Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކައުންސިލްތަކުގެ މުސާރަ ފާސްކުރުން

ރައީސުންގެ މުސާރަ ކުޑަކޮށް ކައުންސިލަރުންގެ މުސާރަބޮޑުކޮށް ކައުންސިލްތަކުގެ މުސާރަ ފާސްކޮށްފި

މޭޔަރުންގެ މުސާރައަކީ 40،000 ރުފިޔާ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 އެޕްރީލު 2021 | ބުރާސްފަތި 13:43
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ކައުންސިލްތަކުގެ ރައީސުންނަށް ދިނުމަށް މާލިއްޔަތު ކޮމިޓީން ފާސްކުރި މުސާރަ ކުޑަކޮށް ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރަށު ކައުންސިލްގެ ރައީސުންނަށް ދިނުމަށް މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވަނީ މުސާރައިގެ ގޮތުގައި 18،400 އަދި ލިވިން އެލަވަންސްގެ ގޮތުގައި 4،600 ރުފިޔާ އާއެކު ޖުމްލަ 23،000 ރުފިޔާއެވެ. މާލިއްޔަތު ކޮމިޓީން ކައުންސިލްގެ މެމްބަރުންގެ މުސާރަ އެކުލަވާލާފައިވާ ރިޕޯޓަށް ތަޅުމުން އިސްލާހު ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ މެމްބަރ އަބްދުލްޣަފޫރު މޫސާއެވެ. އެހުށަހެޅުއްވުމުގައި ވަނީ ރަށު ކައުންސިލްގެ ރައީސްގެ މުސާރައިގެ ގޮތުގައި 15،400 ރުފިޔާ އަދި ލިވިން އެލަވަންސްގެ ގޮތުގައި 4،600 ރުފިޔާއާއެކު ޖުމްލަ 20،000 ރުފިޔާއެވެ. ރަށު ކައުންސިލްގެ ނާއިބުރައީސްގެ މުސާރައިގެ ގޮތުގައި 11،600 ރުފިޔާ އަދި ލިވިން އެލަވަންސްގެ ގޮތުގައި 3،400 ރުފިޔާއާއެކު ޖުމްލަ 15،000 ރުފިޔާއެވެ. ކައުންސިލްގެ މެމްބަރުންނަށް ހުށަހަޅުއްވާފައިވަނީ 10،600 ރުފިޔާ އަދި އިނާޔަތުގެ ގޮތުގައި 2،400 ރުފިޔާ އާއެކު ޖުމްލަ 13،000 ރުފިޔާއެވެ.

Advertisement - newsAdvertisement

މިއިސްލާހު ފާސްކުރުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެމްބަރުން ވަނީ އިސްލާހު ފާސްކުރުމަށް ވޯޓު ދެއްވާފައެވެ. އިސްލާހު ފާސްކުރުމަށް ވަކިގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވިއެވެ.

މި އިސްލާހާއެކު ރިޕޯޓް ފާސްކުރުމަށް ނެގުނު ވޯޓުގައި ބައިރިވެވަޑައިގެންނެވި 62 މެމްބަރުން ވަނީ ރިޕޯޓް ފާސްކުރުމަށް ވޯޓު ދެއްވާފައެވެ.

އެހެންކަމުން މިހާރު މިފާސްވި އޮނިގަނޑާއެކު ސިޓީ މޭޔަރުންނަށް މުސާރައިގެ ގޮތުގައި 30،000 ރުފިޔާ އަދި ލިވިން އެލަވަންސްގެ ގޮތުގައި 10،000 ރުފިޔާ އާއެކު ޖުމްލަ 40،000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. ޑެޕިޔުޓީ މޭޔަރަށް މުސާރައިގެ ގޮތުގައި 27،000 ރުފިޔާ އަދި ލިވިންގ އެލަވަންސްގެ ގޮތުގައި 8000 ރުފިޔާއެކު 35،000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. ސިޓީ ކައުންސިލްތަކުގެ މެމްބަރުންނަށް މުސާރައިގެ ގޮތުގައި 24،000 ރުފިޔާ އާއި ލިވިން އެލަވަންސްގެ ގޮތުގައި 6،000 ރުފިޔާ އާއެކު ޖުމްލަ 30،000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.

އަތޮޅު ކައުންސިލްގެ ރައީސަށް މުސާރައިގެ ގޮތުގައި 22،400 ރުފިޔާ އަދި ލިވިން އެލަވަންސްގެ ގޮތުގައި 5،600 އާއެކު ޖުމްލަ 28،000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.

ކައުންސިލްތަކުގެ މެމްބަރުންގެ މުސާރައަށް މިބަދަލު ގެނައީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހާއެކުއެވެ. މިއިސްލާހުގެ ދަށުން ކައުންސިލްތަކުން ކުރަންޖެހޭ މަސައްކަތްތަކަށް ވަނީ ބަދަލުތަކެއް އައިސްފައެވެ.

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

ނޭޝަނަލް ޕޭ ކޮމިޝަން ނާއިބު ރައީސާއި ކޮމިޝަންގެ މެމްބަރުންގެ މުސާރަ ކަނޑައަޅައިފި

12 އެޕްރީލު 2017
ނޭޝަނަލް ޕޭ ކޮމިޝަން ނާއިބު ރައީސާއި ކޮމިޝަންގެ މެމްބަރުންގެ މުސާރަ ކަނޑައަޅައިފި
17 މާރިޗު 2017

ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި

17 މާރިޗު 2017
ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި
11 މާރިޗު 2017

މާލޭ ސިޓީ ކައުންސިލް ޕީޕީއެމް އަށް ދީ، މުސާރަ ބޮޑުކޮށް ކައުންސިލްގެ ބާރުތައް ދޭނަން: ނިހާން

11 މާރިޗު 2017
މާލޭ ސިޓީ ކައުންސިލް ޕީޕީއެމް އަށް ދީ، މުސާރަ ބޮޑުކޮށް ކައުންސިލްގެ ބާރުތައް ދޭނަން: ނިހާން
14 ފެބުރުއަރީ 2017

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

14 ފެބުރުއަރީ 2017
ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި
02 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު