Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެންޑީއޭގެ ޒިންމާ އަދާނުކުރާ މައްސަލަ

އަންހެނުންނާއި ކުޑަކުދިންނަށް ޚާއްސަ ރިހެބިލިޓޭޝަން މަރުކަޒު ގާއިމުކުރުމަށް މަޖިލީހުން ފާސްކޮށްފި

29 އެޕްރީލު 2021 | ބުރާސްފަތި 11:33

ކުޑަކުދިންނަށް ޚާއްސަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން މަރުކަޒު ގާއިމުކުރެވިފައި ނުވާކަން ފާހަގަ ކުރި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 29 އެޕްރީލު 2021 | ބުރާސްފަތި 11:33
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ

އަންހެނުންނާއި ކުޑަކުދިންނަށް ޚާއްސަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން މަރުކަޒެއް ގާއިމުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ ޖަލްސާގައި މިކަން ފާސް ކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވި 66 މެންބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ގާނޫނީ ޒިންމާ އަދާކުރަމުން ނުދާކަމަށް ބަޔާންކޮށް ހުށަހަޅާފައިވާ މައްސަލަ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގައި ބުނަނީ އެކިއެކި ސަބަބުތަކާ ގުޅިގެން ފަރުވާ ނުލިބި ގިނަ ދުވަސްތަކެއް ވަންދެން ވެއިޓިން ލިސްޓުގައި 400ށް ވުރެ ގިނަ މީހުން އެބަތިބި ކަމަށެވެ. އަދި އެފަރާތްތަކުގެ ހާލަތު ރިވިއުކޮށް ކޮމިއުނިޓީ ބޭސްޑް ފަރުވާއަކަށް ބަދަލުވުމުގެ ފުރުސަތު ފަހިކޮށްދޭން ޖެހޭ ކަމަށެވެ.

އަދި މަސްތުވާ ތަކެއްޗާބެހޭ ގާނޫނުގެ ގެ 47 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން މަސްތުވާތަކެތީގެ ޝިކާރައަކަށްވާ 18 އަހަރުން ދަށުގެ ކުދިން، ބޮޑެތި މީހުންނާ ވަކިން ބައިތިއްބައިގެން މަސްތުވާތަކެތީގެ ނުރައްކަލުން އެކުދިން ސަލާމަތްކުރުމަށް ފަރުވާދިނުމުގެ ގޮތުން ހަދަންޖެހޭ ކުޑަކުދިންނަށް ޚާއްސަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން މަރުކަޒު ގާއިމުކުރެވިފައި ނުވާ ކަމަށެވެ.

މި މައްސަލަ ދިރާސާ ކުރުމުގައި ކޮމިޓީން ވަނީ ޖެންޑަރ މިނިސްޓްރީ އާއި އެންޑީއޭގެ އިތުރުން މަދަނީ ދެ ޖަމިއްޔާ ކަމަށްވާ ހޭންޑްސް ޓުގެދަރ އަދި ޗޭންޖްގެ އިސް ބޭފުޅުންނާ ބައްދަލުކޮށް މައުލޫމާތު ސާފުކޮށްފައެވެ. ވަރަށް ފުޅާ ދާއިރާއެއްގައި މައްސަލަ ދިރާސާ ކުރުމަށްފަހު ކޮމިޓީން ވަނީ 33 ކަމެއް ހުށަހަޅާފައެވެ.

އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ދެވޭ ފަރުވާގެ ރިލެޕްސް ރޭޓް ބަލައި ފަރުވާގެ ޕްރޮގްރާމްތަކުގެ އަސަރު ދެނެގަނެގަތުމާއި، އެފަރާތްތަކަށް ދެވޭ ފަރުވާއަކީ ކެޓަގަރައިޒް ކުރެވިގެން ދެވޭ ފަރުވާއެއްކަމުގައި ހަދައި، މިހާރު ހިންގަމުންދާ ފަރުވާގެ ނިޒާމު ވީ އެންމެ އަވަހަކަށް ރިވިއުކުރުމަށް ވަނީ ހުށަހަޅާފައެވެ. އަދި މަސްތުވާ ތަކެއްޗާބެހޭ ގާނޫނުގެ 48 ވަނަ މާއްދާގެ (ހ) ގެ ދަށުން އެންޑީއޭއިން އުފައްދައި، ހިންގަން ޖެހޭ ޑްރަގް ރިމާންޑް ސެންޓަރު ވީ އެންމެ އަވަހަށް ގާއިމުކުރުމަށް ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކުގެ ތެރެއިން ފަރުވާއަށް ހުކުމްކޮށް ފަރުވާ ނުލިބި އެކިއެކި ކުށްތައް ކުރުމުގެ ސަބަބުން ފަރުވާ ޓަރމިނޭޓް ކޮށްފައިވާ ފަރާތްތަކަށް އަލުން ފަރުވާ ދިނުމުގެ ގޮތުން ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވެސް ވަނީ ނިންމާފައެވެ. އަދި މަސްތުވާ ތަކެއްޗާބެހޭ ގާނޫނުގެ ދަށުން ނޭޝަނަލް ޑްރަގް އޭޖެންސީން އާންމުކުރަން ވާނެކަމަށް ބަޔާން ކޮށްފައިވާ ރިޕޯޓްތައް ގަވާއިދުން ޝާއިއުކުރުމަށް އެންގުމަށް ވެސް ނިންމާފައިވެެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި
15 މާރިޗު 2017

ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު

15 މާރިޗު 2017
ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު
02 މާރިޗު 2017

ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ

02 މާރިޗު 2017
ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ
01 މާރިޗު 2017

މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް އޮޑިޓްކުރުމުގެ މަސައްކަތް ފަށައިފި

01 މާރިޗު 2017
މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް އޮޑިޓްކުރުމުގެ މަސައްކަތް ފަށައިފި
28 ފެބުރުއަރީ 2017

ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

28 ފެބުރުއަރީ 2017
ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި
26 ފެބުރުއަރީ 2017

މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު

26 ފެބުރުއަރީ 2017
މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް