Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިއާގައި ކޮވިޑް ހާލަތު ގޯސްވުން

އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިން ގެސްޓް ހައުސްތަކާއި ސިޓީހޮޓާ ތަކަށް ޗެކްއިންވުން މަނާކޮށްފި

25 އެޕްރީލު 2021 | އާދީއްތަ 10:01

ރާއްޖެ އަންނަ ދިވެހީންނާއި ވޯކް ޕާމިޓް ހޯލްޑަރުން ރާއްޖެ އައުމަށްފަހު 10 ދުވަހުގެ މުއްދަތަށް ކަރަންޓީން ވާންޖެހޭ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 25 އެޕްރީލު 2021 | އާދީއްތަ 10:01
ފަތުރުވެރިން

ފަތުރުވެރިން

ޓްރާންސިޓްގައި 24 ގަޑިއިރަށްވުރެ ގިނައިރު އިންޑިއާގައި ހޭދަކޮށްފައިވާ ފަތުރުވެރިން ހިމެނޭ ގޮތަށް، އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިން ގެސްޓްހައުސްތަކާއި ސިޓީހޮޓާތަކަށް ޗެކްއިންވުން މަނާކޮށްފިއެވެ.

މިހާރު ދުނިޔެއިން ކޮވިޑްގެ ހާލަތު އެންމެ ގޯސްވެފައިވާ އަވައްޓެރި އިންޑިއާއިން ރާއްޖެއަށް ދަތުރުކުރުމުގައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 34 ވަނަ މާއްދާގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ އެންގެވުމެއް ނެރުއްވާފައެވެ.

Advertisement - newsAdvertisement

އެގޮތުން 27 އޭޕްރީލް އިންފެށިގެން ދިވެހިރާއްޖޭގެ ހުރިހާގެސްޓް ހައުސްތަކާއި، މީހުން ދިރިއުޅޭ ތަންތަނާއި މުޅިން ވަކިން ހުންނަ ސިޓީ ހޮޓާތައް ފިޔަވައި ސިޓީ ހޮޓާތަކަށް ޗެކްއިންވުން ހުއްޓާލުމަށް އަންގަވާފައިވެއެވެ. އެހެން ނަމަވެސް، މިހާރު މި ފަދަ ތަންތަނުގައި ޗެކްއިން ވެފައި ތިބި އިންޑިއާއިން ދަތުރުކޮށްފައިވާ ފަތުރުވެރިންނަށް، އެމީހުން ބުކިން ހަދާފައިވާ މުއްދަތައް އެތަންތަނުގައި ތިބުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް އެންގެވުމުގައި ވެއެވެ.

އިންޑިއާއިން ރާއްޖެއަށް ދަތުރުކުރުމުގައި އަޅަން ނިންމާފައިވާ ޚާއްސަ ފިޔަވަޅުތަކުގެ ދަށުން، 27 އޭޕްރީލުން ފެށިގެން، ޓްރާންސިޓްކޮށް 24 ގަޑިއިރަށްވުރެ ގިނައިރު އިންޑިއާގައި ހޭދަކޮށްފައިވާ ފަރާތްތައް ހިމެނޭނެހެން، އިންޑިއާއިން ދިވެހި ރާއްޖެއަށް ދަތުރުކުރާ މީހުންނާއި، ފަތުރުވެރިންނާއި، އިންޑިއާގައި ދިރިއުޅެފައިވާ މީހުން ރާއްޖެ އެތެރެވާއިރު ދަތުރު ކުރަންޖެހެނީ 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ޓެސްޓް ނަތީޖާއަކާ އެކުގައެވެ. މީގެ ތެރޭގައި ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުން ވެސް ހިމެނެއެވެ.

ޑިރެކްޓަރ ޖެނެރަލްގެ އެންގެވުމުގެ ދަށުން، ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައިވާ މީހުން ހިމެނޭނެހެން އިންޑިއާއިން ރާއްޖެ އަންނަ ދިވެހީންނާއި ވޯކް ޕާމިޓް ހޯލްޑަރުން ރާއްޖެ އައުމަށްފަހު 24 ގަޑިއިރުގެ ތެރޭގައި ޕީސީއާރް ޓެސްޓެއް ހަދަން ޖެހެއެވެ. އަދި 10 ދުވަހުގެ ،މުއްދަތަށް ކަރަންޓީނު ވާންޖެހެއެވެ. މިގޮތުގެ މަތިން ކަރަންޓީންވާ މީހުން ކަރަންޓީނުން ދޫކޮށްލުމަށް ހަމަޖެހިފައިވަނީ ޕީސީއާރް ޓެސްޓް ހެދުމަށްފަހު ނެގެޓިވް ނަތީޖާއެއް ލިބިއްޖެ ނަމައެވެ. އެހެންނަމަވެސް އޭގެ ތެރޭގައި އެއް އަހަރުން ދަށުގެ ކުޑަކުދިންނެއް ނުހިމެނެއެވެ.

މި ފިޔަވަޅުތައް އެޅުމަށް ހަމަޖައްސާފައިވި ނަމަވެސް، ބައެއް ޚާއްސަ ހާލަތްތަކުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އަމަލު ކުރެވޭނެ ކަމަށް ނިންމަވާފައިވެއެވެ. އަދި އެޅިފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް، ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، ފުލުހުންނާ ކަމާބެހޭ މުއައްސަސާތަކުން ކުރަމުން ގެންދާނެ ކަމަށް ޑިރެކްޓަރ ޖެނެރަލްގެ އެންގެވުމުގައި ބަޔާންކޮށްފައިވެއެވެ.  

އިންޑިއާއިން ރާއްޖެ އަންނަ މީހުން ކޮވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފައިވީނަމަވެސް ކަރަންޓީން ވާންޖެހޭގޮތަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ވެސް ވަނީ ކަނޑައަޅާފައެވެ.

އޭޕްރީލް މަހުގެ ދެ ވަނަ ދުވަހުން ފެށިގެން އެ ގައުމުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެގައުމުން ވެތިވެދިޔަ 24 ގަޑިއިރުތެރޭ 3,46,786 މީހުން ޕޮޒިޓިވް ވެފައިވާއިރު 2,624 މީހުން ބަލީގައި މަރުވެފައިވެއެވެ. އެއާއެކު އެގައުމުގައި އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ހުރީ 25 ލައްކައަށްވުރެ މަތީގައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް