Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެންޑީއޭ ޒިންމާއަދާނުކުރާ ކަމަށް ބުނާ މައްސަލަ

އަންހެނުންނާއި ކުޑަކުދިންނަށް ޚާއްސަ ރިހެބިލިޓޭޝަން މަރުކަޒެއް ގާއިމުކުރުމަށް ކޮމިޓީން ހުށަހަޅައިފި

29 އެޕްރީލު 2021 | ބުރާސްފަތި 07:11

ފަރުވާ ނުލިބި ގިނަ ދުވަސްތަކެއް ވަންދެން ވެއިޓިންގ ލިސްޓުގައި 400ށް ވުރެ ގިނަ މީހުން އެބަތިބި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 29 އެޕްރީލު 2021 | ބުރާސްފަތި 07:11
ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވާހަކަ ދައްކަވަނީ

ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވާހަކަ ދައްކަވަނީ

އަންހެނުންނާއި ކުޑަކުދިންނަށް ޚާއްސަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން މަރުކަޒެއް ގާއިމުކުރުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ހުށަހަޅައިފިއެވެ.

ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ގާނޫނީ ޒިންމާ އަދާކުރަމުންނުދާކަމަށް ބަޔާންކޮށް ހުށަހަޅާފައިވާ މައްސަލަ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގައި ބުނީ އެކިއެކި ސަބަބުތަކާ ގުޅިގެން ފަރުވާ ނުލިބި ގިނަ ދުވަސްތަކެއް ވަންދެން ވެއިޓިންގ ލިސްޓުގައި 400ށް ވުރެ ގިނަ މީހުން އެބަތިބި ކަމަށެވެ. އަދި އެފަރާތްތަކުގެ ހާލަތު ރިވިއުކޮށް ކޮމިއުނިޓީ ބޭސްޑް ފަރުވާއަކަށް ބަދަލުވުމުގެ ފުރުސަތު ފަހިކޮށްދޭން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

އަދި މަސްތުވާ ތަކެއްޗާބެހޭ ގާނޫނުގެ ގެ 47 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން މަސްތުވާތަކެތީގެ ޝިކާރައަކަށްވާ 18 އަހަރުން ދަށުގެ ކުދިން، ބޮޑެތި މީހުންނާ ވަކިން ބައިތިއްބައިގެން މަސްތުވާތަކެތީގެ ނުރައްކަލުން އެކުދިން ސަލާމަތްކުރުމަށް ފަރުވާދިނުމުގެ ގޮތުން ހަދަންޖެހޭ ކުޑަކުދިންނަށް ޚާއްސަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން މަރުކަޒު ގާއިމުކުރެވިފައި ނުވާ ކަމަށެވެ.

މި މައްސަލަ ދިރާސާ ކުރުމުގައި ކޮމިޓީން ވަނީ ޖެންޑަރ މިނިސްޓްރީ، އެންޑީއޭގެ އިތުރުން މަދަނީ ދެ ޖަމިއްޔާ ކަމަށްވާ ހޭންޑްސްޓުގެދަރ އަދި ޗޭންޖްގެ އިސް ބޭފުޅުންނާ ބައްދަލުކޮށް މައުލޫމާތު ސާފުކޮށްފައެވެ. ވަރަށް ފުޅާ ދާއިރާއެއްގައި މައްސަލަ ދިރާސާ ކުރުމަށްފަހު ކޮމިޓީން ވަނީ 33 ކަމެއް ހުށަހަޅާފައެވެ.

އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ދެވޭ ފަރުވާގެ ރިލެޕްސް ރޭޓް ބަލައި ފަރުވާގެ ޕްރޮގްރާމްތަކުގެ އަސަރު ދެނެގަނެގަތުމާއި، އެފަރާތްތަކަށް ދެވޭ ފަރުވާއަކީ ކެޓަގަރައިޒް ކުރެވިގެން ދެވޭ ފަރުވާއެއްކަމުގައި ހަދައި، މިހާރު ހިންގަމުންދާ ފަރުވާގެ ނިޒާމު ވީ އެންމެ އަވަހަކަށް ރިވިއުކުރުމަށް ވަނީ ހުށަހަޅާފައެވެ. އަދި މަސްތުވާ ތަކެއްޗާބެހޭ ގާނޫނުގެ 48 ވަނަ މާއްދާގެ (ހ) ގެ ދަށުން އެންޑީއޭން އުފައްދައި، ހިންގަން ޖެހޭ ޑްރަގް ރިމާންޑް ސެންޓަރު ވީ އެންމެ އަވަހަށް ގާއިމުކުރުމަށް ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކުގެ ތެރެއިން ފަރުވާއަށް ހުކުމްކޮށް ފަރުވާ ނުލިބި އެކިއެކި ކުށްތައް ކުރުމުގެ ސަބަބުން ފަރުވާ ޓަރމިނޭޓް ކޮށްފައިވާ ފަރާތްތަކަށް އަލުން ފަރުވާ ދިނުމުގެ ގޮތުން ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވެސް ވަނީ ނިންމާފައެވެ. އަދި މަސްތުވާ ތަކެއްޗާބެހޭ ގާނޫނުގެ ދަށުން ނޭޝަނަލް ޑްރަގް އޭޖެންސީން އާންމުކުރަން ވާނެކަމަށް އެ ބަޔާން ކޮށްފައިވާ ރިޕޯޓްތައް ގަވާއިދުން ޝާއިއުކުރުމަށް އެންގުމަށް ވެސް ނިންމާފައިވެެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

06 މެއި 2017

މުސާރަ ބޮޑުނުކޮށް، އިންތިޚާބާ ދިމާކޮށް ފުލުހުންނަށް ޚާއްސަ އިނާޔަތެއް!

06 މެއި 2017
މުސާރަ ބޮޑުނުކޮށް، އިންތިޚާބާ ދިމާކޮށް ފުލުހުންނަށް ޚާއްސަ އިނާޔަތެއް!
30 އެޕްރީލު 2017

ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން 50 މައްސަލައެއް މާރޗް މަހު ރިޕޯޓްކޮށްފި

30 އެޕްރީލު 2017
ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން 50 މައްސަލައެއް މާރޗް މަހު ރިޕޯޓްކޮށްފި
24 އެޕްރީލު 2017

މއ. ކިނާރާ ހައުސް ބަލާ ފާސްކުރަނީ ޚާއްސަ އޮޕަރޭޝަންއެއްގެ ދަށުން: ފުލުހުން

24 އެޕްރީލު 2017
މއ. ކިނާރާ ހައުސް ބަލާ ފާސްކުރަނީ ޚާއްސަ އޮޕަރޭޝަންއެއްގެ ދަށުން: ފުލުހުން
29 މާރިޗު 2017

އައިޖީއެމްއެޗުގައި ކުޑަކުދިންނަށް ފްލޫ ވެކްސިން ދޭން ފަށައިފި

29 މާރިޗު 2017
އައިޖީއެމްއެޗުގައި ކުޑަކުދިންނަށް ފްލޫ ވެކްސިން ދޭން ފަށައިފި
06 މާރިޗު 2017

ސައުދީން ބޭނުންވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރަން: ރައީސް ނަޝީދު

06 މާރިޗު 2017
ސައުދީން ބޭނުންވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރަން: ރައީސް ނަޝީދު
02 މާރިޗު 2017

ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ

02 މާރިޗު 2017
ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ
28 ފެބުރުއަރީ 2017

ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

28 ފެބުރުއަރީ 2017
ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް