Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސިޔާސީ ފަރާތްތަކުގެ މާލީ ބަޔާން

ރައްޔިތުންގެ ދުލުން: ސަރުކާރުގެ އިސްނެގުން ރަނގަޅު، މެމްބަރުންވެސް ހާމަކުރޭ!

ރަނގަޅު ފެށުމެއް، އަދި އިތުރު ބަައެއް ފަރާތްތަކުންވެސް މާލީ ބަޔާން ހާމަ ކުރަން ޖެހޭ

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2019 | ހޮނިހިރު 13:58
ކެބިނެޓް ބައްދަލުވުމެއް ކުރިއަށް ދަނީ

ކެބިނެޓް ބައްދަލުވުމެއް ކުރިއަށް ދަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގައި ކޮރަޕްޝަން އޮތީ އިންތިހާއަށް މައްޗަށް ގޮސްފައެވެ. އެއްވެސް އުސޫލެއް ގޮތެއް ފޮތެއް ނެތި ރައްޔިތުންގެ ފައިސާ އަށް އޭރު ސަރުކާރުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން ހިޔާނަތްތެރިވަމުން ދިޔަކަމަށް ތުހްމަތުކުރެވެ އެވެ. މަގާމާ ހަވާލުވިއިރު، ދަރަނިވެރިވެފައި ތިބި ބައެއް ބޭފުޅުން ވެސް މަގާމާ ހަވާލުވިތާ، އިސާހިތަކު މަހުޖަނުންނަށް ވެގެން ދިޔަ އެވެ. ފްލެޓްތަކާއި ގޯތިތައް ގަތެވެ. އޮޑި ދޯނި ފަހަރާއި ވެހިކަލްތައް ވެސް ގަތެވެ. މުއްސަނދިކަން ހޯދި ނުހޯދި ގޮތެއް ނޭނގެ އެވެ.

މި ދަރަޖައަށް ފަސާދަ ގޮސްފައި އޮއްވާ ރާއްޖޭގެ ރައީސް ކަމަށް މިދަޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ހަވާލުވެވަޑައިގެންނެވި އިބްރާހީމް މުހައްމަދު ސޯލިހުގެ އެންމެ ބޮޑު އެއް އަމާޒަކަށްވީ ރާއްޖޭގައި އޮތް ކޮރަޕްޝަނުގެ ވަބާ ދުއްވާލުމެވެ. ސަރުކާރާއި މެދު ރައްޔިތުން އިތުބާރު ބޮޑު ކުރުމެވެ. މިކަމަށް ސަރުކާރުން އެންމެ ފުރަތަމަ ކުރި ކަމެއް ގޮތުގައި މި ފެނުނީ ސަރުކާރުގެ އިސްވެރިންގެ މާލީ ބަޔާންތައް އާންމު ކުރުމެވެ. މި އިސްނެގުމާމެދު އެންމެން ވެސް މަރުޚަބާކިޔަ އެވެ. މިއީ ވައްކަމާއި ކޮރަޕްޝަން ހުއްޓުވުމަށް ރައީސް ސޯލިހުގެ ސަރަކާރުން ދެއްކެވި ނަމޫނާ އެކެވެ. މި ވޭތުވެދިޔަތާގައި ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެން ތިބި ބަޔަކު ކުރައްވާފައި ނުވާވަރުގެ ކަމެކެވެ. ރައީސް، ނައީބް ރައީސްގެ އިތުރުން ކެބިނެޓް މިނިސްޓަރުންގެ މާލީ ބަޔާން ހާމަ ކުރެއްވުން ތާރީހުގެ ތެރެއަށް ވަދެގެން ދިޔައީތީ ބައެއް މީހުން އުފާކުރި އެވެ.

''އަޅުގަނޑު ދެކޭ ގޮތުގައި މި ސަރުކާރުން ކުރި ވަރަށް ރަނގަޅު ކަމެއް އެކަމަކީ. އެއީ މި ވީހާތަނަށް އެއްވެސް ސަރުކާރުން އެއްވެސް ވަޒީރެއްގެ މާލީ ބަޔާން އެގޮތަކަށެއް ހާމައެއް ނުކުރޭ. އެހެން ކަމުން އެއީ މި ފަހުގެ ތާރިހެއްގައި ކުރި ވަރަށް ރަނގަޅު ކަމެއް'' އެކަމަށް އުފާ ކުރަމުން މީހަކު ބުންޏެވެ.

ފާއިތުވި ދުވަސް ތަކުގައި ގިނަ ވަޒީރުންގެ މިލްކިއްޔާތު، އެ ބޭފުޅުން މާލިއްޔަތުގައި ފައިސާ ހުރީ ކިހާ މިންވަރެއް ކަމެއް ނުވަތަ ކިތައް އުޅަނދު ފަހަރު ކަމެއް ނުވަތަ ކިތައް ގޯތި ކަމެއް އާއްމުންނަށް ނޭގެއެވެ. ހަމަ އެކަނި އާއްމުންނަށް އެގެނީ ތުންތުން މަތިން މިނިސްޓަރުންނާއި އެހެން އިސް މަގާމުތަކުގައި އުޅޭ މީހުން ބޮޑު އަގުގައި ފްލެޓް ގަންނަ ވާހަކަ އެވެ.

''އަޅުގަނޑުވަރަށް އުފާވޭ މި އަދުގެ ސަރުކާރުން މަލީ ބަޔާން ކެބިނެޓް މިނިސްޓަރުން މާލީ ބަޔާން އިއްވުމުން. އަޅުގަނޑުމެންނަށް ލިބޭ ފައިދާ އަކީ މީގެ ކުރިން ނުހައްގު މުއްސަދިކަން ލިބިފައި ތިބި މީހުން ރައްޔިތުން އެބަ ސުވާލު އުފައްދާ ކުރީގައި އެމީހުން އަތުގައި ކޯއްޗެއްތޯ އޮތީ. މިހާރު އަޅުގަނޑުމެންނަށް އެގޭ ކޯއްޗެއް ކަން އޮތީ އާއި އިރު. ދެން އަޅުގަނޑުމެންނަށް އިނގޭނެ އެމީހުން ވެރިކަމުން ފައިބައިގެންދާއިރު ގައި އިތުރު މުއްސަނދި ކަމެއް ލިބިފައި ހުރިއްޔާ. އެއީ ކޮންގޮތަކުން ހޯދި އެއްޗެއްތޯ '' މީހާކު އޭނާގެ ޝޫއޫރުފާޅު ކުރަމުން ބުންޏެވެ.

ބައެއް މީހުން ދެކޭ ގޮތުގައި މިނިސްޓަރުންގެ މާލީ ބަޔާން ހާމަ ކުރުމުން ހަމައެކަނި އެކަން ނިމުނު ކަމަށް ފަރުޖައްސާލެވޭ ކަށްވެސް ނެތެވެ. ދެން އާންމުން ބޭނުންވަނީ މަޖިލީސް މެމްބަރުން ނުވަތަ މިހާރު މަޖިލީހަށް ކުރިމަތިލާފައިވާ ކެޑިޑޭޓުންގެ މާލީ ބަޔާންވެސް ހާމަ ކުރުމެވެ.

''އެކި އެކި ވެރިންގެ މާލީ ބަޔާން ހާމަ ކުރުމަކީ ވަރަށް މުހިއްމު ކަމެއް. ރައްޔިތުންގެ ދޭތެރޭ ގައި ހުންނަ އެކި ކަހަލަ ޑައުޓަތައްވެސް ކްލިއާ ވެގެންދާނެ. ރަނގަޅު ފެށުމެއް. އިތުރަށް މަޖިލީސް މެމްބަރުންގެ ބަޔާންތައް ވެސް ހުށައަޅައި. އެންމެންނަށް ވެސް ހާމަ ކުރާނެ ކަމަށް އުއްމީދު ކުރަން'' މީހަކު ބުންޏެވެ.

އެމީހުން ދެކޭ ގޮތުގައި ގިނަ ބަޔަކު މަޖިލީހަށް އިންތިހާބުވުމަށްފަހު ކުޑަ މުއްދަތެއްގެ ތެރޭގައި މުއްސަނދި ވެގެންދެއެވެ. އެކަން ބެލޭނެ ނިޒާމެއްގެ ގޮތުން އެ މެމްބަރުންގެ މާލީ ބާޔާންވެސް ހާމަ ކުރުމަކީ ގިނަ ބަޔަކު ދެކޭ ގޮތުގައި ވަރަށް މުހިއްމު ކަމެކެވެ. މެމްބަރުންގެ މާލީ ބަޔާން ހާމަ ކުރުމަކީ ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި ވެސް ކުރަމުން އަންނަ ކަމެކެވެ. އިނގިރޭސިވިލާތުގެ ޕާލިމެންޓުގެ މެމްބަރުން އެމީހުންގެ މާލީ ބަޔާން ހާމަ ކުރަންޖެހޭއެވެ. އަދި އެ މެމްބަރުން ޗުއްޓީއެއް ނަންގަވަންޏާ އެކަން ވެސް ޕާލިމެންޓަށް އެންގުމަކީ މަޖްބޫރު ކަމެކެވެ. މި ސަރުކާރުން މާލީ ބަޔާން ހާމަ ކުރަން ފެށި ފެށުމަކީ ހަމަ ގައިމުވެސް އޭގެ ސަބަބުން ގިނަ ރައްޔިތުންނަށް ސަރުކާރާއި މެދު އޮންނަ އިތުބާރު ބޮޑުވެގެންދާކަމެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް ވަނީ ސަރުކާރުގެ އިސްނެންގެވުމަށް މަރުހަބާ ކިޔާފައެވެ.

ކޮރަޕްޝަންގެ ނުބައި ވަބާ ރާއްޖެއިން ފިލުވައިލެވޭނީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާން އެންމެ އެކަށީގެންވާ ގޮތަށް ހާމަކޮށްގެންނެވެ.

ސަރުކާރުގެ އިސްވެރިން ބަޔާންތައް ހާމަ ކުރުމާއެކު ހަމަ އެކަނި އެކަނި ހާމަކުރަން ޖެހޭނީ ސަރުކާރުގެ އިސްވެރިން ނޫން ކަމަށާއި އޭގެ އިތުރުން މިނިވަން މުއައްސަސާގެ ވެރިންގެ ވެސް މާލީ ބަޔާން ހާމަ ކުރަންޖެހޭ ކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި ފަނޑިޔާރުންގެ މާލީ ބަޔާންތައްވެސް އާންމުކުރަންޖެހޭނެކަމަށް ރައްޔިތުން ގަބޫލުކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

23 އެޕްރީލު 2017
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

15 އެޕްރީލު 2017
ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

03 އެޕްރީލު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު