Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެކުވެރިކަމުގެ ރިވެތި ނަމޫނާ

"ހިންދެމިލައި ދެލޯ މަރާލީ އެކުވެރިޔާ ވިންދުޖަހާކަން ޔަގީން ކުރުމަށްފަހު"

ޝިފާޒަކީ ގްރޫޕުގައިވެސް ހުރި އެންމެ ނޭވާ ދިގު މީހާ

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 2 މެއި 2021 | އާދީއްތަ 14:41
ޖަޒްލީން ވަނީ އެދުވަހު ކަން ހިނގިގޮތަށް ރާއްޖެ އެމްވީއާއި ހިއްސާކޮށްފައި

ޖަޒްލީން ވަނީ އެދުވަހު ކަން ހިނގިގޮތަށް ރާއްޖެ އެމްވީއާއި ހިއްސާކޮށްފައި

އެކުވެރިކަމަކީ ގަދަފަދަ ބާރެއް ކަމުގައި އަޅުގަޑުމެން އެންމެ ޅަފަތުން ފެށިގެން މިދަނީ ދަސްކުރަމުންނެވެ. ހަޔާތުގެ އެކި އިމްތިހާނުތަކުގައި ހެޔޮލަފާ އިތުބާރު ހިފޭ މިތުރެއް ހުރިނަމަ ރާސްތާ ފަސޭހަވެގެން ދާނެކަމީ ޝައްކެއްވެސް ނެތް ކަމެކެވެ.

ނުރައްކަލެއް އަންނަ ވަގުތު އެކުވެރިޔަކު ދިފާއުގައި ނުކުންނާނެކަން އޭރުން ޔަގީންވާނެއެވެ. މަރަށް ތެޅެން ދޫކޮށްނުލާނެކަމުގެ ޔަގީންކަންވެސް ލިބޭނެއެވެ.

މިދިޔަ އޭޕްރިލް މަހުގެ 26 ވަނަ ދުވަހު ފ. ނިލަންދޫން ފެނިގެން ދިޔައީ އެކުވެރިކަމުގެ މިފަދަ މިސާލެކެވެ. މިޒަމާނުގެ ގޮތަށް ބުނާ ނަމަ ބެސްޓް ފްރެންޑްސްގެ ހަގީގީ ކުލަ މި ހާދިސާއިން ދިވެހި މުޖުތަމައަށް ދައްކާދިނެވެ.

މި ދެންނެވީ ފ.ނިލަންދޫގައި 26 އެޕްރީލް 2021 ގައި ހިނގައިދިޔަ ހާދިސާގައި މަސްހިފަން ގޮސް އުޅެނިކޮށް އަޑިއަށް ގޮސް މައްޗަށް ނޭރުނު ފ.ނިލަންދޫ، ބަގީޗާގެ 21 އަހަރުގެ އަހުމަދު ޝިފާޒް މުހައްމަދު ސަލާމަތް ކުރަން އޭނާގެ އެންމެ ގާތް އެކުވެރިޔާ ފ.ނިލަންދޫ، އާސްތާނާ 22 އަހަރުގެ ޖަޒްލީން މުހައްމަދު ދެއްކި ލާމަސީލު މިސާލުގެ ވާހަކައެވެ.

ޖަޒްލީނާއި ޝިފާޒަކީ ސްކޫލް ދައުރުން ފެށިގެން އެކުގައި އުޅެމުންދާ އެންމެ ގާތް ދެ އެކުވެރިންނެވެ.

ރޯދަ މަސް ފެށުމުގެ ދެ ދުވަސް ކުރިން ފ. ނިލަންދޫ އަށް ނިސްބަތްވާ ޖަޒްލީނާއި ޝިފާޒުގެ އިތުރުން ފަސް އެކުވެރިން ކުޑަ ދޯންޏެއްގައި މަސް ހިފަން ނިކުތެވެ. ފ. ދަރަބޫދޫއަށް މަސްކިރުވުމަށް އެކަށޭނަ ވަރަށް މަސް ހިފުމަށްޓަކައި އެދުވަހު ކަނޑަށް ފޭބީ ހަތް މީހުންގެ ތެރެއިން ތިން މީހުންނެވެ.

އެދުވަހު ހެނދުނު 10 ޖަހާކަށް ހާއިރު ފުއްޓަރާއި ދިމާލުން ނުކުތީ ބޭރަށެވެ. އާދައިގެ މަތިން އެދުވަހަކީވެސް މަސްވެރިކަން ރަގަޅު ދުވަހެކެވެ. ބޮޑެތި މަސް ހިފުމަށް ޖަޒްލީނާއި ޝިފާޒު އަދި ފަރުހާދު ކަނޑަށް ފައިބައި އިސްވެ ތިބެގެން މަސައްކަތް ފެށިއެވެ.

އެދުވަހު މަސް ހިފުމަށް ދަނގަނޑެއްގައި ވަލެއް ޖަހައި މަހަށް ދަގަނޑު އަމާޒުކުރުމަށް ފަހު ވަލަށް ދަމައިގެން ގިނަ މަސްތަކެއް ނެގިއެވެ. މިގޮތަށް ތިބެގެން އެއްފަހަރު ޝިފާޒު އޭނާގެ ދަގަނޑު ބޮޑު މަހަކަށް ޖަހައިފިއެެވެ. އެހެންނަމަވެސް މަސް ދަގަނޑާއެކު ގޮސް ވަނީ ގަލަކަށެވެ. އެދުވަހުވެސް ދެތިން ފީނުމެއް ފީނާފައިވާ ޖަޒްލީނު ދަގަނޑު ނެގުމަށްޓަކައި އަޑިއަށް ފީނިއެވެ. އެހެންނަމަވެސް މަސައްކަތް ކާމިޔާބުނުވެ މައްޗަށް އެރީއެވެ.

ޖަޒްލީން މައްޗަށް އެރީމާ އެ ގުރޫޕުގައި ހުރި އެންމެ ނޭވާ ދިގު ޝިފާޒު އަޑިއަށް ފީނިއެވެ. ފީނިއިރުވެސް ދަގަނޑު ކަނޑާލާފައި ދަގަނޑު އެކަނި ހިފައިގެން އެރުމަށް އެކުވެރިން އިރުޝާދު ދިނެވެ. އެހެންނަމަވެސް ޝިފާޒު ބޭނުންވީ މަސްވެސް ހިފައިގެން މައްޗަށް އެރުމަށެވެ. އޭނާގެ މި ނިންމުން ވެގެންދިޔައީ ނުރައްކަލުގެ ތުންފަތް މައްޗަށް ޝިފާޒު ވައްޓާލި ފިޔަވަޅަކަށެވެ.

ދެން ފެނިގެން ދިޔައީ ޖަޒްލީންމެންގެ ތެރެއިން އެކަކުވެސް ހީނުކުރާ ކަމެކެވެ. ޝިފާޒުގެ ނޭވާއަށް އެންމެ ފަހަރަކު ފިންސުން ލަތްކެއް ޖަހާލި މަންޒަރެވެ.

ޖަޒްލީނުގެ އެންމެ ގާތް އެކުވެރިޔާގެ މި ހާލު ބަލަން އެންމެ ހިނދުކޮޅަކުވެސް މަޑުކުރާކަށް ބޭނުންނުވިއެވެ. ފުންނޭވާއެއް ލުމަށްފަހު އަޑިއަށް ފީނައިގަތެވެ. އެހެންނަމަވެސް ޝިފާޒު ނެގުން ފަސޭހަކަމަކަށް ނުވިއެވެ.

މައްޗަށް އެރުމަށްފަހު ޖަޒްލީން ފުން ނޭވާއެއް ލުމަށްފަހު ހުރިހާ އެކުވެރިން އެކުގައި އައިސް ވަލަށް ދަމަން އެހީވެ ޝިފާޒު ނެގުމުގައި އެހީވުމަށް ގޮވާލިއެވެ. ހުރިހާ އެކުވެރިންވެސް އޭރުތިބީ ގަބު އަރާފައެވެ. އެ ބިރުވެރި ވަގުތުކޮޅުގައި ވެސް ޖަޒްލީނުގެ ހިކުމަތްތެރިކަމާއި އަދި އެކުވެރިޔާ ސަލާމަތްކުރުމަށް ހުރި ނުގުޑާ އަޒުމްވެގެން ދިޔައީ ޝިފާޒު ސަލާމަތްވުމަށް މެދުވެރިވި މައިގަޑު ސަބަބު ކަމުގައެވެ.

ޖަޒްލީނުމެންގެ ގްރޫޕުގެ އެންމެންނަކީ ސްކޫލް ދައުރުގައި ކެޑޭޓްގައި އުޅުނު ދަރިވަރުން ކަމުން ފުރަތަމަ އެހީ ދިނުމަށް އަވަސްވެގަތެވެ. ވިންދު ހުރިތޯ ބަލައި އަތްފައި ހޫނުކޮށް ސީޕީއާރު ދިނުމަށް އަވަސްވެގަތެވެ.

ހޭނެތެން ކައިރިވެފައިވާ ޖަޒްލީނު އެވަގުތުވެސް ބޭނުންވީ އެކުވެރިޔާ ސަލާމަތްކުރުމަށެވެ. މި ސަަބަބަށްޓަކައި އެހީއަށް އަންނަ ލޯންޗް ފޯރަންދެން ފުރަތަމަ އެހީ ދިނުމުގައި އޭނާ ދެމިހުއްޓެވެ.

ފުލުހުންގެ ލޯންޗު އައުން ލަސްވާތީ ރަށުގެ އެހެން ލޯންޗެއް ވީ އެންމެ އަވަހަކަށް ގެނެސް ހޮސްޕިޓަލަށް ގެންދެވޭތޯ ދަތުރުފެށިއެވެ. އެވަގުތުވެސް ޖަޒްލީނު އިނީ ގާތް އެކުވެރިޔާއަށް އެހީވުމަށް ފުރަތަމަ އެހީ ދިނުމުގައެވެ.

ޖަޒްލީނަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާދިނުމަށްފަހު ދޫކޮށްލީ ތިން ދުވަސް ފަހުންނެވެ. ދޫކޮށްލުމާއެކު ވަގުތުން ލޯންޗެއް ހިފައިގެން މާލެއަށް އައިސް އެކުވެރި ޝިފާޒަށް ސަޕްރައިޒެއް ދިނެވެ.

ޝިފާޒާއި ބައްދަލުކުރަން މިވަގުތު މާލެ އައިސް ހުރި ޖަޒްލީން ރާއްޖެޓީވީއާއި ވާހަކަދައްކަމުން ބުނީ ބަޔާންކުރަން ނޭނގޭ ކަހަލަ އުފާވެރިކަމެއްގެ އިހުސާސް މިހާރު އެބަކުރެވޭ ކަމުގައެވެ. ޝިފާޒަށް ޖަޒްލީން ފެނުމާއެކު އުފަލުން ރޮއިގަނެފައި ބައްދާލިއެވެ.

ޖަޒްލީނާއި ޝިފާޒުގެ ހާލުވެސް މިހާރު މުޅިންހެން ވަނީ ރަގަޅުވެފައެވެ. ގިނައިރު ކަނޑުގެ އަޑީގައި އޮންނަން ޖެހުމުން ނޯށުގައި އަރިދަފުސް ހުރުމުން ނޭވާލުމަށް ކޮންމެވެސް ވަރަކަށް އުނދަގޫވެއެވެ.

މަސް ހިފަން އަދިވެސް ދާނަންތޯ ސުވާލު ކުރުމުން ޖަޒްލީން ބުނީ އެކަން ކުރުން ހުއްޓާނުލާނެ ކަމަށެވެ. ޖަޒްލީން ހުރީ ޝިފާޒަށް ދިމާވި ކަންތަކާއި ސަލާމަތް ކުރުމަށް އުޅެންޖެހުނު ދަތި ކަމުގެ ސަބަބުން ކަނޑަށް ފައިބައި ފީނަން ބިރުގެންފައެވެ.

ޖަޒްލީނުގެ ވާހަކަ ނިންމާލަމުން އޭނާ ވަނީ މޫދަށް އެރި ފީނަން އުޅޭއިރު އަބަދުވެސް ގާތުގައި އެހީތެރިއަކު ބެހެއްޓުމަށް އިލްތިމާސް ކޮށްފައެވެ. ފުނަށް ފީނަން ލޯބިކުރި ޖަޒްލީނަށް ކުރިމަތިވި ބިރުވެރި މި ހާދިސާގެ ސަބަބުން އޭނާގެ ހިތުގައި ބަޔާންކުރަން އުނދަގޫ ނުތަނަސްކަމެއް މިހާރު ވަނީ އުފެދިފައެވެ. ފުނަށް ފީނުމަކީ އޭނާ މިހާރު ގަބޫލުކުރާ ގޮތުގައި އެހާ "ކޫލް" ކަމެއް ނޫނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަބަދުވެސް ދެމި އޮންނާނީ އިސްރާއީލުގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި، ބަހުސަކަށް ޖާގައެއް ނެތް: އެމެރިކާ

އަބަދުވެސް ދެމި އޮންނާނީ އިސްރާއީލުގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި، ބަހުސަކަށް ޖާގައެއް ނެތް: އެމެރިކާ

05 ޑިސެމްބަރު 2023
ބެއިރޫތަށް ދުއްވަމުން ދިޔަ ކާރަށް ޙަމަލާދީ އިޒްރޭލުން މަރާލީ ކުޑަ 3 އަންހެން ކުދިންނާއި މާމަ... އެއީވެސް ޓެރަރިސްޓުން؟

ބެއިރޫތަށް ދުއްވަމުން ދިޔަ ކާރަށް ޙަމަލާދީ އިޒްރޭލުން މަރާލީ ކުޑަ 3 އަންހެން ކުދިންނާއި މާމަ... އެއީވެސް ޓެރަރިސްޓުން؟

08 ނޮވެމްބަރު 2023
ކަތިވަޅިން މަރާލީ ކާށިދޫ މީހެއް، މާލޭ މީހުންވެސް ބިރުން ބޮޑުތަޅު އެޅުވި، މިއަދު ހާލަތު ބަދަލުވެއްޖެ!

ކަތިވަޅިން މަރާލީ ކާށިދޫ މީހެއް، މާލޭ މީހުންވެސް ބިރުން ބޮޑުތަޅު އެޅުވި، މިއަދު ހާލަތު ބަދަލުވެއްޖެ!

01 ސެޕްޓެމްބަރު 2022
ކުޅިވަރު އާއިލާގެ އެންމެ ގާތްް ބިދޭސީ އެކުވެރިޔާ "ދިޝާން" 16 އަހަރަށްފަހު އަމިއްލަ ގައުމަށް!

ކުޅިވަރު އާއިލާގެ އެންމެ ގާތްް ބިދޭސީ އެކުވެރިޔާ "ދިޝާން" 16 އަހަރަށްފަހު އަމިއްލަ ގައުމަށް!

16 ޖެނުއަރީ 2022
ބައްޕަގެ ގާތް އެކުވެރިޔާ ކުރީ ޖިންސީ އަނިޔާ، އަދިވެސް އެވޭނުގައި!

ބައްޕަގެ ގާތް އެކުވެރިޔާ ކުރީ ޖިންސީ އަނިޔާ، އަދިވެސް އެވޭނުގައި!

10 އޯގަސްޓު 2021

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު