Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދުވުމުގެ ޗެލެންޖެއް ބޭއްވުން

ބީބީ ރަނާސްއިން ދުވުމުގެ ޗެލެންޖެއް ބާއްވަނީ

ބައިވެރިވާން ގުޅަން ޖެހޭނީ 9904788 އަށް

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 26 އެޕްރީލު 2021 | ހޯމަ 18:28
ބީބީ ރަނާސްއިން މީގެ ކުރިން ބޭއްވި މެރެތަނެއްގެ ތެރެއިން

ބީބީ ރަނާސްއިން މީގެ ކުރިން ބޭއްވި މެރެތަނެއްގެ ތެރެއިން

މި ރަމަޟާން މަހަށް ހާއްސަކޮށްގެން ބީބީ ރަނާސްއިން ދުވުމުގެ ޗެލެންޖެއް ބާއްވަން ނިންމައިފިއެވެ.

މިއީ ރަމަޟާން މަހަށް ހާއްސަކޮށް ބާއްވާ 10 ކިލޯމީޓަރުގެ ދުވުމުގެ ޗެލެންޖެކެވެ. މި ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އޮންނާނެ ކަމަށް ބީބީ ރަނާސްއިން މައުލޫމާތުދެއެވެ.

"ރާއްޖެ.އެމްވީ" އަށް ދެއްވި އިންޓަވިއުއެއްގައި ބީބީ ރަނާސްގެ ރައީސް އަޙްމަދު ނަދީރު އަބްދުﷲ ބުނީ މި ޗެލެންކް ވަރަށް ފުރިހަމަކަމާއެކު ކުރިއަށްދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި، އަދި މި ޗެލެންޖުގައި އާންމުންގެ ގިނަ ބަޔަކު ބައިވެރިވާނެ ކަމަށްވެސް އުއްމީދުކުރައްވާ ކަމަށެވެ. އަދި މި ޗެލެންޖް ބޭއްވުމަށް އެންޑިއުރެންސް ރަނާސްއިން ވެދެއްވާ އެހީއަށް އޭނާ ވަނީ ޝުކުރުއަދާކުރައްވާފައެވެ.

އެންޑިއުރެންސް ރަނާސްގެ ފައުންޑާ ޝަޒްނާ މުޙައްމަދު (ޝަންނަ) ވިދާޅުވީ ދުވުމަކީ އެކަމުގެ ސަބަބުން ހަށިގަނޑަށް އެތައް ފައިދާތަކެއް ލިބޭ ކަމެއް ކަމަށާއި، އެގޮތުން ހިތުގެ ބަލި ފަދަ ބަލިތަކުން ދުރުކޮށްދޭ ކަމެއް ކަމަށެވެ. އަދި ރަމަޟާން މަހު ރޯދައަށްހުރެ ދުވުމުން އެކަމުގައިވެސް ފައިދާތަކެއް ހުންނަ ކަމަށް ޝަންނަ ވިދާޅުވިއެވެ.

މި ޗެލެންޖުގައި ބައިވެރިވާން ބޭނުންވާ ދުވުންތެރިން 9904788 ފޯނު ނަންބަރަށް ގުޅާލުމުން ބައިވެރިވެވޭނެ ކަމަށް ބީބީ ރަނާސްއިން މައުލޫމާތުދެއެވެ. އަދި މި ޗެލެންޖް ނިންމާ ދުވުންތެރިންނަށް މެޑެއްޔާއި ސެޓްފިކެޓެއް ލިބިގެންދާނެ ކަމަށްވެސް މައުލޫމާތުދެއެވެ.

މި ރަމަޟާން މަހަށް ހާއްސަކޮށްގެން ބީބީ ރަނާސްއިން ދުވުމުގެ ޗެލެންޖެއް ބާއްވާއިރު، މިދިޔަ އަހަރުގެ ރަމަޟާން މަހުވެސް ދުވުމުގެ ހަރަކާތެއް ބޭއްވުމަށް ބީބީ ރަނާސްއިން ނިންމިއެވެ. އެކަމަކު ކޮވިޑް-19 ގެ ފުރަބަންދާއެކު އެކަން ކާމިޔާބުނުވި ނަމަވެސް، ކުރިއަށް އޮތް ތަނުގައި މިފަދަ ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ބީބީ ރަނާސްއިން ބުނެއެވެ.

މީގެ ތިން އަހަރު ކުރިން ބީބީ ރަނާސްއިން ވުޖޫދަށްއައިރު، އެ ޖަމުއިއްޔާގެ މަގުސަދު ވަރަށް ބޮޑަށް ހާސިލުވަމުން އަންނަ ކަމަށް ބުނެއެވެ. އެގޮތުން މީގެ ކުރިން ބީބީ ރަނާސްއިން ވަނީ ލ. އަތޮޅުގައި ދުވުންތެރިން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ބާއްވާފައެވެ. އެ ޕްރޮގްރާމުގައި 300 އެއްހާ ދުވުންތެރިން ބައިވެރިވެފައިވާއިރު، ކޮވިޑުގެ ހާލަތުން އަރައިގަނެވުމާއެކު ބީބީ ރަނާސްގެ މަސައްކަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ނިންމާފައިވާ ކަމަށް އެ ޖަމުއިއްޔާއިން މަައުލޫމާތުދެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަނިޔާގައި ހުރެ ދުވެގެން 200 މީޓަރު ދުވުމުގެ ރެކޯޑު ނާއިލް މުގުރާލައިފި

އަނިޔާގައި ހުރެ ދުވެގެން 200 މީޓަރު ދުވުމުގެ ރެކޯޑު ނާއިލް މުގުރާލައިފި

23 މެއި 2017
ބީބީސީން ހޮވާ އެންމެ މޮޅު ފަސް އަންހެން ކުޅުންތެރިން އިއުލާންކޮށްފި

ބީބީސީން ހޮވާ އެންމެ މޮޅު ފަސް އަންހެން ކުޅުންތެރިން އިއުލާންކޮށްފި

02 މެއި 2017
"ބީއެމްއެލް ވާއޮ ކިޑްސް ރަން" ގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ ދުވުމެއް ބާއްވަނީ

"ބީއެމްއެލް ވާއޮ ކިޑްސް ރަން" ގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ ދުވުމެއް ބާއްވަނީ

18 އެޕްރީލު 2017
އެފްއޭއެމް އިން އިންތިޒާމުކޮށްގެން ރިސޯޓް ފުޓްސަލް ލީގެއް ބާއްވަނީ!

އެފްއޭއެމް އިން އިންތިޒާމުކޮށްގެން ރިސޯޓް ފުޓްސަލް ލީގެއް ބާއްވަނީ!

10 އެޕްރީލު 2017
އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

05 އެޕްރީލު 2017

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު