Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސްކައިފޯލް ރެސްޓޯރަންޓް އެންޑް ލައުންޖް

ސްކައިފޯލް ރެސްޓޯރަންޓް- ހާމަ އުޑާއި، ވަށައިގެންވާ މޫދު އަދި ރާޅުގެ އަޑާއެކު

23 އެޕްރީލު 2021 | ހުކުރު 17:47

ލައުންޖް ޑިޒައިންކޮށްފައިވަނީ ވިޔަފާރި ބައްދަލުވުންތަކާއި، ކަޕްލްސް ޑިނަރ އަދި ޙަފްލާތައް ބޭއްވޭގޮތަށް

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 23 އެޕްރީލު 2021 | ހުކުރު 17:47
ސްކައިފޯލް ރެސްޓޯރަންޓް- މި ރެސްޓޯރަންޓް ހުޅުވާފައިވަނީ ރަމަޟާން މަހުގެ 1 ވަނަ ދުވަހު

ސްކައިފޯލް ރެސްޓޯރަންޓް- މި ރެސްޓޯރަންޓް ހުޅުވާފައިވަނީ ރަމަޟާން މަހުގެ 1 ވަނަ ދުވަހު

ބޮޑުތަކުރުފާނު މަގު ބްރިޖް ވިއު ސަރަޙައްދުގައި އަލަށް ހުޅުވި ސްކައިފޯލް ރެސްޓޯރަންޓް އެންޑް ލައުންޖްއަށް ގިނަ ބައެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ. މީގެ 4 ވަރަކަށް އަހަރު ކުރިން މި ރެސްޓޯރަންޓުގެ އަމަލީ މަސައްކަތް ފަށައި، ކޮވިޑުގެ މި ޙާލަތުގައި ގިނަ ގޮންޖެހުންތަކަކާއެކުވެސް އެންމެ ފަހުން މިއަހަރުގެ ރަމަޟާން މަހުގެ 1 ވަނަ ދުވަހު ސްކައިފޯލް ރަސްމީކޮށް މިވަނީ ހުޅުވާފައެވެ. މި ރެސްޓޯރަންޓަކީ ކަސްޓަމަރުންނަށް ތަފާތު ތަޖުރިބާއެއް ކޮށްލުމުގެ މަގުފަހިކޮށްދިނުމުގެ އަޒުމުގައި ތަފާތު ފީޗަރތަކާއެކު ހުޅުވާފައިވާ ރެސްޓޯރަންޓެކެވެ.

ސްކައިފޯލް ރެސްޓޯރަންޓުގެ ލައުންޖް ޑިޒައިންކޮށްފައިވަނީ ވިޔަފާރި ބައްދަލުވުންތަކާއި، ކަޕްލްސް ޑިނަރ އަދި އެކި ކަހަލަ ޙަފްލާތައް ބޭއްވޭ ގޮތަށެވެ. ކަސްޓަމަރުންނަށް "ހައި-އެންޑް" ތަޖުރިބާއެއްކޮށްލުމުގެ މަގުފަހިކުރުމަށް ލައުންޖްގައި ގިނަ ކަންކަން ވަނީ ބައްޓަންކުރެވިފައެވެ. ލައުންޖްގެ ޚާއްސަ އެއްކަމަކީ ދިވެހި ފަންނާނުންގެ ހުނަރުތަކަށްވެސް ޚާއްސަ އިސްކަމެއް ދީފައިވުމެވެ. އެގޮތުން މަޝްހޫރު ކުރެހުންތެރިޔާ ޝާހީންގެ ކުރެހުމަކުން ލައުންޖް ފަޅުފިލުވާލާފައިވާއިރު، މިއީ ޒުވާނުންގެ ހުނަރުތަކަށް ޖާގަ ދިނުމަށް ރެސްޓޯރަންޓުގެ މެނޭޖްމަންޓުން ގެންގުޅޭ ވިސްނުމުގެ ނަތީޖާކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ރެސްޓޯރަންޓުގެ ޖެނެރަލް މެނޭޖަރ ނާއިލް ހާޝިމް ވިދާޅުވިއެވެ.

ލައުންޖްގެ އިތުރުން ސްކައިފޯލްގެ ޑެކް އޭރިއާއަކީވެސް ކަސްޓަމަރުންނަށް ހިތްފަސޭހަ ތަޖުރިބާއެއް ކޮށްލެވޭނެ މަގުފަހިވެގެން ދާނެ ތަނެކެވެ. އެގޮތުން ޑެކް އޭރިއާ ބޮޑަށް ޚާއްސަ ކޮށްފައިވަނީ މި މުޅި ސަރަޙައްދުގެ މަންޒަރުތައް ބަލާލައި، ރައްޓެހިންނާއެކު ކޮފީއަކަށް އިންސާފު ކޮށްލެވޭނެ ފަދަ ގޮތަކަށެވެ. ރާޅުތަކުގެ އަޑާއެކު ވަށައިގެންވާ މޫދާއި، ބްރިޖުގެ އިތުރުން ސާފު އުޑު އެންމެ ރީތިކޮށް ފެންނާނެ އެއްތަނަކީ ސްކައިފޯލްގެ ޑެކް އޭރިއާއެވެ.

އޭގެ އިތުރުން، "ފައިންޑައިން" އާއި އޯޕަން އެއަރ ބޑައިންއަށް ޚާއްސަކޮށްވެސް މި ރެސްޓޯރަންޓުގައި ޚިދުމަތް ދިނުމަށް ވަނީ އިންތިޒާމު ކުރެވިފައެވެ. ދެ ވޯޓަރ ފޯލްއާއި، "ވޯލްކް-އިން ޕޮންޑް" އަކާއެކު ތަނުގެ އިންޓީރިއަރ ހަދާފައިވާއިރު، ކަސްޓަމަރުންގެ ފަރާތުންވެސް ލިބޭ ފީޑްބެކް ރަނގަޅުކަމަށް ނާއިލް ވިދާޅުވިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ރެސްޓޯރަންޓުގެ ޝެފް އިސްމާއިލް ވިދާޅުވީ، ރެސްޓޯރަންޓުގެ ލޮކޭޝަންގެ އިތުރުން، މެނޫ އެކުލަވާލާފައިވާ ގޮތަކީވެސް މިތަނުގެ ޚާއްސަ ސިފައެއް ކަމަށެވެ. އެގޮތުން ދިވެހިން އާންމުކޮށް ކައި އުޅޭ ޑިޝްތަކުގެ އިތުރުން، އެހެނިހެން ޤައުމުތަކުގެ ކެއުންތައްވެސް މިތަނުން ތަޖުރިބާ ކޮށްލެވޭނެއެވެ. ޚާއްސަކޮށް ރަމަޟާން ބުފޭގައިވެސް ދިވެހިންގެ ތެރޭގައި މަޤުބޫލު ކެއުންތަކުގެ އިތުރުން، ޗައިނީސް އަދި އިންޑިއަން ޑިޝްވެސް ލިބިގެންދާނެއެވެ.

މި ތަފާތު ކެއުންތަކާއެކު ކަސްޓަމަރުންގެ ފަރާތުން ލިބޭ ރަނގަޅު ފީޑްބެކްތަކަކީ އެންމެ ހިތްހަމަޖެހޭ އެއްކަންތައް ގޮތުގައި އިސްމާއިލް ސިފަ ކުރެއެވެ.

ކޮންމެއަކަސް، ހާމަ އުޑާއި، ވަށައިގެންވާ މޫދު އަދި ރާޅުގެ އަޑާއެކު ސްކައިފޯލްއިން ލިބިގެންދާ ތަޖުރިބާ ނުހަނު ތަފާތުވެފައި ހިތްފަސޭހަކަމަށް ގިނަ ބަޔަކު ބުނެއެވެ.

އިތުރަށް ކިޔާލަން

03 ސެޕްޓެމްބަރު 2019

ރިލްވާންގެ މަރުގެ މައުލޫމާތުތައް އެނގިތިބެ، އެކަން ހާމަނުކުރީ ކީއްވެ!

03 ސެޕްޓެމްބަރު 2019
ރިލްވާންގެ މަރުގެ މައުލޫމާތުތައް އެނގިތިބެ، އެކަން ހާމަނުކުރީ ކީއްވެ!
20 މެއި 2019

ޕާޓީތައް ހިންގަނީ ދައުލަތުގެ ފައިސާއިން، ހަރަދުތައް ހާމަކުރަންޖެހޭ!

20 މެއި 2019
ޕާޓީތައް ހިންގަނީ ދައުލަތުގެ ފައިސާއިން، ހަރަދުތައް ހާމަކުރަންޖެހޭ!
29 އެޕްރީލު 2019

ކެމްޕެއިނަށް ހަރަދުކުރި ގޮތް ހާމަ ކުރޭ

29 އެޕްރީލު 2019
ކެމްޕެއިނަށް ހަރަދުކުރި ގޮތް ހާމަ ކުރޭ
12 ޖެނުއަރީ 2019

ރައްޔިތުންގެ ދުލުން: ސަރުކާރުގެ އިސްނެގުން ރަނގަޅު، މެމްބަރުންވެސް ހާމަކުރޭ!

12 ޖެނުއަރީ 2019
ރައްޔިތުންގެ ދުލުން: ސަރުކާރުގެ އިސްނެގުން ރަނގަޅު، މެމްބަރުންވެސް ހާމަކުރޭ!
12 ޖެނުއަރީ 2019

މާލީ ބަޔާން ހާމަ ކުރުން: ރަނގަޅު ފެށުމަކަސް، ހިތްހަމައެއް ނުޖެހުނު

12 ޖެނުއަރީ 2019
މާލީ ބަޔާން ހާމަ ކުރުން: ރަނގަޅު ފެށުމަކަސް، ހިތްހަމައެއް ނުޖެހުނު
30 އޮކްޓޯބަރު 2018

އާ ސަރުކާރު އެކުލަވާލުމުގެ މަރުހަލާގެ މައުލޫމާތަށް ރައްޔިތުން ވަނީ ފެން ބޮވައިގެންފައި، ހާމަކަން ބޮޑުކުރަންޖެހޭ!

30 އޮކްޓޯބަރު 2018
އާ ސަރުކާރު އެކުލަވާލުމުގެ މަރުހަލާގެ މައުލޫމާތަށް ރައްޔިތުން ވަނީ ފެން ބޮވައިގެންފައި، ހާމަކަން ބޮޑުކުރަންޖެހޭ!
04 ނޮވެމްބަރު 2017

ދެން އެނޫން ގޮތެއް ނެތިގެން ހާމަކުރި އެއްމިލިއަން ޑޮލަރު!

04 ނޮވެމްބަރު 2017
ދެން އެނޫން ގޮތެއް ނެތިގެން ހާމަކުރި އެއްމިލިއަން ޑޮލަރު!
22 އޯގަސްޓު 2017

މައުލޫމާތު ހާމަކޮށްދީ": އެނބޫދޫފަޅުގެ މަޝްރޫޢާ ގުޅޭ ގޮތުން އަދާލަތުގެ އާދޭސް

22 އޯގަސްޓު 2017
މައުލޫމާތު ހާމަކޮށްދީ": އެނބޫދޫފަޅުގެ މަޝްރޫޢާ ގުޅޭ ގޮތުން އަދާލަތުގެ އާދޭސް
19 އެޕްރީލު 2017

ކުށުގެ މަޤްސަދު ދެނެގަނެ ހާމަކުރުން!

19 އެޕްރީލު 2017
ކުށުގެ މަޤްސަދު ދެނެގަނެ ހާމަކުރުން!
28 މާރިޗު 2017

ބާން ތައި ރެސްޓޯރަންޓްއިން ލިބޭ "މިއަންކަމް" އަކީ ކޯއްޗެއް؟

28 މާރިޗު 2017
ބާން ތައި ރެސްޓޯރަންޓްއިން ލިބޭ "މިއަންކަމް" އަކީ ކޯއްޗެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް