Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެލިންހަމަށް ހޯދަން މަސައްކަތްކުރުން

ޒުވާން ތަރި ބެލިންހަމަށް ޗެލްސީން ފާރަލަނީ

17 އެޕްރީލު 2021 | ހޮނިހިރު 11:22

ޑޯޓްމުންޑުގައި ބެލިންހަމް ވަނީ ގިނަ ރިކޯޑުތަކެއް މުގުރާލައިފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 17 އެޕްރީލު 2021 | ހޮނިހިރު 11:22
ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ ޒުވާން ތަރި ޖޫޑް ބެލިންހަމް

ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ ޒުވާން ތަރި ޖޫޑް ބެލިންހަމް

ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޒުވާން ތަރި ޖޫޑް ބެލިންހަމް ހޯދަން ޗެލްސީން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން އެންމެ 17 އަހަރުގެ ބެލިންހަމަށް ޗެލްސީން ފާރަލަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނިއިރު، އޭނާ ވިދާލީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ޖެހި ލަނޑާއެކުއެވެ. އެގޮތުން ސިޓީއާ ދެކޮޅަށް ކުޅުނު ދެ ލެގުގައިވެސް ބެލިންހަމް މޮޅު ކުޅުމެއް ދެއްކިއިރު، ދެވަނަ ލެގުގައި ޖެހި ލަނޑާއެކު އޭނާ ވެފައިވަނީ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގައި ލަނޑު ޖެހި ދެވަނައަށް އެންމެ ހަގު ކުޅުންތެރިޔާއަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޗެލްސީން އަންނަނީ ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާގައި ބެލިންހަމް ގަތުމަށް ތައްޔާރުވަމުންނެވެ. އެކަމަކު ބެލިންހަމް ވިދާލުމާއެކު، ޑޯޓްމުންޑުން ކުޑަ އަގެއްގައި އޭނާ ނުވިއްކާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ނޯވޭގެ ތަރި އާލިން ބްރައުންޓް ހާލަންޑާއި، އިންގްލެންޑުގެ ޒުވާން ތަރި ޖޭޑަން ސަންޗޯއެކޭ އެއްފަދައިން، ޑޯޓްމުންޑުން ބެލިންހަމް ވިއްކާނީ 100 މިލިޔަން ޕައުންޑަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އިންގްލެންޑުގެ ސީނިއާ ޤައުމީ ފުޓްބޯޅަ ޓީމަށް މިހާތަނަށް ދެ މެޗު ކުޅެފައިވާ ބެލިންހަމް ޑޯޓްމުންޑާ ގުޅުނީ މިދިޔަ އަހަރުގެ ޖުލައި މަހު 25 މިލިޔަން ޕައުންޑްގެ ފީއަކަށެވެ. އެކަމަކު ޑޯޓްމުންޑަށް ބަދަލުވުމުގެ ކުރިން އިނގިރޭސި ދެވަނަ ޑިވިޝަނުގެ ބާމިންހަމް ސިޓީއަށް ކުޅެމުން އައިރު ބެލިންހަމް ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން ވަނީ މަސައްކަތްކޮށްފައެވެ.

މިހާތަނަށް ޑޯޓްމުންޑުގައި ބެލިންހަމް ތަފާތު މޮޅު ކުޅުމެއް ދައްކާފައިވާއިރު، އޭނާ ވަނީ އެ ޓީމަށް 39 މެޗު ކުޅެދީ ތިން ލަނޑު ޖަހާފައެވެ. އަދި ވަނީ ޖަރުމަން ކަޕުގެ ތާރީޚުގައި، އެ މުބާރާތުގައި ލަނޑު ޖެހި އުމުރުން އެންމެ ހަގު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން ޑޯޓްމަންޑަށް ވާދަވެރި މެޗެއްގައި ކުޅުނު އެންމެ ހަގު ކުޅުންތެރިޔާގެ ރިކޯޑު ހަދާފައެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގުގެ މެޗެއްގައި ކުޅުނު އިންގްލެންޑަށް ނިސްބަތްވާ އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފުވެސް ބެލިންހަމް ވަނީ ހޯދާފައެވެ.

ޖޫޑް ބެލިންހަމްބޮރޫޝިއާ ޑޯޓްމަންޑް

އިތުރަށް ކިޔާލަން

02 ޖުލައި 2025

ގުރާސީގެ ދެ ލަނޑުން މޮޅުވެ، ޑޯޓްމަންޑު ވެސް ކުއާޓާ އަށް

02 ޖުލައި 2025
ގުރާސީގެ ދެ ލަނޑުން މޮޅުވެ، ޑޯޓްމަންޑު ވެސް ކުއާޓާ އަށް
12 ޑިސެމްބަރު 2024

ޑޯޓްމަންޑު ބަލިކޮށް ބާސެލޯނާ ދެ ވަނައިގައި

12 ޑިސެމްބަރު 2024
ޑޯޓްމަންޑު ބަލިކޮށް ބާސެލޯނާ ދެ ވަނައިގައި
27 އޮކްޓޯބަރު 2024

އޮގްސްބާގް އަތުން ޑޯޓްމަންޑު ބަލިވެއްޖެ

27 އޮކްޓޯބަރު 2024
އޮގްސްބާގް އަތުން ޑޯޓްމަންޑު ބަލިވެއްޖެ
23 އޮކްޓޯބަރު 2024

ފަހަތުން އަރައި ރެއާލް އިން ޑޯޓްމަންޑު ބަލިކުރިއިރު، ވިނީޝިއުސް ހެޓްރިކް ހަދައިފި

23 އޮކްޓޯބަރު 2024
ފަހަތުން އަރައި ރެއާލް އިން ޑޯޓްމަންޑު ބަލިކުރިއިރު، ވިނީޝިއުސް ހެޓްރިކް ހަދައިފި
19 ސެޕްޓެމްބަރު 2024

ކުލަބު ބްރޫޖް ބަލިކޮށް، ޑޯޓްމަންޑަށް ރަނގަޅު ފެށުމެއް

19 ސެޕްޓެމްބަރު 2024
ކުލަބު ބްރޫޖް ބަލިކޮށް، ޑޯޓްމަންޑަށް ރަނގަޅު ފެށުމެއް
09 މެއި 2024

ޑޯޓްމަންޑު ދޫކޮށްލުމަށްފަހު، ރެއުސް ބަދަލުވާން ބޭނުން ވަނީ އެމެރިކާ ލީގަށް

09 މެއި 2024
ޑޯޓްމަންޑު ދޫކޮށްލުމަށްފަހު، ރެއުސް ބަދަލުވާން ބޭނުން ވަނީ އެމެރިކާ ލީގަށް
08 މެއި 2024

މިއީ ފަޚުރުވެރި ވަގުތެއް، އެހެން ނަމަވެސް މަސައްކަތް އަދި ނުނިމޭ: ޓާޒިކް

08 މެއި 2024
މިއީ ފަޚުރުވެރި ވަގުތެއް، އެހެން ނަމަވެސް މަސައްކަތް އަދި ނުނިމޭ: ޓާޒިކް
07 މެއި 2024

ފުރަތަމަ ލެގުން ފެނުނު ޕޮޒިޓިވް ކަންތައްތަކާއެކު، ޑޯޓްމަންޑު އޮތީ ފުރިހަމައަށް ތައްޔާރަށް

07 މެއި 2024
ފުރަތަމަ ލެގުން ފެނުނު ޕޮޒިޓިވް ކަންތައްތަކާއެކު، ޑޯޓްމަންޑު އޮތީ ފުރިހަމައަށް ތައްޔާރަށް
04 މެއި 2024

ބެލިންހަމް މިހާރު ފިޓުވެއްޖެ: އަންޗެލޮޓީ

04 މެއި 2024
ބެލިންހަމް މިހާރު ފިޓުވެއްޖެ: އަންޗެލޮޓީ
02 މެއި 2024

ޓާޒިކް ދެކޭ ގޮތުގައި ޑޯޓްމަންޑަށް ލިބުނީ ޙައްގު މޮޅެއް

02 މެއި 2024
ޓާޒިކް ދެކޭ ގޮތުގައި ޑޯޓްމަންޑަށް ލިބުނީ ޙައްގު މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް