Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް ބަލީގައި މީހަކު ނިޔާވުން

ކޮވިޑް-19ގައި ރާއްޖެއިން 71 ވަނަ މީހާ ނިޔާވެއްޖެ

މިއީ ވޭތިވެދިޔަ ހަތަރު ދުވަސް ތެރޭގައި ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި ހަތަރު ވަނަ މީހާ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 20 އެޕްރީލު 2021 | އަންގާރަ 07:24
ކޮވިޑް-19 ގައި ނިޔާވި މީހަކު ވަޅުލަން ގެންދަނީ

ކޮވިޑް-19 ގައި ނިޔާވި މީހަކު ވަޅުލަން ގެންދަނީ

ކޮވިޑް-19ގައި ރާއްޖެއިން 71 ވަނަ މީހާ ނިޔާވެއްޖެއެވެ.

ކޮވިޑް ޖެހިގެން ނިޔާވެފައި ވަނީ 80 އަހަރުގެ ފިރިހެނެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެ މީހާއަކީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ މީހެކެވެ. އޭނާ ނިޔާވެފައިވަނީ ހޯމަ ދުވަހުގެ ރޭ 11:25 ހާއިރުކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.  

މިއީ ވޭތިވެދިޔަ ހަތަރު ދުވަސް ތެރޭގައި ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި ހަތަރު ވަނަ މީހާއެވެ. އެގޮތުން ހުކުރު ދުވަހު މި ބަލީގައި ދެ މީހަކު ނިޔާވެފައި ވާއިރު، ހޮނިހިރު ދުވަހު ވެސް އިތުރު މީހަކު ނިޔާވެފައިވެއެވެ.

ކޮވިޑް ކޭސްތަކުގެ އަދަދު މިދިޔަ ދެ ހަފްތާގެ ތެރޭގައި މަދުވި ނަމަވެސް، ޕޮޒިޓިވް ވާ މީހުންގެ އަދަދު މިހާރު ވަނީ އިތުރުވެފައެވެ. އެގޮތުން ހޮނިހިރު ދުވަހު 124 މީހުން ޕޮޒިޓިވް ވެފައި ވާއިރު، އާދީއްތަ ދުވަހު 203 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

މީގެއިތުރުން، ހޯމަ ދުވަހު ޕޮޒިޓިވްވި 157 މީހުންނާއެކު ރާއްޖޭގައި މިހާތަނަށް 26،505 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި އެކްޓިވް ކޭހުގެ އަދަދު ވަނީ ބޮޑުތަނުން އިތުރު ވެފައެވެ. އެގޮތުން މިހާރު ޖުމްލަ 2735 މީހަކަށް ކޮވިޑަށް ފަރުވާދެމުން ގެންދެއެވެ. މީގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 68 މީހަކަށެވެ. މިހާތަނަށް ބަލިން ރަނގަޅުވެފައި ވަނީ 23،691 މީހުންނެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު