމަށެވެ. އަދި ހާޒިރުވެގެން ޝަރީއަތް ހިންގުމުގެ ހައްގު ލިބިފައިވަނިކޮށް، ހާޒިރު ނުވުމުން އޭގެ މާނައަކީ އަމިއްލައަށް އެ ހައްގު ދޫކޮށްލުން ކަމަށް ދައުލަތުން ފާހަގަކުރިއެވެ.

މި ކަމުން ހާސިލް ކުރަން ބޭނުންވާ މަގުސަދާއި ގުޅޭ ގޮތުން ދައުލަތުން ބުނީ އަސްލު މައްސަލައިގެ އަޑުއެހުން އެކަށީގެންވާ އަވަސް މިނުގައި ހިންގުމަށް ކަމަށާއި، އެފަދަ އަމުރަކާއި ނުލާ އިންޓަޕޯލް މެދުވެރިކޮށް އޭނާ ގެނައުމަށް ދަތިވާކަމަށެވެ.

ޣައިރު ހާޒިރުގަ ހިންގޭ ގޮތަށް ނިންމައިފި ނަމަ ނަހަމަ ގޮތުގައި އެނިންމުން ބޭނުންކުރުމުގެ ފުރުސަތު އޮވެދާނެތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި ދައުލަތުން ބުނީ، ޣައިރު ހާޒިރުގައި މައްސަލަ ނިންމަން ވާނީ ވަރަށް ހަރުކަށި އުސޫލަކުން ކަމަށެވެ. އެހެން ހުރިހާ ޝަރީއަތެއް ޣައިރު ހާޒިރުގައި ހިންގުމަށް ހުޅުވޭ ދޮރަކަށް ވެގެން ނުވާނެ ކަމަށެވެ.

އެކަމަކު މުތުލަގުކޮށް މި ބާވަތުގެ މައްސަލައެއް ވެސް ޣައިރު ހާޒިރުގައި ނުނިންމޭ ގޮތަށް ކަނޑައަޅައިފި ނަމަ، މާލީ ތަނަވަސްކަން ހުރި މީހުންގެ މައްސަލަތައް ކުރިއަށް ގެންދެވޭހާ ހިނދަކު، އެމީހުން ފިލައިގެން ގޮސް އެނބުރި ނާންނާނެ ކަމަށް ދައުލަތުން ބުނެފައިވެއެވެ.

މި މައްސަލަ ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން ނިންމާ ގޮތެއް އެންގުމަށް އިތުރު އަޑުއެހުމެއް ދެން ނުބާއްވާނެ ކަމަށާއި ގޮތެއް ނިންމުމަށް ފަހު ދައުލަތާއި ކަމާބެހޭ ފަރާތްތަކަށް އަންގައި ކޯޓުގެ ވެބްސައިޓުގައި ވެސް ހާމަކުރާނެ ކަމަށް ރިއާސަތު ބެލެހެއްޓެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާ ތަކަކީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދައުވާ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް