Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރަޕިއަން ސުޕަ ލީގު

ކުލަބުތައް ވަކިވުމާއެކު ސުޕަ ލީގު ހުއްޓުމަކަށް؟!

ސުޕަ ލީގުގެ ފޯމެޓަށް ގެނެވޭނެ ބަދަލުތައް އަންނަނީ ދިރާސާކުރަމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 21 އެޕްރީލު 2021 | ބުދަ 11:19
ސުޕަ ލީގުގެ ޗެއާމަން ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް

ސުޕަ ލީގުގެ ޗެއާމަން ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް

ޔޫރަޕުގެ ނަން މަޝްހޫރު ކުލަބުތަކެއް ގުޅިގެން އުފެއްދި ޔޫރަޕިއަން ސުޕަ ލީގުން ގިނަ ކުލަބުތައް ވަކިވުމާއެކު، މުބާރާތް ހުއްޓުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އާދީއްތަ ދުވަހުގެރޭ ސުޕަ ލީގު ރަސްމީކޮށް އިއުލާންކޮށްފައިވަނީ ފައުންޑާ 12 ކުލަބަކާއެކުއެވެ. އެގޮތުން އެ މުބާރާތުގެ ފައުންޑާ ކުލަބުތަކުގެ ތެރޭގައި ހިމެނުނީ އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑާއި، ލިވަޕޫލާއި، ޗެލްސީ އާއި، މެންޗެސްޓާ ސިޓީ އާއި، އާސެނަލް އަދި ޓޮޓެންހަމް ހޮޓްސްފާ އާއި، ސްޕެނިޝް ލީގުގެ ރެއާލް މެޑްރިޑާއި، ބާސެލޯނާ އަދި އެތުލެޓިކޯ މެޑްރިޑުގެ އިތުރުން އިޓާލިއަން ލީގުގެ އިންޓަ މިލާނާއި، އޭސީ މިލާން އަދި ޔުވެންޓަސްއެވެ.

ސުޕަ ލީގު އިއުލާންކޮށްފައިވަނީ ޔުއެފާ އާއި ފީފާއިން އެކަމާ ދެކޮޅަށް ތަކުރާރުކޮށް އިންޒާރު ދެމުން އަންނަނިކޮށެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހު ފީފާއިން ވަނީ ސުޕަ ލީގުގައި ބައިވެރިވާ ކޮންމެ ކުލަބެއް އަދި ކޮންމެ ކުޅުންތެރިއަކުވެސް ފީފާއިން ނޫނީ އެހެން ފެޑެރޭޝަންތަކުން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ބައިވެރިނުވެވޭނެ ކަމަށް ބުނެ އިންޒާރެއް ދީފައެވެ. އެކަމަކު އެ އިންޒާރުތަކަށް ބެލުމެއް ނެތި ސުޕަ ލީގު ތައާރަފުކުރިއިރު، އެ މުބާރާތުގައި ކުޅޭ ކުޅުންތެރިންނަށް ގައުމީ ޓީމުގެ މެޗުތަކުގައި ނުކުޅެވޭނެ ކަމަށް ހޯމަ ދުވަހުގެރޭ ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން ވަނީ ވިދާޅުވެފައެވެ.

ސުޕަ ލީގު އިއުލާންކުރުމާއެކު ފުޓްބޯޅަ ސަޕޯޓަރުން ނުރުހުން ފާޅުކުރަން ފެށިއިރު، އަންގާރަ ދުވަހުގެރޭ ސުޕަ ލީގުގައި ހިމެނުނު އިނގިރޭސި ހަ ކުލަބުންވެސް ވަނީ މި މުބާރާތުން ވަކިވިކަން ރަސްމީކޮށް އިއުލާންކޮށްފައެވެ. އަދި ބުދަ ދުވަހު އިޓަލީގެ އިންޓަ އާއި މިލާން އަދި ސްޕެއިނުގެ އެތުލެޓިކޯއިންވެސް ވަނީ މުބާރާތުން ވަކިވާން ނިންމާފައިވާކަން ހާމަކޮށްފައެވެ. އެހެންކަމުން މި ވަގުތު ސުޕަ ލީގުން ވަކިނުވެ އޮތް ތިން ކުލަބަކީ ރެއާލާއި، ބާސާ އަދި ޔުވެންޓަސްއެވެ.

އެއާއެކު މި މުބާރާތް ހުއްޓުމަކަށް އައިސްފައިވާއިރު، ބުދަ ދުވަހުގެރޭ ސުޕަ ލީގުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މުބާރާތުން އިނގިރޭސި ކުލަބުތައް ވަކިވީ މެދުކެނޑުމެއްނެތި ކުރިމަތިކުރުވަމުން އަންނަ ޕްރެޝަރުގެ ސަބަބުން ކަމަށެވެ. އަދި އިތުރު ކުލަބުތައްވެސް ވަކިވުމުގެ ފުރުސަތު އެބައޮތް ކަމަށާއި، އެހެންކަމުން މުބާރާތް ކުރިއަށްގެންދެވޭނެ އިތުރު ގޮތެއް ވިސްނަން ޖެހިފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ. އެގޮތުން މުބާރާތުގެ ފޯމެޓަށް ގެނެވޭނެ ބަދަލުތައް ދިރާސާކުރަމުން އަންނަ ކަމަށްވެސް ވަނީ ބުނެފައެވެ.

ސުޕަ ލީގު އިއުލާންކުރުމާއެކު ފުޓްބޯޅަ ސަޕޯޓަރުން ނުރުހުން ފާޅުކުރަން ފެށިއިރު، މި ލީގުގައި ހިމެނޭ ކުލަބުތަކުގެ ސަޕޯޓަރުން ވަނީ މުޒާހަރާވެސް ކޮށްފައެވެ. ޔޫރަޕުގެ ނަން މަޝްހޫރު ކުލަބުތަކެއް ހިމަނައިގެން ސުޕަ ލީގު އުފެއްދުމުގެ ބޭނުމަކީ އެ ކުލަބުތަކުގެ މާލީ ހާލަތު ރަނގަޅު ކުރުމެވެ. މި ލީގުގެ ޗެއާމަނަކީ ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒެވެ. އަދި ވައިސް ޗެއާމަނުންނަކީ ލިވަޕޫލުގެ ވެރިޔާ ޖޯން ހެންރީ އާއި މެންޗެސްޓާ ޔުނައިޓެޑުގެ ޖޯލް ގްލޭޒާއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ސުޕަ ލީގު ފަށަން ފުރަތަމަ ޚަރަދުކުރަން ނިންމީ އެމެރިކާގެ އިންވެސްޓްމަންޓް ބޭންކް ޖޭޕީ މޯގަންއިންނެވެ. އެގޮތުން ލީގު ފެށުމަށް ކޮންމެ ކުލަބަކަށް 3.5 ބިލިޔަން ޔޫރޯ ލިބިގެންދާނެއެވެ. އަދި ލީގު ކާމިޔާބުކުރާ ޓީމަކަށް 400 މިލިޔަން ޔޫރޯ ލިބިގެންދާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މިއީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރާ ޓީމަކަށްވެސް ލިބޭ ފައިސާގެ އިނާމަށްވުރެ ހަތަރު ގުނަ އިތުރު އަދަދެކެވެ.

ސުޕަ ލީގާއެކު ޔުއެފާއިން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމިއިރު، ހޯމަ ދުވަހުގެރޭ އެ އިދާރާއިން ވަނީ ޔޫރަޕުގެ އެންމެ ޝަރަފުވެރި ކުލަބު ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ އައު ފޯމެޓް ފާސްކޮށްފައެވެ. ޔުއެފާއިން އިއުލާންކުރި ޗެމްޕިއަންސް ލީގުގެ އައު ފޯމެޓުގައިވާ ގޮތުން ގްރޫޕް ސްޓޭޖުގައި 32 ޓީމުގެ ބަދަލުގައި 36 ޓީމު ވާދަކުރާނެއެވެ. އަދި ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމަކަށް 10 މެޗު ކުޅެން ލިބޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު