Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޮކްސިޖަން ސިލިންޑަރުގެ މައްސަލަ

އޮކްސިޖަން ސިލިންޑަރު ގެނައުމުގައި ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލުތައް އަވަހަށް ބެލުމަށް އޭސީސީގައި މަޖިލީހުން އެދިއްޖެ

ރިޕޯޓް ފާސްކޮށްފައިވަނީ 55 މެމްބަރުންގެ ވޯޓުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 27 އެޕްރީލު 2021 | އަންގާރަ 14:03
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ގެނެސްފައިވާ މެޑިކަލް އޮކްސިޖަން ސިލިންޑަރުތައް ގެނައުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވަނީ އެކުންފުނީގެ ތެރެއިން ކަމަށް ކޮމިޓީއަށް ތުހުތުމަކުރެވޭތީ މިމައްސަލަ ބެލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އޮކްސިޖަން ސިލިންޑަރުގެ މައްސަލާގައި ބަލާފައިވަނީ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީންނެވެ. އެކޮމިޓީގެ ރިޕޯޓަށް އަންގާރަ ދުވަހުގެ ޖަލްސާގައި ވަނީ ވޯޓަށް އަހާފައެވެ. މިރިޕޯޓް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

ކޮމިޓީން މިމައްސަލަ ދިރާސާކުރަން ފަށާފައިވަނީ މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ އެކްޓިން މެނޭޖިން ޑިރެކްޓަރ އެކުންފުންޏަށް އޮކްސިޖަން ސިލިންޑަރު ފޯރުކޮށްދިން ފަރާތުގެ ޚަރަދުގައި ސިންގަޕޫރަށް ދަތުރުކޮށްފައިވާ ކަމުގެ ތުހުމަތުތަކާއި ގުޅިގެންނެވެ. އެމައްސަލަ ބެލުމަށް ކޮމިޓީއަށް ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެމްބަރ އިބްރާހީމް ރަޝީދެވެ. މިމައްސަލައާ ގުޅޭ މައުލޫމާތު ސާފުކުރުމަށް މޯލްޑިވް ގޭހުގެ މައި ކުންފުނި ކަމުގައިވާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ސާފުކުރުމަށް ނިންމިއެވެ.

އެގޮތުން މައުލޫމާތު ސާފުކުރެވުނުއިރު އެކުންފުނިން ކޮމިޓީއާ ހިއްސާކޮށްފައިވާ އޮކްސިޖަން ސިލިންޑަރުތަކާއި ގުޅޭ އިންޓަރނަލް އޮޑިޓް ރިޕޯޓް ދިރާސާކުރެވުނުއިރު ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވޭތީ މިމައްސަލަ އިތުރަށް ދިރާސާކުރުމަށް ކޮމިޓީން ނިންމިކަމަށް ރިޕޯޓްގައިވެއެވެ.

މި މައްސަލަ ދިރާސާކުރުމަށް ކޮމިޓީން ވަނީ މޯލްޑިވް ގޭހުގެ ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. އަދި އެސްޓީއޯގެ އޮޑިޓް ކޮމިޓީގެ މެމްބަރުންނާއި އޮޑިޓް ޑިޕާޓްމަންޓާވެސް ކޮމިޓީން ބައްދަލުކޮށް މިމައްސަލަ ދިރާސާކޮށްފައިވެއެވެ.

އެއަށްފަހު ކޮމިޓީން ރިޕޯޓް އެކުލަވާލާފައިވާއިރު މިރިޕޯޓްގައި 9 ނިންމުމެއް ފާހަގަކޮށްފައިވެއެވެ.

އެގޮތުން މިކަމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވަނީ ކުންފުނީގެ ތެރެއިން ކަމަށް ކޮމިޓީއަށް ތުހުމަތުކުރެވެތީ، ކުންފުނީގެ މެނޭޖިން ޑިރެކްޓަރާއި ކުންފުނީގެ މުވައްޒަފުން ހިމެނޭގޮތަށް މިމައްސަލަ އޭސީސީއަށް ދަންނަވައި މިމައްސަލާގައި އިހުމާލުވާ އެންމެހާ ފަރާތްތަކަށް ފިޔަވަޅު އެޅުން އަވަސްކޮށްދިނުމަށް ވަނީ އެދިފައެވެ.

އަދި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރާމެދު ކުރެވިފައިވާ ކޮރަޕްޝަނުގެ ތުހުމަތުގެ މައްސަލަތަކަށް 2 އަހަރު ފާއިތުވެގެން ދިޔައިރުވެސް މިމައްސަލަތައް އޭސީސީން ބަލައި ނިންމާފައިނުވާ ކަމަށާއި އަދި މެޑިކަލް ސިލިންޑަރުތަކުގެ މައްސަލައިގައި އެކްޓިން މެނޭޖިންގ ޑިރެކްޓަރާމެދު ކުރެވިފައިވާ ތުހުމަތުގެ މައްސަލަ އެކޮމިޝަނުން ތަހުގީގުކުރަމުންދާއިރު އެކަން އަވަސްކުރުމަށްވެސް ކޮމިޓީން ވަނީ އެދިފައެވެ.

މީގެއިތުރުން މޯލްޑިވް ގޭހުން އޯޑަރު ދީފައިވަނީ އައު ސިލިންޑަރު ގަންނަން ނަމަވެސް އޭ އެންޑް ޖީ އިންޑަސްޓްރިއަލް ގޭސް ޕްރައިވެޓް ލިމިޓެޑުންނާއި ޕްރޯބިޒް އިމްޕެކްސް ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިވަނީ ރީފަރބިޝް ސިލިންޑަރުކަން ކޮމިޓީއަށް ލިބިފައިވާ ލިޔެކިޔުންތަކުން ކަށަވަރުކުރެވޭކަމަށް ކޮމިޓީ ރިޕޯޓްގައި ބުނެފައިވެއެވެ.

އަދި ސިލިންޑަރުތައް ގެނައުމުގައި ކުންފުންޏަށް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާކަން ފަހަގަކުރެވޭކަމަށާއި ގެނެސްފައިވާ ސިލިންޑަރުތައް "ހައިޑްރޮސްޓޭޓިކް" ޓެސްޓް ހެދިގެން މެނުވީ ބޭނުން ނުކުރެވޭނެކަމަށާއި "ހައިޑްރޮސްޓޭޓިކް" ޓެސްޓް ހެދުމަށް އެތައް ހޭދައެއް ކުރަންޖެހިފައިވުމުން ކުންފުންޏަށް ވަރަށް ބޮޑު ގެއްލުމެއް ވެފައިވާކަމުން އެގެއްލުމުގެ ބަދަލު އޭ އެންޑް ޖީ އިންޑަސްޓްރިއަލް ގޭސް ޕްރައިވެޓް ލިމިޓެޑުންނާއި ޕްރޯބިޒް އިމެޕްކްސް ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެދެކުންފުންނާ ނެގޯޝިއޭޓްކުރުމަށާއި އެފައިސާ ހޯދުމަށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މޯލްޑިވް ގޭހުގައި އެދުމަށްވެސް ކޮމިޓީން ނިންމާފައިވެއެވެ.

އަދި މޯލްޑިވް ގޭހުގައި ހިންގަމުން އަންނަ މިފަދަ ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުމަކަށް ގެނެސް މިފަދަ ކަންކަން ތަކުރާރުނުވާނެހެން ކުންފުނި ބައްޓަންކޮށް ކޯޕަރޭޓް ގަވަރނެންސް އުސޫލުގެ ތެރެއިން އުފައްދަންޖެހޭ އެންމެހައި ކޮމިޓީތައް އެކުލަވާލައި އެކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް އަލަށް އެކުލަވާލެވުނު މޯލްޑިވް ގޭހުގެ ބޯޑުގައި އެދުމަށް ކޮމިޓީން ނިންމާފައިވެއެވެ.

މީގެއިތުރުން އިންޓަރނަލް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ މައިގަނޑު މައްސަލަތަކަކީ ކުންފުނީގެ ޕްރޮކިޔުމަންޓް ޕޮލިސީ އިސްލާހު ކުރެވިގެން ހައްލުކުރެވޭނެ މައްސަލަތަކަކަށް ވާތީވެ ޕްރޮކިޔުމަންޓް ޕޮލިސީ އިސްލާހުކުރުމަށް އެކުންފުނީގައި އެދުމަށް ކޮމިޓީން ވަނީ ނިންމާފައެވެ. އަދި ޕްރޮކިޔުމަންޓް ޕޮލިސީ އިސްލާހުކުރުމަށްފަހު 30 އޭޕްރީލްގެ ކުރިން ކޮމިޓީއަށް ފޮނުވުމަށް ވަނީ އެދިފައެވެ. ޕްރޮކިޔުމަންޓް ޕޮލިސީގެ ތެރެއިން ކުންފުނީގެ ވެންޑަރ ރަޖިސްޓްރޭޝަން ޕްރޮސެސް އާއި ޕަރޗޭސް އޯޑަރުކުރުމުގެ ނިޒާމު ހަރުދަނާކޮށް އަދި ޕްރޮކިޔުމަންޓް ޕޮލިސީގެ ތެރެއިން 100 އިންސައްތަ އެޑްވާންސްކޮށް ފައިސާ ދެއްކުމަށް އޮންނަ އުސޫލު ބަދަލުކުރުމަށް ވަނީ އެދިފައެވެ.

އަދި ކުންފުނީގައި މެނޭޖިން ޑިރެކްޓަރެއް ނެތުމާއެކު ވީއެންމެ އަވަހަށް ކުންފުންޏަށް މެނޭޖިން ޑިރެކްޓަރެއް އައްޔަނުކުރުމަށް އެސްޓީއޯގައި އެދުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ގުޅިގެން ތައްޔާރުކުރެވޭ އިންޓަރނަލް އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ މައްސަލަތަކަށް ވަގުތުން ވަގުތަށް އިސްލާހީ ފިޔަވަޅު އެޅުމަށް ސަރުކާރު ހިއްސާވާ ހުރިހާ ކުންފުނިތަކުގައި އެދުމަށްވެސް ކޮމިޓީން ވަނީ ނިންމާފައެވެ.

އިތުރަށް ކިޔާލަން

05 ޖެނުއަރީ 2018

ސަރުކާރުން ހިންގާފައިވާ ޖަރީމާތައް އެނގެނީ އަދީބަށް، ސަރުކާރުން އުޅެނީ އަދީބު މަރާލަން: މަހުލޫފު

05 ޖެނުއަރީ 2018
ސަރުކާރުން ހިންގާފައިވާ ޖަރީމާތައް އެނގެނީ އަދީބަށް، ސަރުކާރުން އުޅެނީ އަދީބު މަރާލަން: މަހުލޫފު
11 ޑިސެމްބަރު 2017

އަޅުގަނޑަކީ ހުދުވަލުގެ ވެރިޔާ، ކޮރަޕްޝަނުގެ އިނގިލި ދިއްކުރުމުގެ ޖާގައެއް ނޯންނާނެ: އުމަރު

11 ޑިސެމްބަރު 2017
އަޅުގަނޑަކީ ހުދުވަލުގެ ވެރިޔާ، ކޮރަޕްޝަނުގެ އިނގިލި ދިއްކުރުމުގެ ޖާގައެއް ނޯންނާނެ: އުމަރު
15 އޯގަސްޓު 2017

ރައީސް ޔާމީންގެ ވާހަކަތަކުގެ މައްސަލަ އަދި މުއައްސަސާތަކުން ކޮރަޕްޝަނުގެ މައްސަލަތައް ބެލުން ލަސްކުރާ މައްސަލަ ބަލަން މާދަމާ ހުށަހަޅަނީ!

15 އޯގަސްޓު 2017
ރައީސް ޔާމީންގެ ވާހަކަތަކުގެ މައްސަލަ އަދި މުއައްސަސާތަކުން ކޮރަޕްޝަނުގެ މައްސަލަތައް ބެލުން ލަސްކުރާ މައްސަލަ ބަލަން މާދަމާ ހުށަހަޅަނީ!
19 ޖުލައި 2017

ސިޔާސީ ވަކި މަންފާތަކެއް ހާސިލް ކުރުމަށް މިހާރު ދައްކަނީ ކޮރަޕްޝަނުގެ ވާހަކަ:ޓްރާންސްޕޭރެންސީ މޯލްޑިވްސް

19 ޖުލައި 2017
ސިޔާސީ ވަކި މަންފާތަކެއް ހާސިލް ކުރުމަށް މިހާރު ދައްކަނީ ކޮރަޕްޝަނުގެ ވާހަކަ:ޓްރާންސްޕޭރެންސީ މޯލްޑިވްސް
29 ޖޫން 2017

ގާނޫނުތަކަށް ބަދަލު ގެންނަނީ ސަރުކާރުން ހިންގާ ކޮރަޕްޝަނުގެ އަމަލުތައް ފޮރުވުމަށް: ހިސާން

29 ޖޫން 2017
ގާނޫނުތަކަށް ބަދަލު ގެންނަނީ ސަރުކާރުން ހިންގާ ކޮރަޕްޝަނުގެ އަމަލުތައް ފޮރުވުމަށް: ހިސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު