Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ވެރިކަން ބަދަލުކުރުމުގެ މަރުހަލާ

އާ ސަރުކާރު އެކުލަވާލުމުގެ މަރުހަލާގެ މައުލޫމާތަށް ރައްޔިތުން ވަނީ ފެން ބޮވައިގެންފައި، ހާމަކަން ބޮޑުކުރަންޖެހޭ!

އައު ސަރުކާރު އެކުލެވިގެންދާނެ ގޮތާއި ގުޅޭ އިތުރު މައުލޫމާތު ހާމަކުރަންޖެހޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2018 | އަންގާރަ 12:23
24 ސެޕްޓެމްބަރ 2018 ގައި ބޭއްވި އުފާ ފާޅުކުރުމުގެ އެއްވުމުގެ ތެރެއިން

24 ސެޕްޓެމްބަރ 2018 ގައި ބޭއްވި އުފާ ފާޅުކުރުމުގެ އެއްވުމުގެ ތެރެއިން

ނިމިދިޔަ ރިޔާސީ އިންތިހާބު، އިންތިހާބީ ރައީސްް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބުކުރެއްވީ ހާމަކަން ބޮޑު ސަރުކާރެއް ޤާއިމްކުރައްވާނެކަމުގެ ވައުދާއެކު އެވެ. ދެ ފުށްފެންނަ، ނޫސްވެރިންނާއި ގާތުން މަސައްކަތްކުރާ ސަރުކާރެއް ޤާއިމްކުރައްވާނެކަމުގެ ވައުދާއެކު އެވެ.

އިންތިހާބު ނަތީޖާއަށްފަހު، ވެރިކަން ބަދަލުވުމުގެ މަރުހަލާގެ މަސައްކަތްތައް ކުރިއަށްދާއިރު، އައު ސަރުކާރު އުފެއްދުމުގެ މަސައްކަތްވެސް ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށް އިންތިހާބީ ރައީސްގެ ޓީމުން ހާމަކުރެ އެވެ. ކޮމެޓީތަކުން މިނިސްޓްރީތަކާއި، ކުންފުނިތަކަށް ޒިޔާރަތްކޮށް، އެ ތަންތަނުގެ ހާލަތު ދިރާސާކުރަމުންދާއިރު، އިސް ބޭފުޅުންނާއި މަޝްވަރާކޮށް، އައު ސަރުކާރު އެކުލަވާލުމުގެ މަސައްކަތް އިންތިހާބީ ރައީސާއި، ނައިބް ރައީސްވެސް ބާރު ސްޕީޑެއްގައި ކުރިއަށްގެންދާ މަންޒަރު ފެނިގެންދެ އެވެ.

ބައެއް މިނިސްޓްރީތަކާއި ކުންފުނިތަކުގެ އިސް ބޭފުޅުން ވެރިކަން ބަދަލުވުމުގެ މަރުހަލާގެ މަސައްކަތްތަކަށް އެއްބާރުލުން ނުދިން ނަމަވެސް، އިންތިހާބީ ރައީސްގެ ޓީމަށް މަރުހަބާކިޔާ މިނިސްޓްރީތަކާއި، ކުންފުނިތައް މަދެއް ނޫނެވެ. އެ މަސައްކަތްތަކުގެ ތެރޭގައި ބޮޑެތި މަޝްވަރާތައް ބާއްވައި، ބޮޑެތި ދިރާސާތައްވެސް ހަދަ އެވެ. ނަމަވެސް މި މަރުހަލާގެ މަސައްކަތްކާއި، އައު ސަރުކާރު އެކުލަވާލުމުގެ މަސައްކަތްތަކުގެ ތެރެއިން މަދުވާ ކަމަކީ މައުލޫމާތު ހާމަކުރުމެވެ.

ޓްރާންސިޝަން ކޮމެޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ

ޓްރާންސިޝަން ޓީމްގައި އިސްކޮށް އުޅުއްވާ ބޭފުޅުން ދޭތެރެއިން ނޫސްްވެރިންގެ ބައްދަލުވުންތައް ބޭއްވި ނަމަވެސް، އެ ބައްދަލުވުންތަކުގައި މުޅިންވެސް އެ ބޭފުޅުން ހިއްސާކުރައްވާ މައުލޫމާތެއްގެ ގޮތުގައި އޮންނަނީ އެވަނި މިނިސްޓްރީއަކަށް ވަޑައިގެންނެވި ވާހަކައާއި މިވެނި މިނިސްޓްރީއަކުން އެއްބާރުލުން ނުލިބުނު ވާހަކަ އެވެ. އެޗްޑީސީން ޕްރޮޖެކްޓެެއް އިއުލާންކުރި ވާހަކައާއި، އެހެން ކުންފުންޏަކުން މި މަރުހަލާގެ ތެރޭގައި ގިނަ އަދަދެއްގެ މުވައްޒިފުންތަކެއް ނަގައި، ބޮޑެތި ޕްރޮމޯޝަންތަކެއް ދެމުންގެންދާ ވާހަކަ އެވެ.

ރައްޔިތުން ނުކުމެ ކުރި ބުރަ މަސައްކަތުން ހިންތިޚާބުކޮށް އާ ސަރުކާރެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، ބައްދަލުވުންތަކުގައި މަޝްވަރާކުރެވުނު ކަންކަމާއި، އެއްކުރެވުނު މައުލޫމާތުތަކުގެ ވާހަކަތަކަކީ ކޮބައިކަން އެނގުމަށް އެ ރައްޔިތުން އިންތިހާއަށް ބޭނުންވެފައިވާއިރު، ހާމަކުރެވެން ހުރި މިންވަރަކަށް މައުލޫމާތު ހާމަކުރަމުން ދިއުން މުހިންމެވެ. މިހާރު މި އޮތް ރައީސް ޔާމީންގެ ސަރުކާރުން އިންތިހާއަށް ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހްމަތުތައް ހުރިއިރު، މިނިސްޓްރީތައް އޮތް ހާލަތާއި، އެ މިނިސްޓްރީތަކުން ކޮށްފައި ހުރި ކަންތައްތަކުގެ މައުލޫމާތާއި، ކުންފުނިތައް އޮތް ހާލަތާއި، އެ ކުންފުނިތަކުގެ ތެރެއިން އެއްކުރެވުނު ސާފު މާއުލޫމާތު ބެނެދެމުންދާންޖެހެ އެވެ.

​ފުލުފުލުގައި އިންތިހާބީ ރައީސް މުއައްސަސާތަކާއި، ނުފޫޒުގަދަ ބޭފުޅުންނާއި ބައްދަލުކުރައްވަމުންގެންދަވާއިރު، އެ ބޭފުޅުން ބައްދަލުކުރެއްވިކަން ފިޔަވައި އެހެން މައުލޫމާތުތަކެއް އިންތިހާބީ ރައީސްގެ ޓީމުން މިހާތަނަށް ހިއްސާކޮށްފައެއް ނުވެ އެވެ. ބޭރުގެ އިސް ބޭފުޅަކާއި ފޯނު ގުޅުއްވައި، މަޝްވަރާއެއް ކުރައްވައިފިކަމުގައިވާނަމަ ކުރު ބަޔާނެއް ފެނިގެންދެ އެވެ. ނަމަވެސް ރާއްޖޭގެ މުއައްސަސާތަކާއި، ނުފޫޒުގަދަ މަޤާމުތަކުގައި ތިއްބެވި އިސްބޭފުޅުންނާއި ބައްދަލުކުރައްވާއިރު، ފެނިގެންދަނީ ޓުވީޓެއް އެކަންޏެއެވެ. ނުވަތަ އެ ބައްދަލުވުމަކާއި ގުޅޭ ދެ ތިން ޓުވީޓެކެވެ.

އެމްއެމްއޭގެ އިސްވެރިންނާއެކު އިންތިހާބީ ރައީސް ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން -- ފޮޓޯ: އިންތިހާބީ ރައީސްގެ އޮފީސް

ކުޑަކުޑަ މިސާލަކަށްބަލާއިރު، އަށް މަސް ދުވަހަށްވުރެ ގިނަ ދުވަސްވަންދެން ރައީސް މައުމޫން އަބްދުއްޤައްޔޫމް ޖަލު ބަންދުގައި ހުންނެވުމަށްފަހު، އެމަނިކުފާނު މިނިވަންވެވަޑައިގަތުމާއެކު ބޭއްވި ފުރަތަމަ ބައްދަލުވުމަށްފަހު، ދެ ބޭފުޅުންވެސް ނޫސްވެރިންނާއި ބައްދަލުކުރައްވާ ސުވާލުތަކަށް ޖަވާބުދެއްވިި އެވެ. ނަމަވެސް އިންތިހާބީ ރައީސް، ރައީސް މައުމޫނާއެކު ދެ ވަނަ ބައްދަލުވުމެއް ބޭއްވިކަން އެނގުނީވެސް ރައީސް މައުމޫން ކުރެއްވި ޓުވީތަކުންނެވެ.

އައު ސަރުކާރު އެކުލަވާލުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ގުޅިފައިވާ އިއްތިހާދުގެ ތެރެއިން ވުޒާރާތައް ބަހަނީ ކޮންގޮތަަކަށްކަމާއި، ކޮން ޕާޓީއަކަށް ދިނީ ކޮން ސްލޮޓެއްކަން ފަދަ މައުލޫމާތުތައް މިހާތަނަށްވެސް ހުރީ ބޮޑު ސިއްރުގެ ގޮތުގައި ރައްކާކޮށްފަ އެވެ. ޕާޓީތަކަށް ސަރުކާރުގެ މަޤާމުތައް ބަހާއިރު، ކޮން ޕާޓީއަކަށް ކިތައް އިންސައްތަދިންކަންވެސް ހާމަކޮށްފައެއް ނުވެ އެވެ. މަޤާމުތަކަށް އައްޔަނުކުރައްވާނެ ބޭފުޅުންނާއި، އުފައްދާ ވުޒާރާތަކުގެ ތަފްސީލީ މައުލޫމާތު އާންމުކޮށްފައެއް ނުވެ އެވެ.

މިއީ ރައްޔިތުން ޖަވާބު ބޭނުންވާ މުހިންމު ސުވާލުތަކެވެ.

ގުޅިފައިވާ ޕާޓީތަކުގެ ޕާލިމެންޓްރީ ގުރޫޕްގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ

ހާމަކަން ބޮޑު، ދެ ފުށް ފެންނަ ސަރުކާރެއް ޤާއިމްކުރާކަމުގައިވާނަމަ ކަންތައްތައް އިތުރަށް ހާމަކޮށް، އިތުރު މައުލޫމާތުތައް މިހާރުވެސް އާންމުކުރަންޖެހެ އެވެ. ވެރިކަން ބަދަލުވުމުގެ މި މަރުހަލާގެ ތެރޭގައި އެ ރީތި މަންޒަރު ނުދެއްކެއްޖިނަމަވެސް ވެރިކަމުގެ ތެރޭގައިވެސް އެ މަންޒަރު ނުފެނި، ގެންނަން ވައުދުވިި ބަދަލުތައް ގެނެސް ނުދެވުމަކީ ހަމަވުން ގާތްގޮތެކެވެ.

އިންތިހާބީ ރައީސްގެ ޓީމުން މި ކަންކަމަށް ވިސްނައި، ހާއްސަ ސަމާލުކަމެއް ދޭންޖެހެ އެވެ. ކަންކަން އިސްލާހްކޮށް، ރަނގަޅުކުރަން އައި ޓީމުން އެ ބަދަލުތައް ދައްކަދޭންޖެހެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

08 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު