Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ވިޔަފާރިތަކަށް އެހީވުމަށް ކޮމިޓީގެ ރިޕޯޓް

ވިޔަފާރިތަކަށް ރީފައިނޭންސް ކުރުމުގެ ފުރުސަތު ދިނުމަށް ކޮމިޓީން ފާސްކޮށްފި

ލޯނުގެ ފުރުސަތު ހުޅުވާލާއިރު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ވިޔަފާރިތައް ކަނޑައެޅުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 26 އެޕްރީލު 2021 | ހޯމަ 03:56
މަޖިލިސް

މަޖިލިސް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިގްތިސާދުގައި ދެމެހެއްޓުމަށް އެވިޔަފާރިތަކުން ކުރިން ނަގާފައިވާ ލޯންތައް ރީފައިނޭންސް ކުރަން ބޭނުންވާ ވިޔަފާރިތަކަށް އެފުރުސަތު ލިބޭނެ ގޮތަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ސިޔާސަތުތައް ބައްޓަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން ހުށައަޅައިފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައިވާ މޮރޮޓޯރިއަމްގެ މުއްދަތު ހަމަވެ، ލޯނުތައް އަނބުރާ ދައްކަންޖެހިފައިވާތީ އެ ވިޔަފާރިތަކަށް ކުރިމަތިވާނެ ދަތިތަކުން އަރައިގަތުމަށް އެހީވާނެ ގޮތްތައް ބެލުމަށް އެދި އެސްއޯއީ ކޮމިޓީއަށް ހުށައަޅާފައިވާ މައްސަލަ ބަލައި ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓް ވަނީ އާންމުކޮށްފައެވެ.

އެސްއޯއީ ކޮމިޓީން އާންމުކޮށްފައިވާ ރިޕޯޓްގައި ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނުގެ ފުރުސަތުތައް އިތުރަށް ހުޅުވާލާއިރު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ވިޔަފާރިތަކެއް ކަނޑައަޅައި، ލޯނު ދޫކުރުމަށް ވީހާވެސް ލުއި މިންގަނޑުތަކެއް ބޭންކުން ކަނޑައަޅައި، ޝަރުޠުތަކާއި މިންގަނޑުތަކަށް ފެތޭ ވިޔަފާރިތަކަށް ލޯނުގެ ފުރުސަތުފަހު ކުރިއަށް ދިއުމަށް ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކަށް އެންގުމަށް ނިންމާފައެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ތެރެއިން، ކުރިން ރަގަޅަށް ހިނގަމުން ދިޔަ ނަމަވެސް، 2020 ވަނަ އަހަރު ކޮވިޑް-19 ގެ ޙާލަތާއި ގުޅިގެން ޕާރފޯމަންސް ގޯސްވެފައިވާ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތަށް ޝަރުޠުތަކާއި މިންގަޑުތައް ކަނޑައަޅާއިރު ރިޢާޔަތްކުރަންވާނެ ކަމަށް ރިޕޯޓްގައި ބުނެއެވެ.

ކޮމިޓީގެ ރިޕޯޓްގައި 2021 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް 400 މިލިއަން ރުފިޔާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށް ދޫކުރާއިރު، އެ ލޯނުތަ ދޫކުރެވެނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ލޯނުތަކުގެ ބޭނުން އެންމެ ބޮޑަށް ޖެހިފައިވާ ވިޔަފާރިތަކަށްތޯ ކަށަވަރުކުރާނެ ހަރުދަނާ ނިޒާމެއް އެކުލަވާލުމަށް ވަނީ ހިމަނާފައެވެ. މިއަދުގެ ހާލަތަށް ރިޢާޔަތްކޮށް ކުދި އަދިމެދުފަންތީގެ ވިޔަފާރިތަކަށް ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށްދާނެ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށައަޅާފައިވާއިރު، ކުރިން ނަގާފައިވާ ލޯންތައް ރީފައިނޭންސް ކުރަން ބޭނުންވާ ވިޔަފާރިތަކަށް އެފުރުސަތު ލިބޭނެ ގޮތަށް އެސްޑީއެފްސީގެ ސިޔާސަތުތައް ބައްޓަންކުރުމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ހިންގުން ހަރުދަނާކޮށް ފަންނީ އެހީތެރިކަން ދިނުމަށް އިންކިއުބޭޝަން ފެސިލިޓީ ގާއިމްކޮށް، ވިޔަފާރިތަކުން ކުރަންޖެހޭ ޚަރަދުތައް ކުޑަކުރުމަށް ފަސޭހައިން މަސައްކަތްކުރާނެ އޮފީސް މާހައުލެއް ކޯ-ވޯރކް ސްޕޭސް މެދުވެރިކޮށް ގާއިމްކުރުމަށްފަހު، ކުރެވިފައިވާ މަސައްކަތްތަކާއި ހާސިލްވެފައިވާ ލަނޑުދަނޑިތައް އެނގޭނެފަދަ ތަފްޞީލީ ރިޕޯޓެއް 6 މަސް ދުވަހުގެ ތެރޭގައި ފޮނުވުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނަށް އެންގުމަށް ރިޕޯޓްގައި ވަނީ ހިމަނާފައެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތައް ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގަޔާއި ވިޔަފާރިތަކާ ގުޅޭގޮތުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން މަސައްކަތް ކުރަމުންދޭތޯ ބެލުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް އެންގުމަށްވެސް ރިޕޯޓްގައިވެއެވެ.

އޭގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ހާލަތު ރަގަޅަށް ދިރާސާކުރުމަށްފަހު ލޯނު ދެއްކުމުގައި ދަތިތައް ހުރި ނުވަތަ ލޯނު ދެއްކުމުގެ ގާބިލުކަން ނެތް ވިޔަފާރިތަކާއި ސްޓްރެސްޑް އެކައުންޓްތައް ޑިފޯލްޓް ވިޔަނުދިނުމަށްޓަކައި ބޭންކުތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކާއި ޝަރުޠުތައް ލުއިކޮށްދީ، އެ ލޯނުތައް ރީސްޓަރަކްޗަރ ކުރެވޭނެ ހަރުދަނާ އުސޫލުތަކެއް ކަނޑައަޅައި ދިނުން ކޮމިޓީ ރިޕޯޓްގައި ވަނީ ހިމަނާފައެވެ.

އެސްއޯއީ ކޮމިޓީން އޭޕްރިލް 22 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ކޮމިޓީގައި އެވަގުތު ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެެރެއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަންޖެހޭކަމަށް ނިންމާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭޑީކޭގެ ޕޯސްޓަށް ލައިކް ދީ އަދި ޝެއަރ ކޮށްގެން "ބަކަރި" އެއް ހޯދުމުގެ ފުރުސަތު

އޭޑީކޭގެ ޕޯސްޓަށް ލައިކް ދީ އަދި ޝެއަރ ކޮށްގެން "ބަކަރި" އެއް ހޯދުމުގެ ފުރުސަތު

26 އޯގަސްޓު 2017
ލެކިއުޓް "ކިޑްސް ފެސްޓިވަލް" ގައި ބައިވެރިވެގެން އިނާމު ހޯދުމުގެ ފުރުސަތު

ލެކިއުޓް "ކިޑްސް ފެސްޓިވަލް" ގައި ބައިވެރިވެގެން އިނާމު ހޯދުމުގެ ފުރުސަތު

26 އޯގަސްޓު 2017
ސްޓޮކް އެކްސްޗޭންޖްގެ އޮންލައިން ޕޯޓެލް މެދުވެރިކޮށް އެޗްޑީއެފްސީގެ ސުކޫކު ގަތުމުގެ ފުރުސަތު ހުޅުވާލައިފި

ސްޓޮކް އެކްސްޗޭންޖްގެ އޮންލައިން ޕޯޓެލް މެދުވެރިކޮށް އެޗްޑީއެފްސީގެ ސުކޫކު ގަތުމުގެ ފުރުސަތު ހުޅުވާލައިފި

06 އޯގަސްޓު 2017
އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި

އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި

28 މެއި 2017
އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި

އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި

01 މެއި 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު