Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސަސް އާއި ޔޫވީގެ މެޗު

ބައްޕަގެ ޓީމާ ދެކޮޅަށްވެސް ނުކުތީ މޮޅުވާން: މޯހަން

ސަސް އާއި ޔޫވީ ބައްދަލުކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހުގެރޭ 22:00 ގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 17 އެޕްރީލު 2021 | ހޮނިހިރު 10:08
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން)

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން)

ފުޓްބޯޅަ ކޯޗިންނަށް ނުކުތް ފަހުން އަމިއްލަ ބައްޕަގެ ޓީމު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށްވެސް ނުކުތީ މޮޅުވާން ކަމަށާއި، އެ ވިސްނުމަށް ބަލާއިރު ކޮންމެ މެޗަކަށްވެސް ނުކުންނަނީ މޮޅެއް ހޯދުމަށް ކަމަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

މޯހަން މިހެން ބުނީ ހޮނިހިރު ދުވަހުގެރޭ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ އިހުސާން އަބްދުލް ޣަނީ (ސާންތި) އިރުޝާދުދެމުން އަންނަ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ ދެކޮޅަށް ނުކުތުމުގެ ކުރިން ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މޯހަން ބުނީ ސާންތިއަކީ އޭނާގެ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށާއި، އަދި ފުޓްބޯޅަ ކޯޗިން ކެރިއަރުގައި ވަރަށް ގިނަ ދުވަހު އެކީގައި މަސައްކަތްކުރި ދެ މީހުން ކަމަށްވާތީ، އެ ގާތްކަން އަބަދުވެސް އޮންނާނެ ކަމަށެވެ. އެކަމަކު އެއަށްވުރެ މާ ގާތް މީހެއް ކަމަށްވާ އަމިއްލަ ބައްޕަގެ ޓީމާ ދެކޮޅަށްވެސް ނުކުމެ، ވާދަކޮށްފައިވާ ކަމަށް މޯހަން ބުންޏެވެ. މޯހަން ބުނީ ބައްޕައަށްވުރެ އެހެން މީހަކު ގާތްވާނެހެން ހީނުވާ ކަމަށާއި، އެހެންކަމުން ޔޫވީ މެޗަށްވެސް ނުކުންނާނީ މެޗުން ކާމިޔާބީ ހޯދުމަށް ކަމަށެވެ. އަދި މި މެޗަށް ނުކުންނައިރު، ސާންތިވެސް ނުކުންނާނީ މެޗުން މޮޅެއް ހޯދުމަށް ކަމަށާއި، މެޗުގެ އޮއެވަރު ދާ ގޮތުން ބުނާ ބަހެއް، މެޗު ނިމުނީމަ ނޯންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ޔޫވީ މެޗާ ބެހޭ ގޮތުން ސާންތި ބުނީ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން މި ސީޒަނުގައި އެ ޓީމުގެ ފުރަތަމަ މޮޅު ހޯދާފައިވުމުން، ސަސްއާ ދެކޮޅަށް ޔޫވީ ނުކުންނާނީ ރަނގަޅު ރޫހެއްގައި ކަމަށެވެ. އެހެންކަމުން ސަސްއިން މި މެޗަށް ތައްޔާރުވާނީ އެކަމަށް ވިސްނައިގެން ކަމަށް އޭނާ ބުންޏެވެ.

ސަސް މެޗުގެ ކުރިން ޔޫވީގެ ކޯޗު ސާންތި ވަނީ މި މެޗަކީ ފައިނަލެއް ގޮތަށް ސިފަކޮށްފައެވެ. ސާންތި ބުނީ މި މެޗާ ކުރިމަތިލާއިރު ޔޫވީއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެންމެ ފަހުން ކުޅުނު މެޗުން މުޅިން އަލަށް މޮޅެއް ހޯދުން ކަމަށެވެ. އަދި މި މެޗު ޔޫވީން ނަގާނީ ފައިނަލެއްގެ ގޮތުގައި ކަމަށާއި، އެގޮތުން ލީގުގައި ކުރިއަށްދާން ބޭނުންވާނަމަ، މި ބުރުގައި ހަތަރު ވަރަކަށް ޕޮއިންޓް ހޯދުން ވަރަށް މުހިންމު ކަމަށްވެސް ބުންޏެވެ. އަދި ސަސްއަކީ ޔޫވީއަށް ކާމިޔާބު ހޯދޭ ވަރުގެއް ޓީމެއް ކަމަށާއި، އެހެންކަމުން މި މެޗުގައި ޔޫވީން ބޭނުންވާ ގޭމް ކުޅެފިނަމަ، މެޗުން މޮޅުވެވޭނެ ކަމަށްވެސް ސާންތި ބުންޏެވެ.

ސަސްއާ ދެކޮޅަށް ނުކުންނައިރު، އެންމެ ފަހުން ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދެއްކި ޔޫވީގެ ބިދޭސީ މިޑްފީލްޑަރު އަނަޓޯލީ ވްލަސީޗޭވަށް ދެ ކާޑު ހަމަވުމުގެ ސަބަބުން ވަނީ ސަސްޕެންޑް ވެފައެވެ. ސާންތީ ބުނީ މި މެޗުގައި އަނަޓޯލީއަށް ނުކުޅެވުމަކީ އޮތް ގޮންޖެހުމެއް ކަމަށާއި، އެކަމަކު ޔޫވީގެ ތައްޔާރީތައް ގޮސްފައިވަނީ ވަރަށް ރަނގަޅަށް ކަމަށެވެ.

ލީގުގައި ޔޫވީއާ ދެކޮޅަށް ސަސް ނުކުންނައިރު، އެ ޓީމު އޮތީ ތާވަލުގެ ފުލުން ދެވަނައިގައި ކުޅުނު 12 މެޗުން ލިބުނު 12 ޕޮއިންޓާއެކުއެވެ. އަދި ފުލުގައި އޮތް ޔޫވީއަށް 12 މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. ލީގުގެ ދެވަނަ ބުރުގައި ސަސް އާއި ޔޫވީ ބައްދަލުކުރާއިރު، ފުރަތަމަ ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ސަސް އާއި ޔޫވީ ބައްދަލުކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހުގެރޭ 22:00 ގައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

13 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު