Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރަޕިއަން ސުޕަ ލީގު

ސުޕަ ލީގު ވުޖޫދުކޮށްފި، ޔުއެފާގެ ވަރުގަދަ އިންޒާރެއް

އެ ކުލަބުތަކަށް އެހެން އެއްވެސް މުބާރާތެއްގައި ބައިވެރިއެއްނުވެވޭނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 18 އެޕްރީލު 2021 | އާދީއްތަ 23:55
ސުޕަ ލީގުގައި ހިމެނޭ ރެއާލާއި ލިވަޕޫލް މީގެ ކުރިން ބައްދަލުކުރި މެޗެއްގެ ތެރެއިން

ސުޕަ ލީގުގައި ހިމެނޭ ރެއާލާއި ލިވަޕޫލް މީގެ ކުރިން ބައްދަލުކުރި މެޗެއްގެ ތެރެއިން

ޔޫރަޕުގެ ނަން މަޝްހޫރު 12 ކުލަބު ހިމެނޭ ގޮތަށް "ޔޫރަޕިއަން ސުޕަ ލީގު" ވުޖޫދުކޮށްފިއެވެ.

އާދީއްތަ ދުވަހުގެރޭ ސުޕަ ލީގު ރަސްމީކޮށް އިޢުލާން ކުރިއިރު، މި މުބާރާތުގެ ފައުންޑާ ކުލަބުތަކުގެ ތެރޭގައި ހިމެނެނީ އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑާއި، ލިވަޕޫލާއި، ޗެލްސީ އާއި، މެންޗެސްޓާ ސިޓީ އާއި، އާސެނަލް އަދި ޓޮޓެންހަމާއި ސްޕެނިޝް ލީގުގެ ރެއާލް މެޑްރިޑާއި، ބާސެލޯނާ އަދި އެތުލެޓިކޯ މެޑްރިޑުގެ އިތުރުން އިޓާލިއަން ލީގުގެ އިންޓަ މިލާނާއި، އޭސީ މިލާން އަދި ޔުވެންޓަސްއެވެ.

މި މުބާރާތުގެ ފޯމެޓް ރާވާފައިވާ ގޮތުން މުބާރާތުގައި ޖުމްލަ 20 ޓީމެއް ވާދަކުރާނެއެވެ. އޭގެ ތެރެއިން 15 ޓީމަކީ ފައުންޑާ ކުލަބުތަކެވެ. އެގޮތުން މިހާތަނަށް 12 ކުލަބެއް ހިމެނޭއިރު، އަވަސް މުސްތަޤުބަލެއްގައި އިތުރު ތިން ކުލަބެއް ފައުންޑަ ކުލަބުތަކުގެ ލިސްޓަށް އިތުރު ވެގެންދާނެއެވެ. ދެން މި މުބާރާތުގައި ވާދަކުރާ އަނެއް ފަސް ޓީމު ކޮލިފައިވާނީ އެ ޓީމުތަކުން ހޯދާ ކާމިޔާބީތަކަށް ބެލުމަށްފަހުއެވެ.

ސުޕަ ލީގުގެ ޗެއާމަނަކީ ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒެވެ. އަދި ވައިސް ޗެއާމަނުންނަކީ ލިވަޕޫލުގެ ވެރިޔާ ޖޯން ހެންރީ އާއި މެންޗެސްޓާ ޔުނައިޓެޑުގެ ޖޯލް ގްލޭޒާއެވެ.

ސުޕަ ލީގުގެ ޚަބަރާއެކު ޔޫރަޕުގެ ބޮޑެތި ޤައުމުތަކުގެ އެސޯސިއޭޝަންތަކާއި، ޔުއެފާއިން ވަނީ ބަޔާނެއް ނެރެފައެވެ. އެގޮތުން ޔުއެފާއިން ނެރުނު ބަޔާނުގައި ވަނީ ސުޕަ ލީގުގައި ބައިވެރިވާ ކޮންމެ ކުލަބެއް އަދި ކޮންމެ ކުޅުންތެރިއަކުވެސް ފީފާއިން ނޫނީ އެހެން ފެޑެރޭޝަންތަކުން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ބައިވެރިއެއްނުވެވޭނެ ކަމަށް ބުނެ އިންޒާރެއް ދީފައެވެ. އަދި އެކަމަށް ޔުއެފާގެ އިތުރުން ދުނިޔޭގެ އެހެން ހުރިހާ ބައްރުތަކަކުންވެސް ތާއިދުކޮށްފައިވާއިރު، ޔުއެފާއަށް އެއްބާރުލުންދީ ފީފާއިންވެސް ވަނީ ބަޔާނެއް ނެރެފައެވެ.

އެހެންކަމުން ސުޕަ ލީގު އިޢުލާންކުރި 12 ކުލަބަށް، އެ ޤައުމުތަކުގައި ކުޅުނު ފުރުޞަތު ގެެއްލިގެންދާއިރު، ޔޫރަޕުގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގުގައިވެސް އެ ޓީމުތަކަށް ވާދަނުކުރެވޭނެއެވެ. މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ސެމީއަށް މި 12 ޓީމުގެ ތެރޭގައި ހިމެނޭ ސިޓީ އާއި، ޗެލްސީ އާއި ރެއާލް ދަތުރުކޮށްފައިވާއިރު، ހޯމަ ދުވަހުގެ ވަގުތެއްގައި އެ މުބާރާތުން އެ ތިން ކުލަބު ވަކިކުރުމާ މެދު ޔުއެފާއިން ވަކި ގޮތެއް ނިންމާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންކަމަށް ވެއްޖެނަމަ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ލިބިގެންދާނީ ޕީއެސްޖީއަށެވެ.

އެކަމަކު ސުޕަ ލީގުގައި ހިމެނޭ 12 ކުލަބުން އާދިއްތަ ދުވަހުގެރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ވަގުތު އޮތް ސުޕަ ލީގަކީ ހަފުތާގެ މެދުތެރޭގައި ކުޅޭނެ މުބާރާތެއް ކަަމަށާއި، އެހެންކަމުން އެއްވެސް ކުލަބަކުން އެ ކުލަބެއް ކުޅެމުން އަންނަ ޤައުމެއްގެ ލީގުން ވަކިވުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ. އަދި ސުޕަ ލީގުގެ ކަންތައްތަކަށް ހައްލެއް ހޯދަން ވަރަށް އަވަހަށް ޔުއެފާ އާއި ފީފާއާއެކު މަޝްވަރާކުރާނެ ކަމަށް އެ ބަޔާނުގައިވެއެވެ.

ޔޫރަޕުގެ ނަން މަޝްހޫރު 12 ކުލަބަކުން ސުޕަ ލީގު ތަޢާރަފުކުރިއިރު، ސުޕަ ލީގު ފަށާނެ ސީދާ ތާރީޚެއް އަދި ރަސްމީކޮށް ފައިނަލެއް ނުކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު