Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް-19

އަންނަ މަހުގެ 3ން ފެށިގެން ރާއްޖެ އާދެވޭނީ 96 ގަޑިއިރު ނުވާ ނެގެޓިވް ޕިސީއާރް ޓެސްޓެއް ހިފައިގެން

އެއް އަހަރު ނުވާ ކުދިން ޓެސްޓު ހަދާކަށް ނުޖެހޭ

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު, ރާއްޖެ އެމްވީ | 30 އެޕްރީލު 2021 | ހުކުރު 18:53
ފަތުރުވެރިންތަކެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ފައިބަނީ

ފަތުރުވެރިންތަކެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ފައިބަނީ

އަންނަ މަހުގެ 3ން ފެށިގެން ރާއްޖެ އާދެވޭނީ 96 ގަޑިއިރު ނުވާ ނެގެޓިވް ޕިސީއާރް ޓެސްޓެއް ހިފައިގެން ކަމަށް ކަނޑައަޅައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އަންނަ މަހު 3ން ފެށިގެން ރާއްޖެ އަންނަ ފަތުރުވެރިންނާއި ކޮވިޑް-19 ވެކްސިން ޑޯޒުތައް ފުރިހަމަކޮށްފައިވާ މީހުން ވެސް ހިމެނޭގޮތުން ރާއްޖެ އަންނަ އެންމެން ވެސް 96 ގަޑިއިރު ހަމަ ނުވާ ޕީސީއާރު ޓެސްޓެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެކަމަކު އެއް އަހަރުން ދަށުގެ ކުޑަކުދިން އިސްތިސްނާ ވާނެ ކަމަށް ބަޔާނުގައި ވެއެވެ.

Advertisement - newsAdvertisement

ބަޔާނުގައި ބުނީ އެގޮތަށް އަންގާފައި އޮތަސް ހާއްސަ ހާލަތުގެ ދަށުން ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު އަންގާ ގޮތެއްގެ މަތިން އަމަލުކުރެވޭނެ ކަމަށެވެ. އަދި އެކަން ތަންފީޒުކުރުމުގައި ވަގުތާއި ހާލަތަށް ރިއާޔަތްކޮށް ފިޔަވަޅު އެޅުތައް ފުލުހުންންނާއި ކަމާބެހޭ އެހެން މުއައްސާސަތަކުން އަޅާނެ ކަމަށެވެ.

އެޗްޕީއޭއިން މިގޮތަށް އަންގާފައި މިވަނީ އަވައްޓެރި އިންޑިއާގައި ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. އެގައުމުން ކޮންމެ ދުވަހަކު ވެސް ތިން ލައްކައަށް ވުރެ ގިނަ މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެ ރިޕޯޓުކުރަމުން އަންނައިރު އެ ގައުމަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ކުރީގައި ހިމެނޭ ގައުމެކެވެ. މީގެ އިތުރަށް ބޭސް ފަރުވާއަށާއި އެހެނިހެން ބޭނުންތަކަށް ވެސް ދިވެހިން އެންމެ ގިނައިސް ގޮސް އުޅޭ ގައުމެވެ.

ރާއްޖެއިން ރިޕޯޓުކުރާ ކޭސްތަކުގެ އަދަދުތައް ވެސް ކޮންމެ ދުވަހެއްގެ މައްޗަށް 300ށް ވުރެ ވެސް މައްޗަށް އަރަމުންދާއިރު، ރާއްޖޭގައި އިންޑިއާގައި ފެތުރެމުންދާ ކޮވިޑް-19ގެ ވޭރިއަންޓް އުޅުން އެކަށީގެންވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ. ކޮވިޑް-19 ކޭސްތަކުގެ އަދަދުތައް މިހާ މައްޗަށް ގޮސްފައިވާއިރު ވެސް މާލެ ތެރޭގައި އަދި އަތޮޅުތެރޭގައި ވެސް މީހުން އަމަލުކުރަން ޖެހޭ ގޮތްތަކަށް އެޗްޕީއޭއިން ވަކި ހަރުކަށި ބަދަލުތަކެއް އަދި ގެނެސްފައެއް ނުވެއެވެ.

މިހާރު ރާއްޖޭގައި ކޭސްތައް ރިޕޯޓުކުރާ އަދަދަށް ބަލާއިރު މިއީ ރާއްޖެއިން ކޮވިޑް-19 ފެތުރެންފެށި ފަހުން އެންމެ ގިނައިން ކޭސްތައް ރިޕޯޓްކުރަމުން އަންނަ ދުވަސްވަރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު