Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮޕާ އެމެރިކާ

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ފެށެން ދެންއޮތީ އެއްމަސް!

6 މެއި 2021 | ބުރާސްފަތި 06:59

މުބާރާތް ކުރިއަށްދާނީ ޖޫން ތޭރައިން ޖުލައި ދިހަޔަކަށް

| 6 މެއި 2021 | ބުރާސްފަތި 06:59
ކޮޕާ އެމެރިކާގެ ޓްރޮފީ: މިފަހަރުގެ މުބާރާތް ކުރިއަށް ދާނީ ޖޫން ތޭރެއިން ޖުލައި ދިހަޔަކަށް އާޖެންޓީނާ އާއި ކޮލަމްބިއާގައި

ކޮޕާ އެމެރިކާގެ ޓްރޮފީ: މިފަހަރުގެ މުބާރާތް ކުރިއަށް ދާނީ ޖޫން ތޭރެއިން ޖުލައި ދިހަޔަކަށް އާޖެންޓީނާ އާއި ކޮލަމްބިއާގައި

ކޮވިޑުގެ ސަބަބުން އަހަރެއްހައި ދުވަހަށް ފަސްވުމަށްފަހު ކުރިއަށް އޮތް ޖޫން މަހު ދެކުނު އެމެރިކާގެ ގައުމުތަކުގެ ފުޓްބޯޅަ މުބާރާތް ފަށާނެއެވެ. މުބާރާތް ކުޅޭނީ ޖޫން ތޭރައިން ޖުލައި ދިހަޔަކަށެވެ. މިފަހަރު ބާއްވަނީ 47 ވަނަ ކޮޕާ އެމެރިކާއެވެ. މިއީ ދެކުނު އެމެރިކާ ކޮންޓިނެންޓަށް ނިސްބަތްވާ ގައުމުތަކުގެ މެދުގައި 1916 ވަނަ އަހަރުން ފެށިގެން ބައްވަމުން އަންނަ މުބާރާތެކެވެ. ދުނިޔޭގެ އެންމެ ދުވަސްވީ ބައިނަލްއަގުވާމީ މުބާރާތަކީވެސް މިއީއެވެ.

ކޮޕާ އެމެރިކާއަކީ ދިވެހިން ވެސް ޝާމިލްވާނޭހެން ފުޓްބޯޅައަށް ލޯބިކުރާ މީހުންގެ ޝައުގުވެރިކަން އެންމެ ބޮޑަށް ލިބިފައިވާ އެއް މުބާރާތެވެ. މިއީ ވާދަވެރިކަން އެންމެ ބޮޑު އަދި ޓީމުތަކުގެ ހަމަހަމަކަން ވެސް އެންމެ ބޮޑު މުބާރާތެވެ. މިހާތަނަށް 8 ގައުމަކުން ތަށި ކާމިޔާބުކޮށްފައިވެއެވެ. އެންމެ ގިނައިން މި ތަށި ހޯދާފައިވަނީ އުރުގުއޭ އެވެ. ދެން އާޖެންޓީނާއެވެ. އެންމެ ގިނަ ފައިނަލްގައި ކުޅެ އެންމެ ގިނައިން ބަލިވެފައިވަނީ ވެސް އާޖެންޓީނާއެވެ. އެންމެ ފަހުން މި މުބާރާތް ބޭއްވިފައިވަނީ 2019 ވަނަ އަހަރު ބްރެޒިލްގައެވެ. ތަށި ހޯދީވެސް ބްރެޒިލްއެވެ.

ބްރެޒިލް އަތުން ތަށި އަތުލުމުގެ ރޫހުގައި އެހެން ގައުމުތަކުން މިފަހަރުގެ މުބާރާތަށް ނުކުންނައިރު ކޮޕާ އެމެރިކާގެ ތާރީޚުގައިވެސް މިއީ އެންމެ ތަފާތު މުބާރާތެވެ. މިފަހަރު މެޗުތައް ކުޅޭނީ ދެ ގައުމެއްގައެވެ. މީގެ ކުރިން ދުވަހަކުވެސް ދެ ގައުމެއްގައި މުބާރާތް ނުބާއްވައެވެ. އަބަދުވެސް ބާއްވަނީ އެއް ގައުމެއްގައެވެ. މީގެ ކުރިން ވޯލްޑްކަޕާއި ޔޫރޯއިން މި އުސޫލު ފެނިފައިވެއެވެ. އެކަމަކު މިއީ ކޮޕާ އެމެރިކާ މިގޮތަށް ބައްޓަން ކުރި ފުރަތަމަ ފަހަރެވެ. މިފަހަރުގެ މުބާރާތް ބާއްވާ ދެ ގައުމަކީ އާޖެންޓީނާ އާއި ކޮލަމްބިއާ އެވެ. މީގެ ތެރެއިން އާޖެންޓީނާއަކީ މުބާރާތުގެ އެއް ފެވަރިޓެވެ. އަނެއް ފެވަރިޓަކީ ބްރެޒިލްއެވެ.

ގްރޫޕް އޭގެ މެޗުތައް ކުޅޭނީ އާޖެންޓީނާގައެވެ. ގްރޫޕް ބީގެ މެޗުތައް ކުޅޭނީ ކޮލަމްބިއާގައެވެ. އާޖެންޓީނާ އޮންނަނީ ކޮންޓިނެންޓުގެ އިރުމަތީ ބިތުގައި ކަމަށް ވުމުން އެ ގައުމުގައި ކުޅޭ މެޗުތައް ފަށާ ގަޑި ކޮލަމްބިއާއަށް ވުރެ ކުޑަ ތަންކޮޅެއް އަވަސްވާނެއެވެ. ކޮންމެ ގްރޫޕަކުންވެސް އެއްވަނަ އާއި ދެވަނަ ނޮކައުޓް މެޗުތައް ކުޅޭނީ ގްރޫޕު މެޗުތައް ވެސް ކުޅުނު ގައުމުގައެވެ. އެކަމަކު ތިންވަނަ އާއި ހަތަރު ވަނަ ޓީމު ދަތުރު ކުރަން ޖެހޭނީ އަނެއް ގައުމަށެވެ.

ކޮންމެ ގްރޫޕެއްގައި ވެސް ހިމެނެނީ ފަސް ޓީމެވެ. ނޮކައުޓް ބުރަށް ދާނީ ކޮންމެ ގްރޫޕަކުންވެސް ހަތަރު ޓީމެވެ. ކަޓާނީ ކޮންމެ ގްރޫޕެއްގެ ވެސް އެންމެ ފުލަށްދާ ޓީމެވެ. ގްރޫޕް އޭ ގައި ހިމެނެނީ އާޖެންޓީނާ، އުރުގުއޭ، ޗިލީ، ޕެރަގުއޭ އަދި ބޮލީވިއާ އެވެ. ގްރޫޕް ބީ ގައި ހިމެނެނީ ކޮލަމްބިއާ، ބްރެޒިލް، ޕެރޫ، އިކުއެޑޯރ އަދި ވެނެޒުއެލާ އެވެ.

މިފަހަރު ދެ ގްރޫޕަކަށް ބަހައިލަން ޖެހުނީ އާއްމު ގޮތެއްގައި މި މުބާރާތަށް ދައުވަތު ދީގެން އެހެން ކޮންފެޑެރޭޝަނަކުން ގެންނަ ދެ ޓީމު މިފަހަރު ފުރުސަތުގެ ބޭނުން ނުހިފުމުންނެވެ. ދައުވަތު ދިނީ އޭއެފްސީގެ މެންބަރުންގެ ތެރެއިން ގަތަރާއި އޮސްޓްރޭލިޔާއަށެވެ. އެކަމަކު ކޮވިޑުގެ ކަންތައް ހުރިގޮތުން ބައިވެރި ވެވެން ނެތްކަމަށް އެ ދެ ގައުމުން ވަނީ އަންގައިފައެވެ.

މުބާރާތް ހުޅުވައިދޭނީ އާޖެންޓީނާ އާއި ޗިލީގެ މެޗުންނެވެ. މި މެޗު ކުޅޭނީ ޖޫން ތޭރަ ވަނަ ދުވަހުގެ ރޭ މާލޭގަޑިން މެންދަމުއެވެ. މުބާރާތުގެ ފައިނަލް ކުޅޭނީ ޖުލައި އެގާރަ ވަނަ ދުވަހު ފަތިހުއެވެ. ތިން ވަނަ ހޮވާ މެޗުވެސް ކުޅޭނީ ހަމަ އެދުވަހުއެވެ. ހުޅުވާ މެޗު އާޖެންޓީނާގައި ކުޅެފައި ފައިނަލް މެޗު ކުޅޭނީ ކޮލަމްބިއާގައެވެ.

ކޮޕާ އެމެރިކާއަކީ ދިވެހިންވެސް ވަރަށް ޝައުގިވެރިވާ މުބާރާތެކެވެ. އެކަމަކު ކޮޕާ އެމެރިކާގެ މެޗުތައް ލައިވްކޮށް ބެލުން ދިވެހީންނަށް އޮންނަނީ ތަންކޮޅެއް އުނދަގޫ ކަމެއްގެ ގޮތުގައެވެ. އޭގެ ސިއްރަކީ ދިވެހިރާއްޖޭގެ ގަޑިޔާއި ދެކުނު އެމެރިކާގެ ގައުމުތަކުގެ ގަޑީގެ ފަރަގު ބޮޑުކަމެވެ. މެޗު ކުޅޭ ގަޑިތަކަކީ ގިނަފަހަރު ރާއްޖޭގައި ފަތިހުގެ ވަގުތެވެ. އެހެންވީމާ ނިދިނަގާލައިގެން ތިބެވެން ނޯންނަނީ އެވެ. މަސައްކަތަށް ނުކުތުމާއި މެޗު ބެލުމާއި ދެކަންތައް އެކުއެކީގައި ކުރެވެން ނޯންނަނީއެވެ.

މިފަހަރުވެސް ކޮޕާ އެމެރިކާގެ ގަޑިތައް ހުރީ އެކަހަލަ ގޮތަކަށެވެ. އެންމެ އަވަސް މެޗުތައް ވެސް ފަށާނީ މާލޭގަޑިން މެންދަމުން އަނބުރާ ދޭއް ޖަހާއިރުއެވެ. އެ މެޗުތައް ނިމޭއިރު ހުންނާނީ ފަތިހު ހަތަރެއް ޖަހައިފައެވެ. އެންމެ ލަސް މެޗުތައް ފަށާނީ މާލޭގަޑިން އިރުއަރައި ހަޔެއް ޖަހާއިރުއެވެ. އެ މެޗުތައް ނިމޭއިރު ހުންނާނީ ހެނދުނު އަށެއް ޖަހައިފައެވެ. ދެން މެޗުތައް ހުރީ މުޅިންވެސް ދޭކާއި ހަޔަކާއި ދެމެދުގައެވެ. ތިނެއްޖަހާއިރާއި ހަތަރެއް ޖަހާއިރާއި ފަހެއް ޖަހާއިރަށް ވެސް މެޗުތައް ޝެޑިއުލް ކުރެވިފައިވެއެވެ.

އާޖެންޓީނާގައި ކުޅޭ މެޗުތައް ފަށާ ގަޑި ކޮލަމްބިއާގައި ފަށާ ގަޑިތަކަށްވުރެ ކުޑަ ތަންކޮޅެއް އަވަހެވެ. އަވަސް މެޗެއްގެ މިސާލަކީ މުބާރާތް ހުޅުވުމުގެ ގޮތުން އާޖެންޓީނާ އާއި ޗިލީ ބައްދަލުކުރާ މެޗެވެ. ފަށާނީ މެންދަމުން އަނބުރާ ދޭއްޖަހާއިރުއެވެ. ލަސް މެޗެއްގެ މިސާލަކީ ބްރެޒިލް އާއި އިކުއެޑޯރުގެ މެޗެވެ. ފަށާނީ ފަތިހު ހަޔެއް ޖަހާއިރުއެވެ. ސެމީގެ ދެމެޗުގެ ތެރެއިން އެއްމެޗާއި ކުއާޓަރ ފައިނަލްގެ ހަތަރު މެޗުގެ ތެރެއިން ދެ މެޗެއް ފަށާނީ ފަތިހު ހަޔެއް ޖަހާއިރުއެވެ. ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައިވަނީ ފަތިހު ފަހެއް ޖަހާއިރުއެވެ.  

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

30 ޖެނުއަރީ 2017
ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
12 ޖެނުއަރީ 2017

އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި

12 ޖެނުއަރީ 2017
އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް