Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަރުލަމާނީ ނިޒާމް

ސުޕަރ މެޖޯރިޓީގެ މެޖޯރިޓީން ބަރުލަމާނީއަށް ބުނީ ނޫނެކޭ!

22 އެޕްރީލު 2021 | ބުރާސްފަތި 07:54

މެންބަރުންގެ ތާއީދު އޮތް ގޮތެއް ބެއްލެވުމަށް ހުށަހެޅުއްވީ ރައީސް މުހައްމަދު ނަޝީދު

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 22 އެޕްރީލު 2021 | ބުރާސްފަތި 07:54
އެމްޑީޕީ - ބަރުލަމާނީއަށް ތާއީދުކޮށް ލިސްޓުގައި ނަންޖެހީ ގައުމީ މަޖިލީހުގެ 60 މެމްބަރުން

އެމްޑީޕީ - ބަރުލަމާނީއަށް ތާއީދުކޮށް ލިސްޓުގައި ނަންޖެހީ ގައުމީ މަޖިލީހުގެ 60 މެމްބަރުން

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިބޭ ވަޓްސްއަޕް ގްރޫޕްގައި ބަރުލަމާނީ ނިޒާމަކަށް ތާއީދުކޮށް އަދި ބަރުލަމާނީ ކެމްޕެއިންގައި އުޅޭނެ މީހުން ލިސްޓުކުރުމަށް ގުރޫޕަށް ހުށަހެޅި ލިސްޓުގައި އެކަމަށް ތާއީދުކޮށް ނަންޖެހީ ރައްޔިތުންގެ މަޖިލީހުގެ 23 މެމްބަރުންނެވެ. މެންބަރުންގެ ތާއީދު އޮތް ގޮތެއް ބެއްލެވުމަށް ހުށަހެޅުއްވީ ރައީސް މުހައްމަދު ނަޝީދު ކަމަށް ރާއްޖެއެމްވީއަށް ވަނީ އެނގިފައެވެ.

މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ 65 މެންބަރުންގެ ތެރެއިން ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާ ކަމަށް 23 މެމްބަރުން ވިދާޅުވިއިރު ބާކީތިބި 42 މެމްބަރުން މިކަމަށް ތާއީދެއް ނުކުރައްވައެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހުގައި 142 މެމްބަރުން ތިބޭއިރު އެ ލިސްޓުގައި ނަން ޖަހާފައިވަނީ 60 މެމްބަރުންނެވެ.

Advertisement - newsAdvertisement

ސަރުކާރު އުވާލާ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް މެސެޖަކުން ދަންނަވާފައެވެ. ރައީސް ނަޝީދު، ރައީސް ޞާލިހަށް ފޮނުއްވެވި މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ. އަދި އެ މަޝްވަރާތައް ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމަށްވެސް ވިދާޅުވިއެވެ. ނަޝީދުގެ މެސެޖުގައި އެދިވަޑައިގެންފައިވަނީ ސަރުކާރު އުވާލައްވައި، 2023 ގައި ރިޔާސީ އިންތިޚާބު ނުބޭއްވުމަށެވެ. އަދި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށެވެ. އަދި ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަންވަނީ ފާޅުކުރައްވާފައެވެ. ރައީސް ނަޝީދުގެ މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރެއްވުމަށް ފެނިވަޑައިގަންނަވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އޭގެ ފަހުން 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާނެ ބޭފުޅަކު އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުއްވުމަށެވެ. ނަޝީދުގެ އެ މެސެޖަށް ފަހު އެމަނިކުފާނަށް ވަފާތެރި މަޖިލީސް މެންބަރުންނާއި ޕާޓީގެ އެކްޓިވިސްޓުން ގެންދަނީ ބަރުލަމާނީ ނިޒާމެއް ގެންނަން ޖެހޭ ކަމަށް ފާޅުގައި ވިދާޅުވަމުންނެވެ.

ރައީސް ނަޝީދުގެ މެސެޖަށް ރައީސް ޞާލިހުވަނީ ޖަވާބުދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭގޮތުން ރައީސް މުހައްމަދު ނަޝީދު ކުރެއްވި މެސެޖެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. "މިހާރު އަމަލު ކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އަމަލު ކުރުމަށް ނިންމާފައިވާ ގޮތެއް ކަމަށްވާތީ މިކަމަށް ބަދަލެއް ގެނެވޭނީ ވެސް އާންމު ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ" މަބުރޫކް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

30 އޯގަސްޓު 2017

ބައި އިލެކްޝަން އޮންނާނެ ކަމަށް ބުނީ ބަޔަކު ރުއްސަން، އަމަލީ އެއްވެސް ކަމެއް ނުކުރޭ: ނިޔާޒް

30 އޯގަސްޓު 2017
ބައި އިލެކްޝަން އޮންނާނެ ކަމަށް ބުނީ ބަޔަކު ރުއްސަން، އަމަލީ އެއްވެސް ކަމެއް ނުކުރޭ: ނިޔާޒް
23 އޯގަސްޓު 2017

ނިޒާމެއް ނެތި، ސިފައިންގެ ބެލުމުގެ ދަށުގައި ވޯޓަށް، މުންދުއަށް ލިބުނީ 28 ވޯޓް!

23 އޯގަސްޓު 2017
ނިޒާމެއް ނެތި، ސިފައިންގެ ބެލުމުގެ ދަށުގައި ވޯޓަށް، މުންދުއަށް ލިބުނީ 28 ވޯޓް!
25 ޖުލައި 2017

ކުނޫޒު ބަލައިފާސްކޮށްފި، ފުލުހުން ބުނީ އެއްވެސް ހެއްކެއް ނުފެނުނު ކަމަށް!

25 ޖުލައި 2017
ކުނޫޒު ބަލައިފާސްކޮށްފި، ފުލުހުން ބުނީ އެއްވެސް ހެއްކެއް ނުފެނުނު ކަމަށް!
18 ޖުލައި 2017

އައްޑޫގައި ސުޕަރ ސްޕެޝަލިސްޓުންގެ ހާއްސަ މެޑިކަލް ކޭމްޕެއް ކުރިއަށް ދަނީ

18 ޖުލައި 2017
އައްޑޫގައި ސުޕަރ ސްޕެޝަލިސްޓުންގެ ހާއްސަ މެޑިކަލް ކޭމްޕެއް ކުރިއަށް ދަނީ
14 ޖުލައި 2017

ރައީސުލް ޖުމްހޫރިއްޔާއަކީ ރައްޔިތުންގެ ޚާދިމެއް، ވެރިކަން ލިބުނީމަ އެކަން ހަނދާން ނެތޭކަށް ނުޖެހޭ: ޑރ. ހުސައިން

14 ޖުލައި 2017
ރައީސުލް ޖުމްހޫރިއްޔާއަކީ ރައްޔިތުންގެ ޚާދިމެއް، ވެރިކަން ލިބުނީމަ އެކަން ހަނދާން ނެތޭކަށް ނުޖެހޭ: ޑރ. ހުސައިން
05 ޖުލައި 2017

އަދީބު މަރާލަން ރާވާ ކަމުގެ މައުލޫމާތު ލިބުނީ ފުލުހުންގެ ފަރާތުން: ވަކީލް

05 ޖުލައި 2017
އަދީބު މަރާލަން ރާވާ ކަމުގެ މައުލޫމާތު ލިބުނީ ފުލުހުންގެ ފަރާތުން: ވަކީލް
20 މެއި 2017

ކައުންސިލް އިންތިހާބުގައި ރައީސް ޔާމީނަށް ލިބުނު ވޯޓެއް ލިބުނީ ރައްޔިތުންނަށް ބިރު ދައްކައިގެން: އާޒިމް

20 މެއި 2017
ކައުންސިލް އިންތިހާބުގައި ރައީސް ޔާމީނަށް ލިބުނު ވޯޓެއް ލިބުނީ ރައްޔިތުންނަށް ބިރު ދައްކައިގެން: އާޒިމް
15 މެއި 2017

ޕީޕީއެމަށް ތިނަދޫން ކާމިޔާބު ނުލިބުނީ ޕާޓީ ތެރޭގައި ކަންކަން ހުރިގޮތުން: ސައުދުﷲ

15 މެއި 2017
ޕީޕީއެމަށް ތިނަދޫން ކާމިޔާބު ނުލިބުނީ ޕާޓީ ތެރޭގައި ކަންކަން ހުރިގޮތުން: ސައުދުﷲ
10 އެޕްރީލު 2017

އިސްލާހީ މަސައްކަތުގައި ތިއްބެވި މެންބަރުންނަށް ސެލިއުޓް ކުރަން، މިއަދުވެސް މި ލިބުނީ ކާމިޔާބީއެއް: މައުމޫނު

10 އެޕްރީލު 2017
އިސްލާހީ މަސައްކަތުގައި ތިއްބެވި މެންބަރުންނަށް ސެލިއުޓް ކުރަން، މިއަދުވެސް މި ލިބުނީ ކާމިޔާބީއެއް: މައުމޫނު
04 އެޕްރީލު 2017

ރައީސް ޔާމީނަށް 2013 ގައި ގިނަ ވޯޓު ނުލިބުނީ ރައީސް މައުމޫނުގެ ސަބަބުން: ޝައިނީ

04 އެޕްރީލު 2017
ރައީސް ޔާމީނަށް 2013 ގައި ގިނަ ވޯޓު ނުލިބުނީ ރައީސް މައުމޫނުގެ ސަބަބުން: ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް