Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ ޝިޔާމާ އާއި ނިޝާމާ މަގާމުން ވަކިކުރުން

ސަސްޕެންޝަންގައި ތިބި ޝިޔާމާ އާއި ނިޝާމާ މަގާމުން ވަކިކޮށްފި

ސަސްޕެންޑު ކޮށްފައިވަނީ، 2020ވަނަ އަހަރުގެ އޯގަސްޓް މަހުގެ 17 ވަނަ ދުވަހު

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 4 މެއި 2021 | އަންގާރަ 08:30
ޝިޔާމާ އާއި ނިޝާމާ ވަކިކޮށްފައިވަނީ އަންގާރަ ދުވަހު

ޝިޔާމާ އާއި ނިޝާމާ ވަކިކޮށްފައިވަނީ އަންގާރަ ދުވަހު

ވެންޓިލޭޓަރު މައްސަލައާގުޅިގެން މަގާމުގެ މަސްއޫލިއްޔަތު ތަކުން އެކަހެރި ކުރި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދު މަގާމުން ވަކިކޮށްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ، މި ދެބޭފުޅުން ވެސް މަގާމުން ވަކި ކޮށްފައިވަނީ އަންގާރަ ދުވަހު ކަމަށެވެ.

މި ދެ ބޭފުޅުން ސަސްޕެންޑު ކޮށްފައިވަނީ، 2020 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 17 ވަނަ ދުވަހުއެވެ. މިއަދާ ހަމައަށް ވެސް ނިޝާމާ އާއި ޝިޔާމާ ތިއްބެވީ މުސާރަ ހިނގާ ގޮތަށް ސަސްޕެންޝަންގައެވެ.

ނިޝާމާ އާއި ޝިޔާމާއަކީ ވެސް ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ.

ވެންޓިލޭޓަރު މައްސަލާގައި ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީއަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު، އެ ކޮމިޓީގެ ޗެއާއަކީ ނިޝާމާއެވެ. ޝިޔާމާ ވެސް އެ ކޮމިޓީގައި ބައިވެރިވެވަޑައިގަންނަވައެވެ.

ނިޝާމާ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ވެންޓިލޭޓަރު މައްސަލާގައި އޭނާ އަމަލު ކުރައްވާފައިވަނީ އަމާނަތްތެރިކަމާއެކު ތެދު ނިޔަތުގައި ކަމަަށެއެވެ. އޭސީސީގެ ތަހުގީގުން ވެސް ބިޑް ކޮމިޓީގެ އިހުމާލު ފާހަގަ ކުރެވިފައިވާއިރު، މި މައްސަލާގެ ތުހުމަތު އޭސީސީން ކުރާ ބޭފުޅުންގެ ލިސްޓްގައި ނިޝާމާ އާއި ޝިޔާމާ ހިމެނެއެވެ. ނަމަވެސް، މިހާތަނަށް އެ މައްސަލާގައި ދައުވާ ކުރުމާ ހަަމައަކަށް ނުދެއެވެ.

މީގެ އަހަރެއްހާ ދުވަސްކުރިން އެޕްރީލް، 2، 2020 ގައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ އެކު ހެލްތު މިނިސްޓްރީން ވެންޓިލޭޓަރު ހޯދަން އެއްބަސްވެފައިވީ ނަމަވެސް މިހާތަނަށް ރާއްޖެ ފޮނުވީ ޖުމްލަ 15 ވެންޓިލޭޓަރެވެ. އެތައް މުއާމަލާތްތަކަކަށް ފަހު ވެސް ބާކީ 60 ވެންޓިލޭޓަރު އެ ކުންފުނިން ނުފޮނުވި އެވެ.

ވެންޓިލޭޓަރު ހޯދަން އެގްޒެކިއުޓާސްއާ އެކު ހެލްތު މިނިސްޓްރީން އެއްބަސްވީ 34 މިލިއަން ރުފިޔާ އަށެވެ. މީގެތެރެއިން 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް ބޭންކް ގެރެންޓީއަކާ ނުލައި އެޑްވާންސްގެ ގޮތުގައި ވަނީ ދޫކޮށްފައެވެ.

ސަރުކާރުން މިހާރު ވަނީ ކުންފުންޏާއެކު އޮތް އެއްބަސްވުން ބާތިލްކުރަން ނޯޓިސް ފޮނުވާފައެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު