Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް ކޭސްތައް އިތުރުވުމާއި ފަތުރުވެރިކަން

އިންޑިއާގެ ފަތުރުވެރިން ނައުމަށްވުރެ ކޭސްތައް އިތުރުވުމުން ކުރާނެ އަސާރާމެދު ކަންބޮޑުވޭ - ޑރ.މައުސޫމް

އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު ދަށަށް ދާން ފެށުމުން އޭގެ އަސަރު ނަންބަރުތަކުން ފެންނަން ފެށި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 5 މެއި 2021 | ބުދަ 10:40
ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް

ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް

އިންޑިއާގެ ފަތުރުވެރިން ރާއްޖެ ނައުމަށްވުރެ، ރާއްޖޭގެ ކޮވިޑް ކޭސްތައް އިތުރުވުމުން ފަތުރުވެރިކަމަށް ކުރާނެ އަސަރާމެދު ކަންބޮޑުވާކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީ އާއި ވާހަކަދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ މިނިސްޓްރީން އުންމީދުކުރަމުން ދިޔައީ އޭޕްރިލް މަހު ރާއްޖޭގެ ފަތުރުވެރިކަން މަޑުމަޑުން ކުރިއަރައި މަސް ނިމޭއިރު، ފަތުރުވެރިންގެ އަދަދު ލައްކައަކުން މަތީގައި ހުންނާނެ ކަމަށެވެ. ނަމަވެސް ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން މިއަހަރު އަންނަމުން އައި އިންޑިއާގެ ފަތުރުވެރިންގެ އަދަދު ދަށަށްދާން ފެށުމުން އޭގެ އަސަރު ނަންބަރުތަކުން ފެންނަން ފެށިކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ އަހަރުގެ ފުރަތަމަ ތިން މަހު ރާއްޖެއަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 800ށް ވުރެ ގިނަ އިންޑިއާ ފަތުރުވެރިން އައި ނަމަވެސް އޭޕްރިލް މަހު އެއަދަދު 600 އަށް ވެއްޓިފައިވާއިރު މިހާރު ދުވާލެއްގެ މައްޗަށް 200 އެއްހާ ފަތުރުވެރިންވެސް ނާންނަކަމަށެވެ. ނަމަވެސް ގަބޫލުކުރަން ބޭނުންވަނީ މިއީ ކުޑަދުވަސްކޮޅެއްގެ ކަމެއް ކަމަށާއި އިންޑިއާގެ ހާލަތު ރަނގަޅުވީހާ އަވަހަކަށް އެގައުމުގެ ފަތުރުވެރިން ރާއްޖެ އަންނަން ފާށާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިހާލަތުގައި އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބެނީ ޔޫރަޕްގެ ކޮވިޑް-19ގެ ހާލަތު ރަނގަޅުވަމުން އައިސް އެގައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ފެށުމުން ޔޫރަޕްގެ ފަތުރުވެރިން ރާއްޖެ އަންނަން ފެށުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް އެގައުމުތަކުން ދަތުރުކުރުމަށް ލުއިދޭއިރު، އާބާދީގެ ނިސްބަތުން ކޮވިޑްގެ ޕޮޒިޓިވް ކޭސްތައް އުޅެނީ ކިހާވަރަކަށްތޯ ބަލާކަމަށާއި މިގޮތަށް ބަލާއިރު، ރާއްޖޭގެ އަދަދުތައް މިހާރު މިއުޅެނީ ވަރަށް މަތީގައި ކަމަށާއި މީގެ ސަބަބުން ފަތުރުވެރިން ރާއްޖެ އައުމަށް ފަސްޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ މައުސޫމް ވިދާޅުވީ ފަތުރުވެރިން ރާއްޖެ އައުމަށްފަހު އަނބުރާ ގައުމަށް ގޮސް ކަރަންޓީންގެ މުއްދަތެއް ފުރިހަމަކުރަން ޖެހޭނަމަ ރާއްޖެ އަންނަން ބޭނުން ނުވާނެ ކަމަށެވެ.

މީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓަށް އަސަރުކުރާނެ ކަމަށާއި އެކަމާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހާލަތު ބޭރުގެ ގައުމުތަކާއި ހިއްސާކުރަމުންދާ ކަމަށާއި ރިސޯޓްތަކުން ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު މިވަނީ އެއްވަރެއްގައި ހިފެހެއްޓިފައި ކަމަށެވެ. މިފަހަކަށް އައިސް މިއަދަދު ދަށްވަމުން އަންނަތަން ފެންނަކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަަރ ވިދާޅުވީ ރިސޯޓްތަކުން ޕޮޒިޓިވްވާ ކޭސްތައްވެސް ފެންނަމުން މިދަނީ ފުރަން ވެގެން ހަދާ ޕީސީއާރު ޓެސްޓުގެ ނަތީޖާއިން ކަމަށެވެ. ފަތުރުވެރިކަމުގެ ސިނާއަތް މިވަނީ މިވޭތުވެދިޔަ ތަނުން ފިލާވަޅު ހާސިލްކޮށް، ކޮވިޑްގެ މިހާލަތަށް ވަރަށް ބޮޑަށް ހޭނިފައިކަމަށާއި، ސިއްހީ އިދާރާތަކާއި ގުޅިގެން އަމަލުކުރާނެ ގޮތުގެ ތަޖުރިބާ ވަރަށް ރަނގަޅަށް ހޯދައި މިކަމަށް ފަރިތަވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ރާއްޖެއިން ފަތުރުވެރިކަމަށް މިއަހަރު ކަނޑައަޅާފައިވާ ނަންބަރުތައް ހާސިލްކުރެވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށް ވިދާޅުވެފައެވެ. މި އަމާޒަށް ވާސިލްވުމުގެ ކުޅަދާނަކަން ފަތުރުވެރިކަމުގެ ސިނާއަތުގައި އެބަހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޓޫރިޒަމް މިނިސްޓަރ މިމޭރުމުން ވާހަކަދައްކަވާފައި ވާއިރު، ރާއްޖެ އަންނަ ފަތުރުވެރިންގެ 23 އިންސައްތަ ހިއްސާކުރަމުން އެއް ވަނައިގައި އޮތް އިންޑިއާ މިހާރު ވަނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ދެ ވަނަ އަށް ވެއްޓިފައެވެ. ރަޝިއާ މި ލިސްޓުގެ އެއްވަނަ ޖެހިލާފައިވާއިރު، އެ ގައުމުން މިހާރު ހިއްސާކުރަނީ ރާއްޖެ އަންނަ ފަތުރުވެރިންގެ 22.4 އިންސައްތައެވެ. އަދި އިންޑިއާގެ ފަތުރުވެރިން ހިއްސާކުރަނީ 21.9 އިންސައްތައެވެ.

އިތުރަށް ކިޔާލަން

17 މާރިޗު 2017

ފެނަކައިގެ ބިޒަނަސް ޕްލޭން ހަދަން 8.7 މިލިއަން ރުފިޔާ އަށް އިންޑިއާގެ ކުންފުންޏަކަށް

17 މާރިޗު 2017
ފެނަކައިގެ ބިޒަނަސް ޕްލޭން ހަދަން 8.7 މިލިއަން ރުފިޔާ އަށް އިންޑިއާގެ ކުންފުންޏަކަށް
26 ފެބުރުއަރީ 2017

ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ

26 ފެބުރުއަރީ 2017
ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ
23 ފެބުރުއަރީ 2017

ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

23 ފެބުރުއަރީ 2017
ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި
21 ފެބުރުއަރީ 2017

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

21 ފެބުރުއަރީ 2017
އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
14 ފެބުރުއަރީ 2017

ދެ ފަތުރުވެރިން މަރުވި މައްސަލަ: ލޯންޗުގެ ކެޕްޓަނުގެ މައްޗަށް ދައުވާ ކޮށްފި

14 ފެބުރުއަރީ 2017
ދެ ފަތުރުވެރިން މަރުވި މައްސަލަ: ލޯންޗުގެ ކެޕްޓަނުގެ މައްޗަށް ދައުވާ ކޮށްފި
04 ފެބުރުއަރީ 2017

ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ

04 ފެބުރުއަރީ 2017
ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު